Blog Archive

Thursday, October 10, 2013


އަހަރެމެން ގެ ތެރެއިން ވަރަށް ގިނަ މީހުންނަށް އެކަލޭގެފާނުންނަކީ ކޮން ބެއިކަލެއްކަން އިނގިލައްވާނެއެވެ. އެކަލޭގެފާނުންވަނީ އެއް އިރެއްގައި ވަރަށް މުއްސަނދި ދިރިއުޅުއްވުމެއް އުޅުއްވި ބެއިކަލެކެވެ. އެކަލޭގެފާނުންގެ ޚާދިމުންނާއި ޚައްދާމުން ނިކަން ގިނައެވެ. އަނބީންނާއި ދަރީންވެސްމެއެވެ. ނަމަވެސް އެކަލޭގެފާނުން ނަކީ އަމިއްލަ ނަފްސުގެ މައްޗަށް ކެތްތެރިވެ ވަޑައިގަންނަވާން އިނގިލަށްވާ ލާމަސީލު މިސާލެއްކަމުން އެކަލޭގެފާނުން ވެ ވަޑައިގަތީއަށް ކިޔަމަންތެރިވީ އަޅުން ގެ ތެރޭގައެވެ. އެކަލޭގެފާނުނގް މުއްސަނދިކަން ހޭދަ ކުރެއްވީ ފަޤީރުންނަށް ޓަކައެވެ. މުއްސަނދިކަން އިތުރު ވީ ވީހެން ދެއްކެވީ ދުނިޔެއާއި މެދު އީރަތްތެރިކަން ކެނޑި އާޚިރަތަށް މަސަތްކަތް ކުރެއްވި ބެއި ކަލެއްގެ ގޮތުގައެވެ.

އަޅުގަނޑުމެންނަށް ޤަބޫލު ނުކުރެވުނަސް އިނގޭ ހަޤީޤަތަކީ އިބިލީހަކީ ހެޔޮލަފާ މީހުންގެ ދުޝްމިނެއް ކަމެވެ. އިބިލީސް އެންމެ އަރިސްވާނީ ވެސް އެންމެ ހެޔޮލަފާ މީހުންނާއި އެވެ. މީހާ ރަނގަޅު ވީ މިންވަރަކުން އެމީހާގެ މައްޗަށް އޭތި ވާހުށީ ކައިރިވެގެންނެވެ. އޭގެ އެއް ޢަލާމާތަކީ ހެޔޮލަފާކޮށް އުޅޭން ދިމާ ކޮށްފި ނަމަ އުނދަގޫތަކާއި ކުރިމަތި ވުމެވެ. އިމްތިޙާނުތައް ކުރިމަތިވުމެވެ. އިބިލީސް ބަލާނީ ހެޔޮ ޢަމަލުގެ ވެރީންގެ ގާތުގައި ވުމަށެވެ. އެނޫން މީހުންނާއި އެހާ ގާތެއް މި ދުނިޔެ މަތީގަވެސް އެސޮރު ނުވާނެއެވެ.


