Blog Archive

Sunday, December 22, 2013


                    މާތް ﷲ ކީރިތި ޤުރުއާނުގައި އަންގަވާފައިވެއެވެ.
وَإِنَّ إِلْيَاسَ لَمِنَ الْمُرْسَلِينَ
إِذْ قَالَ لِقَوْمِهِ أَلَا تَتَّقُونَ
أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ الْخَالِقِينَ
اللَّهَ رَبَّكُمْ وَرَبَّ آبَائِكُمُ الْأَوَّلِينَ
فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ
إِلَّا عِبَادَ اللَّهِ الْمُخْلَصِينَ
وَتَرَكْنَا عَلَيْهِ فِي الْآخِرِينَ
سَلَامٌ عَلَىٰ إِلْ يَاسِينَ
إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ
إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ
 
މާނައީ: "ހަމަކަށަވަރުން އިލްޔާސްގެފާނުންވަނީ ރަސޫލުންގެ ތެރެއިންކަން ކަށަވަރެވެ. އެކަލޭގެފާނުންގެ ގައުމުގެ މީހުންނަށް އެކަލޭގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން ތަޤުވާވެރި ނުވާނޫ ހެއްޔެވެ؟ އެންމެ ފުރިހަމަޔަށް ތަކެތި ހައްދަވާ ރަސްކަލާންގެއަށް އަޅުކަންކުރުން ދޫކޮށް، ތިޔަބައިމީހުން ބަޢުލްއަށް އަޅުކަންކުރަނީހެއްޔެވެ؟ އެކަލާންގެއީ ތިޔަބައިމީހުންގެ ވެރި، އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެ ވެރި ﷲއެވެ. ފަހެ އެއުރެން އެކަލޭގެފާނުން ދޮގުކުރޫއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެން (ޢަޛާބުގެ ތެރެއަށް) ޙާޟިރުކުރައްވާނެކަން ކަށަވަރެވެ. ﷲގެ، ޚިޔާރުކުރައްވާފައިވާ އަޅުން މެނުވީއެވެ. އަދި ފަހުން އަންނަނިވި އުންމަތްތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ޘަނާ ލެހެއްޓެވީމެވެ. އިލްޔާސްގެފާނުންގެ މައްޗަށް ސަލާމްހުއްޓެވެ. އިޙްސާންތެރިންނަށް ހަމަކަށަވަރުން ތިމަންރަސްކަލާންގެ ޖަޒާދެއްވަނީ އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލޭގެފާނުން ވަނީ، ތިމަންރަސްކަލާންގެ، މުއުމިނު އަޅުންގެ ތެރެއިންނެވެ." (ސޫރަތުއް ސާއްފާތިގެ 123 ވަނަ އާޔަތުން 132 ވަނައާޔަތުގެ ނިޔަލަށް)

ޖީނިއޮލޮޖިސްޓުން ބުނާގޮތުގައި އެކަލޭގެފާނުންނަކީ އިލްޔާސް އަން ނަޝަބީ، އިބްން ޔާސީން ބިން ފިނެހާސް ބިން އާޒަރު ބިން ހާރޫނެވެ. އެކަލޭގެފާނުން ފޮނުއްވުނީ ދިމިޝްޤުގެ ހުޅަނގުގައިވާ ބާލްބެކް ކިޔުނު ރަށެއްގެ އަހުލުވެރިންގެ ގާތަށެވެ. އެކަލޭގެފާނުން އެޤައުމުގެ މީސްތަކުންނަށް ﷲ ގެ މަގަށް ގޮވައިލެއްވިއެވެ. އަދި އެމީހުން އަޅުކަންކުރަމުންދާ ބާލް ނަމަކަށްކިޔުނު ބުދަށް އަޅުކަން ނުކުރުމަށް ގޮވައިލެއްވިއެވެ. 

އެހެނަސް އެޤައުމުގެ މީސްތަކުން އެކަލޭގެފާނުން ދޮގުކޮށް ޤަތުލުކުރަން އުޅުނެވެ. ބުނެވޭގޮތުގައި އެމީހުންގެ ގާތުން އެކަލޭގެފާނުން ފިއްލަވައި ވަޑައިގެން ތަނެއްގައި ފޮރުވިވަޑައިގެންނެވިއެވެ. ކަޢުބުލް އަހްބާރު ވިދާޅުވިއެވެ: އިލްޔާސްގެފާނުން އެކަލޭގެފާނުންގެ ޤައުމުގެ މީސްތަކުންގެ ރަސްގެފާނުންގެ ކިބައިން ފިއްލަވައި ވަޑައިގެން ހޮހޮޅައެއްގައި ދިހަ އަހަރު އުޅުއްވިއެވެ. ދެން ﷲ އެ ރަސްގެފާނުން ހަލާކުކުރައްވައި އެހެންމީހަކަށް ރަސްކަން ދެއްވިއެވެ. ދެން އިލިޔާސްގެފާނުން އެރަސްގެފާނުންގެ އަރިހަށް ވަޑައިގަތް އިސްލާމްދީނަށް ގޮވައިލެއްވިއެވެ. އަދި އެބައިމީހުންގެ ތެރެއިން ވަރަށް ބޮޑު ޢަދަދެއް އެކަލޭގެފާނުންނަށް ތަބާވިއެވެ. އެކަމަކު އެއެންމެން ރަސްގެފާނުންގެ އަމުރަށް ފަހަރަކު މީހަކު ފަހަރަކު މީހަކު މަރަމުން ގޮސް އެންމެން ޝަހީދުކޮށްލީއެވެ. 

ރެފަރެންސް: އަލް އިމާމް އިބްން ކަޘީރުގެ ޤަޞަޞުލް އަންބިޔާ

0 comments: