Blog Archive

Friday, December 27, 2013

ބުނެވޭގޮތުގައި އަލް ޙަސަނުލް ބަޞަރީގެ އަރިހުގައި ޖަމާޢަތެއްގެ ބަޔަކު ތިއްބައި މީހަކު މަރުވެފައިވާ މީހަކު ދަމަމުން ގެންދިޔައެވެ. އެކަލޭގެފާނުން (އަލް ޙަސަނުލް ބަޞަރީ) އަށް މިމަންޒަރުފެނިވަޑައިގެން އެއްޗެއް ހަނދުމަފުޅުވާ ފާޑު މޫނުފުޅަށް ވެރިވުމަށްފަހު ހެއިނެތިގެން ވެއްޓިވަޑައިގަތެވެ. ދެން އެކަލޭގެފާނުން ހެއިއަރާ ވަޑައިގަތުމުން އެތާނގައިވާ މީހުންނަށް ބުނެދެއްވިއެވެ: އެގެންދެވުނު މީހާއީ އެއްއިރެއްގައި މިރަށުގެ އަދި ދުނިޔޭގައިވެސް ގުނާލެވޭ އެންމެ ޛުހުދުވެރި އެކަކެވެ. 

އެއްދުވަހަކު އޭނާ މިސްކިތަށް ދިޔުމަށްޓަކައި ގެއިންނިކުމެ ހިނގައިގަތްތަނާ ނަޞާރާއީ ދީނުގެ ޒުވާން ރީތި އަންހެންކުއްޖަކު އޭނާއަށް ފެނުނެވެ. ހަމަ އެއާއިއެކު އޭނާއަށް އެއަންހެންކުއްޖާގެ މައްޗަށް ހިތް ލެނބިއްޖެއެވެ. ދެން އޭނާ އެއަންހެންކުއްޖާއަށް ކައިވެންޏަށް އެދުމުން އެކުއްޖާ އެކަމާއި ދެކޮޅުހަދައި ބުންޏެވެ: އަހަރެން ކަލޭ އަހަރެންގެ ދީނަށް ނުވަންނަހާ ހިނދަކު ކަލެޔަކާއި ކައިވެންޏެއް ނުކުރާނަމެވެ.  ދެން އޭނާ އެކަމާއިމެދު ހިތާމަކުރާ ޙާލު ދިޔައެވެ. ނަމަވެސް ދުވަސްތައް ފާއިތުވީވަރަކަށް އޭނާއަށް ކެތްނުކުރެވޭވަރަށް ލޯބި ވެވުނެވެ. އަދި އެންމެ ފަހުން އެއަންހެންކުއްޖާ ޙާޞިލްކުރުމަށް އޭނާގެ އެދުމަށް ތަބާވެ ރިވެތިވެގެންވާ ދީން ދޫކޮށްލައި ދިޔައެވެ. އެއަށްފަހު އެއަންހެންކުއްޖާއާއި ބައްދަލުކުރުމަށް ދިޔުމުން ފަރުދާއެއްގެ އަނެއްފަރާތުން އޭނާގެ ކައިރިއަށް ނިކުމެފައި ބުންޏެވެ: ކަލެޔަކީ ރަނގަޅުކަމުން ބޯދަމައިގަނެގެންއައި މީހަކީމެވެ. ކަލޭގެ ދީން ކަލެޔަށް، ކަލޭގެ މުޅި ޢުމުރަށް މާ މުހިއްމުވާނެއެވެ. ނަމަވެސް ކަލޭގެ ދީން ތިޔަ ދޫކޮށްލީ ދުނިޔޭގެ އަގެއްނެތް ލައްޒަތަކަށެވެ. ހަމަކަށަވަރުން އަހަރެންވެސް އަހުރެންގެ ދީން ދޫކޮށްލައިފީމެވެ. އެކަމަކު އެއީ ހަމަ ތިޔަ ސަބަބަކާއިހުރެއެއް ނޫނެވެ. އަހަރެން އެގޮތަށް ކަންތައްކުރީ އަބަދުގެ އަބަދަށް ދެމިގެންވާ ބަރަކާތްތެރިކަމަކާއި ޞަމަދުވަންތަ ރަސްކަލާންގެ ބެއްލެވުމުގެ ދަށަށް ދިޔުމަށެވެ. ދެން އެއަންހެންކުއްޖާ ކިޔެވެ:

قُلْ هُوَ اللَّهُ أَحَدٌ
اللَّهُ الصَّمَدُ
لَمْ يَلِدْ وَلَمْ يُولَدْ
وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ

ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ اللَّه އެވެ. (1) اللَّه އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. (2) އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ. (3) އަދި އެކަލާގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ . (4)

މީސްތަކުންނަށް މިއަޑު އިވުމުން އެއަންހެންކުއްޖާ ކައިރިއަށް އައިސް އެހިއެވެ. "މިސޫރަތް ކަލޭ އެކީ ހަމަ އަސްލުގައިވެސް ހިތުދަހީހެއްޔެވެ؟" ނޫނެކެވެ. އަންހެންކުއްޖާ ޖަވާބުގައި ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. ކުރިއަކުން ފަހަރުގައިވެސް އަހުރެންނަކު މިސޫރަތެއް ނުއިނގެއެވެ. އެކަމަކު މިހިރަ މީހާ އަހަރެންލިބުމަށް އެދިގަތްފަހުން ހުވަފެނުގައި އަހުރެން ނަރަކަ އާއި އެއިގައިވާ އަހުރެންގެ މަޤާމް ދުށީމެވެ. ބިރުވެރިކަމާއި ހާސްކަން އަހަރެންގެ ވަށައިލިއެވެ. މާލިކުގެފާނުން – ނަރަކައިގެ ބެލުމާއި ޙަވާލުވެ ހުންނެވި މަލާއިކަތާ، ތިމަންގެ ގާތުގައި ވިދާޅުވިއެވެ. ބިރުނުގަންނާށެވެ. ދެރަނުވާށެވެ. ހަމަކަށަވަރުން މިމީހާގެ ކިބައިން ﷲ ކަލޭ ސަލާމަތްކުރެއްވިއެވެ. (މާނައީ: ކަލޭގެ ޖާގަ މިނަރަކައިން ހޯދާފައިވަނީ މިހާރު އެމީހާއެވެ. ﷲ ކަލޭ ސަލާމަތް ނުކުރެއްވިނަމަ، ކަލޭ ވީހީ މިތާނގައެވެ.) ދެން ތިމަންނާގެ އަތުގައި އެމަލާއިކަތާ ހިއްޕަވައިގެން ސުވަރުގެއަށް ވެއްދެވިއެވެ. އެތާންގައިވާ ލިޔެފައިވާތީ ފެނުނު ޖުމްލައެއް ތިމަން ކިޔާލީމެވެ. އޭގައި ވަނީ މިފަދައިންނެވެ.

يَمْحُو اللَّهُ مَا يَشَاءُ وَيُثْبِتُ ۖ وَعِنْدَهُ أُمُّ الْكِتَابِ
للَّه، އެކަލާނގެ އިރާދަކުރައްވާ ކޮންމެ ކަމެއް ފުހެލައްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ކޮންމެކަމެއް ސާބިތުކުރައްވަތެވެ. އަދި އެކަލާނގެ حضرة ގައި، މައިފޮތް (އެބަހީ: اللوح المحفوظ) ވެއެވެ. (ރަޢުދު: 39)

ދެން އެމަލާއިކަތާ އަހަރެންނަށް ސޫރަތުލް އިޚްލާޞް ވިދާޅުވެދެއްވިއެވެ. އަދި ފަހަތުން އަހަރެންވެސް ކިޔެވީމެވެ. ދެން ހޭލެވުނުއިރު އެސޫރަތް ވަނީ ހިތުން ދަސްވެފައެވެ. 

އަލް ޙަސަން ދެން ވިދާޅުވިއެވެ. "މިއަންހެންމީހާ ދެން އިސްލާމްވިއެވެ. އެފެނުނު ފިރިހެންމީހާ ދީންދޫކޮށްލުމުން ޤަތުލުކުރެވުނެވެ. އަދި ތިމަންކަލޭގެފާނުން ﷲ ގެ ޙަޟްރަތުން މިދީނުގައި ހުރުމުގެ ސާބިތުކަން ދެއްވުމަށް އެދިވަޑައިގަންނަވަމެވެ. އަދި ރިވެތިވެގެންވާ ނިމުމަކާއި ކާމިޔާބީއަށް އެދިވަޑައިގަންނަވަމެވެ."

ރެފަރެންސް: ބަހުރުއް ޛުއްމު 97 – 98
 

0 comments: