Blog Archive
- 2014 (39)
-
2013
(100)
-
December(45)
- ޢުމަރުގެފާނުން ﷲ އަށް ބިރުވެތިވާ މިންވަރު:
- ޞިފަތުއަ ޞަލާތުއް ނަބީ (އަލްބާނީ)
- ފަހު ވަގުތު 9: ސަލްމާނުލް ފާރިސީ
- ފަހު ވަގުތު 8: ޞަޢުދު ބިން އަބޫ ވައްޤާސް
- ޔަޒީދު ބިން އަލް އަސްވަދު ރަޟިޔައްﷲ ޢަންހް
- އައް ޠުފައިލް ބިން ޢަމްެރް ރަޟިޔަﷲ ޢަންހު
- ހިތްކިޔުން
- ތުނބުޅި
- ލޫތުގެފާނުންނާއި އެކަލޭގެފާނުންގެ ޤައުމު
- ސަލާމްލެއްވި ނޫޙުގެފާނުންގެ ވާހަކަ
- ޘަމޫދު ބާގައިގެ މީސްތަކުން ހަލާކުކުރެއްވުން
- ޞާލިޙްގެފާނުންނާއި އެކަލޭގެފާނުންގެ ޖަމަލު
- ހަމަގައިމުވެސް އެއަށް އެއީ ބަދަލެކެވެ:
- ހޫދުގެފާނުންގެ ވާހަކަ
- އަރުމިޔާއު ނަބީކަލޭގެފާނުންގެ ވާހަކަ:
- ޒަކަރިއްޔާގެފާނުންގެ ވާހަކަ:
- ސުލައިމާން ގެފާނުންގެ ވާހަކަ
- ދާނިޔާލް ޢަލައިހިއްސަލާމްގެ ވާހަކަ:
- ޝަމްވީލް ޢަލައިހިއްސަލާމްގެ ވާހަކަ
- އިލްޔަސަޢުގެފާނުންގެ ވާހަކަ
- އިލްޔާސް ޢަލައިހިއްސަލާމްގެ ވާހަކަ
- ޝުޢައިބުގެފާނުންނާއި މަދްޔަނުގެ އަހުލުވެރިން
- ދުޢާ އިޖާބަކުރައްވާ ތަންތަނާއި ވަޤުތުތައް:
- ވަޒަންކުރަން އިނގޭނީވެސް ދަންނަމީހާއަށެވެ.
- ބޯ ކޮށާ މީހާއާއި އެތީސްޓް
- ޔާސީންގެ އަހުލުވެރިންގެ ވާހަކަ:
- ޢަފޫކުރައްވާނެހެއްޔެވެ؟
- މޫސާގެފާނުންނާއި ޚިދުރު ގެފާނުންގެ ވާހަކަ
- އަލް އިމާމް ޛަހަބީ:
- އައްޔޫބު ޢަލައހިއްސަލާމްގެ ވާހަކަ:
- ފަހުވަގުތު 7: ޢުޘްމާން ރަޟިޔަﷲ ޢަންހް
- ރައްސުގެ އަހުލުވެރިންގެ ވާހަކަ:
- ދާއޫދު ޢަލައިހިއްސަލާމް
- ފަހުވަގުތު 6: ޞަލާޙުއްދީން އަލް އައްޔޫބީ
- ރަސޫލުންގެ ގޮތުގައި އަންހެނުން؟
- ފަހު ވަގުތު 5: އިބްން ޢުމަރު
- ފަހު ވަގުތު 4: އަބުއް ދަރުދާ
- ފަހު ވަގުތު 3: އަބޫ މޫސާ އަލް އަޝްޢަރީ
- ފަހުވަގުތު 2: ޢަބްދުﷲ ބިން މުބާރަކް
- ޢަބްދުﷲ ބިން ޖަހްޝްގެ ދުޢާ
- ތައުބާވީ މީހެއްގެ ވާހަކަ 4
- ތެދުނޫން މަޝްހޫރު ވާހަކަ
- އަލް އިމާމް ބުޚާރީ
- ފަހުވަގުތު 1: މުޙައްމަދު ބިން ވާސިޢު
- ޒުލް ކިފުލް ޢަލައިހިއްސަލާމް
- November(21)
- October(34)
-
December(45)
- 2011 (6)
Wednesday, December 25, 2013
ޞާލިޙްގެފާނުންގެ ޖަމަލު ޤަތުލުކުރި
މީސްތަކުންނަށް ﷲ ތަޢާލާ ހިލައެއް ފޮނުއްވައި އެމީހުން އެހިލައިގެ ދަށުގައި
ފިސްފިސްކުރެއްވިއެވެ. އެއީ އެމީހުންގެ ޤައުމުގެ މީސްތަކުން ހަލާކުކުރެއްވުމުގެ
ކުރީގައެވެ. ބުރާސްފަތި ދުވަހުގެ ހެނދުނު – އެއީ ޞާލިޙްގެފާނުން އެވިދާޅުވި
ތިންދުވަހުގެ ތެރެއިން ފުރަތަމަ ދުވަހެވެ – އެމީހުންގެ މޫނުތައް ތަޣައްޔަރުވެފައި
ތިއްބެވެ. އެކަލޭގެފާނުން އެމީހުންނަށް އެދުވަހުގެ ހަވީރު އިންޒާރުދެއްވިއެވެ: ތިޔަބައިމީހުންނަށް
ބުނެވުނު ދުވަސްތަކުގެ ތެރެއިން ފުރަތަމަ ދުވަސް ވޭތުވެ ދިޔައީއެވެ. ޖެހިގެން އައި
ދުވަހު، ހުކުރު ދުވަހު އެމީހުންގެ މޫނުތައް ވީ ރަތްވެފައެވެ. އެދުވަހުގެ
ހަވީރުވުމުން ޞާލިޙްގެފާނުން ވިދާޅުވިއެވެ: އިންޒާރުކުރެވުނު ދެވަނަދުވަސް
ދިޔައީއެވެ. ތިންވަނަ ދުވަހު، ހޮނިހިރު ދުވަހު އެމީހުންގެ މޫނުތައް ވަނީ
ކަޅުވެފައެވެ އަދި އިރުއޮއްސުމުން އެމީހުން ބުންޏެވެ. ތިންވަނަ ދުވަސްވެސް
ފާއިތުވީއެވެ.
އާދިއްތަ ދުވަހުގެ ހެނދުނު، އެބައިމީހުން
ހުވަނދުލައި، ޢަޛާބަށް ތައްޔާރުވެގެން ތިއްބެވެ. އެމީހުންނަށް އެޢަޛާބު
ފޮނުއްވެވޭނީ ކިހިނެތްކަމެއް، ނުވަތަ ކޮން ދިމާލަކުންކަމެއްވެސް ނޭންގެއެވެ.
އިރު އެރުމަށްފަހު ބާރުގަދަ އަޑުފައްގަނޑެއް
އުޑުން އައެވެ. އަދި އެއާއިއެކު ބިންގަނޑު ވަރުގަދަ ގުޑުމަކުން ގުޑައިގެން
ދިޔައެވެ. އެއާއެކު ހުރިހާ ހަށިތަކެއް ހަމަހިމޭންވިއެވެ – އެހެނީ މަރުވެގެން
ވެއްޓުނެވެ. އެމީހުންތިބީ އެމީހުންގެ ގެތަކުގައެވެ. ބުނެވޭގޮތުގައި އެމީހުންގެ
އެންމެން ހަލާކުވެގެން ދިޔައެވެ. އެކަމަކު ނުކުޅެދޭ އަންހެން ކުއްޖަކު ފިޔަވައެވެ.
އެކުއްޖާގެ ނަމަކީ ކަލްބާ ބިންތި ސަލަޤްއެވެ. އެއަންހެން ކުއްޖާއީ ސާލިޙްގެފާނުން
އެންމެ ގަދައަށް ދޮގުކުރި އެކަކެވެ. އޭނާއަށް ﷲ ގެ ޢަޛާބު އަންނަތަން ފެނުމުން
އޭނާގެ ދެފަޔަށް ބާރުލައި އެއްޗަކަށް ދުވެވޭނޭ އެންމެ ބާރުމިނުގައި ދުވުނެވެ.
ދުވަމުން އައިސް ޢަރަބީންގެ ބަޔަކާއި ބައްދަލުވެ އޭނާގެ ޤައުމަށް ވަމުންދާގޮތުގެ
ވާހަކަ ބަޔާންކޮށްދިނެވެ. އަދި އެއަށްފަހު ެ އޭނާ އެމީހުންކުރެ ފެނަށް އެދުނެވެ.
ދެން އެމީހުން ދިން ފެނުގައި ހިފައި އެފެން ބޮއެފައި އޭނާ މަރުވީއެވެ. އެމީހުންނަށް
އެޢަޛާބުއައީ އެމީހުން އެތާންގައި އަރާމުގައި ދުވަހަކު އުޅިފައި ނުވާފަދަ ތަނެއްގެ
ގޮތުގައެވެ.
ބުނެވޭގޮތުގައި ޞާލިޙްގެފާނުން ދެން ވަޑައިގަތީ
މައްކާގެ ޙަރަމަށެވެ. އަދި އެތަނުގައި އެކަލޭގެފާނުން އަވަހާރަވެއްޖައުމަށް
ދާންދެން އުޅުއްވިއެވެ. ޘަމޫދު ބާގައިގެ މީހުންނަކީ ވަރަށް އުމުރު ދިގު ބައެއްކަމުގައި
ވެއެވެ. އެމީހުންގެ ގެތައް ހަދައި އުޅުނީ ކިސަޑުންނެވެ. ނަމަވެސް އެމީހުން
ދުނިޔޭގައި ތިއްބައި އެމީހުންގެ ގެތައް ހަލާކުވެގެން ދެއެވެ. އެހެންކަމުން
އެމީހުން ގެތައް އަޅައި އުޅުނީ ފަރުބަދައިގެ ހިލައިންނެވެ.
ރެފަރެންސް: އަލް އިމާމް އިބްން
ކަޘީރުގެ ޤަޞަޞުލް އަންބިޔާ
Labels:
nations
Subscribe to:
Post Comments (Atom)
0 comments:
Post a Comment