Blog Archive
- 2014 (39)
-
2013
(100)
-
December(45)
- ޢުމަރުގެފާނުން ﷲ އަށް ބިރުވެތިވާ މިންވަރު:
- ޞިފަތުއަ ޞަލާތުއް ނަބީ (އަލްބާނީ)
- ފަހު ވަގުތު 9: ސަލްމާނުލް ފާރިސީ
- ފަހު ވަގުތު 8: ޞަޢުދު ބިން އަބޫ ވައްޤާސް
- ޔަޒީދު ބިން އަލް އަސްވަދު ރަޟިޔައްﷲ ޢަންހް
- އައް ޠުފައިލް ބިން ޢަމްެރް ރަޟިޔަﷲ ޢަންހު
- ހިތްކިޔުން
- ތުނބުޅި
- ލޫތުގެފާނުންނާއި އެކަލޭގެފާނުންގެ ޤައުމު
- ސަލާމްލެއްވި ނޫޙުގެފާނުންގެ ވާހަކަ
- ޘަމޫދު ބާގައިގެ މީސްތަކުން ހަލާކުކުރެއްވުން
- ޞާލިޙްގެފާނުންނާއި އެކަލޭގެފާނުންގެ ޖަމަލު
- ހަމަގައިމުވެސް އެއަށް އެއީ ބަދަލެކެވެ:
- ހޫދުގެފާނުންގެ ވާހަކަ
- އަރުމިޔާއު ނަބީކަލޭގެފާނުންގެ ވާހަކަ:
- ޒަކަރިއްޔާގެފާނުންގެ ވާހަކަ:
- ސުލައިމާން ގެފާނުންގެ ވާހަކަ
- ދާނިޔާލް ޢަލައިހިއްސަލާމްގެ ވާހަކަ:
- ޝަމްވީލް ޢަލައިހިއްސަލާމްގެ ވާހަކަ
- އިލްޔަސަޢުގެފާނުންގެ ވާހަކަ
- އިލްޔާސް ޢަލައިހިއްސަލާމްގެ ވާހަކަ
- ޝުޢައިބުގެފާނުންނާއި މަދްޔަނުގެ އަހުލުވެރިން
- ދުޢާ އިޖާބަކުރައްވާ ތަންތަނާއި ވަޤުތުތައް:
- ވަޒަންކުރަން އިނގޭނީވެސް ދަންނަމީހާއަށެވެ.
- ބޯ ކޮށާ މީހާއާއި އެތީސްޓް
- ޔާސީންގެ އަހުލުވެރިންގެ ވާހަކަ:
- ޢަފޫކުރައްވާނެހެއްޔެވެ؟
- މޫސާގެފާނުންނާއި ޚިދުރު ގެފާނުންގެ ވާހަކަ
- އަލް އިމާމް ޛަހަބީ:
- އައްޔޫބު ޢަލައހިއްސަލާމްގެ ވާހަކަ:
- ފަހުވަގުތު 7: ޢުޘްމާން ރަޟިޔަﷲ ޢަންހް
- ރައްސުގެ އަހުލުވެރިންގެ ވާހަކަ:
- ދާއޫދު ޢަލައިހިއްސަލާމް
- ފަހުވަގުތު 6: ޞަލާޙުއްދީން އަލް އައްޔޫބީ
- ރަސޫލުންގެ ގޮތުގައި އަންހެނުން؟
- ފަހު ވަގުތު 5: އިބްން ޢުމަރު
- ފަހު ވަގުތު 4: އަބުއް ދަރުދާ
- ފަހު ވަގުތު 3: އަބޫ މޫސާ އަލް އަޝްޢަރީ
- ފަހުވަގުތު 2: ޢަބްދުﷲ ބިން މުބާރަކް
- ޢަބްދުﷲ ބިން ޖަހްޝްގެ ދުޢާ
- ތައުބާވީ މީހެއްގެ ވާހަކަ 4
- ތެދުނޫން މަޝްހޫރު ވާހަކަ
- އަލް އިމާމް ބުޚާރީ
- ފަހުވަގުތު 1: މުޙައްމަދު ބިން ވާސިޢު
- ޒުލް ކިފުލް ޢަލައިހިއްސަލާމް
- November(21)
- October(34)
-
December(45)
- 2011 (6)
Tuesday, December 24, 2013
ކިރިތި ޤުރުއާނުގެ މަރްޔަމް ސޫރަތުގެ ފުރަތަމަ
އާޔަތުން ފެށިގެން 15 ވަނައާޔަތާއި ހަމަޔަށް ﷲ ވަނީ ވަރަށް ތަފްސީލުކޮށް
މިވާހަކަށް ބަޔާންކުރައްވާފައެވެ. އަދި އާލް ޢިމްރާން ސޫރަތުގެ 37 ވަނައާޔަތުން
ފެށިގެން 41 ވަނައާޔަތާއި ދެމެދުވެސް މިވާހަކަތައް ވަނީ ބަޔާންކުރައްވާފައެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
"އަދި
ޒަކަރިއްޔާގެފާނުންނާއި، އަދި ޔަޙްޔާގެފާނުންނާއި، އަދި ޢީސާގެފާނުންނާއި އަދި
އިލްޔަސަޢުގެފާނުންނެވެ. މިއެންމެ ބެއިކަލުން ވަނީ ޞާލިޙުންގެ ތެރެއިންނެވެ."
(އަންޢާމް: 85)
އިބްން އަސާކިރު އެކަލޭގެފާނުންގެ ތާރީޚް ފޮތުގައި
ބަޔާންކުރައްވާފައިވެއެވެ. އެކަލޭގެފާނުންނީ ޒަކަރިއްޔާ ބިން ބަރްޚިޔާއެވެ. އަދި
ބުނެވޭގޮތުގައި އެއީ ޒަކަރިއްޔާ ބިން ދާން އެވެ.
ﷲ ތަޢާލާ ވަނީ އަޅުގަނޑުމެންގެ ކީރިތި މާތް
ރަސޫލާއަށް ސަލާމްލެއްވި ޒަކަރިއްޔާގެފާނުންގެ ވާހަކަ ތެދަށް ބަޔާންކޮށްދެއްވުމަށް
އަމުރުކުރައްވާފައެވެ. އެކަލޭގެފާނުންނަށް ފިރިހެން ދަރިކަލަކު އެކަލޭގެފާނުންގެ
ޢުމުރުފުޅުން ދުވަސްވެފައި އިންނެވިއިރުގައިވެސް ކަމާއި އަދި އެކަލޭގެފާނުންގެ
އަނބިކަނބަލުންނަކީ އެކަމަނާގެ މުޅި ޢުމުރުގައިވެސް ދަރިމައިނުވާ އަންހެން
ބެއިކަނބަލަކަށްވިޔަސްމެއެވެ. ﷲ ތަޢާލާ
އެކަލޭގެފާނުން ދަރިއަކު ދެއްވުމަށްއެދި ކުރެއްވެވި ދުޢާ ޢިޖާބަކުރެއްވިއެވެ. ﷲ
ވަޙީކުރެއްވިއެވެ: "(މިއީ) ކަލޭގެފާނުންގެ ވެރިރަސްކަލާންގެ އެކަލާންގެ އަޅާ ޒަކަރިއްޔާގެފާނަށް
ލެއްވެވި ރަޙްމަތެކެވެ. އެކަލޭގެފާނުންގެ ވެރިރަސްކަލާންގެއަށް، އެކަލޭގެފާނު ސިއްރުގައި
ދުޢާކުރެއްވި ހިނދެވެ." (މަރްޔަމް: 3، 2) ބައެއް ބެއިކަލުން ވިދާޅުވާ
ގޮތުގައި އެކަލޭގެފާނުން ރެއިގަނޑު ތެދުވެވަޑައިގެން ﷲގެ ޙަޟްރަތަށް
ދުޢާދަންނަވަތެވެ. "އަދި އިބަ ރަސްކަލާންގެއަށް ދުޢާދެންނެވުމުގައި،
ތިމަންކަލޭގެފާނުން އަބާއްޖަވެރިއަކުކަމުގައި ނުވެއެވެ." (މަރްޔަމް: 4) އެކަލޭގެފާނުން
އެވިދާޅުވަނީ އެކަލޭގެފާނުން ދުޢާއެއް، އެދުޢާއެއް ޢިޖާބަނުކުރައްވާ އެއްވެސް
ދުޢާއެއް ނުކުރައްވާވާހަކައެވެ.
އެކަލޭގެފާނުން ﷲގެ ހަޟްރަތަށް
ފިރިހެންދަރިއަކަށް އެދި ދުޢާކުރައްވަން ޖެހިވަޑައިގެންކަމީ، އެކަލޭގެފާނުންގެ
ބެލުމުގެ ދަށުގައިވާ މަރްޔަމް ބިންތް ޢިމްރާންގެ އަރިހަށް ވަޑައިގަންނަވާ ކޮންމެ
ފަހަރަކު އެކަމަނާގެ ގާތުގައި ވަކި މޫސުމެއް ޙާއްޞަނުކޮށް ތަފާތު ވައްތަރުގެ
މޭވާގެ ބާވަތްތައް އެކަމަނާގެ އަރިހުގައިވާތީވެ ދެކެވަޑައިގެން، އެކަމަނާއަށް
އެމޭވާ ދެއްވި ރަސްކަލާންގެ އެކަލޭގެފާނުންނަށް ދަރިކަލަކުވެސް ދެއްވެވުމަށް
އެދިވަޑައިގަނެގެންނެވެ.
"އަދި ހަމަކަށަވަރުން އަޅުގެފަހަށް، އަޅުގެ މަވާލީން
(ދީނުގެ ކަންތައް ބެލެހެއްޓުމުގައި) ކަންތައްކުރާނޭގޮތާމެދު އަޅުބިރުގަނެއެވެ.
އަޅުގެ އަނބިމީހާއަކީ ދަރިމައިނުވާ އަންހެނެކެވެ. ފަހެ، އިބަރަސްކަލާންގެ
ރަޙުމަތްފުޅުން މިއަޅާއަށް ވާރިޘަކު ދެއްވައިފާންދޭވެ! ތިމަންއަޅާއީ
ޔައުޤޫބުގެފާނުންގެ އާލުވެރިންގެ ކިބައިން، ވާރުތަވާނޭ ވާރިޘެކެވެ. އަދިމިއަޅާގެ
ވެރިރަސްކަލާކޮ! އިބަރަސްކަލާންގެ ރުހިވޮޑިގެންވާ އަޅަކުކަމުގައި، އޭނާ ލައްވައިފާންދޭވެ!"
(މަރްޔަމް: 6، 5)
ފަހަރުގައި 'މަވާލީން' ނަކީ އެއީ ތިމާގެ
މީހުންކަމުގައިވެސް ވެދާނެއެވެ. އެއީ އެކަލޭގެފާނުންނަށްފަހު ބަނީ އިސްރާއީލުން
ޝަރީޢަތާއިމެދުގައި ޢަމަލުކޮށްފާނޭ ގޮތަކާއިމެދު ބިރުފުޅުގަންނާތީއެވެ. ފަހަރުގައި
އެކަލޭގެފާނުންގެ ދުނިޔޭގައި އެމީހުން ކިޔަމަންތެރިވާ ފަދައިން ކިޔަމަންތެރި
ނުވެވެސް ހިނގައިދާނެއެވެ. އެހެންކަމުން، އެކަލޭގެފާނަށްފަހު އެކަލޭގެފާނުންގެ ހެޔޮލަފާ
ދަރިކަލަކު ހުރެއްޖެނަމަ، އެބައިމީހުންގެ ކަންތައް ބަލަހައްޓަވާނެތެވެ. ނުވަތަ
އެކަލޭގެފާނުންގެ ނަބީކަން ވާރުތަކުރައްވާފާނެތެވެ. ނަމަވެސް ވާރުތަކުރައްވާނީ
ނަބީކަމާއި ބުއްދިއާއި ކަލާންގެ ޙަޟްރަތުން އަންގަވާ އެންގެވުންތަކެވެ.
އިމާމް އަޙްމަދުގެފާނުން އަބޫ ހުރައިރާގެ
އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެއެވެ:
"ޒަކަރިއްޔާގެފާނުންނަކީ ވަޑާންކުރާ ބެއިކަލެކެވެ."
(އަޙްމަދު:
21405، މުސްލިމް: 2379 އަދި އިބްން މާޖާ: 2150)
ޒަކަރިއްޔާގެފާނުންނަށް ދަރިއަކު ދެއްވާނޭކަމުގެ
އުފާވެރި ޚަބަރު ދެއްވުމުން ޢުމުރުފުޅުން ހަތްދިހަ ހަތް އަހަރުގެ އެކަލޭގެފާނުންނަށް
ޤަބޫލުކުރަން ދަތިފުޅުވިއެވެ. އަދި ބޮޑަށް ލަފާކުރެވޭ ގޮތުގައި އެކަލޭގެފާނުން
އެއަށްވުރެވެސް މާ ދުވަސްވެފައިވެއެވެ. އެފަދައިން ސަލާމްލެއްވި
އިބްރާހީމްގެފާނުންވެސް ހައިރާންކަމާއެކު ވިދާޅުވިބަސްފުޅު ކީރިތި ޤުރުއާނުގައި (ޙިޖްރު:
54) ބަޔާންކުރައްވާފައި ވެއެވެ.
ޒަކަރިއްޔާގެފާނުން ﷲ އަށް އެކަމުގެ ޔަޤީންކަން
ދެއްވުމުގެ ގޮތުން އިތުރު ހެއްކެއް ދެއްކެވުމަށްއެދި ދުޢާދެންނެވިއެވެ. ﷲ ތަޢާލާ
އެކަލޭގެފާނުންނަށް ވަޙީކުރެއްވިއެވެ: ކަލޭގެފާނުންނަށް ތިންދުވަސްވާންދެން ބަސްފުޅު
ވިދާޅެއް ނުވެވޭނެއެވެ. ކަލޭގެފާނުން ވާހަކަފު ދައްކަވާނީ ޢިޝާރާތުންނެވެ. އެހެނަސް ކަލޭގެފާނުންގެ ހަށިގަނޑަކަށް ނުވަތަ
ހުޅަކަށް އެއަކުން އެއްވެސް ގެއްލުމެއްނެތެވެ. ކަލޭގެފާނުން ވާހުށީ
ހުރިހާގޮތަކުންވެސް ސިއްޙަތު ސަލާމަތުންވާ ބެއިކަލަކުކަމުގައެވެ." ދެން ﷲ
ތަޢާލާ އެކަލޭގެފާނުންނަށް ގިނަގިނައިން އެކަލާންގެއަށް ޛިކުރުކުރެއްވުމަށް
ޢަމުރުކުރެއްވިއެވެ.
ރެފަރެންސް: އަލް އިމާމް އިބްން
ކަޡީރުގެ ޤަޞަޞުލް އަންބިޔާ
Labels:
Prophets
Subscribe to:
Post Comments (Atom)
0 comments:
Post a Comment