Blog Archive
- 2014 (39)
-
2013
(100)
-
December(45)
- ޢުމަރުގެފާނުން ﷲ އަށް ބިރުވެތިވާ މިންވަރު:
- ޞިފަތުއަ ޞަލާތުއް ނަބީ (އަލްބާނީ)
- ފަހު ވަގުތު 9: ސަލްމާނުލް ފާރިސީ
- ފަހު ވަގުތު 8: ޞަޢުދު ބިން އަބޫ ވައްޤާސް
- ޔަޒީދު ބިން އަލް އަސްވަދު ރަޟިޔައްﷲ ޢަންހް
- އައް ޠުފައިލް ބިން ޢަމްެރް ރަޟިޔަﷲ ޢަންހު
- ހިތްކިޔުން
- ތުނބުޅި
- ލޫތުގެފާނުންނާއި އެކަލޭގެފާނުންގެ ޤައުމު
- ސަލާމްލެއްވި ނޫޙުގެފާނުންގެ ވާހަކަ
- ޘަމޫދު ބާގައިގެ މީސްތަކުން ހަލާކުކުރެއްވުން
- ޞާލިޙްގެފާނުންނާއި އެކަލޭގެފާނުންގެ ޖަމަލު
- ހަމަގައިމުވެސް އެއަށް އެއީ ބަދަލެކެވެ:
- ހޫދުގެފާނުންގެ ވާހަކަ
- އަރުމިޔާއު ނަބީކަލޭގެފާނުންގެ ވާހަކަ:
- ޒަކަރިއްޔާގެފާނުންގެ ވާހަކަ:
- ސުލައިމާން ގެފާނުންގެ ވާހަކަ
- ދާނިޔާލް ޢަލައިހިއްސަލާމްގެ ވާހަކަ:
- ޝަމްވީލް ޢަލައިހިއްސަލާމްގެ ވާހަކަ
- އިލްޔަސަޢުގެފާނުންގެ ވާހަކަ
- އިލްޔާސް ޢަލައިހިއްސަލާމްގެ ވާހަކަ
- ޝުޢައިބުގެފާނުންނާއި މަދްޔަނުގެ އަހުލުވެރިން
- ދުޢާ އިޖާބަކުރައްވާ ތަންތަނާއި ވަޤުތުތައް:
- ވަޒަންކުރަން އިނގޭނީވެސް ދަންނަމީހާއަށެވެ.
- ބޯ ކޮށާ މީހާއާއި އެތީސްޓް
- ޔާސީންގެ އަހުލުވެރިންގެ ވާހަކަ:
- ޢަފޫކުރައްވާނެހެއްޔެވެ؟
- މޫސާގެފާނުންނާއި ޚިދުރު ގެފާނުންގެ ވާހަކަ
- އަލް އިމާމް ޛަހަބީ:
- އައްޔޫބު ޢަލައހިއްސަލާމްގެ ވާހަކަ:
- ފަހުވަގުތު 7: ޢުޘްމާން ރަޟިޔަﷲ ޢަންހް
- ރައްސުގެ އަހުލުވެރިންގެ ވާހަކަ:
- ދާއޫދު ޢަލައިހިއްސަލާމް
- ފަހުވަގުތު 6: ޞަލާޙުއްދީން އަލް އައްޔޫބީ
- ރަސޫލުންގެ ގޮތުގައި އަންހެނުން؟
- ފަހު ވަގުތު 5: އިބްން ޢުމަރު
- ފަހު ވަގުތު 4: އަބުއް ދަރުދާ
- ފަހު ވަގުތު 3: އަބޫ މޫސާ އަލް އަޝްޢަރީ
- ފަހުވަގުތު 2: ޢަބްދުﷲ ބިން މުބާރަކް
- ޢަބްދުﷲ ބިން ޖަހްޝްގެ ދުޢާ
- ތައުބާވީ މީހެއްގެ ވާހަކަ 4
- ތެދުނޫން މަޝްހޫރު ވާހަކަ
- އަލް އިމާމް ބުޚާރީ
- ފަހުވަގުތު 1: މުޙައްމަދު ބިން ވާސިޢު
- ޒުލް ކިފުލް ޢަލައިހިއްސަލާމް
- November(21)
- October(34)
-
December(45)
- 2011 (6)
Tuesday, December 10, 2013
އެއް ރިވާޔަތެއްގައި ބުނެވޭގޮތުގައި
ފިނިދުވަސްތަކުގެ ތެރެއިން ދުވަހެއްގައި އެކަލޭގެފާނުން ޙާޖީންނާއި
(ޙައްޖުވެރިންނާއި) ބައްދަލުކުރެއްވުމަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުން
އަނބުރާ ވަޑައިގެންނެވި އިރުގައި ވަނީ ތެމި އަދި ފިނިވެފައެވެ. އެކަލޭގެފާނުން
އެދުވަހަށްފަހު ބަލިވަމުން އެބަލި ބޮޑުވަމުން ދިޔައެވެ. އަލް އިމާދް ވިދާޅުވިއެވެ:
ތިމަންކަލޭގެފާނުން ޞަލާޙުއްދީން އާއިއެކުގައި އެކަލޭގެފާނުން އާލާސްކަންފުޅުގައި
އުޅުއްވި އިރު ވީމެވެ. އަދި ވިދާޅުވިއެވެ: ﷲ ގަންދީ ބުނަމެވެ. ޞަލާޙުއްދީންގެ
އާލާސްކަންފުޅު އިތުރު ވީ ވީހެން އެކަލޭގެފާނުން ﷲ އާއި މެދު އޮންނަ ޔަޤީންކަން ވީ
އިތުރެވެ. އެކަލޭގެފާނުންގެ ހަށިގަނޑު ބަލިވެ ނިކަމެތިވީ ވަރަކަށް
އެކަލޭގެފާނުންގެ ޔަޤީންކަން އެކަލާންގެއާއިމެދު ދިޔައީ އިތުރުވަމުންނެވެ.
އެކަމަކު އެޙާލަތުގައި އެކަލޭގެފާނުންނަށް
ޖަމާޢަތުގެ ނަމާދުގައި ބައިވެރި ނުވެވޭހާ ޙާލު ބޮޑުވުމުންވެސް އެކަލޭގެފާނުން
އެދިލައްވާލެއް ގިނަކަމުން އެބެއިކަލުން އެންމެފަހުން އިމާމް އަކު ގެންނަވައި
އެކަލޭގެފާނުންނާއެކު ޖަމާޢަތުގައި ނަމާދު ކުރައްވައެވެ. އެކަލޭގެފާނުންގެ
ބައްޔަށް 9 އެއް ހަމަވީ ދުވަހު އެކަލޭގެފާނުން ހޭފުޅު ނެތުނެވެ. ޝައިޚް ޖަޢުފަރު
ވިދާޅުވިއެވެ: ތިމަން އެކަލޭގެފާނުންގެ އެނދުގެ އެއްފަރާތުގައި އެއިރު އިނީ
ޤުރުއާން ކިޔަވާށެވެ. ތިމަން ކަލޭގެފާނުން ކިޔަވަމުން ގޮސް
هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا
هُوَ ۖ عَالِمُ الْغَيْبِ وَالشَّهَادَةِ
"އެއީ ﷲ އެވެ. އަދި އެކަލާންގެ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އެއީ
ޣައިބުގައިވާ ކަންތައްތައް ދެނެވޮޑިގެންވާ ރަސްކަލާންގެއެވެ." (އަލް ޙަޝްރު:
22)
މިހާ ހިސާބަށް ކިޔުމުން ޞަލާޙުއްދީން ހެއި ނާރާ
ހިނދުކޮޅަކު އޮންނަވައި އެހިސާބަށް ދިޔުމުން ތިމަންކަލޭގެފާނުންނަށް ބަލިކަށި
އަޑަކުން "ޞަޙީޙް" (ތެދެކެވެ) މިހެން ބުނާއަޑު އިވުނެވެ. ޖަޢުފަރު
ވިދާޅުވިއެވެ. ތިމަން 3 ދުވަސް ވާންދެން އެކަލޭގެފާނުންގެ އެނދުކައިރީ އިނދެ
ޤުރުއާން ކިޔެވީމެވެ. އަދި ވިދާޅުވިއެވެ. އެންމެ ފަހުދުވަހުގައި އެކަލޭގެފާނުންގެ
އެންމެ ފަހުވަގުތުގައި ތިމަން މިއާޔަތާއި ހަމަޔަށް ކިޔުނެވެ.
اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ
عَلَيْهِ تَوَكَّلْتُ
" ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އަދި
އަހުރެން އިތުބާރު ކުރަނީ އެކަލާންގެއަށެވެ" (ތައުބާ: 129)
އަދި ތިމަންނައަށް އެކަލޭގެފާނުންގެ މޫނުމަތިން އުޖާލާކަމުގެ
ކުލަވަރުތައް ފެނިގެންދިޔައެވެ. ދެން އެކަލޭގެފާނުން ޝަހާދަތް ކިޔައި ދުނިޔެ އާއި
ޢަލްވަދާޢު ކިޔެވެ.
އިބްން ޝަދާދް ވިދާޅުވި ގޮތުގައި މިއީ އިސްލާމީ އުއްމަތައް
ޚުލަފާއުއް ރާޝިދޫން އަވަހާރަ ވުމަށްފަހު ޖެހުނު އެންމެ ބޮޑު މުސީބާތެވެ. (ހިތާމައެވެ).
އެއިރުގެ އެންމެ މަޝްހޫރު އެއް ޑަކްޓަރު ކަމުގައިވާ ޢަބްދުއް
ލަޠީފް ވިދާޅުވިއެވެ. އެކަލޭގެފާނުންގެ އަވަހާރަވުމުގެ ހިތާމައަކީ ރަސޫލެއްގެ
އަވަހާރަވުމުގެ ހިތާމަފަދަކަމެކެވެ. ސަބަބަކީ އެންމެން ޞަލާޙުއްދީން ދެކެ
ލޯބިވެއެވެ. ނުބައި މީހުން އެކަލޭގެފާނުން ދެކި ލޯބިވެއެވެ. ރަގަޅު މީހުން
އެކަލޭގެފާނުން ދެކި ލޯބިވެއެވެ. ކާފަރުން އެކަލޭގެފާނުން ދެކި ލޯބިވެއެވެ.
އެކަމަކު މި ރަސްގެފާނުން ދޫކޮށްފައި ދިޔައީ ކޮން
އެއްޗެއްތޯއެވެ؟ އެކަލޭގެފާނުންނަކީ މިސްރުގެ
ރަސްގެފާނެވެ. ސީރިޔާގެ ރަސްގެފާނެވެ. ލެބަނާންގެ ރަސްގެފާނެވެ. ޔަމަންގެ
ރަސްގެފާނެވެ. އެކަމަކުވެސް އެކަލޭގެފާނުން އަވަހާރަވެގެން ދިޔައީ ކޮން އެއްޗެއް
ދޫކުރައްވާފައިތޯއެވެ؟ އެކަލޭގެފާނުން ދޫކުރެއްވީ ހަމައެކަނި 1 ދީނާރާއި 47
ދިރުހަމެވެ. (1 ރުފިޔާ 47 ލާރި ފަދައެވެ) ހަނގުރާމައިގެ
ބައެއް ދަހަނާއި އަހެކެވެ. މިއީ އެކަލޭގެފާނުންގެ މުޅި މިލްކިއްޔާތެވެ.
އެކަލޭގެފާނުންގެ ޖަނާޒާއަށް އެމީހުންނަށް ލާރި
ހޯދަންޖެހުނެވެ. އެކަލޭގެފާނުން ދޫކުރެއްވީ މުދަލެއް ފައިސާއެއްނޫނެވެ. ފުރިހަމަ
ޝަޙްޞިއްޔަތެކެވެ. ޞަލާޙުއްދީން އަވަހާރަވެއްޖެކަމުގެ ޚަބަރު ފެތުރުމުން
މީހުންނަށް ޝޮކް ޖެހުނެވެ. ބައެއްމީހުން ހެއި ބުއްދި ފިލިއެވެ. އަދި އެއީ
ދޮގެއްކަމުގައި ހަދައި ވަރަށް ގިނަ މީހުން އެކަލޭގެފާނުންގެ ޖަނާޒާގައި ބައިވެރިނުވާކަމުގައިވެސް
ވެއެވެ. އެކަލޭގެފާނުންނަކީ މުޤައްދަސް ބިން މިނިވަންކުރެއްވި ކަލޭގެފާނެވެ.
އެއިރުގެ ޤާޟީ ފާޟިލް ފަތަވާއެއް އެކަލޭގެފާނުންނާއި މެދު
ނެރުއްވިއެވެ. އެފަތަވާއަކީ ޞަލާޙުއްދީން ވަޅުލަންވާނީ ޞަލާޙުއްދީންގެ ކަނޑިކޮޅާއި
އެކުގައިކަމެވެ. އެހެނީ މަޙުޝަރުގެ މައިދާނުގައި ﷲ ގެ ޢަރުޝީގެ ދަށުގައި އެ
ޢަދުލުވެރި އިމާމް (ރަސްގެފާނުން) ހުންނަވާއިރުގައި އެކަލޭގެފާނުންގެ
ކަނޑިކޮޅުގައި ލެނގިލައްވައި ހުންނަވާނެތެވެ. އެއިރުން އެކަލޭގެފާނުންނީ
މުޤައްދަސް ބިންތައް މިނިވަންކޮށްދެއްވި ކަލޭގެފާނުންކަމުގައި ވާތީ ފެންނާނެތެވެ.
އަދި އެކަލޭގެފާނުންގެ މަހާނައިގައި އެމީހުން ލިޔުނެވެ. "ޔާ
ﷲ! މިކަލޭގެފާނުންގެ އެންމެ ފަހުގެ ކާމީޔާބީއަކީ، އެކަލޭގެފާނުންނައްޓަކައި
ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވެވުންކަމުގައި ހައްދަވާންދޭވެ!"
ރެފަރެންސް: ޝައިޚް ޒާހިރު މަޙްމޫދުގެ ދަރުސް (ޞަލާޙުއްދީނުލް
އައްޔޫބީ) އިން ނެގެވިފައި
Labels:
others
Subscribe to:
Post Comments (Atom)
0 comments:
Post a Comment