Blog Archive
- 2014 (39)
-
2013
(100)
-
December(45)
- ޢުމަރުގެފާނުން ﷲ އަށް ބިރުވެތިވާ މިންވަރު:
- ޞިފަތުއަ ޞަލާތުއް ނަބީ (އަލްބާނީ)
- ފަހު ވަގުތު 9: ސަލްމާނުލް ފާރިސީ
- ފަހު ވަގުތު 8: ޞަޢުދު ބިން އަބޫ ވައްޤާސް
- ޔަޒީދު ބިން އަލް އަސްވަދު ރަޟިޔައްﷲ ޢަންހް
- އައް ޠުފައިލް ބިން ޢަމްެރް ރަޟިޔަﷲ ޢަންހު
- ހިތްކިޔުން
- ތުނބުޅި
- ލޫތުގެފާނުންނާއި އެކަލޭގެފާނުންގެ ޤައުމު
- ސަލާމްލެއްވި ނޫޙުގެފާނުންގެ ވާހަކަ
- ޘަމޫދު ބާގައިގެ މީސްތަކުން ހަލާކުކުރެއްވުން
- ޞާލިޙްގެފާނުންނާއި އެކަލޭގެފާނުންގެ ޖަމަލު
- ހަމަގައިމުވެސް އެއަށް އެއީ ބަދަލެކެވެ:
- ހޫދުގެފާނުންގެ ވާހަކަ
- އަރުމިޔާއު ނަބީކަލޭގެފާނުންގެ ވާހަކަ:
- ޒަކަރިއްޔާގެފާނުންގެ ވާހަކަ:
- ސުލައިމާން ގެފާނުންގެ ވާހަކަ
- ދާނިޔާލް ޢަލައިހިއްސަލާމްގެ ވާހަކަ:
- ޝަމްވީލް ޢަލައިހިއްސަލާމްގެ ވާހަކަ
- އިލްޔަސަޢުގެފާނުންގެ ވާހަކަ
- އިލްޔާސް ޢަލައިހިއްސަލާމްގެ ވާހަކަ
- ޝުޢައިބުގެފާނުންނާއި މަދްޔަނުގެ އަހުލުވެރިން
- ދުޢާ އިޖާބަކުރައްވާ ތަންތަނާއި ވަޤުތުތައް:
- ވަޒަންކުރަން އިނގޭނީވެސް ދަންނަމީހާއަށެވެ.
- ބޯ ކޮށާ މީހާއާއި އެތީސްޓް
- ޔާސީންގެ އަހުލުވެރިންގެ ވާހަކަ:
- ޢަފޫކުރައްވާނެހެއްޔެވެ؟
- މޫސާގެފާނުންނާއި ޚިދުރު ގެފާނުންގެ ވާހަކަ
- އަލް އިމާމް ޛަހަބީ:
- އައްޔޫބު ޢަލައހިއްސަލާމްގެ ވާހަކަ:
- ފަހުވަގުތު 7: ޢުޘްމާން ރަޟިޔަﷲ ޢަންހް
- ރައްސުގެ އަހުލުވެރިންގެ ވާހަކަ:
- ދާއޫދު ޢަލައިހިއްސަލާމް
- ފަހުވަގުތު 6: ޞަލާޙުއްދީން އަލް އައްޔޫބީ
- ރަސޫލުންގެ ގޮތުގައި އަންހެނުން؟
- ފަހު ވަގުތު 5: އިބްން ޢުމަރު
- ފަހު ވަގުތު 4: އަބުއް ދަރުދާ
- ފަހު ވަގުތު 3: އަބޫ މޫސާ އަލް އަޝްޢަރީ
- ފަހުވަގުތު 2: ޢަބްދުﷲ ބިން މުބާރަކް
- ޢަބްދުﷲ ބިން ޖަހްޝްގެ ދުޢާ
- ތައުބާވީ މީހެއްގެ ވާހަކަ 4
- ތެދުނޫން މަޝްހޫރު ވާހަކަ
- އަލް އިމާމް ބުޚާރީ
- ފަހުވަގުތު 1: މުޙައްމަދު ބިން ވާސިޢު
- ޒުލް ކިފުލް ޢަލައިހިއްސަލާމް
- November(21)
- October(34)
-
December(45)
- 2011 (6)
Sunday, December 29, 2013
ކުށް ހީތައް:
"ތިމަންކަލޭގެފާނުންގެ އުއްމަތުގައި (ވާ
ޢިލްމުވެރިންގެ ތެރޭގައި) ޚިޔާލު ތަފާތުވުމަކީ ރަޙުމަތެކެވެ." މިއީ ޞައްޙަ
ޙަދީޘްއެއްނޫނެވެ. ސުބުކީ އިމާމް ވިދާޅުވިއެވެ: މިޙަދީޘްގެ ޞައްޙަ، ނުވަތަ ޟަޢިފް
(ބަލިކަށި) ނުވަތަ މައުޟޫޢު (ހަދާފައިވާ) ސަނަދެއްހާއިވަރުވެސް ތިމަންކަލޭގެފާނާއި
ހަމަޔަށް އައިސްފައެއް ނުވެއެވެ.