ސަލާމް ލެއްވި އައްޔޫބު ގެފާނުންގެ މާތްކަމާއި ދީނަށް ބެހެއްޓެވި ފަރުވާތެރިކަން ފެނުން ފެނުންހެން އެ އިބިލީސް ވަމުން ދިޔައީ އެކަލޭގެފާނުން ނަށް އެތަށް އެތަށް ގޮތަކުން ދުއްތުރާ ދޭން މަސަތްކަތް ކުރި މީހަކު ކަމުގައެވެ. ނަމަވެސް ކޮޅަކުން ކާމިޔާބު ނުވެގެން މީނާ އަށް ހަދާނޭ ގޮތް ހުސްވެގެންގެ ޙަޒްރަތުގައި ދެންނެވިއެވެ. އޭއެވެ! އައްޔޫބު ގެފާނުން އެހާ އިޚްލާސްތެރި ވެފައި ކިޔަމަން ތެރީ އެކަލޭގެފާނުންގެ މުއްސަނދި ކަމުންނެވެ. މިހާރުވެސް އެ ނަންގަވަނިކޮށް އެއީ ހަމަ އެހެން މީހުން ނެކޭ ވެސް އެއްފަދަ މީހަކަށް ވާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިބިލީސް އެ ނަބިއްޔާ އާއި މެދުދަރުބާރުގައި އެ ކުރި ތަހައްދީ އަށް ޖަވާބު ދެއްވާ އިބިލީސް ނިކަމެތި ކޮށްލެއްވުމަށް އެ އިބިލީހުގެ ކުރިމަތީގައި އެކަލޭގެފާނުންނަށް އިމްތިޙާން ކުރެއްވެވިއެވެ. ﷲ ގެ ސުންނަތުގެ މަތީގައި ވާ ގޮތުން ނެވެ. އެކަލާންގެ ވަޙީ ކުރެއްވެވިއެވެ:
وَلَنَبْلُوَنَّكُمْ بِشَيْءٍ مِّنَ الْخَوفْ وَالْجُوعِ وَنَقْصٍ مِّنَ الأَمَوَالِ وَالأنفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ (2:155)
"ހަމަ ކަށަވަރުން ތިމަން ރަސްކަލާންގެ ތިޔަބައި މީހުން އިމްތިޙާން ކުރައްވާ ހުށީމެވެ. ބިރުވެރިކަމާއި، ބަނޑުހައި ހޫނުކަމުން ކުރެ ކަމެއް މެދުވެރި ކުރެއްވުމުން ނެވެ. އަދި މުދަލާއި ފުރާނަޔާއި މޭވާގައި އުނިކުރެއްވުމުންނެވެ. އަދި ކެތްތެރި ވާ މީހުންނަށް އުފާވެރި ޚަބަރު ދެއްވާށެވެ"
(ނޯޓް: އާޔަތުގައި އެވަނީ ޤުރުއާނުގެ ސުންނަތުގެ ތެރެއިން ވާ ގޮތަށް އެންމެ ޚުލާސާކޮށް ބުނެދީފައެވެ. އޭގެ މާނަ އަކީ އެނޫން ކަން ކަމުގައިވެސް އިމްތިޙާން ނާންނާނެ އެކޭ އެއް ނޫނެވެ)

އައްޔޫބު ޢަލައިހިއްސަލާމް އަށް ޖެއްސެވި އިމްތިޙާން އިނގިލައްވާތޯއެވެ. 18 އަހަރު ވާންދެން ހިރި ނުލެވޭ ވަރުގެ ބޮޑު ބައްޔެކެވެ. މީހަކަށް ނިކަމެތި ކަމާއި ހިތާމަޔާއި ޖެހޭނޭ އެންމެ ބޮޑަކަށް އެކަލޭގެފާނުންނަށް ޖެހުނެވެ. އެކަލޭގެފާނުންގެ މަދުވެ އުނި ނުވީ ކޮން އެއްޗެއް ތޯއެވެ. މުއްސަނދިކަން ނެންގެވީއެވެ. އަނބީންތައްވެސް އެންމެ އަތްނބަކު ފިޔަވައި ހުރިހާ ބެއިކަނބަލުން ގެއްލުނީއެވެ. ދަރީންތަށްވެސް ގެއްލި މަރުވެ ހުސްވީއެވެ. ޚާދިމުންތައްވެސް ދިޔައީއެވެ. ހަލަބޮލި ގޭތެރެ އެކީ ފަޅުވީއެވެ. މުއްސަނދި ކަމުގެ އަވައިގައި ޖެހި ފައިސާގެ ލާލަޗުގައި ރައްޓެހިވީ މީހުންތައްވެސް ގެއްލުނީއެވެ. މާނައަކީ ހުރިހާ އެކުވެރީންވެސް އެކަލޭގެފާނުން ދޫކޮށްލީއެވެ. އެކަލޭގެފާނުން ގެ އަރިހުގައި ސާބިތުވެ ހުންނެވީ އެކަލޭގެފާނުންގެ ލޮބުވެތި ހެޔޮލަފާ މުސްލިމާ އެކަލޭގެފާނުންގެ އަނބިމީހާއެވެ. އެކަމަނާ ހައި ހޫނުކަމާއި އެކީގައި އެކަލޭގެފާނުންނަށް ޚިދުމަތް ކުރެއްވުމުގައި 18 އަހަރު ކެތް ކޮށްލެއްވިއެވެ.

އެކަލޭގެފާނުންގެ ފަޤީރު ބަލި ނިކަމެތި ޙާލު ކޮޅުގައި ވެސްއަށް ކިޔަމަންތެރިކަން އަދާ ކުރެއްވެވިއެވެ. އެންމެ ހިނދު ކޮޅަކަށްވެސް އެކަލާންގެ ހަނދުމަ ކުރެއްވުމުން ޣާފިލުވެ ވަޑައި ނުގަންނަވައެވެ. މި ޙާލުކޮޅުގައި އޮންނަވައިގެން ވެސް އެކަލޭގެފާނުންގެ ފަރާތްޕުޅުން އިބިލީހަށް ފެނުނީ ހުސް އިބިލީސް ހިތާމަ ކުރި ކަން ކަމެވެ. އެކަލޭގެފާނުންގެ އުމުރު ގެ ބޮޑު ބައެއްގައި އެކަލޭގެފާނުން ހަލާކު ކޮށްލުމައިގެން ފޫގަޅައިގެން އުޅުން އިބިލީސް ވާން ޖެހުނީ އަބަދުވެސް ބަލިވެ ހުސްއަތާ އުންމީދުގެ ފަޅުވަރެއްވެސް ނެތިފައެވެ. މިހެން ހުރެފައި ދެން ހެދި އެއްޗަކީ އެކަލޭގެފާނުންގެ ފަރާތްޕުޅުންއަށް އަދަބު ވެރިކަން ނޫން ކަމެއް ނުފެނުނީމައި އެކަލޭގެފާނުންގެ އެ ސާލިޙް އަނބިމީހާގެ އަރިހަށް ދިޔައެވެ. އަދި ވަސްވާސް ދިނެވެ.

އެހެން ކަމުން އެއްދުވަހަކު އެކަމަނާ ވަޑައިގެން އެކަލޭގެފާނުންގެ އަރިހުގައި އެކަލޭގެފާނުން އޮންނެވި ޙާލު ކޮޅާއި މެދު ހިތާމަ ކުރައްވަވާ ޙާލުގައި ދެންނެވިއެވެ. އޭ ލޯބިވާ ފިރިކަލުންނޭވެއެވެ. ﷲ ގެ ހަޒްރަތުން ދުޢާ ދަންނަވާށެވެ. ކަލޭގެފާނުން ތިފަދައިން ބަލި އެނދުގައި އޮންނާނީ ކިހާ ދުވަހަކު ތޯއެވެ؟. ތެދެކެވެ. ހެޔޮލަފާ އަދި ޙާއްސަކޮށް ލޯބިވާ، އައިންބެއްގެ ދުލުން ވޭނީ އުދާސްތަކެއް ބޭރުވެގެންދާ އަޑު އަހައިލުމަކީ ހެޔޮ ރަނގަޅު އަނބި މީހާގެ މައްޗަށް އޯގާ ތެރި ކަމެއް ހުރި ފިރިޔަކަށް ކެތް ކޮށްލާކަށް ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް އެކަލޭގެފާނުން ވެ ވަޑައިގަތީއަށް ހުރިހާ ލޯތްބެއް އިސްކުރެއްވި ބެއި ކަލެއްކަމުގައެވެ. އެކަލާންގެ ރަޙުމަތް ފުޅުން އެކަމަނާގެ ހިތުގައި އެކަލޭގެފާނުންނާއި މެދުގައި ލޯބި ޖެއްސެވީތީވެސް އެކަލޭގެފާނުން ޝުކުރު ކުރައްވައެވެ. އެހެން ކަމުން ނަފްސުގެ މައްޗަށް އެ ޙާލުކޮޅުގައިވެސް ގަދަވެ ވަޑައިގަންނަވައި ކޯފާގެ ބަސްފުޅު ވިދާޅުވިއެވެ. އޭ ކަމަނާއެވެ! ތިމަން ކަލޭގެފާނުން ފުރިހަމަ ސިއްޙަތުގައި މުއްސަނދި ކަމުގައި ކިތަކަކަށް އަހަރު އުޅުއްވުމަށް ތިމަން މެންގެ ވެރި ރައްބު ދޫ ކުރެއްވެވި ތޯއެވެ؟ 80 އަހަރެވެ. އެކަމަނާ ޖަބާވު ދެއްވިއެވެ. އައްޔޫބު ގެފާނުން ވިދާޅުވިއެވެ. ތިހެންވީ އިރު 80 އަހަރު ވާންދެން ބަލި ޙާލުގައި އަޅާލާނޭ އެކަކު ނެތަސް ޝިފާ ދެއްވުމަށް އެދި ދުޢާ ނުކުރައްވާނަމެވެ. ތިމަން ކަލޭގެފާނުން ނަށް ސިއްޙަތާއި ޢާފިޔަތް 80 އަހަރު ދެއްވައި ނިޔުމަތް ދެއްވި ރައްބުގެ ހަޒްރަތުން ދުވަސް ކޮޅަކަށް އިމްތިޙާނެއް ޖެއްސެވީތީވެ އެކަމާއި ޝަކުވާ އުފުލާން ލަދުވެތިވެ ވަޑައިގަންނަވަމެވެ. ﷲ ގަންދީ ހުވާ ކުރައްވަމެވެ. 80 އަހަރު ނުވަނީސް ތިމަން ކަލޭގެފާނުން ބަލީން ރަނގަޅު ނުވެއްޖެ ނަމަ 100 އެތިފަހަރު ކަމަނާގެ ގައިގައި ޖަހާ ހުށީމެވެ.
(މާނަޔަކީ: ލޯބި ނުވާތީ އަކީ އެއް ނޫނެވެ. ނަމަވެސްއާއި މެދު ޝަކުވާ އެއް ވާނަމަ ތިމަން ކަލޭގެފާނުން އެކަނި ޙާލައިގެން ދޫކުރަށްވާ ދުރަށް ވަޑައިގަންނަވާށެވެ. ނޫނީއާއި މެދު އަދަބުވެރިކަން ނެތުނީތީވެ ތައުޒީރު ކުރާ ނަމެވެ)

މިފަދަ ޙާލުކޮޅުގައި ވަނިކޮށް އިބިލީސް ކެތް ނުވެގެން އެންމެ ފަހުން އެކަލޭގެފާނުންގެ އަރި އަހަށް އައެވެ. އައިސް ބުންޏެވެ. އޭ އައްޔޫބެވެ! ކަލެޔަކީ ތިއީ ހަމަ ނަބިއްޔެއް ހެއްޔެވެ؟ ނަބިއްޔެއް ނަމަ ތިހާލެއްގައި ތިތާކު އޮންނާން ޖެހޭނެ ހެއްޔެވެ؟ މި ބޭކާރު ބަސްތައް އަޑު އިވުމުން އައްޔޫބު ޢަލައިހިއްސަލާމް ކޯފާވެ ވަޑައިގެން އިންޒާރުގެ ބަސް އިބިލީހަށް ދެއްވިއެވެ. އޭ މިހިރަ ޝައިތާނާއެވެ. ކަލެޔަށް ތިމަން ކަލޭގެފާނުން ކެތްތެރި ވެއްޖެ ނަމަގެ ހަޒްރަތުގައި އޮތީ ކޮންފަދަ ނިޢުމަތެއްކަން އިނގޭނޭނަމަ އަދި ތިޔަށް ވުރެން ރުޅިއަންނާނެއެވެ. މިތަނުން ފެއްސިގެން ދާށެވެ.

އެކަލޭގެފާނުންގެ އެ ބަލިހާލުގައި އެހާ ދުވަހު ކެތްތެރިވެ ވަޑައިގަތުމަށް ފަހު އެއްދުވަހަކުއެކަލޭގެފާނުންނަށް އެންގެވިއެވެ. ކަލޭގެފާނުން ހިތާމަ ކުރައްވަނީތޯއެވެ؟ އެކަލޭގެފާނުން ޖަވާބުގައި ދެންނެވިއެވެ. ތިމަން ކަލޭގެފާނުންގެ ދުޝްމިނުން އުފާކުރާތީވެ އެކަމަށް ތިމަން ކަލޭގެފާނުން ހިތާމަ ކުރައްވަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނުންނާއި މެދު ރުހި ވަޑައިގެން ވަޙީ ކުރެއްވެވިއެވެ. ތެދުވެ ވަޑައިގަންނަވާށެވެ. ބިންމަތީގައި ފައިންޕުޅު ބީއްސަވާށެވެ. އެކަލޭގެފާނުން ހަމަ އެ ވަޙީ ކުރެއްވި ބަހަށް ވަގުތުން އާދޭހޭ ވިދާޅުވެ ކެތްތެރިކަމާއި އެކީގައި ބިންމަތީގައި ފައިންޕުޅު ބީއްސެވިއެވެ. އެތަނުން އެކަލޭގެފާނުންނަށް ޝިފާއެއް ކަމުގައި ފެން ގަނޑެއް އުފެދުނެވެ. އެއިން ފެން ބޮއެ، ނާނޭފުޅު ފިއްލެވި އިރު ހުންނެވީ ކުރި އެކޭވެސް އެތްގޮތަށް ރަނގަޅުވެފައެވެ.

ބަލީގައި 80 އަހަރު ނޫޅުއްވައެވެ. އެހެން ކަމުން އެކަލޭގެފާނުންގެ އަނބި ކަނބަލުންނާއި މެދު ވެވަޑައިގަތް ހުވާ ފުއްދަވާން ވެސް ޖެހިވަޑައިގަތީއެވެ. ނަމަވެސްއެކަމަނާގެ ހެޔޮ ޢަމަލުތަކާއި ކެތްތެރިކަމާއި މެދު ރުހިވަޑައިގެން ވިއެވެ. އަދި އެއިގެ ދެކަލުން ވެސް ސަލާމަތް ކުރެއްވެވިއެވެ. ﷲ ވަޙީ ކުރައްވާފައި ވާ ފަދައިންނެވެ. އެކަލާންގެ އައްޔޫބު އަލައިހިއްސަލާމްގެ އެ މާތް އަނބިމީހާ ސަލާމަތް ކުރައްވައި ވަޙީ ކުރެއްވެވިއެވެ.

فَاسْتَجَبْنَا لَهُ فَكَشَفْنَا مَا بِهِ مِن ضُرٍّ وَآتَيْنَاهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَى لِلْعَابِدِينَ (21:84)
"ތިމަން ރަސްކަލާންގެ އިޖާބަދެއްވަވައި އެކަލޭގެފާނުންނަށް ޖެހިފައިވާ ޙާލު ފިއްލަވައި އެކަލޭގެފާނުންނަށް އެކަލޭގެފާނުންގެ އަހުލު ވެރީންނާއި، އެ އަހުލުވެރީންނާއި އެކު ހަމަ އެފަދަ އަހުލުވެރީން ދެއްވީމެވެ. ތިމަން ރަސްކަލާންގެ ހަޒްރަތުން ދެއްވި ރަޙުމަތެއް ކަމުގައެވެ. އަދި އަޅުކަން ކުރާ މީހުންނަށް ހަނދާން ކޮށްދިނުމެއްގެ ގޮތުންނެވެ."

އިބިލީސް ވީ އެކަލޭގެފާނުންނާއި ޖެހި ބަލިވެ ނިކަމެތިވެގެން މޫނު އަނބުރާލާންޖެހުން މީހެއްގެ ގޮތުގައެވެ.


ދަންނާށެވެ. މިހުންނަނީ ނަބީ ބެއިބެއިކަލުންގެ ޙަޔާތުގެ ފަތްފުއްތަކެވެ. އަހަރެމެންނަށް ވެސް އެފަދަ ބަޔަކަށް ވެވިދާނެއެވެ. ހަމަ އެ ދަރަޖަޔަށް ދެވިދާނެއެވެ. އެފަދަ މާތް ކުއްމަދު، މީސްތަކުންގެ މައްޗަށް އޯގާތެރި، ދީލަތި ކެތްތެރި ނަބީންވެސް ވީ މަޤާމަށް ވާސިލު ވެވިދާނެއެވެ. ނުވާނޭ ކަމަކީ އެފަދައިން ރަސޫލު ކަމާއި ނަބީ ކަން ލިބުމެވެ. އެއީގެ ހަޒްރަތުން ދެއްވެވި ބަޔަކަށް މެނުވީ ނުލިބޭނޭ އެއްޗެކެވެ. ނަމަވެސް އަމިއްލަ އިޚްތިޔާރާއި އެކީގައި ދުނިޔޭގައި އުޅޭ އިންސާނަކަށް އެ ފަންތިޔާއި ހަމަޔަށް (ދާން ކިތަނމެ އުނދަގޫ ކަމުގައި ވިޔަސް) ނުދެވޭނެ އެކޭ އެއް ނޫނެވެ. ދެވޭނެއެވެ. މައްސަލަޔަކީ .............. ހިސާބަށް ވުރެން އަޅުގަނޑު މެން ފިނޑީއެވެ.

ނަބީންނަކީ ވެސް އިންސާނުންނެވެ. އިންސާނުންގެ ގިންތީން އެބެއިކަލުން ބޭރުވެ ވަޑައިގެންނެތް ނުވެއެވެ.
لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ ... (33:21)
"ހަމަ ކަށަވަރުން ރަސޫލުންގެ ކިބައިގައި ތިޔަބައި މީހުންނަށް ވާ ރިވެތި ނަމޫނާ ތަކެއް ވެއެވެ..."

0 comments: