Blog Archive
- 2014 (39)
-
2013
(100)
-
December(45)
- ޢުމަރުގެފާނުން ﷲ އަށް ބިރުވެތިވާ މިންވަރު:
- ޞިފަތުއަ ޞަލާތުއް ނަބީ (އަލްބާނީ)
- ފަހު ވަގުތު 9: ސަލްމާނުލް ފާރިސީ
- ފަހު ވަގުތު 8: ޞަޢުދު ބިން އަބޫ ވައްޤާސް
- ޔަޒީދު ބިން އަލް އަސްވަދު ރަޟިޔައްﷲ ޢަންހް
- އައް ޠުފައިލް ބިން ޢަމްެރް ރަޟިޔަﷲ ޢަންހު
- ހިތްކިޔުން
- ތުނބުޅި
- ލޫތުގެފާނުންނާއި އެކަލޭގެފާނުންގެ ޤައުމު
- ސަލާމްލެއްވި ނޫޙުގެފާނުންގެ ވާހަކަ
- ޘަމޫދު ބާގައިގެ މީސްތަކުން ހަލާކުކުރެއްވުން
- ޞާލިޙްގެފާނުންނާއި އެކަލޭގެފާނުންގެ ޖަމަލު
- ހަމަގައިމުވެސް އެއަށް އެއީ ބަދަލެކެވެ:
- ހޫދުގެފާނުންގެ ވާހަކަ
- އަރުމިޔާއު ނަބީކަލޭގެފާނުންގެ ވާހަކަ:
- ޒަކަރިއްޔާގެފާނުންގެ ވާހަކަ:
- ސުލައިމާން ގެފާނުންގެ ވާހަކަ
- ދާނިޔާލް ޢަލައިހިއްސަލާމްގެ ވާހަކަ:
- ޝަމްވީލް ޢަލައިހިއްސަލާމްގެ ވާހަކަ
- އިލްޔަސަޢުގެފާނުންގެ ވާހަކަ
- އިލްޔާސް ޢަލައިހިއްސަލާމްގެ ވާހަކަ
- ޝުޢައިބުގެފާނުންނާއި މަދްޔަނުގެ އަހުލުވެރިން
- ދުޢާ އިޖާބަކުރައްވާ ތަންތަނާއި ވަޤުތުތައް:
- ވަޒަންކުރަން އިނގޭނީވެސް ދަންނަމީހާއަށެވެ.
- ބޯ ކޮށާ މީހާއާއި އެތީސްޓް
- ޔާސީންގެ އަހުލުވެރިންގެ ވާހަކަ:
- ޢަފޫކުރައްވާނެހެއްޔެވެ؟
- މޫސާގެފާނުންނާއި ޚިދުރު ގެފާނުންގެ ވާހަކަ
- އަލް އިމާމް ޛަހަބީ:
- އައްޔޫބު ޢަލައހިއްސަލާމްގެ ވާހަކަ:
- ފަހުވަގުތު 7: ޢުޘްމާން ރަޟިޔަﷲ ޢަންހް
- ރައްސުގެ އަހުލުވެރިންގެ ވާހަކަ:
- ދާއޫދު ޢަލައިހިއްސަލާމް
- ފަހުވަގުތު 6: ޞަލާޙުއްދީން އަލް އައްޔޫބީ
- ރަސޫލުންގެ ގޮތުގައި އަންހެނުން؟
- ފަހު ވަގުތު 5: އިބްން ޢުމަރު
- ފަހު ވަގުތު 4: އަބުއް ދަރުދާ
- ފަހު ވަގުތު 3: އަބޫ މޫސާ އަލް އަޝްޢަރީ
- ފަހުވަގުތު 2: ޢަބްދުﷲ ބިން މުބާރަކް
- ޢަބްދުﷲ ބިން ޖަހްޝްގެ ދުޢާ
- ތައުބާވީ މީހެއްގެ ވާހަކަ 4
- ތެދުނޫން މަޝްހޫރު ވާހަކަ
- އަލް އިމާމް ބުޚާރީ
- ފަހުވަގުތު 1: މުޙައްމަދު ބިން ވާސިޢު
- ޒުލް ކިފުލް ޢަލައިހިއްސަލާމް
- November(21)
- October(34)
-
December(45)
- 2011 (6)
Thursday, December 5, 2013
އެއްދުވަހަކު މީހަކު ފަތިސްނަމާދަށްދާން ގެއިން ނުކުތެވެ. އޭނާގެ ގެ މިސްކިތާ ކޮންމެވެސް ވަރަކަށް ދުރެވެ. ފެންވަރާ ނަލަހެދިގެން މިސްކިތާ ދިމާލަށް ދާންނުކުތްއިރު ވަރަށް އަނދިރިއެވެ. މަގު އަލިކުރާނޭ އެއްވެސް އެއްޗަކާއިނުލާ ހިނގާފާ ދިޔަތަން އިބިލީސް ބަލަންހުރެ ވަކި ހިސާބަކަށް ދެވުމުން ހެދި ވަޑާމަކީ ތަންވަޅުބަލާ ޗަކަސްގަނޑަކަށް ވައްޓާލީއެވެ. އޭނާ ތެދުވެ އެނބުރި ގެއައްގޮސް ފެންވަރައިގެން އަނެއްކާވެސް ނަމާދަށް ނުކުތެވެ. މިތަން ބަލަން އިބިލީހަށް ނުހުރެވިގެން އަނެއްކާވެސް ޗަކަސްގަނޑަކަށް ވައްޓާލައިފިއެވެ. ނަމާދަށް ދިޔުމުން މަނާކުރެވޭތޯއެވެ އެހެނަސް އެފަހަރުވެސް ތެދުވެގެން ގޮސް އެނބުރި ފެންވަރައިގެން ނުކުތްތަނުން ހުދު ހެދުމެއްގައި މިސްކިތައްދާން އޮތްމަގު އަލިކުރާން މީހަކު ހުރީތީ ފެނުނެވެ. އެމީހާ ފަހަތުން އޭނާ ހިނގައިގޮސް މިސްކިތަށް އެރިއެވެ. އެހެނަސް އެ ހުދު ހެދުމުގައި ހުރި މީހާ މިސްކިތައް ނާރާ ދާތަން ފެނުމުން އޭނައަށް ގޮވާ މިސްކިތައް ނާރާ ދަނީ ކީއްވެތޯ އެއްސެވެ. އޭނާ ޖަވާބުގައި ބުންޏެވެ. އަހަންނަކީ އިބިލީހެވެ. އެމީހާ ހައިރާންވެގެން ބުންޏެވެ. އެހެންޏާ އަހަރެން މިސްކިތާ ހިސާބަށްގެނެސް ތިޔަހާ ހެޔޮ ކަމެއް ކޮއްދިނީ ކީއްވެހެއްޔެވެ؟ އިބިލީސް ރުޅިއައިސްފަ ބުންޏެވެ. އެއީ ހެވެއް ނޫނެވެ. ކަލޭ ފުރަތަމަ ފަހަރަށް ޗަކަގަނޑަށް ވައްޓާލުމުން ފެންވަރައިގެން އައުމުން މާތް ﷲ ކަލޭގެ ފާފަފުއްސެވިއެވެ. ދެވަނަ ފަހަރަށް ފެންވަރައިގެން ނުކުތުމުން ގޭމީހުންގެ ފާފަވެސް ފުއްސަވައިދެއްވިއެވެ. އެހެންކަމުން ތިންވަނަ ފަހަރަށް އެހެން ވެއްޖެޔާ އަވައްޓެރިންގެ ފާފަތައްވެސް ފުހެވިދާނެތީ ބިރުން ކަލެއަށް މަގުދެއްކީއެވެ.
މިއާއި ވައްތަރުގެ ވާހަކައެއް އިސްލާމް ކިޔޫއޭގައި ވެއެވެ. އެއާއިމެދު ޝައިޚް މުޙައްމަދު ޞާލިޙް އަލް މުނައްޖިދުގެ ޖަވާބު ބައްލަވާށެވެ. އެއިގެ ތެރެއިން ކުޑަ މިންވަރެއް މިތާ ތަރުޖަމާކޮއްލާނަމެވެ.
މިއީ އެއްވެސް އަސްލެއް ނެތް ވާހަކައެކެވެ. ފާހަގަ ކުރެވޭ ބައެއް ކަންކަމަކީ:
1. ޝައިޠާނާ އާއި އިންސާނަކާއި ވާހަކަ ދެއްކުމެވެ. އެއީ ވާނެކަމެއްނޫނެވެ. އެހެންނު، އެކަމަކު ޝައިޠާނާ އިންސާނެއްގެ ސިފައިގައި އައިސްފިނަމަ، ވާހަކަވެސް ދެއްކޭނެއެވެ. އެނޫން ގޮތަކަށް އެއިގެ އުނދަގޫ ފޯރާނީ ވަސްވާހުންނެވެ.
2. އިންސާނާ ރައްކައުތެރިކުރާނެ މަލާއިކަތް ބެއިކަލުން އެއިންސާނާއެކު ލެއްވިއެވެ. އެއީ ޝައިޠާނާއަށް ކުރެވޭ ކަމެއްނޫނެވެ.
3. އެންމެ ސީރިއަސް މައްސަލައަކީ ޝައިޠާނާ އަށް އޭނާގެ ފާފަ ފުއްސެވުނުކަން ކިތަނމެ ފަހަރަކަށް އިނގުމެވެ. މިއީ ޣައިބުގެ ކަންކަމެވެ. ޣައިބެއް ޝައިޠާނާއަކަށް ނޭންގޭނެއެވެ. އަނެއް މައްސަލައަކީ އެހާ ބޮޑު ނިޢުމަތެއް އެފަދަ ޙާދިސާއަކުން މީހަކަށް ލިބުމެވެ. ﷲ ގެ މުޖާހިދަކު ހަނގުރާމައިން އަނިޔާ ލިބި ފާރުވުމުންވެސް އެފަދަ ދަރަޖައެއް ނުލިބެއެވެ.
އައް ނިހާޔާގައި ވާ ޙަދީޘް އަކާއިމެދު އަލް އަލްބާނީ ވިދާޅުވިއެވެ:
ބަނީ އިސްރާއިލްގެ ދަރިކޮޅުގެ މީހުންނާއި މެދު އައިސްފައިވެއެވެ. "އެމީހުންނަށް ނުބައިކަން ކުރިމަތިވުމުން އެމީހުން ވާހަކަ ކިޔަންފެށިއެވެ" މީގައި އެމީހުންނަށް އެދިމާވި ނުބައިކަމެއް ދިމާވީ އެމީހުން ވާހަކަތަކަށް މާބޮޑު އަހަންމިއްޔަތެއް ދީ އެއިން މީސްތަކުންގެ ހިތްތައް ދީނާއި ގާތައް ލަންބުވައި ހެޔޮ ޢަމަލުކުރުމަށް ބާރުއެޅުމުންނެވެ. މިޙަދީޘް އަކީ ޙަސަން (ރަގަޅު) ދަރަޖައިގެ ޙަދީޘެއްކަމުގައި ސިލްސިލަތުއް ޞަޙީޙާގައި އަލްބާނީ ވިދާޅުވިއެވެ.
ރެފަރެންސް: http://islamqa.com/en/83731
Labels:
others
Subscribe to:
Post Comments (Atom)
0 comments:
Post a Comment