Blog Archive
- 2014 (39)
-
2013
(100)
- December(45)
- November(21)
-
October(34)
- މޫސާގެފާނުންގެ ޢަޖައިބުކުރުވަނިވި ދުޢާ:
- ސަލާމް ލެއްވި އިދްރީސްގެފާނުން:
- ކޮންމެ ރެޔަކު ހުވަފެނުގައި ރަސޫލުﷲ ގެަފާނުން
- މަންމަގެ އުނގުގައި ވާހަކަދެއްކި 3 ކުއްޖާ
- އެކުއެކީ ނިމިގެންދިޔަ ދެތަރި
- ވަގުތުން އިޖާބަކުރެވުން ދުޢާ
- ޢުމަރުގެފާނުންގެ ފަރާތުން ނީލަކޯރަށ
- ކުޑަކުއްޖާއާއި ރަސްގެފާނު:
- ހުވަފެނުން ފެނުނު "ފުޅިބައްތި"
- ވެރިކަމަށް ﷲ ވެސް ރިޝްވަތު ނުހިއްޕަވައެވެ.
- ޝައިޠާނާގެ އުނދަގޫ ފަހުވަގުތުގައުވެސް
- މުޢާވިޔަތުގެ ފަރާތުން ހިރަޤުލްއަށް
- ޢަބްދުﷲ ބިން މުބާރަކް
- ﷲ ދެނެވޮޑިގަތީމައި އެނިމުނީއެވެ.
- ބަހުލޫލް އަށް ލިބިވަޑައިގަތް ސިޓީ
- މަގު ފޭރޭ މީހާ މިޔަދު ރޯދައަށް
- ޤުރުޢާން (ބަލައިގެން) ކިޔަވަން ނޭންގޭ މާތް މީހާ
- ސުންނަތް ރޯދަ:
- 10 ކަމަކާއިގެން މަޙުޝަރައް
- އަޖައިބެއް ފަދަ އަވައްޓެރިޔާ
- އިމާމް ބުޚާރީގެ ތެދުވެރިކަން
- ބުޢުލާމް އިބްން ބާޢޫރާގެ ވާހަކަ
- ޒަދާންގެ ތައުބާ
- ޢިލްމުވެރިންނަކީ ކޮބައިހެއްޔެވެ؟
- ޢުމަރުގެފާނުންގެ ޢަދުލުވެރިކަން
- ޢަލީގެފާނާއި ޢަމްރޫ ބިން ޢަބްދް ވުއްދު
- ޢުމަރުގެފާނުން ދީނަށް ދެއްވި ނަޞްރުގެ ތެރެއިން
- ކިތާބުއްތައުޙީދު
- އަލް އިމާމް އަސްމާޢީގެ ޙަޔާތްޕުޅުން ސަފްޙާއެއް
- އަބޫ ބަކުރުގެފާނުންގެ ޤުރުބާނީ
- ތިލާވަތުގެ ސަޖިދައިގައި އޮވެ ކިޔާ ދުޢާ:
- ނަމާދުގައި ކިޔާ ތަކެތި
- އައްޔޫބު ޢަލައިހިއްސަލާމްގެ ކެއްތެރިކަން
- ދުނިޔޭގެ އަވާގައި ޖެހުން
- 2011 (6)
Thursday, October 10, 2013
އަލް އިމާމު އަލް އަސްމާޢީ ބަދަވިންގެ މީހަކަށް ޤުރުއާން
ކިޔަވައިދޭން ދިޔަވާހަކައެއް ކިޔައިދެއްވިއެވެ.
އެކަލޭގެފާނުން ބަދަވިންގެ ސަރަޙައްދުގައި އުޅުއްވަނިކޮށް
މީހަކު ކަނޑިއެއް ހިފައިގެން އަންނަތަން ފެނިވަޑައިގަތެވެ. އެމީހާއަކީ މަގުފޭރޭ
މީހެއްކަން ވަރަށް އަވަހަށް އަސްމާޢީއަށް އިނގިވަޑައިވެސްގަތެވެ. އެމީހާއައިސް
އަސްމާޢީ ތުރުކުރައްވައިގެން ހުރި ހެދުންކޮޅުފެނުމުން އެހިއެވެ: "އޭ ރަށުތެރޭ
މީހާއެވެ. ކަލޭ މިތާ ކީތްކުރަނީހެއްޔެވެ؟"
"(ތިމަން ކަލޭގެފާނުން މިތަނަށް މިއައީ) ޤުރުއާން
ކިޔަވައިދޭށެވެ" އަލް އަސްމާޢީ ޖަވާބުދެއްވިއެވެ.
".....ޤުރުއާނަކީ ކޯއްޗެއް؟" ބަދަވީންގެ މީހާ
ސުވާލުކުރިއެވެ.
"ﷲގެ ކަލާމްފުޅު" އަސްމާޢީ ވިދާޅުވިއެވެ.
"ﷲ އަށް ބަސްފުޅުތަކެއްވެސް ވޭތަ؟" ބަދަވިންގެ
މީހާ އެހިއެވެ.
އާއެކޭ ވިދާޅުވުމުން ތިމަންނާއަށް އެއިން އާޔަތެއް
ކިޔައިދޭން އެބަދަވިންގެ މީހާ އެދުނެވެ. ދެން އަލް އަސްމާޢީ ކިޔަވައި
ވިދާޅުވިއެވެ.
"އަދި ކަލެއަށް ވަޢުދުކުރައްވާފައިވާ ރިޒްޤު ވަނީ
އުޑުގައެވެ." [1]
ބަދަތްވެއްކަމަކުވެސް އެމީހާއަށްވެސް މިއާޔަތުން ވަރަށް އަސަރުކުރިއެވެ.
އަދި ބުންޏެވެ. "އަހަރެން ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެމެވެ.
އަހަރެންގެ ރިޒްޤު އުޑުގައިވާއިރު އަހަރެން މިއުޅެނީ އެއެތި (ނުހަމަގޮތުގައި)
މިބިމުން ހޯދާށެވެ."
ﷲގެ ރަޙްމަތްފުޅުން އެ ބަދަވީންގެމީހާ ހަމަ އެވަޤުތުން
އިސްލާމްވެ އިސްލާޙުވީއެވެ. އަލްއަސްމާޢީއަށް މިބަދަވީ މީހާ ޖެހިގެން އައި އަހަރު
ޙައްޖަށް ގޮސްހުއްޓައިފެނުނެވެ. އެމީހާއަށް އަސްމާޢީ ފެނުމުން އެކަލޭގެފާނުންގެ
އަރިހަށް އައިސް "ކުރީންދުވަހު އަހަރެންގެ ގާތުގައި އެހުރީ އެއީ
ކަލޭގެފާނުންދޯ؟" އޭ އެހިއެވެ. އަލް އަސްމާޢީ އުފަލުންހުރެ ޖަވާބުގައި އާދޭހޭ
ވިދާޅުވިއެވެ.
"އެހެން އާޔަތެއް ކަލޭގެފާނުން އަހަރެންނަށް
ކިޔައިދެއްވާށެވެ" ބަދަވީންގެ މީހާ އެދުނެވެ. ދެން އަލް އަސްމާޢީ މިއާޔަތް
ކިޔައިދެއްވިއެވެ.
"ދެން، އުޑުތަކާއި ބިމުގެ ވެރި އިލާހު ގަންދެމެވެ.
ތެދަކީ އެއީއެވެ. (ކަލޭގެމައްޗަށް ވަޢުދުކުރެއްވުނު ކަންތަކަކީ އެއީ ހަމަ ތެދެވެ.)
ކަލޭ ވާހަކަ ދައްކަމުން ބުނެވޭނެ ތެދުފަދައިންނެވެ."[2]
އެބަދަވީންގެ މީހާ އަށް މިއާޔަތް އަޑުއިވުމުން ވަގުތުން
ރޯންފެށިއެވެ. އަދި ރޮމުން ރޮމުންގޮސް އަލް އަސްމާޢީގެ ކުރިފުޅުމަތީގައި އެމީހާ
މަރުވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. އަލް އަސްމާޢީ އަށް އެމީހާ އިސްލާމްވީ
ގޮތާއި އަދި މަރުވެ ދިޔަ އެރިވެތިގޮތް (ޙައްޖުގެ އަޅުކަން އަދާކުރަނިކުރަން
ހުރެފައި އެމަރުވެދިޔަގޮތް) ފެނުނެވެ. ﷲ އެއަޅާއަށް ރަޙްމަތް ލައްވާންދޭވެއެވެ. [3] އާމީން
އެއީ ބަދަވީންގެ މީހެކެވެ. އެކަމަކު އެމީހާއަށްވެސް އެންމެ
އާޔަތެއް ފުދުނެވެ. އަހަރެމެން ކުރިމަތީގައި ހައެއްކަހާސް އާޔަތަށްވުރެ ގިނަ މުޅި
ޤުރުއާންވެސް އެބައޮތެވެ. ފޮތެއް އޮތަކަށް ވާނޭކަމެއް އޮންނާނެހެއްޔެވެ؟ އެއިން
އެއްޗެއް ކިޔާލާނޭނަމަ، އަހަރެމެންގެ ހަރު މިހިތްތަކަށްވެސް ކޮންމެވެސް އަސަރެއް
ކުރާނެކަން ޔަޤީނެވެ. އަހަރެމެންނަކީ މުުއުމިނުންނޭ ބުނަން ލަދުގަންނަހާ ވެއެވެ.
[1] ސޫރަތު އައްޒާރިޔާ: 22
[2] ސޫރަތު އައްޒާރިޔާ: 23
[3] ސިފަތުއް ސަފްވާ: 4/310
Labels:
scholars
Subscribe to:
Post Comments (Atom)
0 comments:
Post a Comment