Blog Archive
- 2014 (39)
-
2013
(100)
-
December(45)
- ޢުމަރުގެފާނުން ﷲ އަށް ބިރުވެތިވާ މިންވަރު:
- ޞިފަތުއަ ޞަލާތުއް ނަބީ (އަލްބާނީ)
- ފަހު ވަގުތު 9: ސަލްމާނުލް ފާރިސީ
- ފަހު ވަގުތު 8: ޞަޢުދު ބިން އަބޫ ވައްޤާސް
- ޔަޒީދު ބިން އަލް އަސްވަދު ރަޟިޔައްﷲ ޢަންހް
- އައް ޠުފައިލް ބިން ޢަމްެރް ރަޟިޔަﷲ ޢަންހު
- ހިތްކިޔުން
- ތުނބުޅި
- ލޫތުގެފާނުންނާއި އެކަލޭގެފާނުންގެ ޤައުމު
- ސަލާމްލެއްވި ނޫޙުގެފާނުންގެ ވާހަކަ
- ޘަމޫދު ބާގައިގެ މީސްތަކުން ހަލާކުކުރެއްވުން
- ޞާލިޙްގެފާނުންނާއި އެކަލޭގެފާނުންގެ ޖަމަލު
- ހަމަގައިމުވެސް އެއަށް އެއީ ބަދަލެކެވެ:
- ހޫދުގެފާނުންގެ ވާހަކަ
- އަރުމިޔާއު ނަބީކަލޭގެފާނުންގެ ވާހަކަ:
- ޒަކަރިއްޔާގެފާނުންގެ ވާހަކަ:
- ސުލައިމާން ގެފާނުންގެ ވާހަކަ
- ދާނިޔާލް ޢަލައިހިއްސަލާމްގެ ވާހަކަ:
- ޝަމްވީލް ޢަލައިހިއްސަލާމްގެ ވާހަކަ
- އިލްޔަސަޢުގެފާނުންގެ ވާހަކަ
- އިލްޔާސް ޢަލައިހިއްސަލާމްގެ ވާހަކަ
- ޝުޢައިބުގެފާނުންނާއި މަދްޔަނުގެ އަހުލުވެރިން
- ދުޢާ އިޖާބަކުރައްވާ ތަންތަނާއި ވަޤުތުތައް:
- ވަޒަންކުރަން އިނގޭނީވެސް ދަންނަމީހާއަށެވެ.
- ބޯ ކޮށާ މީހާއާއި އެތީސްޓް
- ޔާސީންގެ އަހުލުވެރިންގެ ވާހަކަ:
- ޢަފޫކުރައްވާނެހެއްޔެވެ؟
- މޫސާގެފާނުންނާއި ޚިދުރު ގެފާނުންގެ ވާހަކަ
- އަލް އިމާމް ޛަހަބީ:
- އައްޔޫބު ޢަލައހިއްސަލާމްގެ ވާހަކަ:
- ފަހުވަގުތު 7: ޢުޘްމާން ރަޟިޔަﷲ ޢަންހް
- ރައްސުގެ އަހުލުވެރިންގެ ވާހަކަ:
- ދާއޫދު ޢަލައިހިއްސަލާމް
- ފަހުވަގުތު 6: ޞަލާޙުއްދީން އަލް އައްޔޫބީ
- ރަސޫލުންގެ ގޮތުގައި އަންހެނުން؟
- ފަހު ވަގުތު 5: އިބްން ޢުމަރު
- ފަހު ވަގުތު 4: އަބުއް ދަރުދާ
- ފަހު ވަގުތު 3: އަބޫ މޫސާ އަލް އަޝްޢަރީ
- ފަހުވަގުތު 2: ޢަބްދުﷲ ބިން މުބާރަކް
- ޢަބްދުﷲ ބިން ޖަހްޝްގެ ދުޢާ
- ތައުބާވީ މީހެއްގެ ވާހަކަ 4
- ތެދުނޫން މަޝްހޫރު ވާހަކަ
- އަލް އިމާމް ބުޚާރީ
- ފަހުވަގުތު 1: މުޙައްމަދު ބިން ވާސިޢު
- ޒުލް ކިފުލް ޢަލައިހިއްސަލާމް
- November(21)
- October(34)
-
December(45)
- 2011 (6)
Sunday, December 22, 2013
وَإِسْمَاعِيلَ وَالْيَسَعَ وَيُونُسَ وَلُوطًا ۚ وَكُلًّا فَضَّلْنَا
عَلَى الْعَالَمِينَ
މާނައީ: (އަދި
ތިމަންރަސްކަލާންގެ ހިދާޔަތުގެ އަލިމަގު) އިސްމާޢީލް ގެފާނަށާއި، އިލްޔަސަޢު
ގެފާނަށާއި، އަދި ޔޫސުފު ގެފާނަށާއި އަދި ލޫތުގެފާނުންނަށް ދެއްކެވީމެވެ. އަދި
އުއްމަތްތަކުގެ މައްޗަށް އެއެންމެހާ ބެއިކަލުން މަތިވެރިކުރެއްވެވީމެވެ."
(ސޫރަތުލް އަންޢާމް: 86)
وَاذْكُرْ إِسْمَاعِيلَ وَالْيَسَعَ
وَذَا الْكِفْلِ ۖ وَكُلٌّ مِنَ الْأَخْيَارِ
މާނައީ: އަދި
އިސްމާޢީލްގެފާނުންގެ ވާހަކައާއި އިލްޔަސަޢުގެފާނުންގެ ވާހަކައާއި ޛުލް ކިފްލްގެފާނުންގެ ވާހަކަ ހަނދުމަކޮށްދެއްވާށެވެ. އެއެންމެ ބެއިކަލުންނީ އެންމެ ހެޔޮ
ބެއިކަލުންނެވެ." (ސޫރަތުއް ޞާދު: 48)
އިބްން އިސްޙާޤް ވިދާޅުވިއެވެ. ޙަސަން ބަޞަރީގެ
އަރިހުން ޤަތާދާ ރަޙިމަހުﷲ ރިވާކުރެއްވިއެވެ: އިލްޔަސަޢު ވަޑައިގެންނެވީ
އިލްޔާސްގެ ފަހުންނެވެ. އެކަލޭގެފާނުންވެސް އެކަލޭގެފާނުންގެ ޤައުމުގެ
މީސްތަކުންނަށް ދީނަށް ގޮވައިލެއްވިއެވެ. އަދި އިލްޔާސް ގެފާނުންނަށް
ބާއްވައިލެއްވި ޝަރީޢަތާއި ޤާނޫނުތަކަށް ތަބާވުމަށް ގޮވައިލެއްވުމުގައި
އެކަލޭގެފާނުން އަވަހާރަވެއްޖައުމަށް ދާންދެން ދެމިހުންނެވިއެވެ.
ނަމަވެސް އެކަލޭގެފާނުން އަވަހާރަވުމުން
ނުބައިކަންތައްތައް ޢާންމުވެ ފެތުރެންފެށިއެވެ. އަދި މީސްތަކުން އެއްބަޔަކު
އަނެއްބަޔަކުގެ މައްޗަށް ގަދަވެގަތެވެ. އަދި އެމީހުންގެ މައްޗަށް ފޮނުއްވުނު
ރަސޫލުން ޤަތުލުކުރިއެވެ.
މަޝްހޫރު ތާރީޚް ޢިލްމުވެރިޔާ އިބްން އަސާކިރު
މިއިލްޔަސަޢުގެފާނުންގެ ބައިފައިކަލުން ސަލާމްލެއްވި އިބްރާހީމްގެފާނުންނާއި
ހަމަޔަށް ކިޔުއްްވަތެވެ. އަދި ބުނެވޭގޮތުގައި މި އިލްޔަސަޢުގެފާނުންނީ
އިލްޔާސްގެފާނުންގެ ދެބެންގެ ދެދަރި ބެއިކަލެކެވެ. އަދިވެސް ބުނެވޭގޮތުގައި
މިކަލޭގެފާނުންވެސް އިލްޔާސްގެފާނުންނާއިއެކު ހޮހޮޅައިގައި ބާލްބެކްގެ
ރަސްގެފާނުގެ ކިބައިން ސަލާމަތްވުމަށް ފިއްލެވިއެވެ. އަދި އެހޮހޮޅައިން ނިކުމެ
ވަޑައިގަތުމުން އިލްޔަސަޢުވެސް އިލްޔާސްގެފާނުންނާއިއެކު އެކަލޭގެފާނުންގެ
ޤައުމުގެ މީސްތަކުންގެ ގާތަށް ވަޑައިގަތެވެ. އަދި އިލްޔާސްގެފާނުން
އަވަހާރަވުމުން، އިލްޔަސަޢުގެފާނުން އެމައްސޫލިއްޔަތު އުފުއްލެވިއެވެ. އަދި ﷲ
އެކަލޭގެފާނުން (އިލްޔަސަޢު) އެކަލޭގެފާނުންގެ ޤައުމުގެ މީސްތަކުންގެ ގާތަށް ނަބީއަކުކަމުގައި
ފޮނުއްވިއެވެ.
ރެފަރެންސް: އަލް އިމާމް އިބްން
ކަޘީރުގެ ޤަޞަޞުލް އަންބިޔާ
Labels:
Prophets
Subscribe to:
Post Comments (Atom)
0 comments:
Post a Comment