Blog Archive

Wednesday, December 25, 2013


އަހުރެން އެއްދުވަހަކު ފަތިހުގެ ފިނިފިނި ވައިގެ ތެރޭގައި އަހަރެންގެ ގެސްޓް ހައުސްއިން ނިކުމެގެން އަތިރިމަތީގައި ހިނގަން ފެށީމެވެ. އެއިރު ވަރަށް ދުރުގައި ހުރި ޒުވާނަކު ބިންމަތިން އެއްޗެހިތަކެއް ނަގަ ނަގާފައި މޫދަށް އުކަނީއެވެ. އަހުރެންގެ އާދައިގެ ހިނގުމުގައި އޭނާއާއި ހަމަޔަށް ދިޔައިރު އޭނާ ކުރާކަމަކީ ލައްގާފައިވާ ފަސްފައި (ސްޓާރ ފިޝް) ބިމުން ހޮވައި މޫދަށް އުކަނީއެވެ. ވަރަށް އަޖާއިބުކުރުވަނިވި މިތަކެއްޗަށް ރަޙުމްހުރި ޒުވާނެއްތާއެވެ!

އަހުރެން އޭނާކުރެން ތިޔަ ކުރަނީ ކީތްތޯ އަހާލީމެވެ. އޭނާ ޖަވާބުގައި ނުފެނޭހެއްޔޭ ކިޔާ ސުވާލުކުރިއެވެ. އަހަރެން އަނެއްކާވެސް ތަފްސީލު ކޮށްދެމުން އެހީމެވެ: ތިޔަ ކުރާކަމަކުން އެއްވެސް ފައިދާއެއް ވާނެހެއްޔެވެ؟ މުޅި މިސަރަޙައްދުގައި ވަނީ ލައްގާފައިވާ ފަސްފައިން ފުރި ބާރުވެފައެވެ. ހާހުން ޢަދަދުކުރެވޭ ވަރަށްވުރެވެސް ގިނައެވެ. އެހިނދު އޭނާގެ އަތުގައި ފަސްފައިގެ މުށެއް ވެއެވެ. ހިނިތުންވެލާފައި އަހަރެންނަށް ބަލައިލާފައި އެމުށްވަރު މޫދަށް ހޫރާލަމުން ބުންޏެވެ. ހަމަގައިމުވެސް މިއެއްލައިލި އެއްޗެއްސަށް ތަފާތުވާނެއެވެ.


މާނައަކީ އެއްޗެހި ކުރީގައިވަނީ މަރުވާން އަތިރިމައްޗަށް ދޫކޮށްލެވިފައެވެ. ނަމަވެސް މިހާރު ދެން މި އެއްލައިލުމުން އެހެން އެއްޗެހި މަރުވިޔަސް ހަމަ ގައިމުވެސް އެއެއްޗެހި އެ ސަލާމަތްވީތާއެވެ. 

އަހަރެން ޖަވާބުގައި ހީލާފައި އަނބުރާލައި، އައިކޮޅަށް ހިނގައިގަތީމެވެ. ވަކި ހިސާބަކަށް އާދެވުމުން އެޒުވާނާ އެބުނި އެއްޗެއް ރަގަޅަށް ފަހުމްވެގެން ހިތަށް އެރިއެވެ. އަހަރެންވެސް އޭނާއާއެކީގައި އެމަސައްކަތްކުރާނަމެވެ. ދެން އެއަށްފަހު އޭނާގެ ގާތަށް ގޮސް އޭނާއާއިއެކު ފަސްފައި (ސްޓާރ ފިޝް) މޫދަށް އުކުމުގައި އުޅުނީމެވެ. އެދުވަހަށްފަހު އެތާންގައި އުޅުންހާ ދުވަހަކު، ކޮންމެ ދުވަހަކު ހެނދުނުގަޑީގައި އަހަރެމެން ދެމީހުން މޫދަށް ފަސްފައި އުކުމުގައި އުޅުނީމެވެ.

ރެފަރެންސް: ލޮރެން އެއިސްލޭ (1907 – 1977) ގެ "ދި އަންއެކްސްޕެކްޓެޑް ޔުނިވާރސް"

މިއީ ވަރަށްގިނަ މޮޓިވޭޝަނަލް ސްޕީކާރސް އިން ކިޔައިދޭ ޢިބްރަތްތެރި ތެދު ވާހަކައެކެވެ. މިވާހަކައިގެ ޢިބްރަތަކީ މީހަކު ކަމެއްކުރާނަމަ، އުއްމީދާއެކު މަސައްކަތްކުރާށެވެ. ކިތަމެ ލަހުން ނުވަތަ މަދުން ކުރެވުނަސް ހަމަގައިމުވެސް ކުރިކަމެއް ފެންނަން އޮންނާނެއެވެ.

0 comments: