Blog Archive
- 2014 (39)
-
2013
(100)
-
December(45)
- ޢުމަރުގެފާނުން ﷲ އަށް ބިރުވެތިވާ މިންވަރު:
- ޞިފަތުއަ ޞަލާތުއް ނަބީ (އަލްބާނީ)
- ފަހު ވަގުތު 9: ސަލްމާނުލް ފާރިސީ
- ފަހު ވަގުތު 8: ޞަޢުދު ބިން އަބޫ ވައްޤާސް
- ޔަޒީދު ބިން އަލް އަސްވަދު ރަޟިޔައްﷲ ޢަންހް
- އައް ޠުފައިލް ބިން ޢަމްެރް ރަޟިޔަﷲ ޢަންހު
- ހިތްކިޔުން
- ތުނބުޅި
- ލޫތުގެފާނުންނާއި އެކަލޭގެފާނުންގެ ޤައުމު
- ސަލާމްލެއްވި ނޫޙުގެފާނުންގެ ވާހަކަ
- ޘަމޫދު ބާގައިގެ މީސްތަކުން ހަލާކުކުރެއްވުން
- ޞާލިޙްގެފާނުންނާއި އެކަލޭގެފާނުންގެ ޖަމަލު
- ހަމަގައިމުވެސް އެއަށް އެއީ ބަދަލެކެވެ:
- ހޫދުގެފާނުންގެ ވާހަކަ
- އަރުމިޔާއު ނަބީކަލޭގެފާނުންގެ ވާހަކަ:
- ޒަކަރިއްޔާގެފާނުންގެ ވާހަކަ:
- ސުލައިމާން ގެފާނުންގެ ވާހަކަ
- ދާނިޔާލް ޢަލައިހިއްސަލާމްގެ ވާހަކަ:
- ޝަމްވީލް ޢަލައިހިއްސަލާމްގެ ވާހަކަ
- އިލްޔަސަޢުގެފާނުންގެ ވާހަކަ
- އިލްޔާސް ޢަލައިހިއްސަލާމްގެ ވާހަކަ
- ޝުޢައިބުގެފާނުންނާއި މަދްޔަނުގެ އަހުލުވެރިން
- ދުޢާ އިޖާބަކުރައްވާ ތަންތަނާއި ވަޤުތުތައް:
- ވަޒަންކުރަން އިނގޭނީވެސް ދަންނަމީހާއަށެވެ.
- ބޯ ކޮށާ މީހާއާއި އެތީސްޓް
- ޔާސީންގެ އަހުލުވެރިންގެ ވާހަކަ:
- ޢަފޫކުރައްވާނެހެއްޔެވެ؟
- މޫސާގެފާނުންނާއި ޚިދުރު ގެފާނުންގެ ވާހަކަ
- އަލް އިމާމް ޛަހަބީ:
- އައްޔޫބު ޢަލައހިއްސަލާމްގެ ވާހަކަ:
- ފަހުވަގުތު 7: ޢުޘްމާން ރަޟިޔަﷲ ޢަންހް
- ރައްސުގެ އަހުލުވެރިންގެ ވާހަކަ:
- ދާއޫދު ޢަލައިހިއްސަލާމް
- ފަހުވަގުތު 6: ޞަލާޙުއްދީން އަލް އައްޔޫބީ
- ރަސޫލުންގެ ގޮތުގައި އަންހެނުން؟
- ފަހު ވަގުތު 5: އިބްން ޢުމަރު
- ފަހު ވަގުތު 4: އަބުއް ދަރުދާ
- ފަހު ވަގުތު 3: އަބޫ މޫސާ އަލް އަޝްޢަރީ
- ފަހުވަގުތު 2: ޢަބްދުﷲ ބިން މުބާރަކް
- ޢަބްދުﷲ ބިން ޖަހްޝްގެ ދުޢާ
- ތައުބާވީ މީހެއްގެ ވާހަކަ 4
- ތެދުނޫން މަޝްހޫރު ވާހަކަ
- އަލް އިމާމް ބުޚާރީ
- ފަހުވަގުތު 1: މުޙައްމަދު ބިން ވާސިޢު
- ޒުލް ކިފުލް ޢަލައިހިއްސަލާމް
- November(21)
- October(34)
-
December(45)
- 2011 (6)
Monday, December 16, 2013
ސާޢިދު ބިން ޖުބައިރު
ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ: ތިމަންކަލޭގެފާނުން އިބްން
ޢައްބާސްގެ އަރިހުގައި ދެންނެވީމެވެ. "ނައުފުލް ބިކާލީ ބުނާގޮތުންނަމަ މޫސާ
ޢަލައިހިއްސަލާމް، ޚިދުރުގެފާނުންގެ އެކުވެރިޔާ މޫސާ އަކީ ބަނީއިސްރާއީލުންގެ
މީސްތަކުންގެ މައްޗަށް ފޮނުއްވި ރަސޫލާ މޫސާ ގެފާނުންނެއްނޫނެވެ." އިބްން
ޢައްބާސް ވިދާޅުވިއެވެ. "ﷲ ގެ ޢަދުއްވު ނައުފު އެހަދަނީ ދޮގެވެ.
"އުބައްޔު ބިން ކަޢުބުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނުން ރަސޫލުﷲ
ގެފާނުން ހަދީޘް ކުރައްވާ އަޑުއެއްސެވިއެވެ: "މޫސާގެފާނުން އެއްދުވަހަކު ބަނީ
އިސްރާއީލުންގެ މީސްތަކުންނަށް އެއްދުވަހަކު ޚުތުބާއެއް ދެއްވިއެވެ. އެޚުތުބާގައި
ވިދާޅުވިއެވެ: ތިޔަބައިމީހުންގެ ތެރޭގައި އެންމެ ޢިލްމީ މީހަކީ ކާކުހެއްޔެވެ؟ ދެން
މޫސާގެފާނުން ޖަވާބުދެއްވިއެވެ. "(އެމީހަކީ) ތިމަންކަލޭގެފާނުންނެވެ" ﷲ
ޠަޢާލާ އެކަލޭގެފާނުންނަށް (އަދަބު ވެރިވުމަށް) ނަޞޭޙަތްތެރިވެވަޑައިގަތެވެ. އަދި
ވަޙީކުރެއްވެވިއެވެ: ދެކަނޑު ގުޅޭ ހިސާބުގައި ތިމަންރަސްކަލާންގެ އަޅުތަކުންކުރެ
ކަލޭގެފާނުންނަށްވުރެ ޢިލްމުވެރިކަންބޮޑު ބެއިކަލަކު ވެއެވެ. މޫސާގެފާނުން
ވިދާޅުވިއެވެ: ތިމަންކަލޭގެފާނުން އިބަ ﷲ ގެ އެއަޅާއާއި ބައްދަލު ކުރާނީ
ކިހިނެތްހެއްޔެވެ؟ ﷲ ވަޚީކުރެއްވެވިއެވެ: ބާސްކެޓަކަށް މަހެއް ލައިގެން
ހިންގަވައިގަންނާށެވެ. ދެން މޫސާގެފާނުން އެގޮތުގެ މަތީން އެކަލޭގެފާނުންގެ
ފިރިހެން ނޯކިރީ ކުއްޖެއްކަމުގައިވާ ޔޫޝަޢުބިން ނޫން އާއި އެކު ވަޑައިގަތެވެ.
އެގޮތުގައި ބޮޑު ހިލައަކާއި ހަމައަށް ދެވެންދެން
ހިންގެވިއެވެ. އަދި އެތަނަށް ދެވުމުން އެހިލައިގެ މަތީގައި އެބޭކަލުން
ބޯއަޅުއްވައިގެން އޮށޯވެ އޮންނަވައި ނިދިކުރެއްވެވިއެވެ. ބާސްކެޓް ތެރޭގައިވާ މަސް
ވަރަށް ވަރުގަދައަށް ތެޅި ފުމެ ހަދަމުން އެއިން އެންމެ ފަހުން ނިކުމެ މޫދަށްވެއްޓި
އެތަނުންލާފައި އެމަސް ހިނގައްޖެއެވެ. ދެން މޫސާގެފާނުން ތެދުވެވަޑައިގަންނަވައި
ހިންގަވައި ވަޑައިގަތެވެ. ޔޫޝަޢު ގެފާނުންނަށް މަހުގެ ވާހަކައިން ޚަބަރު
ކުރެއްވުމަށް ހުންނެވީ ހަނދުމަފުޅު ނެތިފައެވެ. ދެން އެބެއިކަލުން އެދުވަހާއި
އެރެއި ހިންގެވީ އެމަހާއި ނުލައެވެ. އަނެއްދުވަހު މޫސާގެފާނުން ޔޫޝައު ގެފާނުންގެ
އަރިހުގައި އެމާހާއިމެދު ސުވާލުކުރެއްވިއެވެ. 'އެ މަސް ގެންނަވާށެވެ. އަހަރެމެންގެ
މިދަތުރުގައި ވަރަށް ވަރުބަލިކަން މިހާރުވަނީ އިޙްސާސްވެފައެވެ' (ކަހްފް: 62)
މޫސާގެފާނުންނަށް ﷲ ތައާލާ ކަނޑައެޅުއްވި ހިސާބާއި ހަމަޔަށް ދާންދެން
އެކަލޭގެފާނުން ވަރުބަލިފުޅުވެ ވަޑައެއް ނުގަންނަވައެވެ. ޔޫޝަޢުގެފާނުން
ވިދާޅުވިއެވެ. ކަލޭގެފާނުންނަށް އަޅުގަނޑުމެން އެހިލައިގައި ނިދިހަނދުމަފުޅު
ވޭތޯއެވެ؟ އެމަހާއިމެދު ކަންތައް ވީގޮތުގެ ވާހަކަ ކަލޭގެފާނުންނަށް
ޚަބަރުކުރައްވަން ތިމަން ކަލޭގެފާނުން ޣާފިލްވީ ޝައިތާނާގެ ސަބަބުންކަމުގައި ނޫނި
ނުވާނެއެވެ. އެމަސް ޢަޖައިބެއްފަދައަކުން ކަނޑުގެ ތެރެއަށް ފިލައި
ރައްކާވެއްޖެއެވެ' (ކަހްފް: 63)
އެދެބެއިކަލުން އެކަމާއި
ހައިރާންވެވަޑައިގެންނެވިއެވެ. އަދި މޫސާގެފާނުން ވިދާޅުވިއެވެ: 'އަހުރެމެން
މިހޯދާ ތަނަކީ ވެސް އެއީއެވެ' ދެން އެބެއިކަލުން ފިޔަވަޅުތައް ބައްލަވަމުން އެހިލަ
ހޯއްދެވުމަށް ފަހަތަށް ވަޑައިގެންނެވިއެވެ. (ކަހްފް: 64) އެންމެފަހުން
އެބެއިކަލުން އެހިލައާއި ހަމަޔަށް އާދެވުނެވެ. އެއިރު އެތާންގައި ހެދުންކޮޅަކުން
ފޮރުވިގެންވީ ބެއިކަލަކު އެބެއިކަލުންނަށް އެތަނުން ފެނިވަޑައިގަތެވެ. މޫސާގެފާނުން
އެކަލޭގެފާނުންނާއި ސަލާމްކުރެއްވިއެވެ. ޚިދުރު ގެފާނުން ހައިރާންކަމާއެކު
ޖަވާބުގައި ދެންނެވިއެވެ. މޫސާގެފާނުން ޖަވާބުގައި ވިދާޅުވިއެވެ: އަހުރެންނަކީ
މޫސާ(ގެފާނުންނެވެ). ޚިދްރުގެފާނުން ދެންނެވިއެވެ: ކަލޭގެފާނުންނީ ބަނީ
އިސްރާއީލުންގެ މީސްތަކުންގެ މައްޗަށް ފޮނުއްވުނު މޫސާހެއްޔެވެ؟ މޫސާގެފާނުން
ދެންނެވިއެވެ: އާދޭހެވެ. ތިމަންކަލޭގެފާނުން މިވަޑައިގަތީ ކަލޭގެފާނުން
ތިމަންކަލޭގެފާނުންނަށް ﷲ އުނގަންނަވައިދެއްވި ތަކެތިން އެއްޗެއް
ދަސްކުރުމައްޓަކައެވެ. ޚިދްރު ގެފާނުން ވިދާޅުވިއެވެ: 'އެކަމަކަށް ކަލޭގެފާނުން
ކެތްތެރިވެވަޑައެއް ނުގެންނެވޭނެއެވެ' (ކަހްފު: 67)
'އޭ މޫސާ ގެފާނުންނެވެ! ތިމަންކަލޭގެފާނުންނަށް ﷲ
ޠަޢާލާ އުނގަންނަވައިދިން ކަލޭގެފާނުންނަށް ނުއިނގޭ ބައެއް ޢިލްމުވެއެވެ. އަދި
ކަލޭގެފާނުންނަށް ﷲ ޠަޢާލާ އުނގަންނަވައިދިން އަޅުގަނޑަށް ނުއިނގޭ ބައެއް ޢިލްމު
ކަލޭގެފާނުންގެ ވެއެވެ. މޫސާގެފާނުން ވިދާޅުވިއެވެ: 'ﷲ ޠަޢާލާ
އިރާދަކުރައްވައިފިނަމަ، ތިމަންކަލޭގެފާނުންނީ ކެތްތެރިއަކުކަމުގައި ކަލޭގެފާނުން
ދެކިވަޑައިގަންނަވާނޫއެވެ.' (ކަހްފު: 69)
ޚިދްރުގެފާނުން ދެންނެވިއެވެ: 'ދެން،
އެހެންކަމުގައިވަނީނަމަ، ކަލޭގެފާނުން ތިމަންކަލޭގެފާނުންގެ ފަހަތްޕުޅުން
ވަޑައިގަންނަވަނީ ނަމަ، ތިމަންކަލޭގެފާނުން ކުރައްވާ އެއްވެސް ކަމަކާއި އެކަމާއިމެދު
ތިމަންކަލޭގެފާނުން ބަހެއް ވިދާޅު ނުވަނީސް ކަލޭގެފާނުން ބެހިވަޑައި
ނުގަންނަވާށެވެ. (ކަހްފް: 70) އެއަށްފަހު އެދެބެއިކަލުން މޫދުގެ އައްސޭރިއަށް
ވަޑައިގަތެވެ. އަދި އެތަނުގައިވާ ނަވަކަށް އެރުމަށް އެނަވުގެ ފަޅުވެރިންގެ ގާތުން
ހުއްދައަށް އެއްސެވުމުން އެމީހުންނަށް އެއީ ޚިދްރުގެފާނުންކަން އިނގިވަޑައިގެން
ހިލޭ އެކަލޭގެފާނުންނަށް ނަވުން ޖާގަދެއްވިއެވެ. ދެން ނަވަށް އެދެބެއިކަލުން
އަރާވަޑައިގެންނެވިއެވެ. (ނަވުގައި ވަކި ހިސާބަކަށް ދެވުނު ފަހުން) މޫސާގެފާނުންނަށް
ދެން ފެނިވަޑައިގަތީ ޚިދުރުގެފާނުން އެނަވުން މަޑުލެއް ދަންމަވައިގަތް ތަނެވެ. އެކަމާއި
މޫސާގެފާނުން ކޯފާ އިސްކުރެވުމާއިއެކު ވިދާޅުވިއެވެ: މިމީހުން ތިމަންމެން
ބެއިކަލުން އެރުވީ އެއްވެސް އަގަކާއި ނުލައެވެ. އެހެނަސް ކަލޭގެފާނުން އެމީހުން
ޣަރަޤުކުރެއްވުމަށް އެމީހުންގެ ނައު ތިހަލާކުކޮށްލެއްވީއެވެ. ހަމަކަށަވަރުން
ކަލޭގެފާނުން ތިކުރެއްވީ ހާދަހާވާ ނުބައިކަމެކެވެ. (ކަހްފް: 71)
ޚިދްރުގެފާނުން ވިދާޅުވިއެވެ: ކަލޭގެފާނުންނަށް
ތިމަންކަލޭގެފާނުންނާއިއެކު ކެތްނުކުރެއްވޭނޭކަން ތިމަންކަލޭގެފާނުން ވިދާޅުވީމު
ނޫންތޯއެވެ؟ (ކަހްފް: 72)
މޫސާގެފާނުން ވިދާޅުވިއެވެ:
ތިމަންކަލޭގެފާނުންނަށް ހަނދުމަފުޅުނެތުން އެއީ ކަމެއްކަމުގައި ކަލޭގެފާނުން
ނުހައްދަވާށެވެ! އަދި ތިމަންކަލޭގެފާނުންގެ ކަންތަކަށް ދަތިކަމެއް، އުނދަގުލެއް
ނުޖައްސަވާށެވެ! (ކަހްފް: 73)
ކީރިތި މާތްރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި
ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: މޫސާގެފާނުންގެ ފުރަތަމަ ޢުޛުރު ދެއްވުނީ އެއީ
މޫސާގެފާނުންނަށް ހަނދުމަފުޅު ނެތިވަޑައިގަތުމުންނެވެ. ދެން ގުރައެއްފާޑު އެއްޗެއް
(Sparrow) އައިސް ނަވުގެ އެއްކަނުގައި އިނދެފައި މޫދަށް އެއިގެ ތުންގަނޑު އެއްފަހަރު
ހަރާލާފައި ނެގިއެވެ. ދެން ޚިދްރުގެފާނުން މޫސާގެފާނުންނަށް ދެންނެވިއެވެ:
ކަލޭގެފާނުންގެ ޢިލްމާއި ތިމަންކަލޭގެފާނުންގެ ޢިލްމާއި، އަހުރެމެންގެ ވެރި ﷲ ގެ
ޢިލްމާއި އަޅާކިޔައިފިނަމަ، އެއީ މިދޫނި މޫދުން ނެގިހާ ފެނުގެ ޢަދަދެވެ.' (މާނައީ
އެކައްޗެއްވެސް ތުނބުގައި ނުނެގެއެވެ. ބާކީ ނުނެގި ވަނީ ﷲ ގެ ޢިލްމެވެ. އަޅާ
ކިޔޭނެތޯއެވެ؟) ދެން އެދެބެއިކަލުން އެއުޅަނދުން ފައިބައިވަޑައިގެން
އަތިރިމަތީގައި ހިންގަވައި ވަޑައިގަންނަވަނިކޮށް ޚިދުރުގެފާނުންނަށް ކުޑަ ފިރިހެން
ކުއްޖަކު އެހެން އެޢުމުރުގެ ފިރިހެންކުދިންނާއި އެކު ކުޅެން ހުއްޓައި
ފެނިވަޑައިގަތެވެ. ޚިދުރުގެފާނުން ވަޑައިގެންގޮތަށް ވަޑައިގެން އެކުއްޖާގެ
ކަނދުރާގައި ހިއްޕަވައި ބޯ ދަންމަވައިގަނެ އެކުއްޖާ ޤަތުލުކުރައްވައިފިއެވެ.
އެކަމާއި މޫސާގެފާނުން ވިދާޅުވިއެވެ: ކަލޭގެފާނުން އެއްވެސް ފުރާނައެއް ނުމަރާ
ހުރި ޅަކުއްޖަކު ޤަތުލުކުރެއްވީތޯއެވެ؟ ހަމަކަށަވަރުން ކަލޭގެފާނުން ތިޔަކުރެއްވީ
ބޮޑުވެގެންވާ ނުބައިކަމެކެވެ. (ކަހްފް: 74) މިވާހަކަ ކިޔައިދެއްވި ކަލޭގެފާނުން
ވިދާޅުވިއެވެ. ދެވަނައަށް މޫސާގެފާނުން މިބުނުއްވި ބުނުއްވުން ފުރަތަމަ ފަހަރު
ބުނުއްވި ބުނުއްވުމަށްވުރެ ހަރުކަށިވެފައި ކޯފާވުން ބޮޑެވެ. ދެން ޚިދްރުގެފާނުން
ދެންނެވިއެވެ: ކަލޭގެފާނުންނަށް ތިމަންކަލޭގެފާނުންނާއިއެކު ކެތްނުކުރެއްވޭނޭކަން
ތިމަންކަލޭގެފާނުން ވިދާޅުވީމު ނޫންތޯއެވެ؟ (ކަހްފް: 75) މޫސާގެފާނުން
ދެންނެވިއެވެ: މީގެފަހުން އެއްވެސް ކަމަކާއިމެދު، ކަލޭގެފާނާއި ތިމަންކަލޭގެފާނުން
ސުވާލު ކުރައްވައިފިނަމަ، ކަލޭގެފާނުން ތިމަންކަލޭގެފާނުން ނުގެންދަވާށެވެ!
ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ކިބައިން ކަލޭގެފާނަށް ޢުޛުރެއް
ލިބިވަޑައިގެންފިއެވެ" (ކަހްފް: 76)
ދެން އެދެބެއިކަލުން ރަށެއްގެ ގާތަށް
ވަޑައިގަތެވެ. އެބެއިކަލުން އެރަށުގެ މީހުންގެ ގާތުން ފަރީއްކޮޅަކަށް އެދިވަޑައިގަތެވެ.
ނަމަވެސް އެރަށުގެ އަހުލުވެރިން އެބެއިކަލުންނަށް މެހުމާންދާރީ އަދާކުރުމަށް
އިންކާރުކުޅައެވެ. އަދި އެބެއިކަލުންނަށް އެރަށުން ވެއްޓޭން ކައިރިވެފައިވާ ފާރެއް
ފެނިވަޑައިގަތެވެ. (ކަހްފް: 77) ދެން ޚިދްރުގެފާނުން އެފާރު ނަންގަވައި
ތެދުކުރައްވައިފިއެވެ. އެކަމާއި މޫސާގެފާނުން ވިދާޅުވިއެވެ: 'ތިމަން ބެއިކަލުން
މިމީހުންގެ ގާތަށް ވަޑައިގަތުމުން އެމީހުން ތިމަންބެއިކަލުންނަށް ކާންނުދޭތާ
މެހުމާންދާރީ އަދައެއްވެސް ނުކުރެއެވެ.' ކަލޭގެފާނުން އެދިވަޑައިގަންނަވަނީނަމަ،
ތިކުރެއްވެވި ކަންތަކަށް އުޖޫރައެއް ހިއްޕެވިދާނެއެވެ. ޚިދްރުގެފާނުން
ވިދާޅުވިއެވެ: މިއީ ތިމަންކަލޭގެފާނާއި، ކަލޭގެފާނާ ދެމެދުގެ ވަކިވުމެވެ. (ކަހްފް:
79، 80 އާއި 82 އާއި ދެމެދު ވިދާޅުވެލައްވާށެވެ.***) މިއީ ކަލޭގެފާނުން
އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތަކުގެ
ތަފްސީރެވެ."
ކީރިތި މާތް ރަސޫލާ ޙަދީޘްކުރެއްވިއެވެ:
"ތިމަންމެން މޫސާގެފާނުންނަށް އެއަށްވުރެ އިތުރަށް ކެތްތެރިކަން
ލިބިވަޑައިގަތުމް އެދިވަޑައިގަންނަވައެވެ. އެއިރުން އެއަށްވުރެ ބޮޑަށް އެވާހަކަ
ތިމަންކަލޭގެފާނުމެންނަށް އިނގިވަޑައިގަންނަވާނެއެވެ"
ރެފަރެންސް: ޞަޙީޙް ބުޚާރީ: 4725/6
*** ކަހްފް: 79
"ނަވާމެދު ދަންނާށެވެ! ފަހެ، އެނައު ވީ
ކަނޑުގައި މަސައްކަތްކޮށްއުޅޭ މިސްކީނު ބައެއްގެ ނަވަކަށެވެ. ފަހެ،
ތިމަންކަލޭގެފާނު އެނައު ހަލާކުކޮއްލެއްވުމަށް ގަސްތުކުރެއްވީ (ސަލާމަތުންވާ)
ކޮންމެ ނަވެއް ޣަޞްބުން އަތުލައި ރަސްކަލަކު އެމީހުން ފަހަތުގައި ވާތީއެވެ.
ކަހްފް: 80
އަދި އެފިރިހެންކުއްޖާއާމެދު ދަންނާށެވެ! ފަހެ،
އޭނާގެ މައިންބަފައިންވީ (ހެޔޮލަފާ) މުއުމިނުންކަމުގައެވެ. ފަހެ، އެދެމީހުން
އުރެދި ކާފިރުވާ ދަރަޖައަށް އެދެމީހުންނަށް އެކުއްޖާ އުނދަގޫކޮށް، އަނިޔާ
ދީފާނެކަމަށް ތިމަންކަލޭގެފާނުން ބިރުގަތީއެވެ.
ކަހްފް: 81
ފަހެ ތިމަންކަލޭގެފާނުން އެދިވަޑައިގަތީ،
އެދެމީހުންގެ ވެރިރަސްކަލާންގެ، އެކުއްޖާއަށްވުރެ ހެޔޮވެގެންވާ ޞާލިޙް، އަދި
އޯގާވެރިކަންބޮޑު ކުއްޖަކު އޭނާގެ ބަދަލުގައި އެދެމީހުންނަށް ދެއްވުމެވެ.
ކަހްފް: 82
އަދި ފާރާމެދު ދަންނާށެވެ! ފަހެ އެރަށުގައިވާ
ޔަތީމު ދެކުދިންނަށް ލިބިގެންވާ ފާރެއްކަމުގައި އެފާރުވިއެވެ. އަދި އެފާރުގެ
ދަށުގައި، އެދެކުދިންނަށް ޚަޒާނާއެއްވިއެވެ. އަދި އެދެކުދިންގެ ބައްޕާއަކީ، ޞާލިޙް
މީހެއްކަމުގައިވެސް ވިއެވެ. ފަހެ، ކަލޭގެފާނުންގެ ވެރިރަސްކަލާންގެ
އިރާދަކުރެއްވީ، އެދެކުދިން ބޮޑުވެ، ފުރާފުރިހަމަވުމުން، އެދެކުދިންގެ ޚަޒާނާ
އެދެކުދިން ނެރުމަށެވެ. ކަލޭގެފާނުންގެ ވެރިރަސްކަލާންގެ، ޙަޟްރަތުން އޮތް
ރަޙްމަތެއްގެ ގޮތުންނެވެ. އަދި ތިމަންކަލޭގެފާނުން އެކަންތައްކުރެއްވީ،
ތިމަންކަލޭގެފާނުންގެ އަމިއްލަ ރައުޔުއަކަށް ނޫނެވެ. މިއީ ކަލޭގެފާނަށް
އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތަކުގެ
ތަފްސީރެވެ.
ރެފަރެންސް: މުޙައްމަދު މުޙްސިން ޚާންގެ ޤުރުއާން ތަރުޖަމާގެ ސޫރަތުލް ކަހްފުގައިވާ ފޫޓްނޯޓެއްގެ ގޮތުގައި މިވާހަކަ ގެންނަވާފައިވެއެވެ. އަދި އަލް އިމާމް އިބްން ކަޘީރު އެކަލޭގެފާނުންގެ ޤަޞަޞުލް އަންބިޔާގައިވެސް މިވާހަކަ ގެންނަވާފައިވެއެވެ.
Labels:
Prophets
Subscribe to:
Post Comments (Atom)
0 comments:
Post a Comment