Blog Archive
- 2014 (39)
-
2013
(100)
-
December(45)
- ޢުމަރުގެފާނުން ﷲ އަށް ބިރުވެތިވާ މިންވަރު:
- ޞިފަތުއަ ޞަލާތުއް ނަބީ (އަލްބާނީ)
- ފަހު ވަގުތު 9: ސަލްމާނުލް ފާރިސީ
- ފަހު ވަގުތު 8: ޞަޢުދު ބިން އަބޫ ވައްޤާސް
- ޔަޒީދު ބިން އަލް އަސްވަދު ރަޟިޔައްﷲ ޢަންހް
- އައް ޠުފައިލް ބިން ޢަމްެރް ރަޟިޔަﷲ ޢަންހު
- ހިތްކިޔުން
- ތުނބުޅި
- ލޫތުގެފާނުންނާއި އެކަލޭގެފާނުންގެ ޤައުމު
- ސަލާމްލެއްވި ނޫޙުގެފާނުންގެ ވާހަކަ
- ޘަމޫދު ބާގައިގެ މީސްތަކުން ހަލާކުކުރެއްވުން
- ޞާލިޙްގެފާނުންނާއި އެކަލޭގެފާނުންގެ ޖަމަލު
- ހަމަގައިމުވެސް އެއަށް އެއީ ބަދަލެކެވެ:
- ހޫދުގެފާނުންގެ ވާހަކަ
- އަރުމިޔާއު ނަބީކަލޭގެފާނުންގެ ވާހަކަ:
- ޒަކަރިއްޔާގެފާނުންގެ ވާހަކަ:
- ސުލައިމާން ގެފާނުންގެ ވާހަކަ
- ދާނިޔާލް ޢަލައިހިއްސަލާމްގެ ވާހަކަ:
- ޝަމްވީލް ޢަލައިހިއްސަލާމްގެ ވާހަކަ
- އިލްޔަސަޢުގެފާނުންގެ ވާހަކަ
- އިލްޔާސް ޢަލައިހިއްސަލާމްގެ ވާހަކަ
- ޝުޢައިބުގެފާނުންނާއި މަދްޔަނުގެ އަހުލުވެރިން
- ދުޢާ އިޖާބަކުރައްވާ ތަންތަނާއި ވަޤުތުތައް:
- ވަޒަންކުރަން އިނގޭނީވެސް ދަންނަމީހާއަށެވެ.
- ބޯ ކޮށާ މީހާއާއި އެތީސްޓް
- ޔާސީންގެ އަހުލުވެރިންގެ ވާހަކަ:
- ޢަފޫކުރައްވާނެހެއްޔެވެ؟
- މޫސާގެފާނުންނާއި ޚިދުރު ގެފާނުންގެ ވާހަކަ
- އަލް އިމާމް ޛަހަބީ:
- އައްޔޫބު ޢަލައހިއްސަލާމްގެ ވާހަކަ:
- ފަހުވަގުތު 7: ޢުޘްމާން ރަޟިޔަﷲ ޢަންހް
- ރައްސުގެ އަހުލުވެރިންގެ ވާހަކަ:
- ދާއޫދު ޢަލައިހިއްސަލާމް
- ފަހުވަގުތު 6: ޞަލާޙުއްދީން އަލް އައްޔޫބީ
- ރަސޫލުންގެ ގޮތުގައި އަންހެނުން؟
- ފަހު ވަގުތު 5: އިބްން ޢުމަރު
- ފަހު ވަގުތު 4: އަބުއް ދަރުދާ
- ފަހު ވަގުތު 3: އަބޫ މޫސާ އަލް އަޝްޢަރީ
- ފަހުވަގުތު 2: ޢަބްދުﷲ ބިން މުބާރަކް
- ޢަބްދުﷲ ބިން ޖަހްޝްގެ ދުޢާ
- ތައުބާވީ މީހެއްގެ ވާހަކަ 4
- ތެދުނޫން މަޝްހޫރު ވާހަކަ
- އަލް އިމާމް ބުޚާރީ
- ފަހުވަގުތު 1: މުޙައްމަދު ބިން ވާސިޢު
- ޒުލް ކިފުލް ޢަލައިހިއްސަލާމް
- November(21)
- October(34)
-
December(45)
- 2011 (6)
Monday, December 23, 2013

ދެން ﷲ ތަޢާލާ ސީރިޔާގައިވާ އަރުމިޔާއު
ނަބީކަލޭގެފާނުންނަށް ވަޙީކުރެއްވިއެވެ: "ދާނިޔާލް ގެފާނުންނަށް ފެނާއި ކާނާ
ތައްޔާރުކުރައްވާށެވެ". އަރުމިޔާއު ނަބީ ކަލޭގެފާނުން ވިދާޅުވިއެވެ: ޔާ
ﷲއެވެ! ތިމަންކަލޭގެފާނުން މިވަނީ ސީރިޔާގައެވެ. ދާނިޔާލް ވަނީ ބާބިލް (ޢިރާޤު)
ގައެވެ. ﷲ ވަޙީކުރެއްވިއެވެ. "ކަލޭގެފާނުންނަށް އަމުރުކުރެވުނު ކަންތައް
ކަލޭގެފާނުން ފުރިހަމަ ކުރައްވާށެވެ. ތިމަންރަސްކަލާންގެ ކަލޭގެފާނާއި
ކަލޭގެފާނުން ތައްޔާރު ކުރެއްވި ކާނާ ގެންގޮސްދޭނޭ މީހަކު ފޮނުއްވާހުށީމެވެ."
ދެން އެކަލޭގެފާނުންނަށް އަމުރުކުރެވުނު ކަންތައް އެކަލޭގެފާނުން ކުރެއްވުމުން ﷲ
ތަޢާލާ ފޮނުއްވި ފަރާތަކާއެކު އެކަލޭގެފާނުން ދާނިޔާލްގެފާނުންނާއި ހަމަޔަށް
އެވަޅުގެ ތުންފަތް މައްޗަށް ވަޑައިގަތެވެ. ދާނިޔާލް ގެފާނުންނަށް އެކަލޭގެފާނުން
ފެނިވަޑައިގަތުމުން ވިދާޅުވިއެވެ: ތީ ކޮން ބެއިކަލެއްހެއްޔެވެ؟ ޖަވާބުގައި
ދެންނެވިއެވެ: ތިމަންކަލޭގެފާނުންނީ އަރުމިޔާއުއެވެ. ދާނިޔާލް ވިދާޅުވިއެވެ:
ކަލޭގެފާނުން މިތަނަށް ވަޑައިގަތީ ކޮންކަމަކުހެއްޔެވެ؟ އެކަލޭގެފާނުން
ވިދާޅުވިއެވެ: ކަލޭގެފާނުންގެ ވެރިރަސްކަލާންގެ ތިމަން ކަލޭގެފާނުން މިތަނަށް
ފޮނުއްވެވީއެވެ. ދާނިޔާލްގެފާނުން ދެންނެވިއެވެ: ޙަމްދު ހުރީ އެކަލާންގެ
ހަނދުމަކުރާ މީސްތަކުން މަތިން ހަނދުމަކުރައްވާ ﷲ އަށެވެ. އަދި ޙަމްދު ހުރީ
އެކަލާންގެ އާއިމެދު އުއްމީދުހުރި މީސްތަކުންގެ ދުޢާ ޢިޖާބަކުރައްވާ ﷲ އަށެވެ.
ޙަމްދު ހުރީ އެކަލާންގެ އަޅުތަކުންކުރެ އެކަލާންގެއަށް އިތުބާރުކުރާ މީސްތަކުން
ނާކާމިޔާބު ނުކުރައްވާ ﷲ އަށެވެ. އަދި ކެތްތެރިކަމަށް އަޖުރު ދެއްވާ، ހެޔޮކަމަކަށް
ހެޔޮކަމެއްދެއްވާ، މީސްތަކުންގެ ޢަމަލުތަކުގެ ސަބަބުން ހިތްދަތިކަން މެދުވެރިވާ
ވަގުތު ސަލާމަތްކުރައްވަވާ، އަދި ހުރިހާ އުއްމީދެއް ކެނޑުމުން އުއްމީދު
އަހަރެމެންނަށް ދެއްވާ ވެރިރަސްކަލާންގެއަށެވެ"
ޚާލިދު ބިން ދީނާރު، އަބުލް ޢާލިޔާގެ ކިބައިން
ރިވާކުރެއްވިއެވެ: ތަސްތޫރޭ ކިޔުނު ރަށް ތިމަންމެން ފަތަޙަކުރުމަށްފަހު، އެތަނުގެ
ހުރުމުޒާނުގެ ޚަޒާނާތަކުގެ ތެރެއިން މީހަކު އެނދެއްގެ މަތީގައި ވާތީ ދުށީމެވެ.
އޭނާގެ ބޯލާކޮޅުގެ ކައިރީގައި ސުޙުފެއްވިއެވެ. އެސުޙުފު ނަގައި ޚަލީފާ ޢުމަރު
ބުނުލް ޚައްޠާބުއަށް ގެންދެވުމުން އެކަލޭގެފާނުން ކަޢުބު ގެންނަވައި އެއެތި
ޢަރަބިން ތަރުޖަމާކުރެއްވިއެވެ. އަދި ތިމަންނާއީ އެއެތި ޢަރަބިން ކިޔުއްވި
ފުރަތަމަ މީހާއެވެ. ތިމަންް އެސުޙުފު ޤުރުއާން ކިޔަވާ ފަދައިން ކިޔެވީމެވެ.
ޚާލިދުގެފާނުން އަބުލް ޢާލިޔާގެގާތުގައި އެއްސެވިއެވެ: އޭގައިވަނީ ކޮން
އެއްޗެއްތޯއެވެ؟ ޖަވާބުގައި ދެންނެވިއެވެ: ތިޔަބެއިކަލުންގެ ވާހަކައެވެ.
ތިޔަބެއިކަލުންގެ އަޑުފުޅުތަކެވެ، ކަންތަކުގެ ވާހަކައެވެ. އަދި ދެން ވާންހުރި
ކަންކަމުގެ ވާހަކައެވެ." ތިމަންކަލޭގެފާނުން ދެންނެވީމެވެ. ދެން އެމީހާއާއި
މެދުގައި ކަންތައްކުރީ ކިހިނަކުންހެއްޔެވެ؟ ޖަވާބުގައި ބުންޏެވެ: ތިމަންމެން
އެދުވަހު ތޭރަ ގަބުރު ވަޅު އެކިތަންތާންގައި ކޮނުނީމެވެ. އަދި އެއިން އެއްވަޅުގައި
އެމީހާ ވަޅުލީއެވެ. އެއީ ފަހުން ގަބުރު ކޮންނަން އަތުވެދާނޭ ބަޔަކަށް އޮޅުވާލުމުގެ
ގޮތުންނެވެ. ތިމަންކަލޭގެފާނުން އެއްސެވީމެވެ. އެރަށުގެ މީހުން އެމީހާއާއި މެދު
ދެކެނީ ކިހިނެއް ހެއްޔެވެ؟ އަބުލް ޢާލިޔާ ޖަވާބުގައި ދެންނެވިއެވެ؛ ވާރޭ ފެން
ނުލިބި ގިނަދުވަސްވުމުން އެމީހުން އެ އެނދު ހިފައިގެން ބޭރަށް ނެރެތެވެ. ދެން
އެބައިމީހުންނަށް ފެން ލިބެއެވެ. ތިމަންކަލޭގެފާނުން އެއްސެވީމެވެ: ކަލޭގެފާނުން
ދެކެލައްވަނީ އެއީ ކާކުކަމައްތޯއެވެ؟ ޖަވާބުގައި ދެންނެވިއެވެ: ދާނިޔާލް އެވެ
ކިޔުނު މީހެކެވެ. ތިމަންކަލޭގެފާނުން
އެއްސެވީމެވެ: ކަލޭގެފާނުމެންނަށް އޭނާ ފެނުމާއި އޭނާ މަރުވި ދުވަސްވަރާއި ދެމެދު
ކިހާ މުއްދަތެއް ވޭހެއްޔެވެ؟ ޖަވާބުގައި ދެންނެވިއެވެ: ގާތްގަނޑަކަށް ތިންސަތޭކަ
އަހަރެވެ. ތިމަންކަލޭގެފާނުން ދެންނެވީމެވެ. އެމުއްދަތުން އޭނާއަށް އެއްވެސް
ބަދަލެއް އައިހެއްޔެވެ؟ ޖަވާބުގައި ދެންނެވިއެވެ: ނޫނެކެވެ. ބޮލުގެ ދައްފަރާތުން
ކޮންމެވެސް ވަރަކަށް އިސްތަށިގަނޑު ތުނިވުން ފިޔަވައި އެހެންކަމެއް ނެތެވެ. އެހެނީ
ނަބީންގެ ހަށިތަކަކީ ބިމުގައި ކުނިވެ ހަލާކުވެދާނޭ އަދި މިނިކާ ޖަނަވާރުގެ ޝިކާރައަކަށް
ވާނޭ ހަށިތަކެއްނޫނެވެ."
މި ވާހަކައިގެ ސަނަދު އަބުލް ޢާލިޔާ އަށް
ދިޔަކަމުގައި ވިޔަސް (މާނައީ: ސަނަދުގައި މައްސަލައެއް ނެތަސް)، އެމީހަކީ ނަބިއްޔާ
ދާނިޔާލް ކަމުގައި ނުވެހިނގައިދާނެއެވެ. އެހެނީ ބުޚާރީ ގައި ވާގޮތުން
ޢީސާގެފާނުންނާއި އަހުރެމެންގެ ރަސޫލުﷲ ގެފާނުންނާއި ދެމެދުގައި އެހެން އެއްވެސް
ނަބީއަކު ނުފޮނުއްވައެވެ. އަދި އެދެބެއިކަލުންގެ ދެމެދުގައި ހަސަތޭކަ އަހަރު
ނުވަތަ ހަސަތޭކަ ވިހި އަހަރު ވެއެވެ. ފަހަރުގައި އެއީ (އަވަހާރަވި ކަމުގައި
އެދެންނެވުނު އެމުއްދަތު ނުބައިކަމުގައި ވެފައި) ނަބިއްޔާ ދާނިޔާލް ކަމުގައި ވެސް
ވެދާނެއެވެ. ނުވަތަ ސާލިޙް މީހަކުކަމުގައިވެސް ވެދާނެއެވެ. އެންމެ ގާތްކުރާ ގޮތަކީ
އެއީ ނަބިއްޔާ ދާނިޔާލް ކަމުގައި ވުމެވެ. އެހެނީ، އެކަލޭގެފާނުން ފާރިސްކަރައަށް
ގެންދެވީ އެތާންގެ ރަސްގެފާނުންނެވެ. އަދި އެތާންގައި އެކަލޭގެފާނުން ހައްޔަރުގައި
ވެވަޑައިގަތެވެ.
އިބްން އަބޫ އައް ދުންޔާ، ޢަބްދުއްރަޙްމާން ބިން
އަބޫ ޒިނާދުގެ ކިބައިން، އަދި އެކަލޭގެފާނުން އެކަލޭގެފާނުންގެ ބައްޕާގެ ފަރާތުން
ރިވާކުރެއްވިއެވެ: ތިމަންކަލޭގެފާނުން އަބޫ ބުރުދާގެ އަތުން އަނގޮޓިއެއް
ދެކެވަޑައިގަތީމެވެ. އެއިގެ ގަލުގައިވަނީ މީހަކުގެ ދެފަރާތުގައި ދެސިންގާ އޭނަގެ
ގައިގައި ދޫލާ ތަން ސިފަކުރައްވާފައެވެ." އަބޫ ބުރުދާ ވިދާޅުވިއެވެ:
"މިއީ އެމަރުވެފައިވާ، އަދި މީހުން އެއީ ދާނިޔާލް ގެފާނުންކަމުގައި ބުނާ
މީހާގެ އަތުގައިވާ އަނގޮޓިއެކެވެ. މިއަނގޮޓި އަބޫ މޫސަލް އަޝްޢަރީ އޭނާ ވަޅުލި
ދުވަހު ނެންގެވިއެވެ."
އަބޫ ބުރުދާ ވިދާޅުވިއެވެ: އަބޫ މޫސާ (އަލް އަޝްޢަރީ) އެރަށުގެ
ޢިލްމުވެރި މީސްތަކުންކުރެ އެ އަނގޮޓި ވަޅުލުމާއިމެދު އެއްސެވިއެވެ. އަދި އެމީހުން
ބުންޏެވެ: ފާލު ބަލާމީސްތަކުންނާއި ކަހީނުން ދާނިޔާލްގެފާނުންގެ ދުވަސްވަރުގެ
ރަސްގެފާނުންގެ ގާތުގައި ފިރިހެން ކުއްޖަކު އުފަންވާނޭކަމާއި އެކުއްޖަކު އޭނާގެ
ވެރިކަން ހަލާކުކުރައްވާނޭކަމުގެ ވާހަކައިން ޚަބަރުކުރިއެވެ. މިވާހަކަތައް އަހައި
އެރަސްގެފާނުން އެރެއި ވިހާ އެއްވެސް ކުއްޖަކު ދުނިޔޭގައި ބެހެއްޓިޔަ ނުދިނުމަށް
ހުވާކޮށް އެ ދާނިޔާލްގެފާނުންވެސް ދެސިންގާއަކަށް ކާންދިނުމަށް ދޫކޮށްލިއެވެ. ދާނިޔާލްގެ
މަންމާފުޅު ވަޑައިގަނެ އެމަންޒަރު އެކަމަނާއަށް ފެނިވަޑައިގަތެވެ. އަދި ﷲ
އެކަލޭގެފާނުން ސަލާމަތްކުރައްވައި ފަހުން ނަބީއަކަށް ހެއްދެވިއެވެ." އަދި
އެރަށުގެ ޢިލްމަށް ބޮޑެތި މީހުން އަބޫ ބުރުދާގެ އަރިހުގައި ދެންނެވިއެވެ: ދާނިޔާލް
ގެފާނުން އެގަލުގައި އެކަލޭގެފާނުންނާއި ދެފަރާތުގައި ދެސިންގާ ވާތަން
ސިފަކުރެއްވީ އެއީ ﷲގެ ރަހްމަތް އެކަލޭގެފާނުން އަބަދުވެސް
ހަނދުމަކުރެއްވުމައްޓަކައެވެ."
ރެފަރެންސް: އަލް އިމާމް އިބްން
ކަޘީރުގެ ޤަޞަޞުލް އަންބިޔާ
Labels:
Prophets
Subscribe to:
Post Comments (Atom)
0 comments:
Post a Comment