Blog Archive
- 2014 (39)
-
2013
(100)
- December(45)
- November(21)
-
October(34)
- މޫސާގެފާނުންގެ ޢަޖައިބުކުރުވަނިވި ދުޢާ:
- ސަލާމް ލެއްވި އިދްރީސްގެފާނުން:
- ކޮންމެ ރެޔަކު ހުވަފެނުގައި ރަސޫލުﷲ ގެަފާނުން
- މަންމަގެ އުނގުގައި ވާހަކަދެއްކި 3 ކުއްޖާ
- އެކުއެކީ ނިމިގެންދިޔަ ދެތަރި
- ވަގުތުން އިޖާބަކުރެވުން ދުޢާ
- ޢުމަރުގެފާނުންގެ ފަރާތުން ނީލަކޯރަށ
- ކުޑަކުއްޖާއާއި ރަސްގެފާނު:
- ހުވަފެނުން ފެނުނު "ފުޅިބައްތި"
- ވެރިކަމަށް ﷲ ވެސް ރިޝްވަތު ނުހިއްޕަވައެވެ.
- ޝައިޠާނާގެ އުނދަގޫ ފަހުވަގުތުގައުވެސް
- މުޢާވިޔަތުގެ ފަރާތުން ހިރަޤުލްއަށް
- ޢަބްދުﷲ ބިން މުބާރަކް
- ﷲ ދެނެވޮޑިގަތީމައި އެނިމުނީއެވެ.
- ބަހުލޫލް އަށް ލިބިވަޑައިގަތް ސިޓީ
- މަގު ފޭރޭ މީހާ މިޔަދު ރޯދައަށް
- ޤުރުޢާން (ބަލައިގެން) ކިޔަވަން ނޭންގޭ މާތް މީހާ
- ސުންނަތް ރޯދަ:
- 10 ކަމަކާއިގެން މަޙުޝަރައް
- އަޖައިބެއް ފަދަ އަވައްޓެރިޔާ
- އިމާމް ބުޚާރީގެ ތެދުވެރިކަން
- ބުޢުލާމް އިބްން ބާޢޫރާގެ ވާހަކަ
- ޒަދާންގެ ތައުބާ
- ޢިލްމުވެރިންނަކީ ކޮބައިހެއްޔެވެ؟
- ޢުމަރުގެފާނުންގެ ޢަދުލުވެރިކަން
- ޢަލީގެފާނާއި ޢަމްރޫ ބިން ޢަބްދް ވުއްދު
- ޢުމަރުގެފާނުން ދީނަށް ދެއްވި ނަޞްރުގެ ތެރެއިން
- ކިތާބުއްތައުޙީދު
- އަލް އިމާމް އަސްމާޢީގެ ޙަޔާތްޕުޅުން ސަފްޙާއެއް
- އަބޫ ބަކުރުގެފާނުންގެ ޤުރުބާނީ
- ތިލާވަތުގެ ސަޖިދައިގައި އޮވެ ކިޔާ ދުޢާ:
- ނަމާދުގައި ކިޔާ ތަކެތި
- އައްޔޫބު ޢަލައިހިއްސަލާމްގެ ކެއްތެރިކަން
- ދުނިޔޭގެ އަވާގައި ޖެހުން
- 2011 (6)
Sunday, October 27, 2013
ޝުހަައިބު ރަޟިޔަﷲ ޢަންހް ވިދާޅުވިއެވެ. ﷲ ގެ
ރަސޫލާ ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުންގެ އިހުގެ މީސްތަކުންގެ ތެރޭގައި
ރަސްކަލަކު ވިއެވެ. އޭނާގެ ވަރަށްބޮޑު ސިހުރުވެރިއަކުވެސް ވެއެވެ. މިސިހުރުވެރިޔާ
މުސްކުޅިވުމުން ރަސްގެފާނުންގެ ގާތުގައި މީނާ ބުންޏެވެ: "އަހަރެން މިވަނީ
މުސްކުޅިވެ ގައިބާރު ދޫވެފައެވެ. އަހަރެންނަށް ކުޑަ ފިރިހެން ކުއްޖަކު
ގެނެސްދެއްވާށެވެ. އެއިރުން އަހުރެން އެކުއްޖާއަށް ސިހުރު ދަސްކޮށްދޭނަމެވެ."
އެހެންކަމުން ރަސްގެފާނުން ސިހުރު ދަސްކުރުމަށް ކުޑަ ފިރިހެން ކުއްޖަކު
ފޮނުވިއެވެ. އެކުޑަކުއްޖާ ސިހުރުވެރިޔާގެ ގާތަށްދާ މަގުމަތީގައި ކޮންމެ ފަހަރަކު
ފާދިރީ އެއްގެ ގާތުގައި މަޑުކުރެއެވެ. އެއީ އެފާދިރީ މީހާ ދޭދަރުސްތަކާއި
ވާހަކަތައް އަޑުއެހުމަށް ޝައުޤުވެރިވާތީއެވެ. މިގޮތުގައި ކޮންމެދުވަހަކު
ހޭދަކުރެއެވެ. ފާދިރީގެ ގާތުގައި މަޑުކޮށްފައި ދެން ސިހުރުވެރިޔާގެ ގާތަށް
ދިޔުމުން އޭނާ އެކަމާ (ލަސްވާން ޖެހޭ ސަބާބާއި) މެދު ސުވާލު ކުރާންވެސް
ފަށައިފިއެވެ. އެހެންވެ، މި ފިރިހެންކުއްޖާ މިވާހަކައިން ފާދިރީގެ ގާތުގައި
ދަންނަވައިފިއެވެ. ފާދިރީ މިއަށް ޖަވާބުގައި ބުންޏެވެ: "ސިހުރުވެރިޔާދެކި
ކޮއިފުޅު ބިރުގަންނަ ކޮންމެ ފަހަރަކު ބުނާށެވެ. 'އަހަރެންގެ އަހުލުން އަހަރެން
(ކަމަކާއި) މަޝްޢޫލު ކުރުވީއެވެ.' އަދި ކޮއިގެ އަހުލުންދެކި ބިރުގަންނަ ކޮންމެ
ފަހަރަކު ބުނާށެވެ. 'ސިހުރުވެރިޔާ އަހަރެން (ކަމަކާއި) މަޝްޢޫލު
ކުރުވީއެވެ.'" ދެން މިހެން މިގޮތގައި މިކޮއިފުޅު ކަންތައް ކުރާތާ
ދުވަސްކޮޅެއް ވެއްޖެއެވެ.
"(އެއްފަހަރަކު) މައި މަގެއްގެ މައްޗަށް
މާސިންގާ ޖަނަވާރެއް އެރިއެވެ. މިކަމުން މީހުންނަށް ހިނގާ އުޅުމަށް
ނުކުޅަދާނަވިއެވެ. މިކުއްޖާ ބުނެލިއެވެ. "މިޔަދު އަހަރެންނަށް ރަގަޅީ
ސިހުރުވެރިޔާކަން ނުވަތަ ފާދިރީކަން އިނގޭނެއެވެ" މިހެންކިޔާ އެކުއްޖާ ގާގަނޑެއް
ނަގައި ބުންޏެވެ: "ޔާﷲ އެވެ! އިބަ ރަސްކަލާންގެ ޙަޟްރަތުގައި ފާދިރީ މީހާގެ
ޢަމަލުތައް ސިހުރުވެރިޔާގެ ޢަމަލުތަކަށްވުރެ ލޮބުވެތިކަން ބޮޑުނަމަ، މިޖަނަވާރު
މަރުއްވާންދޭވެއެވެ! އެއިރުން މީސްތަކުންނަށް މަގުހުރަސްކުރުމަށް
ފަސޭހަވާނެއެވެ." ދެން އޭނާ އެގާގަނޑުން އެ ޖަނަވާރުގައިގައި ޖެހިއެވެ. އަދި
އެހިނދު އެޖަނަވާރު މަރުވިއެވެ. އަދި އެކަމުން މީސްތަކުންނަށް
މަގުހުރަސްކުރެވޭގޮތްވިއެވެ. ދެން މިކުއްޖާ ފާދިރީގެ ގާތަށް އައިސް މިވާހަކަ
ކިޔައިދީފިއެވެ. ފާދިރީ މިވާހަކަތައް އަޑުއަހާފައި ބުންޏެވެ: "ދަރިފުޅާއެވެ!
މިޔަދު އަހަރެންނަށްވުރެ ދަރިފުޅު މާރަނގަޅެވެ؛ އަދި އަހަރެން ދެކުނުފަދައިން ކަލޭ
ޙާޞިލްވެސް ކޮށްފިއެވެ. އަދި ކަލޭ އިމްތިޙާނާއި ކުރިމަތިލާން ޖެހުނީއެވެ. އަދި
މީސްތަކުން ކަލެޔާއިމެދު އިމްތިޙާން ކުރުވައިފިނަމަ އަހަރެންނާއި ބެހޭގޮތުން
އެމީހުންގެގާތުގައި ވާހަކަ ނުދައްކައްޗެވެ." މިފިރިހެން ކުއްޖާއަކީ
މީސްތަކުންކުރެ ލޮލަށް ނުފެންނަ މީހުންނަށާއި، ޖުޒާމްބަލި ޖެހިފައި ތިބޭ
މީހުންނަށާއި، އަދިވެސް އެހެނިހެން ބަލިބައްޔަށް ފަރުވާދޭ ކުއްޖެކެވެ.
ރަސްގެފާނުންގެ ޚާދިމުންކުރެ ލޯފަން މީހަކަށް މިކަންތައް އިނގި ވަރަށް ބައިވަރު
އިނާމްތަކާއި ހަދިޔާތަށް ހިފައިގެން އައިސް އެކުއްޖާއަށް ދިނުމަށްފަހު ބުންޏެވެ؛
'މިއީ ކަލެޔަށްވާހާ ތަކެއްޗެވެ. އެކަމަކު ޝަރުތަކީ އަހަރެންނަށް ޝިފާއެއް ދޭށެވެ'
އެކުއްޖާ ބުންޏެވެ؛ 'އަހަރެންނަކީ މީހަކަށް ޝިފާދޭ މީހެއްނޫނެވެ. ޝިފާ ދެއްވަނީ
ﷲއެވެ. އެހެންވީމާ ކަލޭ ﷲއަށް އީމާންވެ އެކަލާންގެ ޙަޟްރަތުން އެދެފިނަމަ
އެކަލާންގެ ކަލެޔަށް ޝިފާދެއްވާނެއެވެ.' އޭނާ ދެން ﷲ އަށް އީމާންވިއެވެ. އަދި ﷲ
އޭނާއަށް ޝިފާވެސް ދެއްވިއެވެ. ފަހުން، (އެއްފަހަރަކު) އެމީހާ ރަސްކަމުގެ
ދީވާނާއަށް ވަދެ އޭނާ ކުރިންވެސް އިންނަތާ އިށީންދެއްޖެއެވެ. އެހިނދު ރަސްގެފާނުން
އެހިއެވެ؛ 'ކަލެޔަށް ކަލޭގެ ފެނުން ހޯދައިދިނީ ކާކުހެއްޔެވެ؟' ޚައްދާމު
ދެންނެވިއެވެ؛ 'އަހަރެންގެ މާތް ރަސްކަލާންގެ(ﷲ ) އެވެ.'
ރަސްގެފާނުން ދެންނެވިއެވެ؛ 'އަހުރެން ފިޔަވާ
ކަލެޔަށް އެހެން ކަލެއް ވޭހެއްޔެވެ؟' ޚައްދާމު ބުންޏެވެ؛ 'އަހަރެންގެ ކަލަކީވެސް
އަދި ރަސްގެފާނުންގެ ކަލަކީވެސް ﷲ އެވެ' ރަސްގެފާނުން މީނާ ހިފައިގަނެގެން އަނިޔާ
ދޭން ފައްޓައިފިއެވެ. މިހެންގޮސް މިމީހާ އެކުޑަކުއްޖާގެ ވާހަކައިން ބުނަންދެން
އަނިޔާކުރިއެވެ. ދެން އެކުއްޖާވެސް އެތަނަށް ޙާޒިރުކުރެވުނެވެ. އަދި ރަސްގެފާނުން
އެކުއްޖާއާއި ދިމާއަށް ބުންޏެވެ؛ 'އޭ ކުއްޖާފުޅާއެވެ! ކަލޭގެ ސިހުރުވެރިކަން
ކުރިއަރައިގެންގޮސް ލޮލަށް ނުފެންނަ މީހުންނަށް ފެނުންދީ، ޖުޒާމްބަލީގެ މީހުންނާއި
އެނޫން ބަލިބައްޔެއްގެ މީހުންނަށް ޝިފާ ދޭ ހިސާބަށް ދިޔައީހެއްޔެވެ؟ އަދި މިވެނި
އެވެނި ކަންކަމެއް ކުރެވެނީހެއްޔެވެ؟' އެކުއްޖާ ބުންޏެވެ؛ 'އަހަރެން މީހަކަށް
ޝިފާއެއް ނުދެމެވެ. ޝިފާދެއްވަނީ ﷲ އެވެ' ދެން
ރަސްގެފާނުން މިކުއްޖާ ހިފައިގަނެގެން އަނިޔާ ދޭން ފައްޓައިފިއެވެ.
މިހެންގޮސް މިކުއްޖާ އފާދިރީގެ ވާހަކައިން ބުނަންދެން އަނިޔާކުރިއެވެ. ދެން
އެފާދިރީ ދަރުބާރަށް ޙާޒިރުކުރެވުނެވެ. އަދި އޭނާއަށް ޢަމުރުކުރެވުނެވެ.
"ކަލޭގެ ދީން ދޫކޮށް ކާފިރުވެގަންނާށެވެ" ފާދިރީ އޭނާގެ ދީންބަދަލުކޮށް
ކާފިރުވެގަންނާން ދެކޮޅުހެދިއެވެ. ދެން ރަސްގެފާނުން ބޮޑުކީސް ގެންނަން އަމުރުކޮށް
ކީސްގެނެސް އޭނާގެ ބޮލާއި ދިމާލުން ކީހާ ދެފަޅިކޮށް މަރާ ވައްޓާލިއެވެ. ދެން ޚައްދާމު
ގެނެސް އަމުރުކުރިއެވެ. "ކަލޭގެ ދީން ދޫކޮށް ކާފިރުވެގަންނާށެވެ"
ޚައްދާމު ދީން ދޫކޮށް ކާފިރުވެގަންނަން ދެކޮޅުހެދިއެވެ. ދެން ރަސްގެފާނުން
ބޮޑުކީސް ގެންނަން އަމުރުކޮށް ކީސްގެނެސް އޭނާގެ ބޮލާއި ދިމާލުން ކީހާ ދެފަޅިކޮށް
މަރާ ވައްޓާލިއެވެ. ދެން އެކުޑަކުއްޖާވެސް ގެނެސް ހަމަ އެގޮތަށް އަމުރުކުރެވުނެވެ.
"ކަލޭގެ ދީން ދޫކޮށް ކާފިރުވެގަންނާށެވެ" ދެން މިކުއްޖާވެސް ދީން ބަދަލު
ކޮށް ކާފިރުވުމާއި ދެކޮޅުހެދިއެވެ.
ދެން ރަސްގެފާނުން އަމުރު ކުރައްވައިގެން
ޚައްދާމުންގެ ތެރެއިން ބަޔަކު އެކުއްޖާ ރަސްގެފާނުން އަމުރުކުރި ފަރުބަދައަކަށް
ގެންދިޔުމަށެވެ. އަދި ގެންގޮސް ދެން އޭނާ ދީން ބަދަލުކުރޭތޯއަހާށެވެ. ދެން އޭނާ
ދީން ބަދަލު ކުރުމަށް އިންކާރު ކޮށްފިނަމަ އެފަރުބަދަ މަތީން އޭނާ އެއްލާލާށެވެ.
ދެން އެމީހުން އެކުއްޖާ އެގޮތުގެ މަތިން ގެންދިޔައެވެ. އެހިނދު އެކުއްޖާ
ދުޢާކުރަމުން ދިޔައެވެ. 'ޔާﷲއެވެ! މިބައިމީހުންގެ ފަރާތުން އަހަރެން
އިބަރަސްކަލާންގެ އެދިވޮޑިގަތް އެއްޗެއް މެދުވެރިކުރައްވައި
ސަލާމަތްކުރައްވާންދޭވެއެވެ" ދެން އެ ފަރުބަދަ ގުޑައިގެން ދިޔައެވެ. އަދި
އެމީހުން އެންމެން ފޮރޮޅާލައިގެން ވެއްޓުނެވެ. އެކުޑަކުއްޖާ ހިނގާފައި
ރަސްގެފާނުންގެ ގާތަށް އެނބުރި އައެވެ. ރަސްގެފާނުން މިކަމާއިމެދު އެހިއެވެ؛
'ކޮޔާއިއެކީ ފޮނުވި މީހުން ކުރީ ކީތްހެއްޔެވެ؟' އެކުއްޖާ ޖަވާބުގައި ބުންޏެވެ؛ 'ﷲ
އަހުރެން އެމީހުންގެ ކިބައިން ސަލާމަތް ކުރެއްވީއެވެ' ދެން ރަސްގެފާނުންގެ
ޚައްދާމުންކުރެ ބަޔަކަށް އެކުއްޖާ ދޯންޏަކަށްލައި ކަނޑުގެ މެދާއި ހަމަޔަށް
ގެންދިޔުމަށް އަމުރުކުރިއެވެ. 'ދެން އޭނާ އޭނާގެ ދީން ބަދަލުކޮށް ރަގަޅަށް
ކާފަރުވެގަތްފިނަމަ ރަގަޅެވެ. ނޫނީ ކަނޑަށް އެއްލާލާށެވެ.' ދެން މިހެންއެންގުމުން
އެމީހުން މިކުއްޖާ ގޮވައިގެން ހިނގައިގަތެވެ. އެހިނދު އެކުއްޖާ ދުޢާކުރަމުން
ދިޔައެވެ. 'ޔާﷲއެވެ! މިބައިމީހުންގެ ފަރާތުން އަހަރެން އިބަރަސްކަލާންގެ
އެދިވޮޑިގަތް އެއްޗެއް މެދުވެރިކުރައްވައި ސަލާމަތްކުރައްވާންދޭވެއެވެ"
އެހިނދު އެދޯނި ހައްޔަރުވެ، ހުރިހާއެންމެންނާއެކު ޣަރަޤުވެގެން ދިޔައެވެ. ދެން
އެކުއްޖާ ހިނގާފައި ރަސްގެފާނުންގެ ގާތަށް އައެވެ. ރަސްގެފާނުން މިކަމާއިމެދު
އެހިއެވެ؛ 'ކޮޔާއިއެކީ ފޮނުވި މީހުން ކުރީ ކީތްހެއްޔެވެ؟' އެކުއްޖާ ޖަވާބުގައި
ބުންޏެވެ؛ 'ﷲ އަހުރެން އެމީހުންގެ ކިބައިން ސަލާމަތް ކުރެއްވީއެވެ' އަދި އިތުރަށް
ބުންޏެވެ؛ 'ކަލެޔަކަށް އަހަރެން އަމުރުކުރާގޮތަކަށް ހަދައިގެން މެނުވީ އަހަރެން
ޤަތުލެއް(މަރައެއް) ނުލެވޭނެއެވެ' ރަސްގެފާނުން ބުންޏެވެ؛ 'ކަލޭގެ ތިބުނާ އަމުރަކީ
ދެން ކޮބައިހެއްޔެވެ؟' އެކުއްޖާ ބުންޏެވެ؛ 'ޢާއްމު ރައްޔިތުން އެއްކޮށް
އުސްބިމަކަށް ޖަމާކުރާށެވެ. އަދި އަހަރެން ގަހެއްގައި ބަންނާށެވެ. ދެން އަހަރެންގެ
ދުނިތައް ތެރެއިން ދުނި ނަގާ ދުނިދަޑީގައިލަމުން ބުނާށެވެ؛ ބިސްމިﷲ! ކުއްޖާގެ
ވެރިރަސްކަލާންގެއެވެ. ދެން އެތީރު ފޮނުވާލާށެވެ. މިގޮތަށް ހަދައިފިނަމަ، ކަލެޔަށް
އަހަރެން މަރާލެވިދާނެއެވެ.
ދެން ރަސްގެފާނުން ރައްޔިތުންގެ އެންމެންތަކުން
އުސް ބިމަކަށް ޖަމާކޮށް އެކުއްޖާ ގަހެއްގައި ބަނދެ، އެކުއްޖާގެ ދުނި ތަކުން
ދުންޏެއްނަގައި ދަނޑީގައި ރުކުރުވާ ބިސްމި ކިޔާ ކުއްޖާގެ ވެރި
ރަސްކަލާންގެއޭކިޔައި ފޮނުވާލިއެވެ. އެތީރު އެކުއްޖާގެ ބޮލުގެ މެދަށް އެރިއެވެ.
އެހިނދު އެކުއްޖާއެތާ އަތްއަޅާފައި މަރުވިއެވެ. އެވަގުތު އެތާ ޖަމާވެފައިތިބި
މީހުން ބުންޏެވެ؛ 'އަހަރެމެން އެކުއްޖާގެ ކަލާންގެއަށް އީމާން ވެއްޖައީމެވެ!
އަހަރެމެން އެކުއްޖާގެ ކަލާންގެއަށް އީމާން ވެއްޖައީމެވެ! އަހަރެމެން އެކުއްޖާގެ
ކަލާންގެއަށް އީމާން ވެއްޖައީމެވެ!" ރަސްގެފާނުން ނަށް ބުނެވުނެވެ. 'ﷲ ގަންދީ
ބުނަމެވެ! ރަސްގެފާނުން އެކަމަކާއިގެން ބިރުން އުޅުން ކަންތައް ވީއެވެ. މީސްތަކުން
(ﷲ އަށް) އީމާންވެއްޖެއެވެ.' ދެން އެރަސްގެފާނުން މީހުން ރަށުތެރެއައް ވަންނަ
މަގުގައި ވަޅުތަކެއް ކޮނުމަށް އަމުރުކުރިއެވެ. ދެން މިކަންތައް ކުރެވުމުން، ކޮންމެ
ވަޅެއްގައި އަލިފާން ރޯކުރެވުނެވެ. ދެން ރަސްގެފާނުން އަމުރު ކުރިއެވެ.
'މީސްތަކުންކުރެ ދީން ބަދަލުކޮށް ކާފަރުވި މީހުން ފިޔަވައި އެހެން އެންމެން
މިވަޅުގަނޑު ތަކަށް އަޅާ އަންދާލާށެވެ.' ދެން މިކަންތައް ކުރެވެން ފެށުނެވެ.
މިގޮތުގައި އަންހެނަކު އޭނާގެ ތުއްތު
ދަރިފުޅާއިއެކު އައެވެ. އެއަންހެން މީހާ އެވަޅުން ދުރުވީވަގުތު އެތުއްތު ކުއްޖާ
ބުންޏެވެ. 'އޭ މަންމާއެވެ! ކެތްތެރިވާށެވެ. މަންމަވަނީ ޙައްޤުގެ މަގުގައެވެ'
(އެހެންކަމުން އެއަންހެންމީހާ އެ ތުއްތު ކުއްޖާއާއި އެކު އެވަޅުގަނޑުތެރެއަށް
އެއްލައިލެވުނެވެ.)
ރެފަރެންސް: މުސްލިމް 3005 (ވަނަ ޙަދީޘް ގެ
ޖުމްލަ މާނަމައްޗަށް ތަރުޖަމާ ކުރެވިފައި)
ރެފަރެންސްް: http://islamqa.com/en/21711
Labels:
nations
Subscribe to:
Post Comments (Atom)
0 comments:
Post a Comment