Blog Archive
- 2014 (39)
-
2013
(100)
- December(45)
- November(21)
-
October(34)
- މޫސާގެފާނުންގެ ޢަޖައިބުކުރުވަނިވި ދުޢާ:
- ސަލާމް ލެއްވި އިދްރީސްގެފާނުން:
- ކޮންމެ ރެޔަކު ހުވަފެނުގައި ރަސޫލުﷲ ގެަފާނުން
- މަންމަގެ އުނގުގައި ވާހަކަދެއްކި 3 ކުއްޖާ
- އެކުއެކީ ނިމިގެންދިޔަ ދެތަރި
- ވަގުތުން އިޖާބަކުރެވުން ދުޢާ
- ޢުމަރުގެފާނުންގެ ފަރާތުން ނީލަކޯރަށ
- ކުޑަކުއްޖާއާއި ރަސްގެފާނު:
- ހުވަފެނުން ފެނުނު "ފުޅިބައްތި"
- ވެރިކަމަށް ﷲ ވެސް ރިޝްވަތު ނުހިއްޕަވައެވެ.
- ޝައިޠާނާގެ އުނދަގޫ ފަހުވަގުތުގައުވެސް
- މުޢާވިޔަތުގެ ފަރާތުން ހިރަޤުލްއަށް
- ޢަބްދުﷲ ބިން މުބާރަކް
- ﷲ ދެނެވޮޑިގަތީމައި އެނިމުނީއެވެ.
- ބަހުލޫލް އަށް ލިބިވަޑައިގަތް ސިޓީ
- މަގު ފޭރޭ މީހާ މިޔަދު ރޯދައަށް
- ޤުރުޢާން (ބަލައިގެން) ކިޔަވަން ނޭންގޭ މާތް މީހާ
- ސުންނަތް ރޯދަ:
- 10 ކަމަކާއިގެން މަޙުޝަރައް
- އަޖައިބެއް ފަދަ އަވައްޓެރިޔާ
- އިމާމް ބުޚާރީގެ ތެދުވެރިކަން
- ބުޢުލާމް އިބްން ބާޢޫރާގެ ވާހަކަ
- ޒަދާންގެ ތައުބާ
- ޢިލްމުވެރިންނަކީ ކޮބައިހެއްޔެވެ؟
- ޢުމަރުގެފާނުންގެ ޢަދުލުވެރިކަން
- ޢަލީގެފާނާއި ޢަމްރޫ ބިން ޢަބްދް ވުއްދު
- ޢުމަރުގެފާނުން ދީނަށް ދެއްވި ނަޞްރުގެ ތެރެއިން
- ކިތާބުއްތައުޙީދު
- އަލް އިމާމް އަސްމާޢީގެ ޙަޔާތްޕުޅުން ސަފްޙާއެއް
- އަބޫ ބަކުރުގެފާނުންގެ ޤުރުބާނީ
- ތިލާވަތުގެ ސަޖިދައިގައި އޮވެ ކިޔާ ދުޢާ:
- ނަމާދުގައި ކިޔާ ތަކެތި
- އައްޔޫބު ޢަލައިހިއްސަލާމްގެ ކެއްތެރިކަން
- ދުނިޔޭގެ އަވާގައި ޖެހުން
- 2011 (6)
Sunday, October 20, 2013
އަލް ބަހުލޫލްގެ ބައެއް ދަރިވަރުން ކިޔައިދިނެވެ:
ބަހުލޫލްގެ އަތްމައްޗަށް ސިޓީއެއް ލިބި އެސިޓީ އެކަލޭގެފާނުން ހުޅުއްވަވައި
ލެއްވިއިރު އޭގައި އޮތެވެ.
"ޚުރާސާންގެ ސަމަރުޤަންދުގެ އަންހެނެއްގެ
ފަރާތުން. އަހުރެންނަކީ ދުނިޔޭގައި މީގެ ކުރިން މީހަކު ނުކުރާހާ ފާފައަކާއި
ހަމަޔަށް ފާފަކުރަމުންދިޔަ މީހަކީމެވެ. އެކަމަކު ﷲ ގެ ހަޟްރަތައް އަހުރެން
މިހާރުވަނީ އެނބުރިގެންނެވެ. އެކަލާންގެ ކިބައިން ޢަފޫއާއި މަދަދައް އެދިގެންނެވެ.
އަދި އަހުރެން ދުނިޔޭގައި ތިބި އަޅުވެރިންނާއިމެދު މީސްމީހުންކުރެ ސުވާލުކުރުމުން
4 މީހެއްގެ ވާހަކަ އަޑުއެހީމެވެ. އެއިގެ ތެރެއިން އެކަކީ އެފްރިކާގެ އަލް
ބަހުލޫލެވެ. އޭ ބަހުލޫލެވެ! އަހުރެންނަށް ﷲގެ މަގުގައި ސާބިތުވެ ހުރުމަށް
މަދަދުދެއްވުމަށްއެދި އެކަލާންގެ ހަޟްރަތުގައި ދަންނަވައިދުނުމަށް ކަލޭގެފާނުންގެ
އަރިހުން އެދެމެވެ."
މިހާހިސާބަށް ކިޔުމުން އެސިޓީ އެކަލޭގެފާނުންގެ
އަތްޕުޅުން ދޫވެގެން ވެއްޓުނެވެ. އަދި އެކަލޭގެފާނުންވެސް މޫނުވަތައް ވެއްޓި
ކީރިތި ކުރައްވަން ފެއްޓެވިއެވެ. އެހެން ކީރިތި ކުރައްވާ ކުރައްވާ އެންމެ ފަހުން
އެއްކަލަ ސިޓީ އެއްކޮށް ތެމިގެންދިޔައެވެ. އެއިރު އެކަލޭގެފާނުން އަމިއްލަ
ނަފްސަށް މަލާމަތްކުރަމުން ބުނަމުންދިޔައެވެ. "އޭ ބަހުޅޫލާއެވެ! ޚުރާސާނުގެ
ސަމަރުޤަންދެވެ. (އެހެނީ އެމީހުންވެސް ކަލޭ ދަނޭހެއްޔެވެ؟) ﷲ ކަލޭގެ ކުއްފާފަތައް
ނުފޮރުއްވާނަމަ ކަލެއަށް ހަލާކު ހުއްޓެވެ" (މާނައީ އެއިރުން ކަލޭގެ ވާހަކަ
އެހާ ހިސާބަކަށް ނުދާނެ އެވެ. މިހުންނަނީ ﷲ ކަލޭގެމައްޗަށް ވެވޮޑިގަންނަވާ
ރަޙްމަތެވެ.)
ރެފަރެންސް:
އަލް ޤާޟީ ޢިޔާދު އެކަލޭގެފާނުންގެ
"ތަރުތީބުލް މަދާރިކް" ގައި އިމާމް އަލް ބަހުލޫލް އިބްން ރާޝިދުލް
ޤައިރަވާނީ އަލް މާލިކީ ގެ ބައޮގްރަފީގައި ލިޔުއްވާފައިވާ ވާހަކައެއް
·
މި ބަހުލޫލް އަކީ އިމާމް މާލިކްގެފާނުންގެ އަސްޙާބެކެވެ. އެކަލޭގެފާނުން
މަޝްހޫރުވެ ވަޑައިގެންފައިވަނީ އެކަލޭގެފާނުންގެ ޛާހިދު ކަމާއި ގިނަ ޢަދަދަކަށް
އަޅުކަން ކުރައްވާ ބެއިކަލެއްގެ ގޮތުގައެވެ.
Labels:
scholars
Subscribe to:
Post Comments (Atom)
0 comments:
Post a Comment