Blog Archive
- 2014 (39)
-
2013
(100)
- December(45)
- November(21)
-
October(34)
- މޫސާގެފާނުންގެ ޢަޖައިބުކުރުވަނިވި ދުޢާ:
- ސަލާމް ލެއްވި އިދްރީސްގެފާނުން:
- ކޮންމެ ރެޔަކު ހުވަފެނުގައި ރަސޫލުﷲ ގެަފާނުން
- މަންމަގެ އުނގުގައި ވާހަކަދެއްކި 3 ކުއްޖާ
- އެކުއެކީ ނިމިގެންދިޔަ ދެތަރި
- ވަގުތުން އިޖާބަކުރެވުން ދުޢާ
- ޢުމަރުގެފާނުންގެ ފަރާތުން ނީލަކޯރަށ
- ކުޑަކުއްޖާއާއި ރަސްގެފާނު:
- ހުވަފެނުން ފެނުނު "ފުޅިބައްތި"
- ވެރިކަމަށް ﷲ ވެސް ރިޝްވަތު ނުހިއްޕަވައެވެ.
- ޝައިޠާނާގެ އުނދަގޫ ފަހުވަގުތުގައުވެސް
- މުޢާވިޔަތުގެ ފަރާތުން ހިރަޤުލްއަށް
- ޢަބްދުﷲ ބިން މުބާރަކް
- ﷲ ދެނެވޮޑިގަތީމައި އެނިމުނީއެވެ.
- ބަހުލޫލް އަށް ލިބިވަޑައިގަތް ސިޓީ
- މަގު ފޭރޭ މީހާ މިޔަދު ރޯދައަށް
- ޤުރުޢާން (ބަލައިގެން) ކިޔަވަން ނޭންގޭ މާތް މީހާ
- ސުންނަތް ރޯދަ:
- 10 ކަމަކާއިގެން މަޙުޝަރައް
- އަޖައިބެއް ފަދަ އަވައްޓެރިޔާ
- އިމާމް ބުޚާރީގެ ތެދުވެރިކަން
- ބުޢުލާމް އިބްން ބާޢޫރާގެ ވާހަކަ
- ޒަދާންގެ ތައުބާ
- ޢިލްމުވެރިންނަކީ ކޮބައިހެއްޔެވެ؟
- ޢުމަރުގެފާނުންގެ ޢަދުލުވެރިކަން
- ޢަލީގެފާނާއި ޢަމްރޫ ބިން ޢަބްދް ވުއްދު
- ޢުމަރުގެފާނުން ދީނަށް ދެއްވި ނަޞްރުގެ ތެރެއިން
- ކިތާބުއްތައުޙީދު
- އަލް އިމާމް އަސްމާޢީގެ ޙަޔާތްޕުޅުން ސަފްޙާއެއް
- އަބޫ ބަކުރުގެފާނުންގެ ޤުރުބާނީ
- ތިލާވަތުގެ ސަޖިދައިގައި އޮވެ ކިޔާ ދުޢާ:
- ނަމާދުގައި ކިޔާ ތަކެތި
- އައްޔޫބު ޢަލައިހިއްސަލާމްގެ ކެއްތެރިކަން
- ދުނިޔޭގެ އަވާގައި ޖެހުން
- 2011 (6)
Thursday, October 10, 2013
ﷲ ގެ ރަސޫލާ ޢީސާ ޢަލައިހިއްސަލާމްއާއިއެކު އެއްދުވަހަކު މީހަކު ހިނގަން ބޭނުންވެގެން އެދުނެވެ. އެކަލޭގެފާނުން އެކަމަށް ހުއްދަދެއްވުމުން އެދަތުރުގައި އޭނާ ބައިވެރިވިއެވެ. ދަތުރުގެ ވަކިހިސާބަކުން ޢީސާގެފާނުން އެމީހާގެ ކައިރީގައި ތިންރޮށި ގެނައުމަށް އެދުނެވެ. ދެން އެމީހާ އެކަމަށް އެއްބަސްވެގެން ގޮސް ރޮށިތައް ގަނެގެން އަންނަމުން ހިތަށް އެރިއެވެ. ޢީސާގެފާނުން ތިންވަނަ ރޮއްޓަކަށް އެދިވަޑައިގަތީ ކީއްވެބާވައެވެ؟ އަހަރެމެންނަކީ އެންމެ ދެމީހުންނެވެ. ދެން މީނާ މިފަދަ އެއްޗެހި ހިތަށް އަރަމުން ގޮސް ޝައިތާނީކަން ހިތަށް ވަދެ އެންމެފަހުން އެއް ރޮށިވެސް ކާލައިފިއެވެ. ދެން ޢީސާގެފާނުންނާއި ހަމަޔަށް އައުމުން އެކަލޭގެފާނުން އެ ތިންވަނަ ރޮއްޓާއިމެދު ސުވާލުކުރިއެވެ. އެމީހާއަށް ތިންވަނަރޮށީގެ ޚަބަރެއް ނޭންގޭކަމަށް ބުންޏެވެ. ދެން ޢީސާގެފާނުން ވަޑައިގެންނެވިއެވެ.
ދަތުރުގެ ވަކިހިސާބަކުން ޢީސާގެފާނުން ބަކައްޓެއް ގަންނަވައި ﷲ ގެ ޙަޟްރަތުން ދުޢާއެއް ކުރެއްވިއެވެ. އެއަށްފަހު އެމީހާ ކުރިމަތީގައި ބަލަބަލައިހުއްޓައި، އެބަކަރި އަމިއްލައަށް ޤުރުބާންކުރެވި އެއިގެ ހަންގަނޑު ދެމި ރޯސްޓް ކުރެވުނެވެ. އެމީހާ ހައިރާންވެ އަންތަރީސްވެގެން ކިޔާލެވުނެވެ. "މިއީ ކިހިނެތް ވާނެކަމެއްހެއްޔެވެ؟" ދެން ޢީސާގެފާނުން ސުވާލު ކުރެއްވިއެވެ. މިމުޢުޖިޒާތް ދެއްކެވި ފަރާތްގަންދީ އަހަމެވެ. އެތިންވަނަ ރޮއްޓައްވީ ކިހިނެތްހެއްޔެވެ؟ އެމީހާ ހޯހޯއެވެ. ތިމަންނައަކަށެއް ނޭންގޭ ކިޔައިގެންފިއެވެ.
އަނެއްކާވެސް އެކަލޭގެފާނުން އެދަތުރުގައި
ހިންގަވަމުންގޮސް ކޯރެއްގެ އައްސޭރިއަކަށް ނިކުމެވަޑައިގެންނެވުނެވެ. އެކޯރު
ހުރަސްކުރާކަށް އެއްވެސް އުޅަންދެއްފަދަ އެއްޗެއްނެތެވެ. ދެން ޢީސާގެފާނުން
އެކަލޭގެފާނުންގެ އަތްޕުޅުގައި އޮތް އަސާގަނޑަކުން ކޯރުގައި ޖެއްސެވިއެވެ. އެވަގުތު
އެކޯރުގެ ފެންގަނޑު ދެފަރާތަށް ކެހި ހިނގާނެ މަގެއް ހެދުނެވެ. މިމަންޒަރު
ބަލަންހުރި އެއްކަލަމީހާ ހައިރާންވެ އަންތަރީސްވެގެނެ ބުނެވުނެވެ. "ސުބުހާނަﷲ
އެވެ! މިއީ ކޮންފަދައަކުން ވާނެކަމެއްހެއްޔެވެ؟" ޢީސާގެފާނުން ވިދާޅުވިއެވެ. މިމުޢުޖިޒާތް
ދެއްކެވި ފަރާތް ގަންދީ އަހަމެވެ. ތިންވަނަ ރޮއްޓައްވީ ކިހިނެތްހެއްޔެވެ؟ އެމީހާ
ބުންޏެވެ. ތިމަންނައަކަށެއް ނޭންގެއެވެ.
ޢީސާގެފާނުންނަށް ދަތުރުމަތީގައި
ސަހަރާއަކަށް ދެވުނެވެ. ދެން އެކަލޭގެފާނުން އެތަނުގެ ފަސްގަނޑުމަތީ އިންނަވާފައި
3 ފަސްފުނި ހެއްދެވުމަށްފަހު ﷲ އަށް ދުޢާކުރެއްވިއެވެ. އެހިނދުން ﷲ އެ
ފަސްފުނިތައް ރަނަށް ބަދަލުކުރެއްވިއެވެ. ދެން ޢީސާގެފާނުން އެ ރަން ފުނިތަކަށް
އިޝާރާތްކުރައްވަމުން ވިދާޅުވިއެވެ. މިއީ ތިމަންކަލޭގެފާނުންނަށެވެ. އެއީ
ކަލެއަށެވެ. ދެން މިވާ ރަންފުންޏަކީ އެ ތިންވަނަ ރޮށި ކޭމީހާއަށެވެ. އެހައިރުން
އެއްކަލަ މީހާ އޭނާގެ އެކުށާއި ހަވާލުވެގަންނަމުން ބުންޏެވެ. އެކަންކުރީ
ތިމަންނާއެވެ. ދެން ޢީސާގެފާނުން އެމީހާއަށް އެ 3 ރަންފުނި ދެއްވަމުން
ވިދާޅުވިއެވެ. ކަލޭ ކަލޭގެ އަމިއްލަ މަންޒިލައިގެން ދާށެވެ.
ތިމަންކަލޭގެފާނުންނާއި އެކުގައި ނާންނާށެވެ. އެމީހާއަށް ލިބުނު ތިންރަންފުނީގެ
ދަހިވެތިކަމުގައި ރަސޫލާ ދޫކޮށްލައި އުފަލުން ހިނގައިގަތެވެ.
އެމީހާއަށް މަގުގެ ވަކި ހިސާބަކުން ފޭރޭ
ދެމީހަކާއި ބައްދަލުވެއްޖެއެވެ. އެދެމީހުން އެމީހާގެ އަތުގައިވާ ރަންތައް ފެނުމުން
އެމީހާ މަރާލިއެވެ. އެއަށްފަހުން އެއިގެ ތެރެއިން އެކަކު އަނެކަކުކުރެން ކާނެ
އެއްޗެއް ގަނެގެން ގެނައުމަށް ބުންޏެވެ. ދެން އެމީހަކު ދަމުން ހިތަށްއެރިއެވެ.
ތިމަން ކާން ގެންނަ އެއްޗަކަށް ވިހަލާނަމެވެ. އެއިރުން ރަންތައް ތިމަންނައަށް އެކީ
މިލްކުވާނެއެވެ. އަނެކަކު ރޭވީ އެމީހާ ކާއެއްޗެހި ގަނެގެން ގެނައުމުން އެމީހާ
މަރާފައި އެހުރިހާ ރަނެއް އަމިއްލަކުރުމަށެވެ. ކަންތައްވީ ގޮތަކީ ކާއެއްޗެހި
ބަލާދިޔަ މީހާ އެނބުރިއައުމުން އޭނާ މަރާފައި އަނެއްމީހާ ކައިގެން އޭނާވެސް
މަރުވުމެވެ.
ރެފަރެންސް:
އިމާމް ޣަޒާލީގެ އިޙްޔާ ޢުލޫމުއްދީން : 27 ވަނަ ފޮތް
އާދޭހެވެ. ދުނިޔެ ހޯދަން އުޅުނު އެކަކަށްވެސް
އެދުނިޔޭގެ ފޮނިމީރުކަމުން އެކައްޗެއްވެސް ނުލިބުނީއެވެ. ވާނީވެސް އެހެންނެވެ.
ދުނިޔޭގެ ފަހަތުން ދުވާނަމަ ބައެއްފަހަރު ވަރަށްކުޑަ މިންވަރެއް ލިބިދާނެއެވެ.
އެއީވެސް ބައެއްމީހުންނަށެވެ. އަނެއްބަޔަކަށް އޮންނާނީ އެކައްޗެއްވެސް
ނުލިބިފައެވެ.
ޢީސާގެފާނުންނަށް އެއްފަހަރަކު ދުނިޔެ، ރީތިވެގެންއިން ކަސްބީ އަންހެނެއްގެ ސިފައިގައި
ދެއްކެވުނެވެ. ޢީސާގެފާނުން ވިދާޅުވިއެވެ. ތީ ކާކުހެއްޔެވެ؟ އޭނާ ބުންޏެވެ.
ދުނިޔެއެވެ. ޢީސާގެފާނުން ވިދާޅުވިއެވެ. ކަލެއަށް ކިތަށް ބައިވެރިން ވޭހެއްޔެވެ؟
އެއަންހެންމީހާ ބުންޏެވެ. ބިލިޔަނުން ބިލިޔަނުންނެވެ. މިބިންމަތީގައި
ހިނގައިއުޅުނު އެންމެހާ މީހުންނަކީ އަހަރެންގެ ބައިވެރިންނެވެ. ދެން ޢީސާގެފާނުން
ވިދާޅުވިއެވެ. އެއިގެ ތެރެއިން ކިތަށްމީހުންނަށް ކަލޭ ވަފާތެރިވީންހެއްޔެވެ؟
އެއަންހެންމީހާ ބުންޏެވެ. އެކަކަށްވެސް ވަފާތެރިވެފައެއް ނޯންނާނެއެވެ.
ދެން ޢީސާގެފާނުން ވިދާޅުވިއެވެ. "ކަލޭގެ
ކުރީގެ ބައިވެރިންނާއިމެދު ކަލޭ ކަންތައް ކުރަމުންދާގޮތް ފެނުމަށްފަހުވެސް ކަލޭގެ
ލޯބީގައި ޖެހޭމީހަކީ ހަމަކަށަވަރުން މޮޔައެކެވެ."
ކުދިންނޭވެއެވެ. ވިސްނާލާށެވެ.
وَلَا تَنسَ نَصِيبَكَ مِنَ الدُّنْيَا وَأَحْسِن القصص: ٧٧
"އަދި މިދުނިޔެއިން
ކަލެއަށްވީބައި ހަނދާންނައްތާނުލާހުށިކަމެވެ." (ޤަޞަޞް: 77)
އަލް އިމާމް ޤުރުޠުބީ ރަޙިމަހުﷲ (އެކަލޭގެފާނުންގެ
ތަފްސީރުގައި) ވިދާޅުވިއެވެ: މިދުނިޔެއިން ކަލެޔަށްވާ ބަޔަކީ ކަލޭ މަރުވެގެން
ދިޔުމަށްފަހު ކަލޭގެގައިގައި އޮޅާލެވޭ ކަފުން (އެކަންޏެވެ).
އަލް އިމާމް ޣަޒާލީ ރަޙިމަހުﷲ
މިދުނިއެއާއިމެދު މިސާލު ޖެއްސެވިއެވެ.
އެއީ ޖަންގަލީގެ ތެރޭގައި ސިންގާއެއް ފަހާތީ
ދުވަމުންދާ މީހެއްގެ މިސާލެވެ. އެމީހާ ދުވެފައިގޮސް ވަޅަކަށް ފުންމާލައި އެއިގައި
(މަތިން ތިރިއަށް) އެލިފައިއޮތް ވަލެއްގައި ހިފަހައްޓައެވެ. އޭނާ މައްޗަށް
ބަލާލާއިރު އެއްކަލަ ސިންގާ ވަޅުގެ ތުންފަތްމަތީގައި އެނބުރެނީއެވެ. ތިރިއަށް
ބަލާލިއިރު އަނދިރިގަނޑުގެތެރޭގައި ބޮޑު ނާގަހަރުފައެއް އަނގަ ހުޅުވައިގެން
އޮތެވެ. އެއިރު ކަޅު މީދަލަކާއި ހުދު މީދަލެއް އޭނާ ހިފަހައްޓައިގެންއޮތް ވަލުގައި
ދަތްއަޅާކަނީއެވެ. މިޙާލުގައި އޮއްވައި ކުރިމަތިން ފެންނަނީ މާމުއި ކުޅަނދުރު
ހަތައެކެވެ. ދެން އެމީހާ އެއަށް އިނގިލިލާފައި ދުލުގެ ކުރީގައި ޖައްސައެވެ. ހަމަ
ޖެއްސުމާއިއެކު އެސިންގާއާއި، ބަލަހައްޓައިގެން ހައިގެންފައިއޮތް ހަރުފައާއި އަދި
ނުވިތާކަށް އޭނާގެ ދިރިހުރުން އެއިގެ މައްޗަށް ހުއްޓިހުރި ވަލުގައި ކޮށަމުންދިޔަ
ދެމީދާގެ މަތިންވެސް ހަނދާންނެތުނީއެވެ. ޙާލަތަކީ މިއީއެވެ. އެސިންގާއަކީ
އަހަރެމެންގެ ފަހަތުން އަބަދުވެސް ދުވާ މަރެވެ. އެހަރުފައަކީ އަހަރެމެން
މަރުވެގެން ވެއްޓޭނެ ކައްވަޅެވެ. ހިފަހައްޓައިގެން އޮތް ވަލަކީ ޢުމުރެވެ. މީދަލަކީ
ރޭގަނޑެވެ. އަދި ދުވާލެވެ. މިނިކަމެތި ޙާލުގެމަތިން ހަނދާން ނައްތާލެއްވި މާމުއި ހަތަލަކީ
މިދުނިޔޭގެ ފޮނިކަމެވެ.
ސުބުޙާނަﷲ އެވެ. އަދިވެސް އަހަރެމެންގެ
ޙާލަކީ މިއީއެވެ. މީހުންނަށް ގޮތްކިޔައިދިނުމެވެ. އަމިއްލައަށް ހެޔޮކަމެއް
ކުރާކަށެއް ނުވިސްނައެވެ.
Labels:
Prophets
Subscribe to:
Post Comments (Atom)
0 comments:
Post a Comment