Blog Archive
- 2014 (39)
-
2013
(100)
- December(45)
- November(21)
-
October(34)
- މޫސާގެފާނުންގެ ޢަޖައިބުކުރުވަނިވި ދުޢާ:
- ސަލާމް ލެއްވި އިދްރީސްގެފާނުން:
- ކޮންމެ ރެޔަކު ހުވަފެނުގައި ރަސޫލުﷲ ގެަފާނުން
- މަންމަގެ އުނގުގައި ވާހަކަދެއްކި 3 ކުއްޖާ
- އެކުއެކީ ނިމިގެންދިޔަ ދެތަރި
- ވަގުތުން އިޖާބަކުރެވުން ދުޢާ
- ޢުމަރުގެފާނުންގެ ފަރާތުން ނީލަކޯރަށ
- ކުޑަކުއްޖާއާއި ރަސްގެފާނު:
- ހުވަފެނުން ފެނުނު "ފުޅިބައްތި"
- ވެރިކަމަށް ﷲ ވެސް ރިޝްވަތު ނުހިއްޕަވައެވެ.
- ޝައިޠާނާގެ އުނދަގޫ ފަހުވަގުތުގައުވެސް
- މުޢާވިޔަތުގެ ފަރާތުން ހިރަޤުލްއަށް
- ޢަބްދުﷲ ބިން މުބާރަކް
- ﷲ ދެނެވޮޑިގަތީމައި އެނިމުނީއެވެ.
- ބަހުލޫލް އަށް ލިބިވަޑައިގަތް ސިޓީ
- މަގު ފޭރޭ މީހާ މިޔަދު ރޯދައަށް
- ޤުރުޢާން (ބަލައިގެން) ކިޔަވަން ނޭންގޭ މާތް މީހާ
- ސުންނަތް ރޯދަ:
- 10 ކަމަކާއިގެން މަޙުޝަރައް
- އަޖައިބެއް ފަދަ އަވައްޓެރިޔާ
- އިމާމް ބުޚާރީގެ ތެދުވެރިކަން
- ބުޢުލާމް އިބްން ބާޢޫރާގެ ވާހަކަ
- ޒަދާންގެ ތައުބާ
- ޢިލްމުވެރިންނަކީ ކޮބައިހެއްޔެވެ؟
- ޢުމަރުގެފާނުންގެ ޢަދުލުވެރިކަން
- ޢަލީގެފާނާއި ޢަމްރޫ ބިން ޢަބްދް ވުއްދު
- ޢުމަރުގެފާނުން ދީނަށް ދެއްވި ނަޞްރުގެ ތެރެއިން
- ކިތާބުއްތައުޙީދު
- އަލް އިމާމް އަސްމާޢީގެ ޙަޔާތްޕުޅުން ސަފްޙާއެއް
- އަބޫ ބަކުރުގެފާނުންގެ ޤުރުބާނީ
- ތިލާވަތުގެ ސަޖިދައިގައި އޮވެ ކިޔާ ދުޢާ:
- ނަމާދުގައި ކިޔާ ތަކެތި
- އައްޔޫބު ޢަލައިހިއްސަލާމްގެ ކެއްތެރިކަން
- ދުނިޔޭގެ އަވާގައި ޖެހުން
- 2011 (6)
Sunday, October 27, 2013
އަނަސް ބިން މާލިކް ރަޟިޔަﷲ ޢަންހް ވިދާޅުވިއެވެ؛
ރަސޫލުﷲ ގެފާނުންގެ އަޞްޙާބުންގެ ތެރޭގައި އަންސާރިއްޔަ ބެއިކަލަކު
އެކަލޭގެފާނުންގެ ކުންނިއްޔާއަކަށް، އަބޫ މުޢައްލަޤް ކިޔުނު ބެއިކަލަކު
އުޅުއްވިއެވެ. އެކަލޭގެފާނުންނަކީ އަމިއްލަ މުދާ ހިއްޕަވައިގެން ނާއި އެހެން
ބެއިކަލުންގެ މުދާ ހިއްޕަވައިގެން މުޅި ހިސާބު ގަނޑުގައި ދަތުރުކުރައްވާ
ޛުހުދުވެރި ވިޔަފާރިވެރިއެކެވެ.
އެއްފަހަރަކު ހަގުރާމައިގެ ސާމާނު އަތުގައިހުރި
ވަގަކާއި މިކަލޭގެފާނުން ބައްދަލުވިއެވެ. އަދި އެ ވަގުކަލޭގެ ބުންޏެވެ؛ ކަލޭގެއަށް
ލިބިފައިވާއެއްޗެހި އަހަންނަށް ދޭށެވެ. ނޫނީ މަރާލާނަމެވެ. އެކަލޭގެފާނުން
ވިދާޅުވިއެވެ؛ ކަލޭގެ ބޭނުންވަނީ އަހަރެންގެ މުދަލެވެ. ލެއެއް ނޫނެއްނޫންހެއްޔެވެ.
އެމީހާ ބުންޏެވެ؛ މުދަލަކީ އެއީ އަހަރެންގެ އެއްޗެކެވެ. އެކަމަކު އަހަރެން
އަސްލުގާ ބޭނުންވަނީ ކަލޭގެ ލެއެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ. ތިއައީ
ހަމައެކަނި އޮތް ގޮތްކަމުގައި ވަނީ ނަމަ، އަހަރެންނަށް ހަތަރު ރަކުޢަތުގެ ނަމާދެއް
ކޮށްލަން ހުއްދަ ދޭށެވެ.
އެމީހާ ބުންޏެވެ؛ ކަލޭ ނަމާދު ކުރާނޭ ވަރަކަށް
ކުރާށެވެ. ދެން އެކަލޭގެފާނުން ވުޟޫ ކުރައްވައި ހަތަރު ރަކުޢަތުގެ ނަމާދެއް ކުރެއްވިއެވެ.
ނަމާދުގެ ފަހު ސަޖިދާގައި ކުރެއްވި ދުޢާތަކުގެ ތެރޭން އެއް ދުޢާއަކީ:
يا ودود يا ودود ، يا ذا العرش المجيد ، يا
مبدئ يا معيد ، يا فعالا لما يريد ، أسألك بنور وجهك الذي ملأ أركان عرشك ، وأسألك
بقدرتك التي قدرت بها على جميع خلقك ، وأسألك برحمتك التي وسعت كل شيء ، لا إله
إلا أنت ، يا مغيث أغثني
"އޭ އެންމެ ލޮބުވެތިކަންބޮޑު ފަރާތެވެ. އޭ
އެންމެ ލޮބުވެތިކަން ބޮޑު ފަރާތެވެ. އޭ ޢަރުށީގެ ވެރި ފަރާތެވެ. ކަންކަން
ފައްޓަވައި ދެއްވާ އަދި އެފަރާތަކަށް ރުޖޫޢަވާންޖެހޭ ފަރާތެވެ. އެދިވޮޑިގަންނަވާހާ
ކަމެއް ކުރައްވަވާ އިލާހެވެ. އިބަ އިލާހުގެ ޢަރުށިގެ ތަނބުތަކަށް އުޖާލާކަންގެނުވާ
ރަޙުމަތުގެ އަލިނާއި އިބަ އިލާހުގެ ބާރުވެރި ވަންތަކަމުން ޚަލްޤުތަކުންނަށް
ބާރުފޯރުވާ ފޯރުވުމުންނާއި އިބަ އިލާހު ހުރިހާ ތަކެއްޗެއްގެ މައްޗަށް ވޮޑިގެންވާ
އޯގާވަންތަކަމުން އެދެމެވެ. އިބަ އިލާހު ފިޔަވާ (ޙައްޤުވެގެން އަޅުކަމެއް ވެވޭ)
އެހެން އިލާހަކު ނުވެއެވެ. މިއަޅާއަށް މަދަދާއި އެހީތެރިކަން ދެއްވާށެވެ."
މިހެން ތިންފަހަރު ދުޢާކުރެއްވިއެވެ.
މިކަލޭގެފާނުން ތިންފަހަރު މިގޮތަށް
ދުޢާކުރެއްވުމުން ލޮންސިއެއް ހިއްޕަވައިގެން ހުންނެވި އަސްވާރަކު އެކަލޭގެފާނަށް
ފެނިވަޑައިގަތެވެ. އަދި އެއަސްވާރަށް ވަގު ކަލޭގެ ފެނިވަޑައިގަތުމުން ލޮންސިން
އޭނަގެ ގަޔަށް ޖަހާ އޭނާ ޤަތުލުކޮށްލެއްވިއެވެ. ދެން އެކަލޭގެފާނުން އެ
އަންސާރިއްޔަ ކަލޭގެފާނުންނާއި ދިމާއަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ؛
ތެދުވާށެވެ. އެ އަންސާރިއްޔަ ކަލޭގެފާނުން ވިދާޅުވިއެވެ؛ ތީ ކޮން
ބެއިކަލެއްތޯއެވެ؟ އަހުރެންގެ މަންމައާއި ބައްޕަ ކަލޭގެފާނުންނަށް ފިދާއެވެ.
މިޔަދު ﷲ ތިމަން ކަލޭގެފާނުންނަށް މަދަދު ދެއްވީ ކަލޭގެފާނުން މެދުވެރި
ކުރައްވައެވެ. އެބެއިކަލަކު ވިދާޅުވިއެވެ؛ ތިމަންކަލޭގެފާނީ ހަތަރުވަނަ އުޑުން ވަޑައިގަތް
މަލާއިކަތެކެވެ. ކަލޭގެފާނުންގެ ދުޢާ ފުރަތަމަ ފަހަރަށް ވިދާޅުވުމުން،
ތިމަންކަލޭގެފާނުންނަށް އުޑުތަކުގެ ގޭޓްތައް ތެޅިގެން އަޑު އިވިވަޑައިގަތެވެ. ކަލޭގެފާނުންގެ
ދުޢާ ދެވަނަ ފަހަރަށް ވިދާޅުވުމުން ތިމަންކަލޭގެފާނުންނަށް އުޑުތަކުގެ
އަހުލުވެރިންގެ އަޑުފައްގަނޑު އިވިވަޑައިގަތެވެ. ކަލޭގެފާނުންގެ ދުޢާ ތިންވަނަ
ފަހަރަށް ވިދާޅުވުމުން އަހުރެންނަށް ނިސްބަތްކޮށް ބުނެވުނެވެ؛ ހިތާމައިގައިވާ
މީހާގެ ދުޢާއެވެ. ދެން ތިމަންކަލޭގެފާނުން ﷲގެ ޙަޟްރަތުން އެ(ވަގުކަލޭގެ)
ޤަތުލުކޮށްލުމަށް އެދުނީއެވެ.
އަނަސް ރަޟިޔަﷲ ޢަން ވިދާޅުވިއެވެ؛ އެހެންކަމުން
ތިޔަބައިމީހުން ދަންނަންވީކަމަކީ، މީހަކު ވުޟޫކޮށް ހަތަރު ރަކުޢަތުގެ
ނަމާދެއްކޮށްފައި އޭގައި މިދުޢާ ކިޔައިފިނަމަ ޖަވާބު ދެއްވާނޭކަމެވެ. އެއީ
އޭނާވަނީ ހިތާމައެއްގައި ކަމުގައި ވިޔަސް ނުވަތަ ނޫންވިޔަސް ވެހެވެ.
ރެފަރެންސް: އިބްން އަބިއް ދުންޔާ މަޖާބި އައް
ދަޢުވާގައި ބަޔާންކޮށްފައިވެއެވެ. ހަމަ އެގޮތަށް އިމާމް ލާލްކާޢީ އެކަލޭގެފާނުންގެ
ޝަރަހް އުސޫލުލް އިޢްތިޤާދުގައިވާ "ސިޔާޤް މަރުވިޔާ މިން ކަރާމާތ އަބީ
މުޢައްލަޤް" މިބާބުގައި ވެސް ލިޔުއްވާފައިވެއެވެ. އަދި މިނޫނަސްވެސް އެތައް
ތަނެއްގައި މިވާހަކަ ބަޔާންކުރެވިފައި ވެއެވެ.
ޝައިޚް އަލް އަލްބާނީ (ރަޙިމަހުﷲ) މިސަނަދުގައި މައްސަލަތަކެއް އުޅޭކަމުގައި
އެކަލޭގެފާނުންގެ ސިލްސިތުއް ދަޢީފާގައި ވަރަށް ތަފްސީލުކޮށް ލިޔުއްވާފައިވެއެވެ. މިވާހަކާއިބެހޭ (އިތުރު) މަޢުލޫމާތު ހޯއްދެވުމަށް:
ނޯޓް: މިފަދަ ވާހަކަތައް ގެނެސްދެވިފައި މިވަނީއަކީ ވާހަކައެއް ގެނެސްދިނުމުގެ ނިޔަތުގައެއް ނޫނެވެ. އެހެންނަމަވެސް މިއީ ދިވެހިންގެ ތެރޭގައި ފެތުރޭ ވާހަކަތަކަކަށްވާތީވެ، އަދި އަހަރެމެން އެންމެންނަކީވެސް (ވަރަށް މަދު މީހަކު ފިޔަވައި) އިވޭހާ ވާހަކައެއް ދައްކަމުން ހިނގާ ބައެއްކަމުގައި ވާތީވެ އެފަދަ ވާހަކަތަކުގެ އަސްލު ޙަޤީޤަތް ބަޔާންކުރުމަށްޓަކައި ގެނެސްދެވިފައިވާ ވާހަކަތަކެވެ. އަދި މިފަދަ ވާހަކަތައް ނުދެއްކުމަށެވެ. އަދި ބަޔަކު (ނޭންގުމެއްގެ ތެރޭގައި ދައްކަނީނަމަ) އަސްލު ޙަޤީޤަތް ބުނެދިނުމަށެވެ.
ޙަފްސް އިބްން ޢާސިމް ވިދާޅުވިއެވެ. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިއެވެ: "އިވޭހާ ވާހަކަތަކެއް ދެއްކުމަކީ، މީހަކު ދޮގުހެދިކަމަށް ފުދޭކަމެކެވެ" = މުސްލިމް: 5 =
Labels:
salaf
Subscribe to:
Post Comments (Atom)
0 comments:
Post a Comment