Blog Archive

Monday, December 9, 2013


ރަސޫލުންގެ ގޮތުގައި މާތް ﷲ އަންހެން ބެއިކަނބަލުން ނުފޮނުއްވީ ކީތްވެ؟

ރަސޫލުން މާނަކުރެވެނީ ﷲ ގެ ހަޟްރަތުން ރިސާލަތެއް އައިސް މީސްތަކުންނަށް ދީން އުނގަންނައިދީ މީސްތަކުންގެ ލީޑަރެއްގެ ގޮތުގައި އުޅޭ ބައެއްގެ ގޮތުގައި މާނަކުރެވޭނަމަ، ﷲ ފޮނުއްވީ ހުސް ފިރިހެން ރަސޫލުންކަމާއިމެދު ވަރަށް ޔަޤީނެވެ. އެހެންނޫނަސް އެއީ ޤަބޫލު ވެސް ކުރެވޭ ކަމެކެވެ. އެއިގެ ބައެއް ސަބަބު ތަކަކީ:
·         ކީރިތި ޤުރުއާނުގައި އަންގަވާފައިވަނީ ޢާއިލާގެ ލީޑަރަކީ ފިރިހެންމީހާ ކަމުގައެވެ. އަންހެނަކީ ޢާއިލާގެ ލީޑަރުކަމުގައި ނުވާއިރު އަދި ބޮޑު ޖަމާޢަތެއްގެ ނުވަތަ ދައުލަތެއްގެ ލީޑަރަކަށް އަންހެނަކު ޤާބިލްވާނެތޯއެވެ؟
·         ރަސޫލަކު ނަމަ، ފަރުޟުވެގެންވާ ނަމާދުތައް އިމާމުގެ ގޮތުގައި ކުރަންޖެހޭނެއެވެ. ރަސޫލަކީ އަންހެނަކު ކަމުގައި ވަނީނަމަ، ރުކޫޢު، ސުޖޫދު ފަދަ ޙަރަކާތްތަކުން ފަހަރުގައި ޖަމާޢަތުގައި ތިބޭ މީސްތަކުންނަށް އުނދަގޫ ވެދާނެއެވެ. އެހެނީ އެއީ އަންހެނެކެވެ. ފަހަތުގައި ވަނީ ފިރިހެނުންނެވެ.
 
         ·    ރަސޫލާ އަކީ މީސްތަކުންގެ ތެރޭގައި އުޅޭ އެމީހުންގެ ކަންތައްތައް އެންމެ ރަގަޅަށް ދަންނަ މީހާއެވެ. އެމީހަކީ އެހެންކަމުން ގިނަ ވަގުތު މީސްތަކުން ކައިރީގައި އުޅޭ މީހަކަށް ވާންޖެހެއެވެ. އިސްލާމްދީނަކީ ދެޖިންސް މައްސުނިވެ މިގޮތަށް އުޅުން މަނާކުރާ ދީނެކެވެ.
·         އަދި އަންހެން ރަސޫލަކުނަމަ، ފަހަރުގައި މާބަނޑުވުންވެސް އެކަށީގެންވެއެވެ. އެއިރުނ ރަސޫލުކަމުގެ ވަޒީފާއަށް ވާނީ ކިހިނެއްތޯއެވެ؟ މީހުންނާއި ވަކިވުން، ނުވަތަ ދުވަސްކޮޅަކަށް ޗުއްޓީނެގުން ކުރިމަތިވާނެއެވެ.
·         އަދި އެއީ ދަރިންތަކެއްގެ މައެއްނަމަ، އެމީހުންނަށް ދޭންވާ ވަގުތު ދެމުން ރަސޫލުކަން ކުރުމަކީ އެއީ ނުއުފުލޭ ވަރުގެ ތަކުލީފެކެވެ. އެހެނީ ރަސޫލުކަމުގެ ޒިންމާއަކީ އާދައިގެ ޒިންމާއެއްނޫނެވެ.
އެހެނަސް ރަސޫލުގެ މާނަކުރަނީ ﷲ ހޮއްވެވި، އިންސާނުންގެ ތެރެއިން ޠާޙިރު، އަބުރުވެރިންކަމުގައި ވަނީނަމަ، އަންހެން ބެއިކަނބަލުން އެލިސްޓުގައި ވެއެވެ. މިސާލަކަށް:
·         މަރްޔަމްގެފާނުން: ﷲ ވަޙީކުރެއްވިއެވެ:
"އަދި މަލާއިކަތާ ވިދާޅުވިއެވެ. އޭ މަރިޔަމްއެވެ! ﷲ ތަޢާލާ ކަމަނާ ހުރިހާ ޖީލުތަކެއްގެ އަންހެނުތަކުންގެ މައްޗަށް ހޮއްވަވައި އިޚްތިޔާރު ކުރެއްވެވިއެވެ." ނިސާ: 42
·         ޢާސިޔަތުގެފާނުން: ﷲ ތަޢާލާ ވަނީ އެކަމަނާ ފިރުޢައުނުގެ ނުބައިކަމުން ސަލާމަތްކުރައްވާފައެވެ. އެކަމަނާއީ އެއިރުގެ އެންމެ ބާރުގަދަ މީހާގެ އަތންބެއްގެ ގޮތުގައި ހުންނެވި ކަނބަލެކެވެ. (ސޫރަތުއް ތަޙްރީމް: 11)
·         މިފަދައިން ނަގާކަމުގައި ވަނީނަމަ، ހަތަރު އަންހެން ބެއިކަނބަލަކު އެހެން އެންމެހާ އަންހެނުތަކުންގެ މައްޗަށް މާތްކުރެއްވިއެވެ. އެއީ މަރްޔަމް (ޢީސާގެފާނުންގެ މަންމާ) ގެފާނުންނާއި، އާސިޔަތުގެފާނުން (މޫސާގެފާނުން ބައްލަވައި ބޮޑުކުރެއްވި ފިރުޢައުނުގެ އަނބިކަނބަލުން) ނާއި، ޚަދީޖަތު ގެފާނުންނާއި (ރަސޫލުﷲ ގެފާނުންގެ ފުރަތަމަ އަނބިކަނބަލުން) އަދި ފާޠިމަތުގެފާނުން (ރަސޫލުﷲ ގެފާނުންގެ ދަރިކަނބަލުން/ޢަލީގެފާނުންގެ އަނބިކަނބަލުން) ނެވެ.
ޖަވާބު ދެއްވީ: ޑރ. ޒާކިރު ނައިކް

މިއީ ރޭޑިކަލް ފެމިނިސްޓް މޫވްމެންޓްސްގެ މީހުން ކޮށްއުޅޭ ފާޑު ސުވާލެވެ. ފެމެނިސްޓް ގޯހީއެއްނޫނެވެ. ފެމިނިސްޓްގެ ވައްތަރުތަކުގެ ތެރޭގައި ސޯޝިއަލް ފެމެނިޒަމް، ލިބެރަލް ފެމެނިޒަމް އުޅެއެވެ. މީގެ ތެރެއިން މޮޔަވައްތަރުގެ ކަމުނުދާ މީހުންނަކީ މިދަންނަވާ ރޭޑިކަލް ފެމެނިސްޓުންނެވެ. އެމީހުން ވަރަށް މޮޔަ ބަހުސްތައް ގެންގުޅެއެވެ. މިސާލަކަށް "ހިސްޓްރީ އަށް ހާރސްޓްރީ ނުކިޔަނީ ކީއްވެތޯ؟" ފަދަ ސުވާލުތަކެވެ.

އިނގިލައްވާހެއްޔެވެ؟ ޔަހޫދީން ކޮންމެ ދުވަހަކު ހެނދުނު އެނދުން ތެދުވަމުން ފިރިހެނުން ކުރާ ދުޢާއެއް އޮވެއެވެ. އެއީ އަންހެނެއްގެ ގޮތުގައި އުފަންނުކުރެއްވީތީވެ ޝުކުރުކުރަމެވެ، މިޝުކުރުގެ ދުޢާއެވެ. (އެއީ ހަމަހަމަ ކުރާ ޕްރޮޕެގެންޑާ ތަކުގައި އުޅޭ މީސްމީހުންގެ ޙާލުހުރިގޮތެވެ. އަހަރެމެން މުސްލިމުންވެސް މިފަދަ ނޭދެވޭ ދުޢާ ނުކުރަމެވެ.)**

ޖަވާބުދެއްވީ: ޝައިޚް ކަމާލް އަލް މައްކީ

އަބޫ ބަކްރާ (މިއީ އަބޫ ބަކުރުގެފާނުންނެއް ނޫނެވެ) އަރިހުން އަލް އިމާމް ބުޚާރީ ރިވާކުރައްވާފައިވާ ޙަދީޘް ބަސްފުޅެއްގައި ވެއެވެ:
"މީސްތަކުންކުރެ އެބައިމީހުންގެ ޙުކުމްދާރަކަށް އަންހެނަކު އިސްކޮށްފި ބަޔަކު ކާމިޔާބީއެއް ނުވާނެއެވެ." (ބުޚާރީ 4425، 7099 އައް ތިރުމިޛީ: 2262، އައް ނަސާޢީ: 5390)

0 comments: