Blog Archive

Thursday, December 5, 2013



ފުރިހަމަ ނަން: އަބޫ ޢަބްދުﷲ މުޙައްމަދު ބިން އިސްމާޢީލް ބިން އިބްރާހީމް ބިން އަލް މުޣީރާ ބިން ބަރްދިޒްބާ އަލް ޖުޢުފީ އަލް ބުޚާރީ
އުފަން ދުވަސްވަރު: މީލާދީން 810 އިން 870 އާއި ދެމެދު (އައްބާސީ ޚިލާފަތުގައި)
މަޝްހޫރުވެވަޑައިގެންނެވި ދާއިރާ: ޙަދީޘް ޢިލްމުގައި
ދިރިއުޅުއްވި ތަން: ފާރިސްކަރަ
މަޝްހޫރު ފޮތްތައް:
·         ޖާމިޢު ޞަޙީޙް އަލް ބުޚާރީ: އެކަލޭގެފާނުންގެ ޙަދީޘްފޮތް (މިފޮތުގައި އެއްވެސް ބަލިކަށި ކަމެއްވާ ޙަދީޘެއް ނުވާކަމުގައި އެންމެހާ ޢިލްމުވެރިން އެއްބަސްވެލައްވާ)
·         އަދަބުލް މުފުރަދް: އެކަލޭގެފާނުން ލިޔުއްވި އިޙްތިރާމް ކުރުމުގެ އަދަބުތަކާބެހޭ ފޮތެއް (މިފޮތުގައި ބަލި ޙަދީޘްތައް ހިމެނިފައި ވެއެވެ. އެހެން ނޫނަސް އެކަލޭގެފާނުން މިފޮތުގައި ހިމަނުއްވަން ކޮންމެހެން ޞައްޙަ ޙަދީޘް އަކަށް ނުވަތަ އެނޫން ޙަދީޘް އަކަށް ނުބައްލަވައެވެ.)
·         ތާރީޚް އަލް ކަބީރު: ބޮޑުވެގެންވާ ތާރީޚް
·         ތާރީޚް އައް ސަޣީރު:
·         ތާރީޚް އަލް އައުސަތު:
އެކަލޭގެފާނުންނީ އުއްމަތުގެ ރައްބާނިއްޔަ ޢިލްމުވެރިންކުރެ އަރާހުންނެވި ބެއިކަލެކެވެ.

އެކަލޭގެފާނުންނަކީ ތުއްޕުޅު އިރު ލޯފަން ބެއިކަލެކެވެ. އެކަލޭގެފާނުން އެދުވަސްވަރުގެ މަޝްހޫރު ބޭސްވެރިންނަށް ދެއްކެވިކަމުގައި ވިޔަސް އެބައްޔަށް ވަނީ ޝިފާއެއް ނުލިބިއެވެ. އެކަލޭގެފާނުންގެ މަންމާފުޅަކީ ވަރަށް ދީންވެރި ތަޤްވާވެރި އަޅެކެވެ. އެކަމަނާ ﷲ ގެ ދަރުބާރުގައި އެތުއްޕުޅު ކަލޭގެފާނުންނަށް ލޮލުގެ ފެނުން ދެއްވުމަށްއެދި ވަރަށް ދުޢާ ދަންނަވައެވެ. އެންމެފަހުން ﷲ ގެ ރަޙްމަތް އެކަމަނާގެ މައްޗަށް އޮހިގެން ދިޔައެވެ. އެއްރެއި ހުވަފެނުގައި އެކަމަނާ އިބްރާހީމް ޢަލައިހިއްސަލާމް އާއި ބައްދަލުވެވަޑައިގަތެވެ. އަދި އެކަލޭގެފާނުން ވިދާޅުވިއެވެ: "ކަމަނާގެ ރިވެތި ގިނަގުނަވެގެންވާ ދުޢާތަކުގެ ސަބަބުން ﷲ ތަޢާލާ ކަމަނާގެ ދަރިކަލުންނަށް ލޮލުގެ ފެނުން ދެއްވައިފިއެވެ."

އަނެއްދުވަހު ހެނދުނު ބުޚާރީ ތެދުވެ ވަޑައިގަތުމުން އެކަލޭގެފާނުންނަށް ލޮލަށް ފެނިވަޑައިގަތެވެ. އެއިރު އެކަލޭގެފާނުންގެ ދެލޮލަށް ވަނީ ފުރިހަމައަށް ފެނުން ދެއްވާފައެވެ.

ރެފަރެންސް: ޞަޙީޙް ބުޚާރީގައިވާ އެކަލޭގެފާނުންގެ ބަޔޮގްރަފީ.
 

0 comments: