Blog Archive
- 2014 (39)
-
2013
(100)
- December(45)
- November(21)
-
October(34)
- މޫސާގެފާނުންގެ ޢަޖައިބުކުރުވަނިވި ދުޢާ:
- ސަލާމް ލެއްވި އިދްރީސްގެފާނުން:
- ކޮންމެ ރެޔަކު ހުވަފެނުގައި ރަސޫލުﷲ ގެަފާނުން
- މަންމަގެ އުނގުގައި ވާހަކަދެއްކި 3 ކުއްޖާ
- އެކުއެކީ ނިމިގެންދިޔަ ދެތަރި
- ވަގުތުން އިޖާބަކުރެވުން ދުޢާ
- ޢުމަރުގެފާނުންގެ ފަރާތުން ނީލަކޯރަށ
- ކުޑަކުއްޖާއާއި ރަސްގެފާނު:
- ހުވަފެނުން ފެނުނު "ފުޅިބައްތި"
- ވެރިކަމަށް ﷲ ވެސް ރިޝްވަތު ނުހިއްޕަވައެވެ.
- ޝައިޠާނާގެ އުނދަގޫ ފަހުވަގުތުގައުވެސް
- މުޢާވިޔަތުގެ ފަރާތުން ހިރަޤުލްއަށް
- ޢަބްދުﷲ ބިން މުބާރަކް
- ﷲ ދެނެވޮޑިގަތީމައި އެނިމުނީއެވެ.
- ބަހުލޫލް އަށް ލިބިވަޑައިގަތް ސިޓީ
- މަގު ފޭރޭ މީހާ މިޔަދު ރޯދައަށް
- ޤުރުޢާން (ބަލައިގެން) ކިޔަވަން ނޭންގޭ މާތް މީހާ
- ސުންނަތް ރޯދަ:
- 10 ކަމަކާއިގެން މަޙުޝަރައް
- އަޖައިބެއް ފަދަ އަވައްޓެރިޔާ
- އިމާމް ބުޚާރީގެ ތެދުވެރިކަން
- ބުޢުލާމް އިބްން ބާޢޫރާގެ ވާހަކަ
- ޒަދާންގެ ތައުބާ
- ޢިލްމުވެރިންނަކީ ކޮބައިހެއްޔެވެ؟
- ޢުމަރުގެފާނުންގެ ޢަދުލުވެރިކަން
- ޢަލީގެފާނާއި ޢަމްރޫ ބިން ޢަބްދް ވުއްދު
- ޢުމަރުގެފާނުން ދީނަށް ދެއްވި ނަޞްރުގެ ތެރެއިން
- ކިތާބުއްތައުޙީދު
- އަލް އިމާމް އަސްމާޢީގެ ޙަޔާތްޕުޅުން ސަފްޙާއެއް
- އަބޫ ބަކުރުގެފާނުންގެ ޤުރުބާނީ
- ތިލާވަތުގެ ސަޖިދައިގައި އޮވެ ކިޔާ ދުޢާ:
- ނަމާދުގައި ކިޔާ ތަކެތި
- އައްޔޫބު ޢަލައިހިއްސަލާމްގެ ކެއްތެރިކަން
- ދުނިޔޭގެ އަވާގައި ޖެހުން
- 2011 (6)
Monday, October 28, 2013
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހް ވިދާޅުވިއެވެ.
ރަސޫލުﷲ ގެފާނުން ޙަދީޘް ކުރެއްވިއެވެ. "މަންމަގެ
އުނގުގައި އޮވެ ތިންކުއްޖަކު މެނުވީ ވާހަކަ ނުދައްކައެވެ: (އެއިގެ ތެރެއިން
ފުރަތަމައީ) ޢީސާ ، (ދެވަނައީ): ބަނީ އިސްރާއީލުންގެ ތެރޭގައި ޖުރައިޖު ނަމަކަށް
ކިޔާމީހަކު އުޅުނެވެ. އޭނާ ނަމާދުކުރަން ހުއްޓައި އޭނާގެ މަންމަ އޭނާއަށް
ގޮވިއެވެ. އޭނާގެ (ހިތާހިތާ) ބުންޏެވެ: "އަހުރެން މަންމައަށް އިޖާބަ
ދޭންވީބާވައެވެ، ނޫނީ ނަމާދުގައި ކުރިއަށް ދާންވީ ބާއެވެ؟" (ދެން އޭނާ
މަންމައަށް ޖަވާބު ނުދީ ނަމާދައިގެން ކުރިއަށް ދިޔައެވެ.) ދެން އޭނާގެ މަންމާ
ބުންޏެވެ: "އޭ ﷲ އެވެ! އޭނާއަށް ކަސްބީ އަންހެނުންގެ މޫނުތައް ނުފެންނަހާ
ހިނދުގައި އޭނާގެ މަރު ނުހިއްޕަވާންދޭވެއެވެ." ދެން އެ (ޖުރައިޖު) އޭނާގެ
ނަމާދުކުރާ ގޭގައި އިންދައި އެތަނަށް އަންހެނަކު އައެވެ. އަދި އެއަންހެންމީހާގެ އަވާގައި
(ޖުރައިޖު) ޖައްސަން އުޅުނެވެ. އެކަމާއި ޖުރައިޖު ދެކޮޅުހެދިއެވެ. ދެން
އެއަންހެންމީހާ ހުއިހައްޕާ މީހެއްގެ ގާތަށްގޮސް އޭނާއާއިއެކު ޒިނޭކުރިއެވެ. އަދި
އެއަންހެންމީހާއަށް ފަހުން ދަރިއަކު ލިބުނެވެ. އަދި އެއަންހެންމީހާ، އެދަރިއަކީ
ޖުރައިޖުގެ ދަރިއެއްކަމުގައި ބުނަމުންދެއެވެ. ދެން މީސްތަކުން (މިކަމާއި
ރުޅިއަރައިގަނެގެން) އައިސް ޖުރައިޖުގެ އަޅުކަންކުރާގެ ތަޅާ ސުންނާފަތިކޮށްލިއެވެ.
ދެން ޖުރައިޖު ނެރި އޭނާއަށް ފޮށި މަލާމަތްކޮށްގެންފިއެވެ. ޖުރައިޖު ދެން
ވުޟޫކޮށްގެން ނަމާދެއް ކޮށްފައި އައިސް އެކުއްޖާގެ ގާތުގައި އެހިއެވެ. "އޭ
(ތުއްތު) ކުއްޖާއެވެ! ކަލޭގެ ބައްޕަ އަކީ ކާކުހެއްޔެވެ؟" އެކުއްޖާ ޖަވާބުގައި
ބުންޏެވެ. "ހުއިހައްޕާ މީހާއެވެ." (މިވާހަކަ އެކުއްޖާގެ އަގައިން
އިވުމަށްފަހު) މީސްތަކުން ބުންޏެވެ. "އަހަރެމެން ކަލޭގެ އަޅުކަންކުރާތަން
ރަނުންހަދައިދޭނަމެވެ. އޭނާ ބުންޏެވެ: 'ނޫނެކެވެ. ކިސަޑުން ހަދާށެވެ'.
(ތިންވަނައަކީ މިއަންނަ
ވާހަކައިގައ އުޅޭ ބަޠަލެވެ): ބަނީ އިސްރާއީލުންގެ ތެރޭގައިވީ އަންހެނަކު
އެއްފަހަރަކު އޭނާގެ ކުޑަ ދަރިފުޅަށް ބުއްޖައްސައިގެން އިންދާ ރީތި އަސްވާރަކު
ކައިރިން އަޅާފައި ދިޔައެވެ. އަދި އެއަންހެން މީހާ ބުންޏެވެ: "ޔާ ﷲއެވެ!
އެމީހާ ފަދަ މީހެއްކަމުގައި މިދަރިފުޅު ލައްވާންދޭވެ!" މިހެން އަންހެން މީހާ
ބުނުމުން ކިރުތުބުން ވީއްލައި އެތުއްތު ކުއްޖާ އެސަވާރީ އާއި ދިމާއަށް
ބަލައިލާފައި ބުންޏެވެ: "ޔާﷲ! އަހުރެން އޭނާކަހަލަ މީހަކު ކަމުގައި
ނުލައްވާންދޭ!" ދެން އަނެއްކާވެސް ބުއްބޯންފެށިއެވެ. (އަބޫ ހުރައިރާ އިތުރައް
ވިދާޅުވިއެވެ. "ތިމަންކަލޭގެފާނުން ރަސޫލުﷲ ގެފާނުން އެކަލޭގެފާނުންގެ
އިނގިލި ބޯތަން ފެންނަފަދައިން (ބުނެދިނުމުގެ އުސޫލުން) ނެވެ.)" ހިނދު ކޮޅެއްފަހުން، (ބަޔަކު މީހުން) އެތާންގެ
ކައިރިން ލާފައި އެމީހުންގެ އަޅު އަންހެންމީހާއާއިއެކު ދިޔައެވެ. އެމީހާ (ތުއްތު
ކުއްޖާގެ މަންމަ) ދުޢާކުރިއެވެ. "ޔާﷲ! މިއަޅާގެ މިދަރިއަކީ މިފަދަ (އަޅު
އަންހެނާފަދަ) މީހަކު ކަމުގައި ނުލައްވާންދޭވެ!" މިހެން އަންހެން މީހާ
ބުނުމުން ކިރުތުބުން ވީއްލައި އެތުއްތު ކުއްޖާ ބުންޏެވެ: "ޔާﷲ! އަހަރެން
އެއިގެ މީހަކު ކަމުގައި ހައްދަވާންދޭވެ!" ދެން އެކަމާއި އެއަންހެން މީހާ
އެކުއްޖާކުރެން އެއީ ކީތްވެތޯ އެހުމުން ޖަވާބުގައި ބުންޏެވެ: "އެސަވާރީއަކީ
އަނިޔާވެރި ވެރިއެކެވެ. އެހެނަސް އެއަޅު އަންހެން ކުއްޖާއީ ވައްކަމާއި ޒިނޭގެ ދޮގު
ތުހުމަތުގައިވާ މީހެކެވެ"
ރެފަރެންސް: ސަޙީޙް އަލް
ބުޚާރީ: 3436/4 ގެ ޖުމްލަ މާނަމައްޗަށް
ބަލައި ތަރުޖަމާކުރެވިފައި
މިވާހަކައިގައި އެވާ ޖުރައިޖަކީ ސާލިޙް އަޅުވެރިއެކެވެ. އޭނާ ﷲ އޭނާގެ މަންމަގެ ގޮވާލުމުގެ މައްޗަށް އިސްކުރިއެވެ. ފުރިހަމަ މުސްލިމެއްގެ ގައިގައި ލޯބި ހުންނަން ޖެހޭނީވެސް އެހެންނެވެ. އެހެންކަމުން ﷲ
އޭނާ ސަލާމަތް ކުރެއްވިއެވެ. އަދި ހަމަ އެއާއި އެކު އޭނާގެ މަންމަ އޭނާގެމައްޗަށް
ބަދުދުޢާއެއް ވެސް ކުރިއެވެ. މިއީ ދީނުގައި ވަރަށް ބޮޑަށް މަނާކުރައްވާފައިވާ
ކަމެކެވެ. އެހެނީ މީހެއްގެ މައްޗަށް ކުރާ ބަދުދުޢާއެއް، (ކުއްޖާގެ މަންމައާއި
ބައްޕަ ކުއްޖާގެ މައްޗަށް ކުރާ ބަދުދުޢާއަށްވުރެ) ގަދަފަދަ ނުވާނެއެވެ. އެބައެއްގެ
ބަދުދުޢާއަކީ ވަރަށް އަވަހަށް އިޖާބަ ކުރެވޭނެ ބަދުދުޢާއެވެ. އެހެންވެ
މިތަނުގައިވެސް ޖުރައިޖުގެ މަންމަގެ ބަދުދުޢާ އައިސް ޖުރައިޖައް ޖެހުނީއެވެ. އަދި
ﷲ ގެއަޅާ ސަލާމަތްވެސް ކުރެއްވީއެވެ.
Labels:
nations
Subscribe to:
Post Comments (Atom)
0 comments:
Post a Comment