Blog Archive

Tuesday, October 29, 2013


އާފިޔާ ސިއްދީޤުގެ މަންމަ ވޭތުވެ ދިޔަ ރަމަޟާންމަހު (އެއީ: 1432) ފޯނުކޯލެއް އާފިޔާއަށް ކުރިއެވެ. އަދި ބުންޏެވެ: "މަންމައަށް ދަރިފުޅު ތިއުޅޭ މަޖުބޫރީ ޙާލަތަށް ކެތްނުކުރެވެއެވެ."
އާފިޔާ ޖަވާބު ދެއްވިއެވެ. "އަހުރެންނަށް ރަސޫލުﷲ (ސައްލަﷲ ޢަލައިހި ވަސައްލަމަ) ކޮންމެ ރެޔަކު ހުވަފެނުގައި ފެނެއެވެ. އެއްފަހަރަކު އެކަލޭގެފާނުން ވިދާޅުވިއެވެ. "މަންމާގެ ގާތުގައި ހިތާމަ ނުކުރާށޭ ބުނާށެވެ. އެއީ ﷲ މާދަމާ (މަންމާ) އަށް ރައްކާކުރައްވާފައިވަނީ މާ ރަގަޅުއެއްޗެއްސެވެ...."
އެހެން ހުވަފެނެއްގައި ރަސޫލުﷲ (ސައްލަﷲ ޢަލައިހި ވަސައްލަމަ) އާފިޔާ ގޮވައިގެން އެކަލޭގެފާނުންގެ އަނބިކަނބަލުން ޢާއިޝާ (ރަޟިޔަﷲ ޢަންހާ) ގެ އަރިހަށް ގެންދެވިއެވެ. އަދި ވިދާޅުވިއެވެ. "އަހަރެމެންގެ މިއަންހެން ދަރިފުޅާއި ބައްދަލުކުރާށެވެ"
ސުބުޙާނަﷲ! ހިތާމަ ހުއްޓެވެ. ދެވަނައަށް އާބާދީ އެންމެ ގިނަ ދީނަށް ނިސްބަތްވީތީވެ ކުރާންވީ ކޯއްޗެއްބާވައެވެ؟ މުސްލިމަކަށްވީތީ ފަށްފަށުން ޝުކުރުކުރަމެވެ. އުފާކުރަމެވެ. އެކަމަކު ދެވަނަ އަށް ޢަދަދުގެ ގޮތުން ގިނައީ އަހަރެމެން މުސްލިމުންނޭ ބުނާތީވެ އެކަމާއި ލަދު ގަނެއެވެ. ގިނަވެގެން ކުރެވުނީ ކޮންކަމެއްހެއްޔެވެ؟ މިއީ އެއަންހެން ބެއިކަނބަލަކަށް ރަސޫލުﷲ ގެފާނުން ކޮންމެ ރެޔަކު ބައްދަލު ކުރައްވާ ކަމަނާއެވެ. އަހަރެމެންގެ މުޅި ޙަޔާތުގައި އެއްފަހަރުވެސް އެކަލޭގެފާނުން ފެންނާނޭކަމެއް ނޭންގެއެވެ. 
".... އަހަރެންވަނީ އެންމެ ފުރަތަމަ ދުވަހު އަހުރެންގެ ޢިއްފަތްތެރިކަން ނަގާލެވުމާއިއެކީ، މީހުންނަށް އަހަރެންގެ ޢައުރަ ކަޝްފު ވުމާއެކީ މަރުވެފައިވާ އިންސާނެކެވެ. އަހަރެން ކޯޓަށް ގެންދަން ބަލާ އަންނަ ކޮންމެ ދުވަހަކު ކަލޭމެންނަށް އަހަރެން އޮރިޔާން ޙާލުގައި ވާތަން ފެންނާނެއެވެ..... އަހަރެން އެކަނި ޙާލައިގެން ދޫކޮށްލާށެވެ. ނޫނީ އަހަރެންގެ ޤައުމަށް ޕާކިސްތާނަށް އަހަރެން ފޮނުވާލާށެވެ" = އާފިޔާ ސިއްދީޤު =
 

ރެފަރެންސް: http://salaf-stories.blogspot.co.uk/2012/04/aafia-replied-i-see-messenger-of-allaah.html

0 comments: