Blog Archive
- 2014 (39)
-
2013
(100)
- December(45)
- November(21)
-
October(34)
- މޫސާގެފާނުންގެ ޢަޖައިބުކުރުވަނިވި ދުޢާ:
- ސަލާމް ލެއްވި އިދްރީސްގެފާނުން:
- ކޮންމެ ރެޔަކު ހުވަފެނުގައި ރަސޫލުﷲ ގެަފާނުން
- މަންމަގެ އުނގުގައި ވާހަކަދެއްކި 3 ކުއްޖާ
- އެކުއެކީ ނިމިގެންދިޔަ ދެތަރި
- ވަގުތުން އިޖާބަކުރެވުން ދުޢާ
- ޢުމަރުގެފާނުންގެ ފަރާތުން ނީލަކޯރަށ
- ކުޑަކުއްޖާއާއި ރަސްގެފާނު:
- ހުވަފެނުން ފެނުނު "ފުޅިބައްތި"
- ވެރިކަމަށް ﷲ ވެސް ރިޝްވަތު ނުހިއްޕަވައެވެ.
- ޝައިޠާނާގެ އުނދަގޫ ފަހުވަގުތުގައުވެސް
- މުޢާވިޔަތުގެ ފަރާތުން ހިރަޤުލްއަށް
- ޢަބްދުﷲ ބިން މުބާރަކް
- ﷲ ދެނެވޮޑިގަތީމައި އެނިމުނީއެވެ.
- ބަހުލޫލް އަށް ލިބިވަޑައިގަތް ސިޓީ
- މަގު ފޭރޭ މީހާ މިޔަދު ރޯދައަށް
- ޤުރުޢާން (ބަލައިގެން) ކިޔަވަން ނޭންގޭ މާތް މީހާ
- ސުންނަތް ރޯދަ:
- 10 ކަމަކާއިގެން މަޙުޝަރައް
- އަޖައިބެއް ފަދަ އަވައްޓެރިޔާ
- އިމާމް ބުޚާރީގެ ތެދުވެރިކަން
- ބުޢުލާމް އިބްން ބާޢޫރާގެ ވާހަކަ
- ޒަދާންގެ ތައުބާ
- ޢިލްމުވެރިންނަކީ ކޮބައިހެއްޔެވެ؟
- ޢުމަރުގެފާނުންގެ ޢަދުލުވެރިކަން
- ޢަލީގެފާނާއި ޢަމްރޫ ބިން ޢަބްދް ވުއްދު
- ޢުމަރުގެފާނުން ދީނަށް ދެއްވި ނަޞްރުގެ ތެރެއިން
- ކިތާބުއްތައުޙީދު
- އަލް އިމާމް އަސްމާޢީގެ ޙަޔާތްޕުޅުން ސަފްޙާއެއް
- އަބޫ ބަކުރުގެފާނުންގެ ޤުރުބާނީ
- ތިލާވަތުގެ ސަޖިދައިގައި އޮވެ ކިޔާ ދުޢާ:
- ނަމާދުގައި ކިޔާ ތަކެތި
- އައްޔޫބު ޢަލައިހިއްސަލާމްގެ ކެއްތެރިކަން
- ދުނިޔޭގެ އަވާގައި ޖެހުން
- 2011 (6)
Wednesday, October 30, 2013
ޤަތާދާ (ރަޙިމަހުﷲ) ވިދާޅުވިއެވެ: މޫސާގެފާނުން ﷲގެ ޙަޟްރަތުން ދެންނެވިއެވެ: "އޭ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ތައުރާތުން އުއްމަތެއް، އެއީ އެހެނިހެން ހުރިހާ އުއްމަތްތަކަށްވުރެ ރަގަޅު އުއްމަތެއްކަމުގައި ވާތީ ދުށީމުއެވެ. އެމީހުންނަކީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަޙީކުރާ ބައެކެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއީ މިއަޅާގެ އުއްމަތްކަމުގައި ހައްދަވާންދޭވެ!" ﷲ ވަޙީކުރެއްވިއެވެ: "އެއީ އަޙްމަދުގެފާނުންގެ އުއްމަތެވެ."
ދެން އެކަލޭގެފާނުން ދެންނެވިއެވެ: "އަޅުގެ ވެރިރަސްކަލާކޮ!
މިއަޅާއަށް ތައުރާތުން އުއްމަތެއްގެ، އެއީ ފޮނުއްވުމުގައި އެންމެ ފަހުގެ އުއްމަތް
ކަމުގައި، އަދި ސުވަރުގެ ވެއްދެވުމުގައި އެންމެ އިސް އުއްމަތްކަމުގައި ވާތީ
ދެކިވަޑައިގެންނެވީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުއްމަތަކީ މިއަޅާގެ
އުއްމަތްކަމުގައި ލައްވަވާންދޭވެ!" ﷲ ވަޙީ ކުރެއްވިއެވެ: "އެއީ
އަޙްމަދުގެފާނުންގެ އުއްމަތެވެ."
މޫސާ ދެންނެވިއެވެ:
"އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ތައުރާތުން އުއްމަތެއްގެ ވާހަކަ
ދެކިވަޑައިގަތީމެވެ. އެއުއްމަތެއްގެ ބަޔަކަށް ދެއްވެވޭ ފޮތް، އެބައިމީހުންގެ ހިތްތަކުގައިވާ ޙާލު އެބައިމީހުން އެފޮތް ކިޔާއުޅެއެވެ.
އެއުއްމަތުގެ ކުރީގެ އުއްމަތްތަކުގެ މީސްތަކުންނަށް އެބައިމީހުންނަށް
ބާއްވައިލެއްވުނު ފޮތް ކިޔާއުޅޭނީ ހަމައެކަނި ފޮތް ބަލައިގެންކަމުގައިވެއެވެ.
އެފޮތް ލައްޕާލުމާއެކު އެބައިމީހުންނަކަށް އެފޮތް ނުކިޔެއެވެ. (މާނައީ ހިތަކުން
އެމީހުންނަކަށް އެމީހުންގެ މުޤައްދަސް ފޮތެއް ނޭންގެއެވެ.) އަދި ނުވެސް އިނގެއެވެ.
އެއިގެ އިހުގެ އުއްމަތްތަކުގެ މީސްތަކުންނަށް ނުކުރެވުނު ކަމެއްކަމުގައިވިޔަސް،
އެއުއްމަތެއްގެ މީސްތަކުންނަށް (އެމީހުންނަށް ބާއްވައިލެއްވުނު ފޮތް)
ހިތުދަސްކުރުމުގެ ޤާބިލިއްޔަތުކަން ދެއްވިއެވެ. އަޅުގެ ވެރިރަސްކަލާކޮ!
އެއުއްމަތަކީ މިއަޅާގެ އުއްމަތްކަމުގައި ލައްވަވާންދޭވެ!" ﷲ ވަޙީ
ކުރެއްވިއެވެ: "އެއީ އަޙްމަދުގެފާނުންގެ އުއްމަތެވެ."
މޫސާ ދެންނެވިއެވެ: "އަޅުގެ ވެރިރަސްކަލާކޮ!
މިއަޅާއަށް ތައުރާތުން އުއްމަތެއްގެ ވާހަކަ ދެކިވަޑައިގަތީމެވެ. އެބައިމީހުންނަކީ
އެންމެ އިހަށް ބާއްވައިލެއްވުނު ފޮތާއި އެންމެ ފަހުން ބާއްވައިލެއްވުނު ފޮތަށް
އީމާންވާ ބައެކެވެ. އެބައިމީހުންނަކީ ނުބައިމަގުގެ މީސްތަކުންނާއި
ހަގުރާމަކުރުމުގައި ދެމިތިބޭ ބައެކެވެ. މިގޮތުގައި އެބައިމީހުން އެއްލޯ (އަވަރު)
ބޮޑު ދޮގުވެރިޔާ (ދައްޖާލް) އާއި ހަގުރާމަކުރާކަމުގައިވެއެވެ. އަޅުގެ
ވެރިރަސްކަލާކޮ! އެއުއްމަތަކީ މިއަޅާގެ އުއްމަތްކަމުގައި ލައްވަވާންދޭވެ!" ﷲ
ވަޙީ ކުރެއްވިއެވެ: "އެއީ އަޙްމަދުގެފާނުންގެ އުއްމަތެވެ."
ދެން މޫސާ ދެންނެވިއެވެ: "އަޅުގެ
ވެރިރަސްކަލާކޮ! މިއަޅާއަށް ތައުރާތުން އުއްމަތެއްގެ ވާހަކަ ދެކިވަޑައިގަތީމެވެ.
އެބައިމީހުންނަށް ޞަދަޤާތެއްގެ ގޮތުގައި ދެވޭ އެއްޗެހި ކައިއުޅެވެއެވެ. އަދި
އެއާއިއެކުވެސް އެބައިމީހުންނަށް ސަވާބު ލިބެއެވެ. އެކަމަކު އެއިގެ ކުރީގެ
އުއްމަތްތަކުގައި، މީހަކު ސަދަޤާތެއްގެ ގޮތުގައި އެއްޗެއް ދީފިނަމަ، އަދި
އެޤަބޫލުކުރެވުނެވެ، ﷲ ދެން އަލިފާން ފޮނުއްވައި އެކާލާނެއެވެ. އަދި އެއިން ބައެއް
ބާކީވެފައި ވާނަމަ، ބިމުގެ ފަނިފަކްސާއާއި ދޫނި ސޫފާސޫފި އެތަކެތި ކައިއުޅެއެވެ.
އެމީހުންނަށް އެތަކެއްޗަކީ މުއްސަނދިންގެ އަތުން ފަޤީރުންނަށް ދެވޭ
އެއްޗެއްކަމުގައިވެއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުއްމަތަކީ މިއަޅާގެ
އުއްމަތްކަމުގައި ލައްވަވާންދޭވެ!" ﷲ ވަޙީ ކުރެއްވިއެވެ: "އެއީ
އަޙްމަދުގެފާނުންގެ އުއްމަތެވެ."
މޫސާ ދެންނެވިއެވެ: "އަޅުގެ ވެރިރަސްކަލާކޮ!
މިއަޅާއަށް ތައުރާތުން އުއްމަތެއްގެ ވާހަކަ ދެކިވަޑައިގަތީމެވެ. އެމީހުންގެ
ތެރެއިން މީހަކު ހެޔޮކަމެއް ކުރުމަށް ހިތްނިޔަތް ގަނެފައި އަދި އެކަމެއް
ނުކުރެވުނު ކަމުގައިވިޔަސް އެމީހުންނަށް ދިހައަކުން ހަތްސަތޭގަ ގުނައަކާއި ދެމެދު
ސަވާބު ދެއްވާކަމުގައިވެއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުއްމަތަކީ މިއަޅާގެ
އުއްމަތްކަމުގައި ލައްވަވާންދޭވެ!" ﷲ ވަޙީ ކުރެއްވިއެވެ: "އެއީ
އަޙްމަދުގެފާނުންގެ އުއްމަތެވެ."
މޫސާ ދެންނެވިއެވެ: "އަޅުގެ ވެރިރަސްކަލާކޮ!
މިއަޅާއަށް ތައުރާތުން އުއްމަތެއްގެ ވާހަކަ ދެކިވަޑައިގަތީމެވެ. އެއުއްމަތުގެ
މީހުންނަކީ މީސްތަކުންގެ މައްޗަށް ޝަފާޢަތްތެރިވާ ބައެއްކަމުގައިވެއެވެ. އަދި
އެބައިމީހުންނަށްޓަކައި ޝަފާޢަތްވެސްވެއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުއްމަތަކީ
މިއަޅާގެ އުއްމަތްކަމުގައި ލައްވަވާންދޭވެ!" ﷲ ވަޙީ ކުރެއްވިއެވެ: "އެއީ
އަޙްމަދުގެފާނުންގެ އުއްމަތެވެ."
ޤަތާދާ (ރަޙިމަހުﷲ) ވިދާޅުވިއެވެ.
ދެން މޫސާގެފާނުން ތައުރާތުގެ ފަތްފުއްތައް
އެއްލަވައިލައްވައި ދުޢާދެންނެވިއެވެ: "ޔާ ﷲ!
މިއަޅާއަކީ އަޙްމަދުގެފާނުންގެ އުއްމަތުގެ މީހެއްކަމުގައި ލައްވާންދޭވެ!"
ސުބުޙާނަﷲ! ﷲ ތަބާރަކަ ވަތަޢާލާގެ ރަސޫލުންކުރެ
ރަސޫލަކު އެބެއިކަލެއް މިއުއްމަތުގެ އާދައިގެ އިންސާނަކަށްވުމަށް ދުޢާ
ދަންނަވަނީއެވެ. އެކަލޭގެފާނުންނަށް ހަމަ ގައިމު ދެނެވަޑައިގަންނަވާތީތާއެވެ.
އެކަމަކު އެބޮޑު ނިޢުމަތް ލިބިގެންތިބި އަހަރެމެންނަށް މިއުޅެނީ މިއުއްމަތް
ކަމުނުގޮސްގެންނެވެ. ނޫނީ ނިޢުމަތުގެ އަގު ވަޒަން ނުކުރެވިގެންނެވެ. އެއިގެ
ބަދަލުގައި އަހަރެމެން މިއުޅެނީ ދުނިޔޭގެ އުފަލާއި މަޖަލުގައެވެ. ދާޢިމީ އުފަލާއި
މަޖާ ހޯދުމަކަށް މަސައްކަތް ކުރަނީ ކިތަކަކަށް މަދު މީހަކުބާވައެވެ. މިއީ ރަސޫލު
ބެއިކަލެއް އެކަނި ހެއްޔެވެ؟ ތިންސަތޭކަ އެތަކެއް ބެއިކަލުންކުރެ އެބެއިކަލެއްގެ
ނަންފުޅު ކީރިތި ޤުރުއާނުގައި އެންމެ ގިނަޢަދަދަކަށް ބަޔާންވެގެންވާ ކަލޭގެފާނެވެ.
އަދި އެވަރުން ފުދުނީހެއްޔެވެ؟ އެހެންނެއްވެސް ނޫނެވެ. ހުރިހާ ރަސޫލުންގެ ތެރެއިން
ޢުލުލް ޢަޒުމުގެ ފަސް ބެއިކަލުންކުރެ ބެއިކަލެއްވެސް މެއެވެ. މިފަދަ މާތް ރަސޫލާ،
ރަސޫލެއްގެ ގޮތުގައި ހުންނަވައި އެދުޢާ ކުރައްވަނީ...... އަހަރެމެން މުސްލިމުން
(އަޙްމަދުގެފާނުންގެ އުއްމަތުގެ މީހުން) މިވަނީ ހާދަހާވާ ބޮޑު، އަގު ވަޒަންކުރަން
ދަތި ނިޢުމަތެއްގައެވެ. އެކަން އެކަމަކު ދަންނާނޭ ނަމައެވެ.
ރެފަރެންސް: އަލް އިމާމް
އިބްން ކަޘީރުގެ "ޤަޞަޞުލް އަންބިޔާ"
Labels:
Prophets
Subscribe to:
Post Comments (Atom)
0 comments:
Post a Comment