Blog Archive
- 2014 (39)
-
2013
(100)
- December(45)
- November(21)
-
October(34)
- މޫސާގެފާނުންގެ ޢަޖައިބުކުރުވަނިވި ދުޢާ:
- ސަލާމް ލެއްވި އިދްރީސްގެފާނުން:
- ކޮންމެ ރެޔަކު ހުވަފެނުގައި ރަސޫލުﷲ ގެަފާނުން
- މަންމަގެ އުނގުގައި ވާހަކަދެއްކި 3 ކުއްޖާ
- އެކުއެކީ ނިމިގެންދިޔަ ދެތަރި
- ވަގުތުން އިޖާބަކުރެވުން ދުޢާ
- ޢުމަރުގެފާނުންގެ ފަރާތުން ނީލަކޯރަށ
- ކުޑަކުއްޖާއާއި ރަސްގެފާނު:
- ހުވަފެނުން ފެނުނު "ފުޅިބައްތި"
- ވެރިކަމަށް ﷲ ވެސް ރިޝްވަތު ނުހިއްޕަވައެވެ.
- ޝައިޠާނާގެ އުނދަގޫ ފަހުވަގުތުގައުވެސް
- މުޢާވިޔަތުގެ ފަރާތުން ހިރަޤުލްއަށް
- ޢަބްދުﷲ ބިން މުބާރަކް
- ﷲ ދެނެވޮޑިގަތީމައި އެނިމުނީއެވެ.
- ބަހުލޫލް އަށް ލިބިވަޑައިގަތް ސިޓީ
- މަގު ފޭރޭ މީހާ މިޔަދު ރޯދައަށް
- ޤުރުޢާން (ބަލައިގެން) ކިޔަވަން ނޭންގޭ މާތް މީހާ
- ސުންނަތް ރޯދަ:
- 10 ކަމަކާއިގެން މަޙުޝަރައް
- އަޖައިބެއް ފަދަ އަވައްޓެރިޔާ
- އިމާމް ބުޚާރީގެ ތެދުވެރިކަން
- ބުޢުލާމް އިބްން ބާޢޫރާގެ ވާހަކަ
- ޒަދާންގެ ތައުބާ
- ޢިލްމުވެރިންނަކީ ކޮބައިހެއްޔެވެ؟
- ޢުމަރުގެފާނުންގެ ޢަދުލުވެރިކަން
- ޢަލީގެފާނާއި ޢަމްރޫ ބިން ޢަބްދް ވުއްދު
- ޢުމަރުގެފާނުން ދީނަށް ދެއްވި ނަޞްރުގެ ތެރެއިން
- ކިތާބުއްތައުޙީދު
- އަލް އިމާމް އަސްމާޢީގެ ޙަޔާތްޕުޅުން ސަފްޙާއެއް
- އަބޫ ބަކުރުގެފާނުންގެ ޤުރުބާނީ
- ތިލާވަތުގެ ސަޖިދައިގައި އޮވެ ކިޔާ ދުޢާ:
- ނަމާދުގައި ކިޔާ ތަކެތި
- އައްޔޫބު ޢަލައިހިއްސަލާމްގެ ކެއްތެރިކަން
- ދުނިޔޭގެ އަވާގައި ޖެހުން
- 2011 (6)
Friday, October 11, 2013
ޙިޖާޒް ކަރައިގެ ފަރުބަދަތައް މަތިން އިރު ބޯދިއްކޮށްލި އެ ދުވަހަކީ
މުސްލިމުން ނާއި ކާފަރުންގެ ދެމެދުގައި ހިނގާދިޔަ ވަރަށް އާދަޔާ ޚިލާފް ހަނގުރާމަ
އެއް ފެށޭން އައި ދުވަހަކެވެ. އެތައް ހާސް ކާފަރުންތަކެއް ހަނގުރާމަ (އަކަށް
ވާކަހަލަ) ހަނގުރާމައެއް ނުކޮށް ނިމިގެން ދާން ﷲ އިރާދަ ކުރެއްވެވި ދުވަހެކެވެ.
ނަމަވެސް އެ ދުވަސް ވީ ދުނިޔޭގެ ސަފްޙާތަކުގައި ލިޔެލެވުން ވަރުގަދަ ހަނގުރާމައެއް
ދެމީހެއްގެ ދެމެދުގައި ނިމިގެން ދިޔަ ހިތް ހުއްޓުވާލި ދުވަހަކަށެވެ.
އޭނާ ނިކުމެ ގޮވާލިއެވެ. "ތިމަންނަޔަކީ ޢަރަބި ބައްރުގައި ހުރި އެންމެ
ވަރުގަދަ މީހާއެވެ. ތިޔަ މުސްލިމުންގެ ތެރޭގައި ތިމަންނަޔާ އެކަނި (ވަން އޮން ވަން
ފައިޓަކަށް) ބައްދަލު ކޮށްލާނެ ހިތްވަރެއް ހުރީ ކާކުގެހެއްޔެވެ؟" މި
(ޗެލެންޖް) މަދީނާގެ ރައްބޭރުގެ ބިންގަނޑާ ފަރުބަދަކުގަ ޖެހިފައި ގުގުމައިގެން
ދިޔައީ މަރާ ބައްދަލު ކުރާހިތުން ތިބި ހިތްވަރުގަދަ ކަމުގެ މިނެތްނެތް
ފަހުލަވާނުންގެ ވެރި މުސްލިމް ލަޝްކަރު ހިމޭން ކޮށްލާފައެވެ. ކޮންމެ ސަޙާބީ އަކު
ވެސް ރަސޫލުﷲ ގެފާނުންނަށް ބައްލަވާފައި ހިމޭނުން އެއްޗެއް ނުބުނެ ތިއްބެވީ އެވެ.
ޢަބްދް ވުއްދަކީ އޭނާޔާ ހަނގުރާމަ ކުރި މީހަކު ނުމަރާ ދޫކުރާނޭ މީހެއްވެސް ނޫނެވެ.
އެތައް ޒަޚަމެއްވިޔަސް ހިތްވަރުވެސް ދޫކުރާނޭ މީހެއްވެސް ނޫނެވެ. އޭނާ އަކީ އަސް
އެއްޗެހި ބިންމަތިން އުފުރާލާ އަދި ބިންމައްޗަށް އަސް އެއްޗެހި ޖަހާ އުޅޭ ހައިބަ
ބޮޑު ބިޔަ މީހެކެވެ. ޢަރަބި ބައްރުގަ އުޅުން ދިވެހިން މިދަންނަ ހާކިޔުލަސް،
ޓްރޮޖަނުންގެ ތެރޭގައި އުޅުން އަކިލިސް މެނަށް ވުރެން ވަރުގަދަ މީހެކެވެ.
މީނަގެ ތަހައްދީ މުސްލިމުންގެ ލަޝްކަރު ހިމޭން ކޮށްލުމުން ކާފަރުން ތަށް ފުފި
އަރައިގެން ދިޔަ އެވެ. އެންމެން ގަނޑު ހޭން ފެށިއެވެ. އަނެއްކާވެސް ޢަމްރޫ ހޭރި
ގަތެވެ. މަރުވާ ހިތުން އުޅޭ ފިނޑި މުސްލިމުންތައް ކޮބައިހެއްޔެވެ؟ ތިހެން ވީމާ
މާނަޔަކީ ހިތްވަރެއް ހުރި މީހަކު ވެސް ނެތީ ދޯއެވެ؟ ކަލޭމެންގެ އިސްލާމް ކަން
މިހާރު ކޮބައިހެއްޔެވެ؟ މި ހުނުންގަނޑައް ކެތް ނުކުރެވިގެން މުސްލިމުންގެ
ލަޝްކަރުގައި ވީ އުމުރުން ހަގު ބޭފުޅަކު ނިކުމެ ވަޑައިގެން ރަސޫލުﷲ ގެފާނުންގެ
އަރިހަށް ހުއްޓި އޭނާޔާ ހަނގުރާމަ ކުރުމުގެ އިޒްނަޔަށް އެދުނެވެ. ރަސޫލުﷲ ގެފާނުން
ޙަދީޘް ކުރެއްވިއެވެ. މަޑު ކުރައްވާށެވެ. އެއީ އަމްރޫއެވެ. (މާނަޔަކީ ތޯތޯ
މީހެއްނޫނެވެ). ދެން މި ޒުވާނާ އޭނާގެ މަޤާމަށް އަނބުރާ ހިނގައްޖެއެވެ.
އަނެއްކާވެސް ޢަމްރޫގެ ޗެލެންޖެކެވެ. އެޔާއި އެކީ ކާފަރުން ތަށް މުސްލިމުންނަށް
މަލާމަތް ކޮށް އެކި އަޑު އަޑުން ހަޅޭލަވާ ހީ އުޅެތެވެ. ހިމޭން ވެފައިވާ
މުސްލިމުންގެ ލަޝްކަރުން ކެތް ނުކުރެވިގެން ޒުވާން ކަމުގެ ހޫނު ލެޔަށް ކެތް
ނުވެގެން އަނެއްކާވެސް ހަމަ އެ ޒުވާނާ ނިކުމެ ވަޑައިގެން އިޒުނަޔަށް އެދިވަޑައިގަތެވެ.
ނަމަވެސް އަނެއްކާވެސް އިޒުނައެއް ނުދެއްވިއެވެ. ދެން އަނެއްކާވެސް އެހެން
މަލާމާތެކެވެ. "ޝަހީދުން ވަންނާނޭ ބުނާ ތި ސުވަރުގެ ކޮބައިހެއްޔެވެ؟
ޝަހީދުވާން ފޮނުވާނޭ މީހަކު ވެސް ހަމަ ނެތީހެއްޔެވެ؟" އެޔާއި އެކީ ކާފަރުންގެ
ލަޝްކަރު ހޭރި ގަތެވެ. (ނޯޓް: ޢަމްރޫ ބުންޏަސް އެއީ ތެދެކެވެ. މުސްލިމުން ތިބީ
ޝަހީދު ވާން ތައްޔާރަށެވެ. އެކަމަކު ތަނެއް ދޮރެއް ނުބަލާ ކޮންމެ މީހަކު
ޝަހީދުވާން ވެއްޖެ ނަމަ ހަނގުރާމަ އަށް ވާނީ ކިހިނެތްހެއްޔެވެ. ހަނގުރާމަ ކުރެވެނީ
ދީނަށް ނަސްރު ދިނުމަށެވެ. އެހެން ކަމުން ރަސޫލުﷲ ގެފާނުންގެ ޢަމްރެއް އަންނާންދެން
އެބެއިކަލުން ކެތްކުރެއްވީއެވެ.)
ތިންވަނަ ފަހަރަށް މި ޒުވާނާ ނިކުންނަވާ އިޒްނަ އަށް އެދިވަޑައިގަތެވެ.
ރަސޫލުﷲ ގެފާނުން އެ ޒުވާނާ އަށް ބައްލަވައިލައްވާފައި އެ ޒުވާނާގެ މޫނު މަތީން
ކެތް ނުކުރެވޭނޭ ކަން ފެނި ވަޑައިގެން އެކަލޭގެފާނުންގެ ދަހަނާ ކޮޅު އެ ޒުވާނާގެ
ގައިކޮޅުގައި ބަންނަވާ ﷲ އަށް ދުޢާ ދަންނަވަމުން ޒުލްފިޤާރޭ ކިޔުން މަޝްހޫރު ކަނޑި
ކޮޅު ދެއްވިއެވެ.
ކަނޑި ކޮޅު ހިއްޕަވައިގެން އެމީހެއްގެ އުނަގަނޑާ ހަމަޔަށް ގާތް ވެސް ނުވާ
ބިޔަ ޢަމްރޫ އާއި ބައްދަލު ކުރާން ޒުވާންކަމުގެ ލެޔާއި އިސްލާމްދީނުގެ ހިތްވަރުން
ހިންގަވައި އެގެންނެވީ އަހަރެމެންގެ 4 ވަނަ ޚަލީފާ ޢަލީ ބިން އަބީ ތާލިބެވެ.
އެބެއި ކަލަކު ފެނިފައި ޢަމްރޫ ހީގަން ޢަލީގެފާނެވެ. ޢަމްރޫ ބުންޏެވެ. އޭ މިހިރަ
ކުޑަ ކުއްޖާފުޅާ އެވެ. ކަލޭގެ ބައްޕަ އަކީ ތިމަންގެ ވަރަށް ގާތް މީހެކެވެ. ކަލެޔާ
ހަނގުރާމަ ކުރާހިތެއް މަގޭގެ ނެތެވެ. ޢަލީގެފާނުން ވިދާޅުވިއެވެ. އޭ ޢަމްރާ އެވެ.
