Blog Archive

Friday, October 25, 2013


"ރޯމަނުންގެ އެމްޕެރަރގެ ފަރާތުން މުޢާވިޔަތައް: ކަލޭގެފާނުންނާއި ޢަލީ ބިން އަބީ ޠާލިބާއި ދެބޭފުޅުންގެ ދެމެދުގައި އޮތް ކަންތައްގަނޑު އަޅުގަނޑުމެންނަށް މިހާރު މިވަނީ އެނގިފައެވެ. އަދި އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި ވެރިކަމާއި ހަވާލުވުން އެންމެ ރަގަޅުވާނީ ކަލޭގެފާނުންނެވެ. އެހެންކަމުން، ކަލޭގެފާނުން އަމުރު ކުރައްވައިފިނަމަ، ޢަލީގެ ބޯ ކަޑައިގެން ކަލޭގެފާނުންނަށް ގެނެސްދެވޭވަރުގެ ލަޝްކަރެއް އަޅުގަނޑުމެން ފޮނުވައިދެއްވާނަމެވެ."
މިސިޓީއަށް މުޢާވިޔަތުގެފާނުން ލިޔުއްވި ޖަވާބު:
"މުޢާވިޔަތުގެ ފަރާތުން ހިރަޤުލްއަށް: ދެއަޚެއްގެ ދެމެދުގައިވާ ދެބަސްވުމެކެވެ: މިދެމެދަށް ކަލޭ ވަންނަން ޖެހުނު މައްސަލައަކީ ކޮބައިހެއްޔެވެ؟ ކަލޭގެ ދޫ، ކަލޭ ނުހިފަހައްޓައިފިނަމަ، އަހުރެން (ތިމަންކަލޭގެފާނުން) ކަލެޔާއި ހަމަޔަށް ލަޝްކަރެއް ފޮނުއްވާނަމެވެ. އެލަޝްކަރުގެ ފެށުން ކަލެޔާއިހަމާގައި ވާއިރު އެއިގެ ނިމުން އަހުރެން (ތިމަންކަލޭގެފާނުން) އަދި ދޫނުކޮށްލާވަރުގެ ލަޝްކަރެކެވެ. އެއިރުން ޢަލީގެފާނަށް ވެދުމެއްގެ ގޮތުގައި އެރުވުމަށް، އެބައިމީހުން ކަލޭގެ ބޯ ކަނޑައިގެން އަންނާނެއެވެ."

މިއީ އަޅުގަނޑުމެންގެ ރަންދުވަސްވަރުގެ ތާޜީޚެވެ. އެބެއިކަލުންގެ ތެރޭގައި އޮންނަ ދެބަސްވުމެއްކަމުގައި ވެދާނެއެވެ. އެހެނަސް، އެބެއިކަލުން އަސްލު ދުޝްމިނުންނަކީ ކޮބައިކަން ފަހަރެއްގައިވެސް ހަނދުމަނެތި އެއް ނުކޮށްލައްވައެވެ. އެއިގެ ބަދަލުގައި އަޅުގަނޑުމެންނަކީ ތިމާގެ އަޚާ ބަލިކޮށް ނިކަމެތިކޮށްލުމުގައި، ކާފަރެއް، ޣައިރު މުސްލިމެއް، ހަރުބީ ކާފަރެއް ނުބަލާ ބައެކެވެ. ހިތާމަ ކުރަންޖެހެއެވެ. އަޅުގަނޑުމެންނަށް ނުވިސްނެނީ ކީތްވެބާވައެވެ.
އަޅުގަނޑުމެން ހަލާކުވާންޖެހުން މައިގަނޑު ސަބަބަކީ މިއީއެވެ. މުސްލިމުން އެންމެ ލޯބިން ގެންގުޅުނު އެއް ބިންކަމުގައިވާ ސްޕެއިން ވެއްޓިގެން ދިޔައީ ހަމައެކަނި މިމައްސަލައޭ ބުނުމުން ގޯހަކަށް ނުވާނެއެވެ. އަޅުގަނޑުމެންނަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން އެތިބީ މިޔަދުގެ އެތާންގައެވެ. އެއިރުގެ އެތާންގައި ތިބީ ކޮންބައެއްތޯއެވެ؟ ދުނިޔޭގައި އެއިރު ތިއްބެވި އެންމެ ބޮޑެތި ސައިންޓިސްޓުންނާއި، ޢިލްމުވެރިންނެވެ. އާޓިސްޓުންނާއި އާކިޓެކްޗަރުންނެވެ. 800 އަހަރުން ބިނާކުރި އެމަޝްހޫރު ބިން އަޅުގަނޑުމެން އަތުން ބީވެގެން ނުދިޔަނަމަ...
ވިސްނާލާކަށް ނުވޭތޯއެވެ؟

ރެފަރެންސް: http://salaf-stories.blogspot.com/2012/11/from-emperor-of-al-roum-romans-to.html 

0 comments: