Blog Archive
- 2014 (39)
-
2013
(100)
- December(45)
- November(21)
-
October(34)
- މޫސާގެފާނުންގެ ޢަޖައިބުކުރުވަނިވި ދުޢާ:
- ސަލާމް ލެއްވި އިދްރީސްގެފާނުން:
- ކޮންމެ ރެޔަކު ހުވަފެނުގައި ރަސޫލުﷲ ގެަފާނުން
- މަންމަގެ އުނގުގައި ވާހަކަދެއްކި 3 ކުއްޖާ
- އެކުއެކީ ނިމިގެންދިޔަ ދެތަރި
- ވަގުތުން އިޖާބަކުރެވުން ދުޢާ
- ޢުމަރުގެފާނުންގެ ފަރާތުން ނީލަކޯރަށ
- ކުޑަކުއްޖާއާއި ރަސްގެފާނު:
- ހުވަފެނުން ފެނުނު "ފުޅިބައްތި"
- ވެރިކަމަށް ﷲ ވެސް ރިޝްވަތު ނުހިއްޕަވައެވެ.
- ޝައިޠާނާގެ އުނދަގޫ ފަހުވަގުތުގައުވެސް
- މުޢާވިޔަތުގެ ފަރާތުން ހިރަޤުލްއަށް
- ޢަބްދުﷲ ބިން މުބާރަކް
- ﷲ ދެނެވޮޑިގަތީމައި އެނިމުނީއެވެ.
- ބަހުލޫލް އަށް ލިބިވަޑައިގަތް ސިޓީ
- މަގު ފޭރޭ މީހާ މިޔަދު ރޯދައަށް
- ޤުރުޢާން (ބަލައިގެން) ކިޔަވަން ނޭންގޭ މާތް މީހާ
- ސުންނަތް ރޯދަ:
- 10 ކަމަކާއިގެން މަޙުޝަރައް
- އަޖައިބެއް ފަދަ އަވައްޓެރިޔާ
- އިމާމް ބުޚާރީގެ ތެދުވެރިކަން
- ބުޢުލާމް އިބްން ބާޢޫރާގެ ވާހަކަ
- ޒަދާންގެ ތައުބާ
- ޢިލްމުވެރިންނަކީ ކޮބައިހެއްޔެވެ؟
- ޢުމަރުގެފާނުންގެ ޢަދުލުވެރިކަން
- ޢަލީގެފާނާއި ޢަމްރޫ ބިން ޢަބްދް ވުއްދު
- ޢުމަރުގެފާނުން ދީނަށް ދެއްވި ނަޞްރުގެ ތެރެއިން
- ކިތާބުއްތައުޙީދު
- އަލް އިމާމް އަސްމާޢީގެ ޙަޔާތްޕުޅުން ސަފްޙާއެއް
- އަބޫ ބަކުރުގެފާނުންގެ ޤުރުބާނީ
- ތިލާވަތުގެ ސަޖިދައިގައި އޮވެ ކިޔާ ދުޢާ:
- ނަމާދުގައި ކިޔާ ތަކެތި
- އައްޔޫބު ޢަލައިހިއްސަލާމްގެ ކެއްތެރިކަން
- ދުނިޔޭގެ އަވާގައި ޖެހުން
- 2011 (6)
Saturday, October 26, 2013
އައް ޒުހުރީ ވިދާޅުވިއެވެ.
"ތިމަންކަލޭގެފާނުންގެ އަތްޕުޅުގައި އުރުވާ ބިން އައް ޒުބައިރު (ރަޙިމަހުﷲ)
އުއްމު ސަލަމާ (ރަޟިޔަﷲ އަންހާ) ގެ އަރިހުން ރިޥާވެގެން އައިސްފައިވާ މިޙަދީޘް
އެބައޮތެވެ. އުރުވާ ވިދާޅުވިއެވެ. "ކަލޭމެން ބެއިކަލުންނަށް އޭނާ (އައް
ނަޖާޝީ) އެވިދާޅުވިއެއްޗެއް އިނގިލައްވާހެއްޔެވެ؟"އަހުރެންނަށް މިވެރިކަން
ދެއްވި އިރަކު، ﷲ ވެސް އަހުރެންގެ އަތަކުން ރިޝްވަތެއް ނުހިއްޕަވައެވެ. އެހެންވެ
އަހުރެންގެ ވެރިކަން ދަމަހައްޓަން އަހަރެން ރިޝްވަތު ހިފަންވީހެއްޔެވެ؟ އަދި
އެމީހުން އަހަންނާއިމެދު ކަންތައްވާން އެދުނުގޮތް ވުމަކަށް އެކަލާންގެ
އިރާދައެއްވެސް ނުކުރައްވައެވެ. އެހެންވެ އަދި އެކަލާންގެއާއި ދެކޮޅަށް
އެމީހުންނަށް އަހުރެން އިޖާބަ ދޭނެހެއްޔެވެ؟"
އެހެންވެ އަހުރެން ދެންނެވީމެވެ.' ނޫނެކެވެ' ދެން
އުރުވާ ކިޔައިދެއްވިއެވެ. "ޢާއިޝާ (ރަޟިޔަﷲ ޢަންހާ) އަހުރެންނަށް
ކިޔައިދެއްވިއެވެ.
އޭނާގެ ބައްޕާއަކީ ކުރީގައި މީސްތަކުގެ
ރަސްގެފާނެވެ. އަދި އެބައްޕާގެ ބޭބެއަކު ވެއެވެ. އެބޭބެގެ 12 ދަރިން ވެއެވެ.
އެކަމަކު ނަޖާޝީގެ ބައްޕާގެ ދަރިއަކު، ނަޖާޝީ ފިޔަވާ ނުވެއެވެ.
އެހެންވެ ބަސަރާގެ މީސްތަކުން އެއްވެ ރޭވީ،
ނަޖާޝީގެ ބަފައިކަލުން މަރާ ބޭބެއިކަލުންނަށް ރަސްކަން ހަވާލުކުރުމަށެވެ. އެއިރުން
ދެން ރަސްކަމުގެ ތަޚުތައް އިސްވާނީ ފަހުން އެބޭބޭގެ ދަރިންނާއި ދަރިންގެ
ދަރިންނެވެ. އެއިރުން އެމީހުންގެ ތެރޭގައި އެއްވެސް ހަގުރާމައެއް ނުހިގާ
އެމީހުންގެ ވެރިކަން އޮންނާނޭކަމުގައި އެމީހުން ވިސްނިއެވެ. އެހެން ރޭވުމަށްފަހު
ރަސްގެފާނާއި ހަގުރާމަކޮށް އޭނާ ޤަތުލުކުރުމަށްފަހު ބޭބޭއަށް ރަސްކަން ހަވާލު
ކުރިއެވެ.
އެހެންވެ ނަޖާޝީ އޭނާގެ ބޮޑުބޭބޭގެ
ގާތަށްދިޔައެވެ. އަދި ބޮޑުބޭބޭ އުފާވާނޭ ފަދައިން ވާހަކަދެއްކުމުން ނަޖާޝީއަކީ
ބުއްދިވެރި ވިސްނުން ތޫނު ކުއްޖެއްކަމުގައި ހީފުޅުކުރެވުނެވެ.
ބަސަރާގެ ރައްޔިތުންނަށް ނަޖާޝީ، އޭނާގެ
ބޮޑުބޭބޭގެ އަރިހުގައި މިހާރު މިހުރި ހިސާބު ފެނި، ބުނަމުން ގެންދިޔައެވެ:
"މިކުއްޖާ އޭނާގެ ބޮޑުބޭބޭގެ ފަރާތުން ވަރަށް މާތްކަމާއި މަތިވެރިކަން
ހޯދައިފިއެވެ. ފަހަރުގައި އޭނާގެ ބޮޑުބޭބޭ، މި ނަޖާޝީ އަހުރެމެންގެ މައްޗަށް
ވެރިއަކުކަމުގައި ވެސް އިސްކޮށްފާނެއެވެ. އަދި އޭނާއަށް އޭނާގެ ބައްޕާ މެރީ
އަހަރެމެންކަން މިހާރުވެސް އިނގޭނެއެވެ. އެހެންކަމުން އަހަރެމެންގެ ތެރެއިން
އެއްވެސް ބޮޑަކު ފުރާނަ ސަލާމަތުން ދުނިޔޭގައި ހުއްޓަކަނުދޭނެއެވެ.
އެހެންކަމުން، އެމީހުން އެ ބޮޑުބޭބޭގެ
އަރިހަށްގޮސް ދެންނެވިއެވެ. ކަލޭގެފާނުންނަށްވެސް އިނގިލައްވާނޭ ފަދައިން އޭނާގެ
(ނަޖާޝީގެ) ބައްޕާ ޤަތުލުކޮށް އެވެރިކަމާއި ކަލޭގެފާނުން ޙަވާލުކުރީ
އަހަރެމެންނެވެ. އެކަމަކު މިހާރު އަހަރެމެންނަކަށް އޭނާ ކަލޭގެފާނަށްފަހު ވެރިކަމަށް
އިސްނުވާނޭކަމުގެ އެއްވެސް ރައްކާތެރިކަމެއް ނެތެވެ. އެހެންވީމާ، ކަލޭގެފާނުން އެ
ނަޖާޝީ މަރާށެވެ. ނޫނީ މިރަށުން އަރުވާލާށެވެ.
އެ (ނަޖާޝީގެ) ބޮޑުބޭބޭ ބުންޏެވެ.
"ކަލޭމެންނަށް ހަލާކު ހުއްޓެވެ. އިއްޔެ އޭނާގެ ބައްޕަ ޤަތުލުކުރީ
ކަލޭމެންނެވެ. ދެން މިހާރު އަހަރެންވީ އޭނާ ޤަތުލުކުރާންހެއްޔެވެ؟ އެހެނެއް
ނޫނެވެ. އެއިގެ ބަދަލުގައި އަހަރެން އޭނާ މިރަށުން އަރުވާލާނީއެވެ."
އެހެންކަމުން އެމީހުން ނަޖާޝީ ބާޒާރަށް ގެންގޮސް،
އަޅެއްގެ ގޮތުގައި ވިއްކާލުމުން 600 ނުވަތަ 700 ދިރުހަމުގެ އަގުގައި މީހަކު ނަޖާޝީ
ގަނެ އޭނާގެ ދޯންޏަށް އެއްލާލިއެވެ. ދެން އޭނާ ނަޖާޝީއާއެކު ފުރައިފިއެވެ.
ހަމަ އެދުވަހުގެ ހަވީރު ފިނިމޫސުމުގެ
ވިލާގަޑުތަކުގެ ތެރެއިން ވިލާގަނޑެއް ހަދާލިއެވެ. އެކަމާއި އުފަލުން އެއްކަލަ
ބޮޑުބޭބޭ ވާރެއާއި ތެމެން ބޭރަށް ނިކުތެވެ. އެކަމަކު ހޮނު ގުގުރިއަޅާ
އޭނާމަރުވިއެވެ.
އެހެންކަމުން މީސްގަނޑު އަވަހަށް އޭނާގެ ދަރިންގެ
ގާތަށް ދިޔައެވެ. އެކަމަކު އެމީހުންނަށް ފެނުނީ އޭނާގެ ދަރިންގެ ތެރޭގައި ހުސް
މޮޔައިން ވާތަނެވެ. އެއިގެ ތެރެއިން އެއްވެސް މީހަކުގެ ގައިގާ
ސަލާމަތުންހުރިކަމުގެ ނިޝާނެއްވެސް ފެންނާކަށެއް ނެތެވެ. (މާނައަކީ އެއީ
އެމީހުންނަށް ކުރިން ފެނުނު ބޮޑުބޭބޭގެ ދަރިންނެއްނޫނެވެ. އެމީހުން އެތިބީ
މޮޔަވެފައެވެ.)
މިހެންވެ، ބަސަރާގެ މީސްތަކުންގެ މިކަންތައް
އެމީހުންނަށް ބޮޑުކަމަކަށް ވެއްޖެއެވެ.
އެމީހުން އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ.
"ﷲ ގަންދީ ބުނަމެވެ. އަހަރެމެންގެ ތެރޭގައި
ވެރިކަމަށް އެންމެ އައުލާކަން ބޮޑު މީހާއީ މިއަދު އަޅެއްގެ ގޮތުގައި ވިއްކާލެވުނު
ނަޖާޝީއެވެ. ބަސަރާގެ ކަންތަކާއިމެދުގައި ކިރިޔާވެސް ފަރުވާލެއް ހުރި މީހަކުނަމަ،
އޭނާ ފުރައިގެން ގޮސް ގެއްލުމުގެ ކުރިން އޭނާ ހޯދައިގެން ގެންނާށެވެ."
އެހެންކިޔައި އެމީހުން ނަޖާޝީ ހޯދުމަށް ނިކުތެވެ.
އަދި ހޯދައިގެން ގެނެސް އޭނާގެ ބޮލުގައި ތާޖު އަޅުވައި ރަސްކަމުގެ ދީވާނާއަށް
ވެއްދިއެވެ. އެކަމަކު ނަޖާޝީ ގަތް މީހާ އޭނާގެ ހައްގު ހޯދުމަށް ވެސް އައެވެ.
"އަހަރެންގެ އަގު އަހަރެންނަށް ދޭށެވެ. އެއީ ކަލޭމެން އަހަރެންގެ އަޅު
ޖަހައިގަތީއެވެ"
އެމީހުން ޖަވާބުގައި ބުންޏެވެ. "އަހަރެމެން
އެކައްޗެއްވެސް ކަލެޔަކަށް ނުދޭނަމެވެ"
އެވިޔަފާރިވެރިޔާ ބުންޏެވެ.
"އެހެންވެއްޖެއްޔާ ﷲ ގަންދީ ބުނަމެވެ. އަހަރެން އޭނާއާއި (ނަޖާޝީއާއި) ވާހަކަ
ދައްކާނަމެވެ"
ދެން އޭނާ ނަޖާޝީގެ އަރިހަށްގޮސް ވާހަކަ
ދެއްކިއެވެ. "އޭ ރަސްގެފާނެވެ! އަހަރެން މިޔަދު އަޅަކު ގަތީމެވެ.
އަހަރެންނަށް އެއަޅުކަލޭގެ ވިއްކި މީހުން އަހުރެންގެ އަތުން ފައިސާވެސް ވަނީ
އަތުލާފައެވެ. ދެން އެމީހުން އަހަރެންގެ އަތުން އަނެއްކާ އެއަޅުކަލޭގެ
ޖަހައިގަނެގެން ވަނީ ގެންގޮސްފައެވެ. އެކަމަކު އެމީހުން އަހަރެންނަކަށް އަބުރާ
އެފައިސާއެއްވެސް ނުދިނެވެ."
މިއީ ނަޖާޝީގެ ރަސްކަމުގައި ފުރަތަމަ ފަހަރަށް
ހައްލު ކުރަންޖެހުނު މައްސަލައެވެ. އެމައްސަލައެއްގައި ނަޖާޝީގެ
ވިސްނުންތޫނުކަމާއި، އިންސާފު ފުރަތަމަ ފަހަރަށް ދައްކުވައިދިން މައްސަލައެވެ.
ނަޖާޝީ އެމީހުންނަށް ވިދާޅުވިއެވެ. "ކަލޭމެން
އޭނާއަށް އޭނާގެ ފައިސާ އަނބުރާ ޙަވާލު ކުރާށެވެ. ނޫނީ އޭނާގެ އަޅު އޭނާ
ރުހޭތާކަށް ގެންދިޔުމަށް އޭނާއާއި ޙަވާލު ކުރާށެވެ."
(ނޯޓް: އަޅުގަނޑުމެންނަށްވެސް މިމައްސަލައިގެ
އެންމެ ރަގަޅު ހައްލަކީ މިއީކަން އެނގެއެވެ. އެކަމަކު އަޅުގަނޑުމެން އެގޮތަށް
މިދިވެހިރާއްޖޭގެ ވެރިކަމުގައި އިނދެފައި އެމައްސަލަ ނިންމަންވީމާ
ދެން............. ގޮނޑި ގެއްލިދާނެތީވެ، ނޫނީ (އަދި ގޮނޑީގެ ވާހަކަ ނުދައްކަމާ)
ހިމާރުގަނޑެއްހެން މީހަކު ހެއްދިހާ ގޮތެއް ހެދިގެން މޮޔައެއްހެން ދުނިޔޭގެ
އެއްވެސް އުފަލެއް އަރާމެއް ނެތި އަޅެއްހެން އުޅެން ޖެހޭނެކަން އިނގޭއިރު
ދެން................. އޮންނާނީ މި ރަގަޅު ބުއްދި އެގަޑީގައި ގޯސްވެފައެވެ.
އެހެންޏާ، ދިރިހުރި އެއްވެސް ފުރާނައެއް އެމީހެއްގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް
މަސައްކަތް ނުކުރާނޭކަމީ ބުއްދި ސަލާމަތުންހުރެ ނުކުރާނޭ ކަމެކެވެ.)
އެކަމަކު އެމީހުން ބޭނުންވީ ނަޖާޝީއެވެ. އެހެންވެ
އެމީހުން އޭނާއަށް އޭނާގެ ފައިސާ އަނބުރާ ޙަވާލުކޮށްފިއެވެ.
މިއީ ނަޖާޝީ (މުސްލިމުން ބަލާ މައްކާއިން
ޤުރައިޝުންގެ ބޮޑުން މުދަލާއި އަގުބޮޑެތި ތަކެތި ހިފައިގެން އައިދުވަހު އެތަކެތި
ޤުރައިޝުންނާއި ޙަވާލުކުރަމުން) ބުނި ބަހުގެ މާނައެވެ.
ޝައިޚް އަލް އަލްބާނީ ވިދާޅުވިއެވެ. މިވާހަކަ
ރިވާކުރެއްވީ އިބްން ހިޝާމް އެކަލޭގެފާނުންގެ އިބްން އިސްޙާޤްގެ ސީރަތުގެ
ޚުލާސާގައި (1/363-364) އަދި، އަބޫ ނުޢައިމް "އައް ދަލާއިލް' ގެ (ސަފްޙާ 81 -
84) ގައެވެ. މިއީ ސަނަދަކީ 'ޙަސަން" ދަރަޖައިގެ ސަނަދެއްކަމުގައި އަލްބާނީ
ވިދާޅުވިއެވެ.
މިއީ ރަސޫލުﷲ ގެފާނުންނަށް އިސްލާމްދީނުގެ ބައިއަތު
ހިއްޕަވައި މެސެޖެއް ފޮނުއްވި ނަޖާޝީއެވެ. އެކަލޭގެފާނުން އަވަހާރަވީ އިސްލާމެއްގެ
ގޮތުގައި ހުންނަވައެވެ. (ރަޟިޔަﷲ ޢަންހް)
ދެން އިބްން އިޝްޙާޤު ޢާއިޝަތުގެފާނުންނާއި
ހަމައިން ގެންނެވި އެކަލޭގެފާނުންގެ ސަނަދާއިއެކު ރިވާކުރެއްވިއެވެ. ނަޖާޝީ
އަވަހާރަވުމުން އެކަލޭގެފާނުން (ނަޖާޝީ)ގެ ޤަބުރުގެ މަތިން އަލިކަމެއް އަބަދުވެސް
ފެނިފެނި ހުރެއެވެ.
ޝައިޚް އަލްބާނީ މިސަނަދާއިމެދު ވިދާޅުވިއެވެ.
މިއީ ޙަސަން ދަރަޖައިގެ ސަނަދެކެވެ.
·
ޙަސަން ދަރަޖައަކީ ރަގަޅު ދަރަޖައެވެ.
މި ނަޖާޝީ އަވަހާރަވުމުގެ ޚަބަރު ވަޙީއިން
ރަސޫލުﷲ ގެފާނުންނާއި ހަމަޔަށް ލިބިވަޑައިގަތުމުން ރަސޫލުﷲ ގެފާނުން ޣައިބަށް ކަށުނަމާދު
ކުރެއްވިއެވެ. މިވާހަކަ މުސްލިމްއާއި ބުޚާރީގައި ލިޔެވިގެންވެއެވެ. އިސްލާމް
ދީނުގައި ފުރަތަމަ ފަހަރަށް ޣައިބަށް ކުރެވުނު ކަށުނަމާދަކީ މިއެވެ.
Labels:
salaf
Subscribe to:
Post Comments (Atom)
0 comments:
Post a Comment