Blog Archive
- 2014 (39)
-
2013
(100)
- December(45)
- November(21)
-
October(34)
- މޫސާގެފާނުންގެ ޢަޖައިބުކުރުވަނިވި ދުޢާ:
- ސަލާމް ލެއްވި އިދްރީސްގެފާނުން:
- ކޮންމެ ރެޔަކު ހުވަފެނުގައި ރަސޫލުﷲ ގެަފާނުން
- މަންމަގެ އުނގުގައި ވާހަކަދެއްކި 3 ކުއްޖާ
- އެކުއެކީ ނިމިގެންދިޔަ ދެތަރި
- ވަގުތުން އިޖާބަކުރެވުން ދުޢާ
- ޢުމަރުގެފާނުންގެ ފަރާތުން ނީލަކޯރަށ
- ކުޑަކުއްޖާއާއި ރަސްގެފާނު:
- ހުވަފެނުން ފެނުނު "ފުޅިބައްތި"
- ވެރިކަމަށް ﷲ ވެސް ރިޝްވަތު ނުހިއްޕަވައެވެ.
- ޝައިޠާނާގެ އުނދަގޫ ފަހުވަގުތުގައުވެސް
- މުޢާވިޔަތުގެ ފަރާތުން ހިރަޤުލްއަށް
- ޢަބްދުﷲ ބިން މުބާރަކް
- ﷲ ދެނެވޮޑިގަތީމައި އެނިމުނީއެވެ.
- ބަހުލޫލް އަށް ލިބިވަޑައިގަތް ސިޓީ
- މަގު ފޭރޭ މީހާ މިޔަދު ރޯދައަށް
- ޤުރުޢާން (ބަލައިގެން) ކިޔަވަން ނޭންގޭ މާތް މީހާ
- ސުންނަތް ރޯދަ:
- 10 ކަމަކާއިގެން މަޙުޝަރައް
- އަޖައިބެއް ފަދަ އަވައްޓެރިޔާ
- އިމާމް ބުޚާރީގެ ތެދުވެރިކަން
- ބުޢުލާމް އިބްން ބާޢޫރާގެ ވާހަކަ
- ޒަދާންގެ ތައުބާ
- ޢިލްމުވެރިންނަކީ ކޮބައިހެއްޔެވެ؟
- ޢުމަރުގެފާނުންގެ ޢަދުލުވެރިކަން
- ޢަލީގެފާނާއި ޢަމްރޫ ބިން ޢަބްދް ވުއްދު
- ޢުމަރުގެފާނުން ދީނަށް ދެއްވި ނަޞްރުގެ ތެރެއިން
- ކިތާބުއްތައުޙީދު
- އަލް އިމާމް އަސްމާޢީގެ ޙަޔާތްޕުޅުން ސަފްޙާއެއް
- އަބޫ ބަކުރުގެފާނުންގެ ޤުރުބާނީ
- ތިލާވަތުގެ ސަޖިދައިގައި އޮވެ ކިޔާ ދުޢާ:
- ނަމާދުގައި ކިޔާ ތަކެތި
- އައްޔޫބު ޢަލައިހިއްސަލާމްގެ ކެއްތެރިކަން
- ދުނިޔޭގެ އަވާގައި ޖެހުން
- 2011 (6)
Sunday, October 13, 2013
ތިމަން ރަސްކަލާންގެ އާޔަތްތައް
އެމީހާއަށް ލިބިދެއްވުމުން، އެއިން ވަކިވެގަތްމީހާގެ ޚަބަރު ކަލޭގެފާނު އެއުރެނަށް
ކިޔައިދެއްވާށެވެ! ދެން ޝައިޠާނާއާ އޭނާގެ ފަހަތުން ދިޔައެވެ. ފަހެ،
މަގުފުރެދިގެންވާ މީހުންގެ ތެރެއިން އޭނާ ވިއެވެ. (ސޫރަތުލް އަޢްރާފް: 175)
ޝައިޚް ޞާލިޙުލް ފައުޒާން:
ﷲގެ ރަސޫލާ މޫސާ ޢަލަހިއްސަލާމް
އާއި ބަނީ އިސްރާއީލުންނާއި ދެމެދު ބައިތުލް މަޤްދިޞް ކަންޢާނީންނާއި
އަމާލިކުންފަދަ ދަރިކޮޅުތައްފަދަ ބުދުތަކަށް އަޅުކަންކޮށްއުޅުނު މީސްތަކުންގެ
އަތްތަކުން ޙިމާޔަތްކުރެއްވުމަށް ހިނގި ވަރުގަދަ ހަނގުރާމައިގައި އެމީހުން
މުސްލިމުންނާއި މޫސަގެފާނުންދެކި ބިރުގަނެ ސިހި، ޖެހިލުންވެ އެކަމާއިމެދު މި
ބުލްޢާމް ގެ ގާތަށް އެމީހުންނަށް ނަޞްރު ދެއްވަތްތޯ ދުޢާކޮށްދެއްވާތޯ އައެވެ. އެހެނަސް
ފުރަތަމަ ފަހަރު އޭނާ އެކަމާއި ދެކޮޅު ހެދިއެވެ. ފަހުން އެބައިމީހުން އޭނާގެ
ބޮލަށްއެރި ވިސްނައިދިނުމުން އެމީހުންނާއި އެއްކޮޅަށް ﷲ ގެ ރަސޫލާއާއި ދެކޮޅަށް
ދުޢާކުރިއެވެ. ﷲ ތަޢާލާ އެކަމާއި ކޯފާ އިސްކުރައްވާ އޭނާގެ އެބަރަކާތްތެރިކަމުން
އޭނާ ބަރީޢަކުރެއްވިއެވެ.
ތިމަން ރަސްކަލާންގެ އާޔަތްތައް
އެމީހާއަށް ލިބިދެއްވުމުން، އެއިން ވަކިވެގަތްމީހާގެ ޚަބަރު ކަލޭގެފާނު އެއުރެނަށް
ކިޔައިދެއްވާށެވެ! ދެން ޝައިޠާނާއާ އޭނާގެ ފަހަތުން ދިޔައެވެ. ފަހެ،
މަގުފުރެދިގެންވާ މީހުންގެ ތެރެއިން އޭނާ ވިއެވެ. (ސޫރަތުލް އަޢްރާފް: 175)
وَلَكِنَّهُ أَخْلَدَ إِلَى الْأَرْضِ
އެމީހާ ވެގެންވީ ބިމަށް
ލެބިގެންވީ މީހަކަށެވެ. (އެބަހީ އޭނާ އިސްކުރި މިދުނިޔެއިން ލިބިދާނޭ
އެއްޗަކަށެވެ.)
ﷲގެ ޙަޟްރަތުން
މަތިވެރިކަމަކަށް އޭނާ ބޭނުމެއް ނުވިއެވެ.
أَخْلَدَ إِلَى الْأَرْضِ وَاتَّبَعَ هَوَاهُ
އެމީހާ ވެގެންވީ ބިމަށް
ލެބިގެންވީ މީހަކަށެވެ. އަދި އޭނާގެ އަމިއްލަ އެދުމަށް އޭނާ ތަބާވިއެވެ.
فَمَثَلُهُ كَمَثَلِ الْكَلْبِ إِنْ تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَثْ
ފަހެ އޭނާގެ މިސާލު ކުއްތާގެ
މިސާލުފަދައެވެ. އެއަށް ޙަމަލާދިނަސް ދޫނެރެގެންއޮވެ މާނޭވާލައެވެ. ނުވަތަ އެއަށް
ކަމެއްނުކޮށް ދޫކޮށްލިޔަސް ދޫނެރެގެންއޮވެ މާނޭވާލައެވެ.
ކުއްތާއަކީ އަބަދުވެސް ދޫ
ނެރެގެން އޮންނައެއްޗެކެވެ. ހިޔަލުގައިވިޔަސް ނުވަތަ އަވީގައިވިޔަސްވެއެވެ.
ދުވަމުން ދިޔަސް ނުވަތަ ހުއްޓި އޮތަސްމެއެވެ. އެހެންކަމުން ﷲ އޭނާއާއި
ކުއްތާއަކާއި އެއްފަދަ ކުރެއްވީއެވެ.
އޭނާއަކީ ޢިލްމުވެރި
މީހެއްކަމުގައިވިޔަސް، ﷲ ޠަޢާލާގެ އާޔަތްތަށް އޭނާ އެއްލާލީހިނދުﷲ އޭނާގެކިބައިން
އެކަން ނެންގެވީއެވެ. އޭނާ ﷲގެ އާޔަތްތައް އުކާލާ ﷲ ތަޢާލާގެ އަޚާ އާއިމެދު
އިހާނެތިކޮށް ދުޢާކުރުމުން ﷲ އޭނާއަށް
އަދަބުދެއްވީއެވެ.
މިއީ މުއުމިނަކު ދޫކޮށް އީމާން
ނުވާމީހުންނަށް ކިޔަމަންތެރިވެ އެޙީއާއި މަދަދުދޭ މީހުންނަކީ ބުލްޢާމް ފަދަ
މީހުންނެވެ. ބުލްޢާމް ބިން ބާޢޫރާ ފަދަ މީހުންނެވެ. އެމީހުންނަކީ ﷲ ގެ އާޔަތްތައް
އެއްލާލީ މީހުންނެވެ.
ދިވެހިންނޭވެއެވެ! ޕާޓީތަކަށް
ނިސްބަތްވެގެން އެކަމުގައި މަޝްޢޫލުވެގެން އުޅޭ މީސްމީހުންނޭވެއެވެ. ކޮންމެ
ޕާޓީއެއްކަމުގައިވިޔަސް ﷲ ތަޢާލާގެ ބަސްފުޅުތަކާއި ދެކޮޅުވާއިރު ބިރުވެތިވާކަށް
ނުޖެހޭހެއްޔެވެ؟ ތިމާ މިއުޅެނީ ކާކެއްގެ އެހީތެރިކަމެއްހޯދަންތޯ ބަލާއިރު ތިމާއަށް
ދުނިޔޭގައި ހެލިފެލިވެ މިއުޅެވެނީ ﷲ ތިމާއަށް ދޫކޮށްދެއްވީތީކަން ހަނދުމަކުރާށެވެ.
އެކަލާންގެ އެދިލައްވާނަމަ ވަގުތުން މަރު ހިއްޕަވާއިރު ޕާޓީ ވަންނާނީ ކޮންތާކަށްތޯ
ވިސްނާލައްވާށެވެ. މިޔަދު ހަތަރު ފަސް އަހަރެއްގެ ވެރިކަމުގެ ބޭނުމުގައި
ކެމްޕެއިން ކޮއްދޭއިރު މާދަމާ .... އެއީ އެއިގެ އަނެއްދުވަހެއް ނުވެސްނެތް
ދުވަހެވެ. ދާޢިމަށް ދެމިތިބޭނޭ ޢާލަމެވެ. އެޢާލަމްގައި ހެވެއް އެދޭނަމަ މިއަދު
ކުރަން އެންމެ ރަނގަޅީ ކޮންކަމެއްތޯ ނުވިސްނާ ތިހެންއުޅުން ހެޔޮނުވާނެއެވެ. ދިވެހި
އުއްމަތް ވެއްޓިގެން މިދަނީ ހާދަހާ އަނދިރި ވަޅުގަނޑަކަށެވެ.
ﷲ އަޅަމެންނަށް ހެޔޮ ވިސްނުން
ދެއްވާށި! އާމީން.
ރެފަރެންސް: މިވާހަކަ އަލް އިމާމް އިބްން ކަޘީރުގެ ޤަސަސުލް އަންބިޔާގައި ލިޔުއްވާފައިވެސް ވެއެވެ.
ރެފަރެންސް: http://salaf-us-saalih.com/category/miscellaneous/stories
ރެފަރެންސް: މިވާހަކަ އަލް އިމާމް އިބްން ކަޘީރުގެ ޤަސަސުލް އަންބިޔާގައި ލިޔުއްވާފައިވެސް ވެއެވެ.
Labels:
nations
Subscribe to:
Post Comments (Atom)
0 comments:
Post a Comment