ކަލެޔަށް ތިމަން ކަލޭގެފާނުން އިސްލާމް ދީނަށް ގޮވާލައްވަމެވެ. ﷲ އާ ރަސޫލާ އަށް
ކިޔަމަން ވާށެވެ. އޭނާ ބުންޏެވެ. "ތިމަން އެއިން މީހަކަށް ބޭނުންވެގެން
ނުވަމެވެ". ޢަލީގެފާނުން ވިދާޅުވިއެވެ. ތިހެންޏާ ތިމަންނަޔާ ހަނގުރާމަ
ކުރާށެވެ. ޢަމްރޫ ބުންޏެވެ. ތިމަން ކަލޭ މަރާ ހިތެއް ނެތެވެ. ޢަލީގެފާނުން
ވިދާޅުވިއެވެ. އެކަމަކު ތިމަން ކަލޭގެފާނުން ކަލޭ މަރާލާ ހިތުން މި އުޅެނީ އޮބި
ނޯވެގެން ނެވެ. ހަމަ މިބަސް ޢަމްރޫގެ ކަންފަތުގައި ޖެހުމާއެކީ ރުޅި އަރައިގެން
ކަނޑި އުރައިން ދަމައިގަނެގެން ހޭރެމުން ބިންގަނޑު ގުޑުވަމުން އައިސް
ޢަލީގެފާނުންގެ މައްޗަށް ޖެހިގަނެއްޖެއެވެ.
ހަނގުރާމަ ފެށިއްޖެއެވެ. އެތައް ހަމަލާ އެއް ޢަލީގެފާނުންނަށް ފޮނުވިނަމަވެސް
ކުޅަދާނަކަމާއި ހަނގުރާމައިގެ ވައްޓަފާޅި ކަމާއި އެކީ ހަމަލާތަކުން ސަލާމަތް ވެ
ވަޑައިގަންނަވައެވެ. އެތައް އިރަކު ހަނގުރާމަ ކުރުމަށްފަހު ޢަމްރޫ ވަރަށް
ލަދުވެތިވެގެން ފަހަތައް ޖެހިލި އެވެ. އެހެނީ ދުވަހެއްގައިވެސް އެކަކާއި އެކީ ކުރި
ހަނގުރާމައެއް މިހާ ދިގުލައިގެނެއް ނުދެއެވެ. އަނެއްކޮޅުން ހަނގުރާމަ މިކުރެވެނީ
މުސްލިމުންގެ މުޖާހިދުންގެ ތެރެއިން ނިކުން ފުރަތަމަ އަދި އެހާމެ ހަގު ކުޑަ
ކުއްޖަކާއި އެވެ. އެ ކުއްޖާފުޅު ހީވަނީ ވެސް އަދި ކުޅިވަރެއް ކުޅެހެނެވެ. ބިރުގެ
ކަންފުޅެއްވެސް ނެތެވެ. އެހާމެ ހުޝިޔާރެވެ.
މިހެން ޢަމްރޫ ހުއްޓާ ބިންމަތީން ހިރަފުސް އަރުވާފައި ޢަލީގެފާނުން ކަނޑި
އެއްލަވާލައްވާފައި ހަލުވި ކަމާއި އެކީ ދުވެ ވަޑައިގެން ފުއްމަވާ ޢަމްރޫގެ
ކަރުގައި ހިފާ އަރިޔަކަށް ހަދާލި ގޮތަކުން ދެޔޯއެއްފަދަ މީހާގެ އަތުގައި ކަނޑިވެސް
އޮއްވާމެ އޭނާ ބިމަށް "ޑަން" ލާފައި ވެއްޓިއްޖެއެވެ. ނަމަވެސް ޢަމްރޫގެ މޭމަތީން އަހިފަތެއްގެ
ލުއިކަމާއި އެކީ އެކަލޭގެފާނުން ހޫރާލާނޭ އަދި ލެވޭނޭ ހަނގުރާމަ ވެރި ޢަމްރޫގެ
ބިޔަ ހަށިގަނޑާއި އަތްފައިން ނާރު އަރުވާލާފައި ހިފާލީމަވެސް ގުޑާނުލި އެވެ.
ޢަލީގެފާނުން އޭނާ ހިފަހައްޓަވާފައި ވިދާޅުވިއެވެ. "އޭ ޢަމްރާއެވެ! ކާމިޔާބާ
ނާކާމިޔާބަކީ ﷲ ދެއްވާ އެއްޗެކެވެ. އިސްލާމް ވާށެވެ. އޭރުން ދުނިޔެއާއި އާޚިރަތުން
ފައިދާ ލިބޭނެއެވެ" ޢަލީގެފާނުންގެ ޖީބުން ތޫނު ޚަންޖަރެއް ނަގާ ޢަމްރޫގެ
ކަނދުރާޔާ ދިމާކޮށްލިއެވެ. މިކަން ޢަމްރޫ އަކަށް ތަޙައްމަލް ކޮށްލެވޭ ކަމަކަށް
ނުވިއެވެ. މުޅި ޢަރަބި "ޕެނިންސިޔުލާ އާއި އެ ބައްރުގައި" ނެތް ވަރުގެ
ބާރު ގަދަ މީހާ ދެން އުޅޭން ވީ ކުޑަކުއްޖެއް އަތުން ބަލިވީ މީހެއްގެ ނަން އެޅި
ލަދުގަނެގެން ބާވައެވެ؟ ނޫނެކެވެ. މިއީ އަކީ ތަހައްމަލު ކުރެވޭނޭ ކަމެއް ނޫނެވެ.
އޭގެ ބަދަލުގައި މަރުވުންވެސް މާ ރަނގަޅެވެ. އެހެން ކަމުން މަރުވުމުގެ ނިޔަތުގައި
ކުޅުގަނޑެއް ޢަލީގެފާނުންގެ މޫނު ފުޅައް ޖެހިއެވެ. ދެން ވާނެ ގޮތް އޭނަޔަށް
އިނގެއެވެ.
ނަމަވެސް ހައިރާން ކަން ލިބުނީ ޢަލީގެފާނުން އޭނާ ދޫކޮށް ލައްވާފައި ތެދުވެ
ތަންކޮޅެއް ދުރުގައި ހުންނަވާ މޫނު ފުޅު ފޮހެލައްވަމުން "އޭ ޢަމްރާއެވެ!
ތިމަން(ކަލޭގެފާނުން) ކަލޭ ޤަތުލު ކުރާނީ ﷲ ގެ މަގުގައެވެ. ތިމަންގެ އަމިއްލަ
ކަމެއްގައެއް ނޫނޭ" ވިދާޅުވީމައެވެ. ޢަމްރޫ ބޭނުން ނަމަ ކާފަރުންގެ
ލަޝްކަރަށް ދެވޭނޭ ފުރުސަތު އެ ލިބުނީއެވެ. އެކަމަކު ބަލިވެގެން ނިކަމެތިވެގެން ވާ
ޙާލު ޢަމްރޫ ފަދަ ފަހުލަވާނަކު ދާނޭބާވައެވެ؟
އެންމެ ފަހު ޙަމަލާއެއްގެ ގޮތުން ކަނޑި ނަގާ ޢަލީގެފާނުންނާއި ދިމާއަށް ސިންގާ
އެއްފަދައިން ދުއްވައިގަތެވެ. ހަނގުރާމައިގައި ކުޅަދާނަ ޢަލީގެފާނުންނަށް
ބިންމައްޗަށް ޖައްޗަވާފައިވާ ޒުލްފިޤާރު (ކަނޑިކޮޅާއި) އައްޑަނަ ނެންގެވުނީ
ކިރިޔާއެވެ. ޢަމްރޫގެ ކަނޑި އެ އައްޑަނަ ފޫ އަޅުވާލިއެވެ. ނަމަވެސް ޒަޚަމް ވީ
ވަރަށް ކުޑަކޮށެވެ. "ބެލެންސް" ކަޓާފައިވާ ޢަމްރޫ އަށް އޭނާގެ ކަނޑި
ނަގާ ދެވަނަ ޙަމަލާއެއްގެ މާ ކުރީން ޒުލްފިޤާރު ދިޔައީ ޢަމްރޫގެ ކަންތައް
ނިންމާލާފައެވެ. "ލޭ އަރުވާ ވަޑާމެއް" ފަދައިން އޭނާގެ ކަނދުރާއިން
ލޭގަނޑު ބުރުއްސައިގެން ދިޔައެވެ. އަދި އެޔާއި އެކީ ބިންމައްޗަށް ޖެހުނެވެ.
ނޭވާ ހިފަހައްޓާލައިގެން ތިބި މުސްލިމުންގެ ލަޝްކަރުން "ﷲ
އަކްބަރު" ގެ އަޑު މަދީނާ ރައްބޭރުގެ ފަރުބަދަތަކުގައި ޖެހި މުޅި ތަންގަނޑު
ގުގުމައިގެން ދިޔައީ އޭރު އެ ހެމުން ދިޔަ ކާފަރުންގެ ހިތްތަށް ފުނޑުފުޑު ކޮށްލާ
ވިރުވާ އަޅާލާފައެވެ.
Labels:
salaf
Subscribe to:
Post Comments (Atom)
0 comments:
Post a Comment