Blog Archive
- 2014 (39)
-
2013
(100)
- December(45)
- November(21)
-
October(34)
- މޫސާގެފާނުންގެ ޢަޖައިބުކުރުވަނިވި ދުޢާ:
- ސަލާމް ލެއްވި އިދްރީސްގެފާނުން:
- ކޮންމެ ރެޔަކު ހުވަފެނުގައި ރަސޫލުﷲ ގެަފާނުން
- މަންމަގެ އުނގުގައި ވާހަކަދެއްކި 3 ކުއްޖާ
- އެކުއެކީ ނިމިގެންދިޔަ ދެތަރި
- ވަގުތުން އިޖާބަކުރެވުން ދުޢާ
- ޢުމަރުގެފާނުންގެ ފަރާތުން ނީލަކޯރަށ
- ކުޑަކުއްޖާއާއި ރަސްގެފާނު:
- ހުވަފެނުން ފެނުނު "ފުޅިބައްތި"
- ވެރިކަމަށް ﷲ ވެސް ރިޝްވަތު ނުހިއްޕަވައެވެ.
- ޝައިޠާނާގެ އުނދަގޫ ފަހުވަގުތުގައުވެސް
- މުޢާވިޔަތުގެ ފަރާތުން ހިރަޤުލްއަށް
- ޢަބްދުﷲ ބިން މުބާރަކް
- ﷲ ދެނެވޮޑިގަތީމައި އެނިމުނީއެވެ.
- ބަހުލޫލް އަށް ލިބިވަޑައިގަތް ސިޓީ
- މަގު ފޭރޭ މީހާ މިޔަދު ރޯދައަށް
- ޤުރުޢާން (ބަލައިގެން) ކިޔަވަން ނޭންގޭ މާތް މީހާ
- ސުންނަތް ރޯދަ:
- 10 ކަމަކާއިގެން މަޙުޝަރައް
- އަޖައިބެއް ފަދަ އަވައްޓެރިޔާ
- އިމާމް ބުޚާރީގެ ތެދުވެރިކަން
- ބުޢުލާމް އިބްން ބާޢޫރާގެ ވާހަކަ
- ޒަދާންގެ ތައުބާ
- ޢިލްމުވެރިންނަކީ ކޮބައިހެއްޔެވެ؟
- ޢުމަރުގެފާނުންގެ ޢަދުލުވެރިކަން
- ޢަލީގެފާނާއި ޢަމްރޫ ބިން ޢަބްދް ވުއްދު
- ޢުމަރުގެފާނުން ދީނަށް ދެއްވި ނަޞްރުގެ ތެރެއިން
- ކިތާބުއްތައުޙީދު
- އަލް އިމާމް އަސްމާޢީގެ ޙަޔާތްޕުޅުން ސަފްޙާއެއް
- އަބޫ ބަކުރުގެފާނުންގެ ޤުރުބާނީ
- ތިލާވަތުގެ ސަޖިދައިގައި އޮވެ ކިޔާ ދުޢާ:
- ނަމާދުގައި ކިޔާ ތަކެތި
- އައްޔޫބު ޢަލައިހިއްސަލާމްގެ ކެއްތެރިކަން
- ދުނިޔޭގެ އަވާގައި ޖެހުން
- 2011 (6)
Monday, October 14, 2013
ރޯދަ ހިފުން މަނާ ދުވަސްވަރަކީ: ދެޢީދު ދެދުވަސް، އައްޔާމް އައް ތަޝްރީޤް (އަޟްޙާ ޢީދުދަވަހާއި ވިދިގެން އަންނަ ތިންދުވަސް) ޙައްޖުވެރިންކުރެ ހަދުޔު ކަތިލެވެން ނެތްމީހުންފިޔަވާ އެހެން މީހުންނަށް މިދުވަސްތަކުގައި ރޯދަހިފުން ހަރާމެވެ.
"ނަމާދުގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ
ލޮބުވެތިކަންބޮޑު ނަމާދަކީ ދާއޫދުގެފާނުންގެ ނަމާދެވެ. ރޯދައިގެ ތެރެއިން ﷲގެ ޙަޟްރަތުގައި
އެންމެ ލޮބުވެތިކަންބޮޑު ރޯދައަކީ ދާއޫދުގެފާނުންގެ ރޯދައެވެ. އެކަލޭގެފާނުން ރެއިގަޑުގެ
ދެބައިކުޅަ އެއްބައިގައި ނިދިކުރައްވާ (ބާކީ ބައިން) ތިންބައިކުޅަ އެއްބައިގައި
ނަމާދު ކުރައްވައި (ދެންއޮތްބައިނ) ހަބައިކުޅަ އެއްބައިގައި ނިދިކުރައްވައެވެ. އަދި
އެކަލޭގެފާނުން ކޮންމެ ދެދުވަހުން އެއްދުވަހު ރޯދައަށް ހުންނަވައެވެ."
(ބުޚާރީ: 1131، މުސްލިމް 1159)
1. ޒުވާނުންނަށް ހިފުމަށް
އަންގަވާފައިވާ (ސުންނަތް) ރޯދަ:
·
"އޭ
ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކެރިކުޅަދާނަވެގެންވާ މީހާ މީހަކާއި
ކައިވެނިކުރާށެވެ. އެހެނީ އެއީ ބެލުންތިރިކުރުމާއި ތިމާގެ ޢިއްފަތްތެރިކަން
ރައްކާކުރުމަށް އެހީވެދޭ އެންމެރަގަޅުގޮތެވެ. އަދި އެކަން ކުރުމަށް ނުކުޅަދާނަމީހާ
ރޯދައަށް ހުންނަ ހުށިކަމެވެ. އެހެނީ އެއީ (ފާފަތަކުން) ރައްކާތެރި ކޮށްދެނިވި
ހަތިޔާރެކެވެ." (ބުޚާރީ 5066، މުސްލިމް 1400)
2.
"ކީރިތި
ރަސޫލާ ސައްލައްﷲ ޢަލައިހި ވަސައްލަމަ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދައައް
ހުންނެވުމުގައި ފަރުވާތެރިވެވަޑައިގަންނަވައެވެ." (ނަސާޢީ 2320)
3.
"އެދެދުވަހަކީ
އަޅުތަކުންގެ ޢަމަލުތައް ﷲގެ ހަޟްރަތައް އުފުއްލެވޭ ދެދުވަހެވެ. އެހެންވެ
ތިމަންކަލޭގެފާނުންގެ ޢަމަލުތައް ތިމަންކަލޭގެފާނުން ރޯދައަށް ހުއްޓާ އުފުލެން
އެދިލައްވަމެވެ." (ނަސާޢީ 2358)
4. ހޯމަދުވަހާމެދު އެކަލޭގެފާނުން
ޙަދީޘްކުރެއްވިއެވެ. "އެއީ އެދުވަހެއްގައި ތިމަންކަލޭގެފާނުން
އުފަންވެވަޑައިގަތް ދުވަހެވެ. އަދި އެދުވަހެއްގައި ވަޙީބާއްވައިލައްވަން
ފެއްޓެވުނު ދުވަސްވެސްމެއެވެ." (މުސްލިމް: 1162)
5. އައްޔާމުލް ބީދްގެ ރޯދަ:
·
އަބޫ ޛައްރް ރަޟިޔަﷲ ޢަންހް ވިދާޅުވިއެވެ. ތިމަންކަލޭގެފާނުންނަށް ރަސޫﷲ
ގެފާނުން ޙަދީޘްކުރެއްވިއެވެ. "ކަލޭގެފާނުން މަހެއްގެ އެއްވެސް ދުވަހަކު
ރޯދައައް ހުންނަވާނަމަ، (ޙިޖްރީ) މަހުގެ ތޭރަ، ސާދަ އަދި ފަނަރާގައި ރޯދައަށް
ހުންނާށެވެ."(ނަސާޢީ 2424، އިބްން މާޖާ 1707)
6. ޢާޝޫރާ ދުވަހުގެ ރޯދަ: މުޙައްރަމް
މަހުގެ 10 ވަނަދުވަހުގެ ރޯދަ:
·
ރިވާވެގެންވެއެވެ. އިބްން ޢައްބާސް ރަޟިޔަﷲ ޢަންހް އާއި ޢާޝޫރާ ދުވަހުގެ
ރޯދަހިފުފާމެދު ސުވާލު ކުރެވުނެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ. "ރަސޫލުﷲ
ގެފާނުންގެ އަރިއަހުން ތިމަންކަލޭގެފާނުން ދުވަހެއް،މި (ޢާޝޫރާ) ދުވަހަކަށްވުރެ ރޯދަހިފަން
މޮޅުއިތުރު، މަހެއް މި (ރޯދަމަކަށްވުރެ) ރޯދަހިފަން މޮޅުއިތުރު ނުދެކެމެވެ."(ބުޚާރީ
2006، މުސްލިމް 1132)
7. ޢަރަފާތް ދުވަހުގެ ރޯދަ: ޙައްޖު
މަހުގެ 9 ވަނަ ދުވަހުގެ ރޯދަ:
·
އިސްވެ ދިޔަ ތިން ރޯދައިގެ މާތްކަމާއިމެދު ކީރިތި މާތް ރަސޫލާ ސައްލަﷲ ޢަލަހި
ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ކޮންމެ މަހެއްގެ ތިންދުވަހުގެ ރޯދައާއި
ރަމަޟާންމަހުގެ ރޯދަހިފުމަކީ މުޅި އަހަރުގެ ރޯދަހިފުންފަދަ ކަމެކެވެ.
ޢަރަފާތްދުވަހުގެ ރޯދައަކީ އަންނަން އޮތް އަހަރުގެ ފާފަތަކާއި ވެތުވެ ދިޔަ އަހަރުގެ ފާފަތަށް ފޮހެވޭނޭ
ރޯދައެއްކަމުގައި (ތިމަންކަލޭގެފާނުން) ދެކިވަޑައިގަންނަވަމެވެ. އަދި ޢާޝޫރާދުވަހުގެ ރޯދައަކީ އަންނަން އޮތް އަހަރުގެ ފާފަތަށް ފޮހެވޭނޭ
ރޯދައެއްކަމުގައި (ތިމަންކަލޭގެފާނުން) ދެކިވަޑައިގަންނަވަމެވެ." (މުސްލިމް
1162)
8. ޝައްވާލް މަހުގެ ހަރޯދަ:
·
ރަސޫލުﷲ ގެފާނުން ޙަދީޘް ކުރެއްވިއެވެ. "މީހަކު ރަމަޟާންމަހުގެ
ރޯދައާއިއެކު ޝައްވާލުމަހުގެ ހަރޯދަ ހިފައިފިނަމަ، މުޅި އުމުރުގައި އޭނާ ރޯދަހިފި
ފަދައެވެ." (މުސްލިމް: 1164)
9. މުޙައްރަމް މަހުގެ ރޯދަ:
·
"ރަމަޟާންމަހަށްފަހު
ރޯދައަށްފަހު، ﷲ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑީ މުޙައްރަމްމަހުގެ ރޯދައެވެ.
އަދި ފަރުޟް ނަމާދަށްފަހު އެންމެ ލޮބުވެތިކަންބޮޑީ ރޭގަނޑުގެ ވަޤުތުތަކުގައި
ކުރާނަމާދެވެ. (ތަހައްޖުދު/ދަމު ނަމާދެވެ)."(މުސްލިމް 1163)
10.
ޝަޢުބާންމަހުގެ ރޯދަ:
·
ޢާއިޝާ ރަމިޔަﷲ ޢަންހާ ގެފަރާތުން ރިވާވެގެންވެއެވެ. "ރަސޫލުﷲ ގެފާނުން
ބައެއްފަހަރު ރޯދައަށް ހުންނަވާއިރު ދެން އަބަދުވެސް ހުންނަވާނޭކަމުގައި
ހީފުޅުވަންދެން ރޯދަހިއްޕަވައެވެ. އަދި ބައެއްފަހަރު އެއްގޮތަކަށްވެސް ރޯދައަށް
ނުހުންނަވާތީވެ ދެން އެއްގޮތަކަށްވެސް ރޯދަ ނުހިއްޕަވާނޭކަމުގައި
ހީފުޅުކުރެވެންދެން ރޯދަ ނުހިއްޕަވައެވެ. އެކަލޭގެފާނުން ރޯދަމަސް ފިޔަވާ މުޅި
ރޯދަ ހިއްޕަވާ މަހެއް ޝަޢުބާންމަސްނޫނީ ތިމަން ކަމަނާ ދެކިވަޑައެއް
ނުގަންނަވަމެވެ. އެކަލޭގެފާނުން މުޅި ޝަޢުބާން މަހު ނޫނީ އެމަހުން
މަދުބައެއްފިޔަވާ އެއްކޮށް ރޯދައަށް ހުންނަވައެވެ." (ބުޚާރީ 1969، މުސްލިމް
1156)
ރަސޫލުﷲ ގެފާނުން ޙަދީޘް ކުރެއްވިއެވެ. "މީހަކު ﷲ އަށްޓަކައި ރޯދައެއް ހިފައިފިނަމަ، ﷲ އެމީހެއްގެ
މޫނު ނަރަކައާއި ހަތްދިހަ އަހަރުގެ ދުރުމިނަށް ގެންދަވާނެއެވެ."
(ނަސާޢީ: 2247، ޞަޙީޙް ސުނަން އައް ނަސާޢީ ގައި އަލްބާނީ މިޙަދީޘް ޞައްޙަކަމުގައި
ބަޔާންކުރެއްވިއެވެ.)
ރެފަރެންސް : http://www.islamqa.com/en/21979
Labels:
tarubiya
Subscribe to:
Post Comments (Atom)
0 comments:
Post a Comment