Blog Archive
- 2014 (39)
-
2013
(100)
-
December(45)
- ޢުމަރުގެފާނުން ﷲ އަށް ބިރުވެތިވާ މިންވަރު:
- ޞިފަތުއަ ޞަލާތުއް ނަބީ (އަލްބާނީ)
- ފަހު ވަގުތު 9: ސަލްމާނުލް ފާރިސީ
- ފަހު ވަގުތު 8: ޞަޢުދު ބިން އަބޫ ވައްޤާސް
- ޔަޒީދު ބިން އަލް އަސްވަދު ރަޟިޔައްﷲ ޢަންހް
- އައް ޠުފައިލް ބިން ޢަމްެރް ރަޟިޔަﷲ ޢަންހު
- ހިތްކިޔުން
- ތުނބުޅި
- ލޫތުގެފާނުންނާއި އެކަލޭގެފާނުންގެ ޤައުމު
- ސަލާމްލެއްވި ނޫޙުގެފާނުންގެ ވާހަކަ
- ޘަމޫދު ބާގައިގެ މީސްތަކުން ހަލާކުކުރެއްވުން
- ޞާލިޙްގެފާނުންނާއި އެކަލޭގެފާނުންގެ ޖަމަލު
- ހަމަގައިމުވެސް އެއަށް އެއީ ބަދަލެކެވެ:
- ހޫދުގެފާނުންގެ ވާހަކަ
- އަރުމިޔާއު ނަބީކަލޭގެފާނުންގެ ވާހަކަ:
- ޒަކަރިއްޔާގެފާނުންގެ ވާހަކަ:
- ސުލައިމާން ގެފާނުންގެ ވާހަކަ
- ދާނިޔާލް ޢަލައިހިއްސަލާމްގެ ވާހަކަ:
- ޝަމްވީލް ޢަލައިހިއްސަލާމްގެ ވާހަކަ
- އިލްޔަސަޢުގެފާނުންގެ ވާހަކަ
- އިލްޔާސް ޢަލައިހިއްސަލާމްގެ ވާހަކަ
- ޝުޢައިބުގެފާނުންނާއި މަދްޔަނުގެ އަހުލުވެރިން
- ދުޢާ އިޖާބަކުރައްވާ ތަންތަނާއި ވަޤުތުތައް:
- ވަޒަންކުރަން އިނގޭނީވެސް ދަންނަމީހާއަށެވެ.
- ބޯ ކޮށާ މީހާއާއި އެތީސްޓް
- ޔާސީންގެ އަހުލުވެރިންގެ ވާހަކަ:
- ޢަފޫކުރައްވާނެހެއްޔެވެ؟
- މޫސާގެފާނުންނާއި ޚިދުރު ގެފާނުންގެ ވާހަކަ
- އަލް އިމާމް ޛަހަބީ:
- އައްޔޫބު ޢަލައހިއްސަލާމްގެ ވާހަކަ:
- ފަހުވަގުތު 7: ޢުޘްމާން ރަޟިޔަﷲ ޢަންހް
- ރައްސުގެ އަހުލުވެރިންގެ ވާހަކަ:
- ދާއޫދު ޢަލައިހިއްސަލާމް
- ފަހުވަގުތު 6: ޞަލާޙުއްދީން އަލް އައްޔޫބީ
- ރަސޫލުންގެ ގޮތުގައި އަންހެނުން؟
- ފަހު ވަގުތު 5: އިބްން ޢުމަރު
- ފަހު ވަގުތު 4: އަބުއް ދަރުދާ
- ފަހު ވަގުތު 3: އަބޫ މޫސާ އަލް އަޝްޢަރީ
- ފަހުވަގުތު 2: ޢަބްދުﷲ ބިން މުބާރަކް
- ޢަބްދުﷲ ބިން ޖަހްޝްގެ ދުޢާ
- ތައުބާވީ މީހެއްގެ ވާހަކަ 4
- ތެދުނޫން މަޝްހޫރު ވާހަކަ
- އަލް އިމާމް ބުޚާރީ
- ފަހުވަގުތު 1: މުޙައްމަދު ބިން ވާސިޢު
- ޒުލް ކިފުލް ޢަލައިހިއްސަލާމް
- November(21)
- October(34)
-
December(45)
- 2011 (6)
Tuesday, December 24, 2013
އިބްން އަސާކިރު، ސުލައިމާންގެފާނުންގެ
ބަފައިކަލުންގެ ފަތިފުއް ސަލާމްލެއްވި އިބްރާހީމްގެފާނާއި ހަމަޔަށް އުފުލަތެވެ.
ﷲ ވަޙީ ބަސްފުޅުގައި ވެއެވެ: "އަދި
ސުލައިމާން ގެފާނުންނީ ދާއޫދުގެފާނުންގެ ވާރިޘެވެ. އަދި ވިދާޅުވިއެވެ: އޭ މީސްތަކުންނޭވެ!
އަހަރެމެންނަށް ދޫނީގެ ބަސްމަގު ވަނީ ދަސްކޮށްދެއްވާފައެވެ. އަދި ހުރިހާއެއްޗަކުން
އަހުރެމެންނަށް ދެއްވިއެވެ. ހަމަކަށަވަރުން މިއީ ބޮޑުވެގެންވާ ނިޢުމަތެކެވެ."
(ނަމްލް: 16)
ސުލައިމާންގެފާނުންނަށް ވާރުތަ ކުރީ
ދާއޫދުގެފާނުންގެ ނަބީކަމާއި ރަސްކަމެވެ. އެއީކީ އަޅުގަނޑުމެން މިވިސްނާފަދައަކުން
ވާރުތަކުރި ވާރުތަކުރުމެއްނޫނެވެ. އެހެނީ ދާއޫދުގެފާނުންގެ އެހެން ދަރިންވެސް
ތިއްބެވިއެވެ. އެހެންކަމުން ސުލައިމާންގެފާނުންނަށް އެކަނިން އެމުދާތައް
ވާރުތައެއް ނުކުރާނެއެވެ. އަދި ރަސޫލުﷲ ގެފާނުން ޙަދީޘްކުރެއްވިކަމަށް
އެކަލޭގެފާނުންގެ ޞަޙާބިންގެ އަރިހުން ރިވާވެގެންވެއެވެ:
"ތިމަންމެން (ނަބީ)
ބެއިކަލުންނަކީ ވާރުތަކުރުމަށް އެއްޗެއް ދޫކުރާ ބަޔަކީމުއެއްނޫނެވެ.
ތިމަންބެއިކަލުން އެއްޗެއް ދޫކުރެއްވިނަމަ އެއެއްޗަކީ ޞަދަޤާތެވެ." (ބުޚާރީ:
4034 އަދި މުސްލިމް: 1758)
ﷲ ސުބުޙާނަހޫ ވަތަޢާލާ ސުލައިމާންގެފާނުންނަށް
ވެރިކަމާއި ހިންގުމުގައި ހުރިހާއެއްޗެއް ދެއްވެވިއެވެ. އެހެނީ އެއީ އެހެން
ރަސްކަލަކަށް ދެއްވެވޭ އެއްޗެއްސެއްނޫނެވެ. އެކަލޭގެފާނުންނަށް އިންސާނުންނާއި،
ޖިންނީންނާއި، ދޫންޏާއި، ވަލުޖަނަވާރުގެ ބިޔަވެގެންވާ ލަޝްކަރުތައް ދެއްވިއެވެ. އަދި
އެހެނިހެން ދިރޭތަކެތީގެ ސައިންސާއި އެހެނިހެން ޢިލްމުތައް ދެއްވެވިއެވެ. އަދި
ހަނުހިމޭނުން ތިބޭ އެކަލާންގެ މަޚުލޫޤުންގެ ކަންކަން ދޭހަކުރުމުގެ ބާރު
ދެއްވެވިއެވެ.
އެއްދުވަހަކު ސުލައިމާންގެފާނުން
އެކަލޭގެފާނުންގެ ލަޝްކަރުތަކާއެކު ހިންގަވަމުން ވާދީއަކާއިހަމައަށް
ވަޑައިގެންނެވުނު އިރު އެތާންގައިވާ ހިނިތަކުގެ ތެރެއިން ހިންޏަކަށް
އެމަންޒަރުފެނި އެހެން ހިނިތަކަށް ގޮވައި ލަޝްކަރުގެ ވާހަކައިން އިންޒާރުދިނެވެ.
"އޭ ހިނިތަކާއެވެ! ތިޔަބައިމީހުންގެ ގެތަކަށް ތިޔަބައިމީހުން ވަންނާށެވެ.
އެއީ ސުލައިމާންގެފާނާއި އެކަލޭގެފާނުންގެ ލަޝްކަރަށް ނުއެނގި ތިޔަބައިމީހުންގެ
ގަޔަށް އަރައި ފިސްފިސް ކޮއްލަފާނެއެވެ." (އަން ނަމްލް: 18)
ސުލައިމާންގެފާނުންނަށް މިހިނީގެ އެންގުން
އިނގިވަޑައިގެން ހިނިވަރުނަކުރައްވިއެވެ.
Labels:
Prophets
Subscribe to:
Post Comments (Atom)
0 comments:
Post a Comment