ޤިޔާމް:
ދަތުރެއްގައި ސުންނަތް ނަމާދެއް ކުރާނަމަ އެ
(އެބަހީ ތިމާ އެސަވާރުވެގެންވާ ނުވަތަ އަރާހުރި) އެއްޗެއް ކުރިމަތިލައިގެންވާ
ފަރާތަށް ކުރިމަތިލައިގެނ ތިބާއަށް ނަމާދު ކުރެވިދާނެއެވެ. = ބުޚާރީ އާއި މުސްލިމް
=
ނަމަވެސް ފަރުޟު ނަމާދުތަކުގައި އެކަލޭގެފާނުން
(ޞައްލައްﷲ ޢަލައިހި ވަސައްލަމަ) ޤިބްލައަށް ކުރިމަތި ލައްވައެވެ. = ބުޚާރީ އާއި
އަޙްމަދު =
ކޮއްޅަށްހުރެ ނުވަތަ އިށީންދެއިނދެ ނަމާދުކުރުން:
ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ
ސުވަރުގެވަޑައިގަތުމުގެ އާލާސްކަންފުޅުގައި އިށީންދެ އިނދެވަޑައިގެން
ނަމާދުކުރެއްވިއެވެ. = ތިރުމިޛީ އާއި އަޙުމަދު = ތިރުމިޛީ މިއީ ޞައްޙަ
ޙަދީޘެއްކަމުގައި ވިދާޅުވިއެވެ.
ސަވާރީ ނުވަތަ ބޯޓްމަތީ ނަމާދުކުރުން
ޣަރަޤު ވެދާނޭކަމުގެ ބިރެއް ނުވާނަމަ، އެއިގެ
މަތީގައި ނަމާދުކުރާށެވެ. = ބައްޒާރު، ދާރަޤުތުނީ = އަލް ޙާކިމް މިއީ ބަޙީޙް
ޙަދީޘްއެއްކަމުގައި ވިދާޅުވިއެވެ. އަދި އެކަމަށް ޛަހަބީ
އެއްބަސްވެވަޑައިގަންނަވައެވެ.
އެކަލޭގެފާނުން ދުވަސްވެ މުސްކުޅިފުޅުވީފަހުން
އެއްޗެއްގައި ލެނގިލައްވައި ހުންނަވައި ނަމާދުކުރެއްވިއެވެ. = އަބޫދާއޫދާއި ޙާކިމް
= ޙާކިމް މިއީ ޞައްޙަ ޙަދީޘެއްކަމުގައި ވިދާޅުވިއެވެ. އަދި ޛަހަބީ
އެއްބަސްވެވަޑައިގަންނަވައެވެ.
ފައިވާން ނުވަތަ ބޫޓަށް އަރައިގެން ހުރެ
ނަމާދުކުރުން:
"އެކަލޭގެފާނު ނަމާދަށް ހުންނަވާއިރު
ބައެއްފަހަރު ހުސްފަޔާއި އަދި ބައެއްފަހަރު ފައިވާންޕުޅު ތުރުކުރައްވައިގެން
ހުންނަވައެވެ"
އެކަލޭގެފާނުން (ޞައްލައްﷲ ޢަލައިހި ވަސައްލަމަ)
ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދުކުރާއިރު، އޭނާ
ފައިވާނަށް އަރާހުށިކަމެވެ. ނުވަތަ އޭނާ ފައިވާން ބޭލުމަށްފަހު އޭނާގެ ދެފައިގެ
ދެމެދުގައި އެބަހައްޓާހުށިކަމެވެ. އަދި އެއިން އެހެންމީހަކަށް ގެއްލުމެއް
ނުދޭހުށިކަމެވެ." = މިޙަދީޘް އަބޫދާއޫދާއި އަދި ބައްޒާރު ރިވާކުރެއްވިއެވެ. =
ޙާކިމް މިއީ ޞައްޙަ ޙަދީޘެއްކަމުގައި ވިދާޅުވިއެވެ. އަދި ޛަހަބީ
އެއްބަސްވެވަޑައިގަންނަވައެވެ.
ސުތުރާ:
"އެކަލޭގެފާނާއި (ޞައްލައްﷲ ޢަލައިހި
ވަސައްލަމަ) ފާރާއިދެމެދު ތިންމުށް ހުންނަވަރަށް އެކަލޭގެފާނުން ސުތުރާއާއި
ކައިރިވެވަޑައިގަންނަވައެވެ." = ރިވާކުރެއްވީ ބުޚާރީއާއި އަޙްމަދެވެ. =
"ސުތުރާ އަކަށް ކުރިމަތިލައިގެންމެނުވީ
ނަމާދު ނުކުރާހުށިކަމެވެ. އަދި ތިބާގެކުރިމަތީން މީހަކު ހުރަސްކުރިޔަ ނުދޭށެވެ.
ނަމަވެސް މީހަކު ހުރަސްކުރާނަމަ އެމީހަކާއި ހަނގުރާމަކުރާށެވެ. އެހެނީ
އޭނާއާއިއެކު ބައިވެރިއަކުވެއެވެ. (އެބަހީ ޝައިޠާނާވެއެވެ.)" = އިބުނު
ޚުޒައިމާ އެކަލޭގެފާނުންގެ ޞަޙީޙްގައި ފުރިހަމަ އިސްނާދާއިއެކު ގެނެސްފައިވެއެވެ.
=
ނަމާދު ބާޠިލުވާ ކަންތައް:
ބާލިޣުވެފައިވާ އަންހެނެއް، ޙިމާރެއް، ކަޅު
ކުއްތާއެއް ނަމާދުކުރާމީހާގެ ކުރިމަތީން ހުރަސްކޮށްފިނަމަ ނަމާދު ނުބައިވާނެއެވެ.
އަބޫ ޛައްރުގެފާނުން ވިދާޅުވިއެވެ.
ތިމަންކަލޭގެފާނުން ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ އަރިހުން
ރަތްކުއްތާއެއްގެ ބަދަލުގައި ކަޅުކުއްތާއަކުން ނަމާދު ނުބައިވަނީ ކީތްވެތޯ
ސުވާލުކުރެއްވީމެވެ. އެކަލޭގެފާނުން ޖަވާބުގައި ހަދީޘްކުރެއްވިއެވެ. އެހެނީ
ކަޅުކުއްތާއީ ޝައިޠާނާ ރަމްޒުކޮށްދޭ އެއްޗެކެވެ. = ރިވާކުރެއްވީ މުސްލިމްއާއި
އިބްން ޚުޒައިމާއާއި އަބޫ ދައޫދެވެ. =
ތަކުބީރު:
"ﷲ އަކްބަރު" = އިބްން މާޖާ އާއި
މުސްލިމް ރިވާކުރެއްވިއެވެ =
އެކަލޭގެފާނުން އަދިވެސް ވިދާޅުވިކަމަށްވެއެވެ.
"އިމާމާ ﷲ އަކްބަރް އޭކިޔުމުން ތިބާވެސް ﷲ އަކްބަރް އޭކިޔާށެވެ."
=މިޙަދީޘް އަހްމަދާއި ބައިޙަޤީ ޞައްޙަ ސަނަދުން ބަޔާންކުރެއްވިއެވެ. =
އަތްއުފުލުން:
ތަކުބީޜާއެކު އަތްއުފުލާށެވެ (ރަވާހް ބުޚާރީ،
ވައްނަސާއީ)
ތަކުބީރުގެ ކުރިން އަތްއުފުލާށެވެ. (ރަވާހް
ބުޚާރީ، ވައަބޫދާއޫދު)
ހަށަން ބަންނައިރު ވާއަތްމަތީ ކަނާއަތް
ބާއްވާށެވެ.
މޭމަތީ ހަށަންބަނުން:
"އެކަލޭގެފާނުން ޞައްލައްﷲ ޢަލައިހި
ވަސައްލަމަ މޭމަތީ ހަށަން ބަންނަވައެވެ." = ރަވާޙް އަޙްމަދު، އަބޫދާއޫދު އަދި
އިބްން ޚުޒައިމާ އެކަލޭގެފާނުންގެ ޞަޙީޙްގައި ރިވާކުރެއްވިއެވެ. =
ސަޖިދަކުރާތަނަށް ބެލުން:
"އެކަލޭގެފާނުން ޞައްލައްﷲ ޢަލައިހި
ވަސައްލަމަ ނަމާދުގައި ހުންނަވާއިރު އެކަލޭގެފާނުގެ އިސްތަށިފުޅު ތިރިކުރައްވައި
ސަޖިދަކުރައްވާތަނަށް ބައްލަވައެވެ." = ބައިޙަޤީއާއި ޙާކިމް މިޙަދީޘް
ރިވާކުރެއްވިއެވެ. =
އެކަލޭގެފާނުން އުޑާއިދިމާއަށް މައްޗަށްބެލުން
ނަޙީކުރެއްވިއެވެ. = ރަވާހް ބުޚާރީ =
ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރެއްވިއެވެ: "އަޅާ ނަމާދުގައި ފަރާތް ފަރާތަށް ނުބަލާހާހިނދަކު ﷲ
އެއަޅާގެ ނަމާދަށް ބެއްލެވުމުން ހުއްޓައެއްނުލައްވާނެއެވެ. ނަމަވެސް އަޅާ މޫނު
އަނބުރާލައިފިނަމަ، ﷲ އޭނާއަށް ފުރަގަސްދެއްވަތެވެ." = ރަވާހް އަބޫ ދާއޫދު،
އިބްން ޚުޒައިމާ އަދި އިބްން ޙިއްބާން މިޙަދީޘް ޞައްހަކަމުގައި ވިދާޅުވެއެވެ. =
އެކަލޭގެފާނު ޞައްލައްﷲ ޢަލައިހި ވަސައްލަމަ
ތިންކަމެއް ނަޙީކުރެއްވިއެވެ: ހައު ކޮށްޖަހާހެން ނަމާދުގައި ކޮށްޖެހުމެވެ. (އެބަހީ
ރުކޫޢުގަޔާއި، ސަޖިދާގަޔާއި، ދެސަޖިދަދެމެދުގައްޔާއި، މިނޫންވެސް ތަންތާންގައި
މަޑުވެލުމެއްނެތި ނަމާދުކުރުމެވެ.)*** ކުއްތާ އިށީންނަހެން ދެފައި ކޮޅައްޖަހާ
އިށީނުމެވެ. އަދި ހިޔަޅު ފަރާތްފަރާތަށް އެނބުރޭހެން ނަމާދުގައި ފަރާތްފަރާތަށް
އެނބުރުމެވެ. = ރަވާޙް އަޙްމަދު ވައަބޫ ޔަޢްލާ =
ތިބާގެ އެންމެ ފަހުނަމާދު ކުރާފަދައިން
ނަމާދުކުރާށެވެ. = މިޙަދީޘް ޞައްޙަކަމަށް ޙައިޘަމީ ވިދާޅުވިއެވެ. =
ދުޢާއުލް އިފްތިޠާޙް:
މަޑުން ކިޔަވާ ނަމާދުތަކުގައި މިދުޢާ ކިޔުން
ވާޖިބެވެ.
އަލްޙަމްދު ކިޔެވުން:
"އިމާމާއަކީ އެހެންމީހުންނަށް އޭނާއަށް
ތަބާވުމަށް ކަނޑައަޅާފައި ހުންނަމީހާއެވެ. އެހެންކަމުން އިމާމް ތަކުބީރު ކިޔުމުން
ތަކުބީރުކިޔާށެވެ. އަދި އިމާމް ކިޔަވަންފެށުމުން (އެބަހީ އަލްޙަމްދު ކިޔަވަން
ފެށުމުން) ހިމޭންވެ ތިބޭށެވެ." = އިބްން އަބީ ޝައިބާ =
އަލްހަމްދަށްފަހު ސޫރަތް ކިޔެވުން:
އެކަލޭގެފާނު ޞައްލައްﷲ ޢަލައިހި ވަސައްލަމަ
މުފައްސަލް ސޫރަތްތައް ގުޅުވައިގެން ވިދާޅުވެލައްވައެވެ. ތިރީގައިވާ ދެސޫރަތުން
ދެސޫރަތުންވާ، މުފައްސަލު ސޫރަތެއް އެއްރަކުޢަތެއްގައި ވިދާޅުވެއެވެ.
ސޫރަތުއް ރަޙްމާން/ ސޫރަތުއް ނަޖުމު
ސޫރަތުލް ޤަމަރު / ސޫރަތުލް ޙާއްޤާ
ސޫރަތުއް ތޫރު / ސޫރަތުއް ޛާރިޔާ
ސޫރަތުލް ވާޤީޔާ / ސޫރަތުލް ޤަލަމް
ސޫރަތުލް މަޢާރިޖު / ސޫރަތުއް ނާޒިޔާތި
ސޫރަތުލް މުއްޠައްފިފީން / ޢަބަސަ
މުއްދައްޘިރު / މުއްޒަންމިލް
ދަހްރު / ޤިޔާމަތު
އަލް އަންބިޔާއު / އަލް މުރުސަލާތި
އައް ދުޚާން / އައް ތަކުވީރު
އިމާމާގެ ކުށް އިޞްލާޙްކުރުވުން:
"އެކަލޭގެފާނު ޞައްލައްﷲ ޢަލައިހި ވަސައްލަމަ
އަޑުހަރުކޮށް ނަމާދު ކުރެއްވިއެވެ. އަދި (ނަމާދުގައި) އެކަލޭގެފާނުންގެ ކިޔެވުން
އޮޅުނެވެ. އެކަލޭގެފާނު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ނަމާދުން އަވަދިވެވަޑައިގެން ޢުބައްޔުގެ
އަރިހުން ސުވާލުކުރެއްވިއެވެ. ކަލޭގެފާނުން އަހުރެމެންނާއެކު ނަމާދުކުރެއްވިންތޯއެވެ.
" އެކަލޭގެފާނުން ޖަވާބުގައި ވިދާޅުވިއެވެ: 'އާދޭހެވެ' ދެން
ހަދީޘްކުރެއްވިއެވެ: "އެހެންކަމަށްވާނަމަ، ތިމަންކަލޭގެފާނުންގެ ކުށް
އިސްލާޙުކުރެއްވުން ކަލޭގެފާނުންނަށް މަނާކުރެއްވީ ކޮންކަމެއްތޯއެވެ؟" =
ރަވާޙް އަބޫ ދާއުދު، އިބްން ޙިއްބާން، ތަބަރާނީ، އިބްން އަސާކިރު =
އިތުރު އެކަލޭގެފާނުން ޞައްލައްﷲ ޢަލައިހި
ވަސައްލަމަ ސޫރަތުލް ފާޠިޙާއަށްފަހު އަޑުފުޅު ދަންމަވައި ހަރުއަޑުފުޅުން އާމީން
ވިދާޅުވެލައްވައެވެ. = ރަވާޙުލް ބުޚާރީ ޖުޒުޢުލް ޤިރާޢާގައި ބަޔާންކުރެއްވިއެވެ.
އަދި އަބޫދާއޫދުގައިވެސް މިޙަދީޘްވެއެވެ. =
ރުކޫޢުކުރުން:
ސޫރަތް ކިޔުއްވައި ނިންމެވުމަށްފަހު
އެކަލޭގެފާނުން ކުޑަހިނދުކޮޅަކަށް މަޑުކޮށްލައްވައެވެ. (= އަބޫ ދާއޫދު، އަލް ޙާކިމް މިޙަދީޘް ޞައްޙަކަމުގައި ވިދާޅުވެފައިވެއެވެ.
އަދި ޛަހަބީ އިމާމް އެއްބަސްވެލައްވާފައިވެސްވެއެވެ. =) އެއަށްފަހު އަތްޕުޅު
އުފުއްލަވައިލެއްވުމަށްފަހު (= ރަވާޙް ޝައިޚާން =) ކުރިންވެސް
ބަޔާންވެފައިވާފަދައިން ތަކްބީރު ވިދާޅުވެ ރުކޫޢުކުރައްވައެވެ. ( = ރަވާޙް
ޝައިޚާން = )
އެކަލޭގެފާނުންގެ އަތްޕުޅު ކަކޫފުޅުމަތީ
ބާއްވައެވެ. ( = ރަވާހް ބުޚާރީ ވައަބީ
ދާއޫދު =)
އަދި އެކަލޭގެފާނުންގެ އަތްޕުޅު ކަކޫމަތީގައި
ބާއްވައެވެ (އެއީ ކަކޫފުޅުގައި ހިއްޕަވާގޮތަށެވެ). = ބުޚާރީ އާއި އަބީދާއޫދު =
އަދި އެކަލޭގެފާނުންގެ އިނގިލިފުޅުތައް
ވަކިވަކީން ބޭރަށް ނެރުއްވަތެވެ. = ޙާކިމް ގެންނަވައި އަދި ޞައްޙަކުރައްވާފައިވާ
ރިވާޔަތެއް: ޛަހަބީއާއި ތަޔާލިސީ އެއްބަސްވެލައްވައެވެ. =
ރުކޫޢުކުރައްވާއިރު އެކަލޭގެފާނުންގެ
ބުރިކަށިފުޅު އެއްސީދަލަކަށް ތެދުކުރައްވައެވެ. (= ބުޚާރީއާއި ބައިޙަޤީ ޞައްޙަ ސަނަދަކުން
ގެންނަވާފައިވެއެވެ. =)
ރުކޫޢުގައްޔާއި ސަޖިދާގައި ޤުރުއާންކިޔެވުން
އެކަލޭގެފާނުން ނަޙީކުރެއްވިއެވެ. (= މުސްލިމް އާއި އަބޫ އަވާނާ =)
ސަޖިދަ:
އެކަލޭގެފާނުން ޞައްލައްﷲ ޢަލައިހި ވަސައްލަމަ
ތަކްބިރު ވިދާޅުވުމަށްފަހު ސަޖިދަކުރައްވައެވެ. ( = ރަވާހް ޝައިޚާން =)
އެކަލޭގެފާނު ދެއަތްޕުޅުގެ މައްޗަށް ސަޖިދަކުރައްވާ، ދެއަތްޕުޅު
ފަތުރާލައްވާ، އިނގިލިފުޅުތައް ކައިރިކުރައްވާ، އެއިނގިލިފުޅުތައް ޤިބުލައާ
ކުރިމަތިކުރައްވައެވެ.
ބިންމަތީގައި ތިޔަބައިމީހުންގެ ނިތްކުރި ނުޖެއްސޭނަމަ (އެފަދަ
ޙާލަތްތަކުގައި) ތިޔަބައިމީހުންގެ ރިދާ ފަތުރާލުމަށްފަހު އޭގެމަތީގައި
ސަޖިދަކުރާށެވެ. (މިޙަދީޘް ރިވާކުރެއްވީ އަބޫ ނަވާހާ އާއި މުސްލިމް)
އެކަލޭގެފާނު ތަކުބީރު ވިދާޅުވަމުން ސަޖިދައިން ތެދުވެ ވަޑައިގަންނަވައެވެ.
(ރަވާހުލް ބުޚާރީ ވަ މުސްލިމް)
ދެސަޖިދަ ދެމެދު މުފްތަޝިރަށް އިނުން
އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ވާތް ފައިންޕުޅު ފަތުރާލައްވާ
ފައިތިލަފުޅު މަތީ އިށީނދެވަޑައިގަންނަވައެވެ.(މިޙަދީޘް އަޙްމަދު އަދި އަބޫ ދާވޫދު
ޞައްޙަ އިސްނާދާ އެކު ރިވާކުރެއްވިއެވެ.)
އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ކަނާއަތު ފައިންޕުޅު ކޮޅަށް
ޖައްސަވައެވެ. (އައްނަސާއީ މިޙަދީޘް ޞައްޙަ އިސްނާދާއެކު ރިވާކުރެއްވިއެވެ.)
ދެން އެއަށްފަހު އެކަލޭގެފާނު ތަކްބީރު ވިދާޅުވުމަށްފަހު ދެވަނަ ފަހަރަށް
ސަޖިދަކުރައްވައެވެ. (ރަވާހުލް ބުޚާރީ ވަ މުސްލިމް)
(އެއަށްފަހު) ދެއަތްޕުޅަށް ބާރުލައްވަމުން ސަޖިދައިން
ތެދުވެވަޑައިގަންނަވައެވެ. (ރަވާހުލް ބުޚާރީ ވައްޝާފިޢީ)
ފުރަތަމަ އައްތަޙިއްޔާތު
ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމް) އެކަލޭގެފާނުގެ ކަނާތްޕުޅުގެ
އުޅަނބުޅީގެ ނިމޭ ހިސާބު ކަނާތް ފައިންޕުޅުގެ މާކަޅުވާގައި ޖައްސަވައެވެ. (ރަވާހު
އަބޫ ދާއޫދު ވަންނަސާއީ ބި ސަނަދިން ޞަޙީޙް)
ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމް) އެކަލޭގެފާނުގެ ވާއަތްޕުޅު
އެކަލޭގެފާނުގެ ވާތު ފައިންޕުޅުމަތީ ފަތުރާލައްވާ ކަނާއަތްޕުޅުގެ އިނގިލިފުޅުތައް
މުށްކަވާލައްވާ ޝަހާދަތް އިނގިލިފުޅު ޤިބުލައާ ކުރިމަތިކުރައްވާ އެއިނގިލިފުޅާ
ދިމާއަށް ބައްލަވައެވެ. (އެއިނގިލިފުޅަށް ނަޒަރު ހުއްޓަވައެވެ.)
އަދިވެސް އަބޫ ދާވޫދާއި އަންނަސާއީ އަދި އިބުނު ޚުޒައިމާ އަދި އިބުނު
ޙިއްބާން ރިވާކުރެއްވި ޙަދީޘެއްގައި ވަނީ، އެކަލޭގެފާނުގެ ކަނާއަތްޕުޅުގެ ބޮޑުވާ
އިނގިލިފުޅާ މެދު އިނގިލިފުޅު ޖައްސަވާ
(ވަށްބުރެއް / ބޮޅެއް ފަދައިން ހެއްދެވިއެވެ.)
އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ޝަހާދަތް އިނގިއްޔަށް ޢިޝާރާތް
ކުރައްވާ ޙަދީޘްކުރައްވާކަމަށްވެއެވެ. "ހަމަކަށަވަރުން ދަނގަޑަށްވުރެ
ޝައިޠާނާއާ ދެކޮޅަށް (އެއިނގިލި) ބާރުގަދައެވެ." (އަޙްމަދު، ބައްޒާރު)
(3:31) މި އާޔަތުގެ ސަބަބުން އެންމެ ރަނގަޅު ޞަލާތުން ނަބީ އަކީ، "" ކަމަށް އިމާމް ނަވަވީ ވިދާޅުވިއެވެ.
ވިތުރި ނަމާދުގައި ޤުނޫތު ކިޔުން
ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ވިތުރި ނަމާދުގެ އޮނަހިރި
ރަކުޢަތްތަކުގައި ޤުނޫތު ބައެއް ފަހަރަށް ކިޔުއްވައެވެ. އަދި އެކަލޭގެފާނު
ރުކޫޢުކުރެއްވުމުގެ ކުރީން ޤުނޫތުކިޔުއްވައެވެ.
އައްތަސްލީމް (ސަލާމްދިނުން)
އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ކަނާއަތްފަޅިއަށް ކުޑަކޮށް
އެނބުރި ލައްވައެވެ. (ރަވާހު އިބުނު ޚުޒައިމާ)
އަދިވެސް އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. "ތިޔަބައިމީހުންގެ
އަތްތައް ފައިތިލަމަތީ ބޭއްވުމަށްފަހު، ތިޔަބައިމީހުންގެ ކަނާއަތް ފަރާތާއި
ވާއަތްފަރާތުގައި ތިބި އަޚުންނަށް ސަލާމްދިނުމުން ފުދެއެވެ. (ރަވާހު މުސްލިމް، ވަ
އިބުނު ޚުޒައިމާ)
ރެފަރެންސް: އަލް ޢަލްލާމާ އަލް
އަލްބާނީގެ ސިފަތުއްޞަލާތުއް ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިން ނަގާފައިވާ
ބައިތަކެއް
Labels:
tarubiya
Subscribe to:
Post Comments (Atom)
0 comments:
Post a Comment