Blog Archive
- 2014 (39)
-
2013
(100)
-
December(45)
- ޢުމަރުގެފާނުން ﷲ އަށް ބިރުވެތިވާ މިންވަރު:
- ޞިފަތުއަ ޞަލާތުއް ނަބީ (އަލްބާނީ)
- ފަހު ވަގުތު 9: ސަލްމާނުލް ފާރިސީ
- ފަހު ވަގުތު 8: ޞަޢުދު ބިން އަބޫ ވައްޤާސް
- ޔަޒީދު ބިން އަލް އަސްވަދު ރަޟިޔައްﷲ ޢަންހް
- އައް ޠުފައިލް ބިން ޢަމްެރް ރަޟިޔަﷲ ޢަންހު
- ހިތްކިޔުން
- ތުނބުޅި
- ލޫތުގެފާނުންނާއި އެކަލޭގެފާނުންގެ ޤައުމު
- ސަލާމްލެއްވި ނޫޙުގެފާނުންގެ ވާހަކަ
- ޘަމޫދު ބާގައިގެ މީސްތަކުން ހަލާކުކުރެއްވުން
- ޞާލިޙްގެފާނުންނާއި އެކަލޭގެފާނުންގެ ޖަމަލު
- ހަމަގައިމުވެސް އެއަށް އެއީ ބަދަލެކެވެ:
- ހޫދުގެފާނުންގެ ވާހަކަ
- އަރުމިޔާއު ނަބީކަލޭގެފާނުންގެ ވާހަކަ:
- ޒަކަރިއްޔާގެފާނުންގެ ވާހަކަ:
- ސުލައިމާން ގެފާނުންގެ ވާހަކަ
- ދާނިޔާލް ޢަލައިހިއްސަލާމްގެ ވާހަކަ:
- ޝަމްވީލް ޢަލައިހިއްސަލާމްގެ ވާހަކަ
- އިލްޔަސަޢުގެފާނުންގެ ވާހަކަ
- އިލްޔާސް ޢަލައިހިއްސަލާމްގެ ވާހަކަ
- ޝުޢައިބުގެފާނުންނާއި މަދްޔަނުގެ އަހުލުވެރިން
- ދުޢާ އިޖާބަކުރައްވާ ތަންތަނާއި ވަޤުތުތައް:
- ވަޒަންކުރަން އިނގޭނީވެސް ދަންނަމީހާއަށެވެ.
- ބޯ ކޮށާ މީހާއާއި އެތީސްޓް
- ޔާސީންގެ އަހުލުވެރިންގެ ވާހަކަ:
- ޢަފޫކުރައްވާނެހެއްޔެވެ؟
- މޫސާގެފާނުންނާއި ޚިދުރު ގެފާނުންގެ ވާހަކަ
- އަލް އިމާމް ޛަހަބީ:
- އައްޔޫބު ޢަލައހިއްސަލާމްގެ ވާހަކަ:
- ފަހުވަގުތު 7: ޢުޘްމާން ރަޟިޔަﷲ ޢަންހް
- ރައްސުގެ އަހުލުވެރިންގެ ވާހަކަ:
- ދާއޫދު ޢަލައިހިއްސަލާމް
- ފަހުވަގުތު 6: ޞަލާޙުއްދީން އަލް އައްޔޫބީ
- ރަސޫލުންގެ ގޮތުގައި އަންހެނުން؟
- ފަހު ވަގުތު 5: އިބްން ޢުމަރު
- ފަހު ވަގުތު 4: އަބުއް ދަރުދާ
- ފަހު ވަގުތު 3: އަބޫ މޫސާ އަލް އަޝްޢަރީ
- ފަހުވަގުތު 2: ޢަބްދުﷲ ބިން މުބާރަކް
- ޢަބްދުﷲ ބިން ޖަހްޝްގެ ދުޢާ
- ތައުބާވީ މީހެއްގެ ވާހަކަ 4
- ތެދުނޫން މަޝްހޫރު ވާހަކަ
- އަލް އިމާމް ބުޚާރީ
- ފަހުވަގުތު 1: މުޙައްމަދު ބިން ވާސިޢު
- ޒުލް ކިފުލް ޢަލައިހިއްސަލާމް
- November(21)
- October(34)
-
December(45)
- 2011 (6)
Wednesday, December 11, 2013
وَعَادًا وَثَمُودَ وَأَصْحَابَ الرَّسِّ وَقُرُونًا بَيْنَ ذَٰلِكَ
كَثِيرًا
وَكُلًّا ضَرَبْنَا لَهُ الْأَمْثَالَ ۖ وَكُلًّا تَبَّرْنَا
تَتْبِيرًا
“ޢާދު އާއި ޘަމޫދު ބާގައިގެ
މީހުން ހަލާކުކުރެއްވީމެވެ. އަދި އެފަދައިން ރައްސުގެ އަހުލުވެރިންނާއި
އެދެމެދުގައިވާ ގިނަ އަހުލުވެރިންވެސް ހަލާކުކުރެއްވީމެވެ. އެއިން ކޮންމެ ބަޔަކަށް
ތިމަން ރަސްކަލާންގެ ނަޞޭޙަތްތެރިވުމުގެ ގޮތުން ކުރީގެ މީސްތަކުން
ހަލާކުކުރެއްވުނުކަމުގެ ވާހަކައިން އިންޒާރުކުރެއްވީމެވެ. އެބައިމީހުން ތިމަން
ރަސްކަލާންގެ ވަޙީބަސްފުޅު ދޮގުކޮށް ބާކީކުރިއެވެ. އެހެންކަމުން އެއިގެ އެންމެހާ
މީސްތަކުން ތިމަން ރަސްކަލާންގެ ހަލާކުކުރެއްވީމެވެ.” (އަލް ފުރުޤާން: 38، 39)
އިބްން އަސާކިރު އެކަލޭގެފާނުންގެ ތާރީޚް ފޮތް
ފައްޓަވަމުން ދިމިޝްޤްގެ ޢިމާރާތްތަކާއިމެދު ޢަބްދުﷲ ބިން ޖަރްދާދް އާއި
އެހެނިހެން ބެއިކަލުންގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ
ހަންޟަލާ ބިން ސަފްވާން އޭކިޔުނު ރަސޫލަކު އައް ރައްސްގެ މީހުންގެ ގާތަށް
ފޮނުއްވުނެވެ. ނަމަވެސް އެމީހުން އެކަލޭގެފާނުން ބާކީކޮށް ޤަތުލުކުރިއެވެ.
އެހެންވެ ޢާދު ބިން އައުސް ބިން އެރާމް ބިން ސާމް ބިން ނޫޙް އާއި އެކަލޭގެފާނުންގެ
ދަރިކަލުން އައް ރަސް ދޫކޮށް އަޙްޤާފް ގައި ކޭމްޕް ޖެއްސެވިއެވެ. ދެން ﷲ ތަޢާލާ
ރައްސުގެ މީހުން ހަލާކު ކުރެއްވިއެވެ.
އެއަށްފަހު ޖަބްރޫން ބިން ސަޢްދު ބިން ޢާދު
ދިމިޝްޤަށް ވަޑައިގެން އެކަލޭގެފާނުންގެ އަމިއްލަ ނަމުގައި ޖަބްރޫން ކިޔާ ރަށެއް
ބިނާ ކުރެއްވިއެވެ. އެރަށަށް ކީރިތި ޤުރުއާނުގައި 'ޢިރަމަޛާތިލް ޢިމާދު" ގެ
ނަމުން ނަންދެވިގެންވެއެވެ. ދެން ﷲ ތަޢާލާ ހޫދު ބިން ޢަބްދުﷲ ބިން ރަބާޙް ބިން
ޚާލިދު ބިން ހަލޫދު ބިން ޢާދު، އަޙްޤާފްގައިވާ ޢާދުބާގައިގޭ މީހުންނަށް
ރަސޫލެއްކަމުގައި ފޮނުއްވިއެވެ. ނަމަވެސް އެބައިމީހުން އެކަލޭގެފާނުން ބާކީކުރިއެވެ.
ދެން ﷲ ތަޢާލާ އެރަށް ހަލާކުކޮއްލެއްވިއެވެ. މިވާހަކައިން އިނގޭގޮތުގައި ޢާދު
ބާގައިގެ މީހުންނަށްވުރެ ރައްސުގެ މީހުންވަނީ މާކުރިން ދިރިއުޅެ ހަލާކުވެ
ގޮސްފައެވެ.
އަބޫ ބަކުރު މުޙައްމަދު ބިން ޙަސަން ނައްޤާޝް
ރިވާކުރެއްވިއެވެ: ރައްސުގެ އަހުލުވެރިންގެ ވަޅެއްވެއެވެ. އެވަޅުން އެމީހުން
ފެންނަގައި ކައްކައި ބޮއެ އަދި ދަނޑުވެރިކަމަށް ބޭނުންކުރެއެވެ. އަދި އެމީހުންގެ
ވަނީ ވަރަށް ޢަދުލުވެރި ހެޔޮ އަޚްލާޤެއްގެ ރަސްކަލެކެވެ. އެރަސްގެފާނުން
އަވަހާރަވުމުން އެމީހުން އެކަމާއި ވަރަށް ބޮޑަށް ހިތާމަ ކުރިއެވެ. ދުވަސްކޮޅެއް ފަހުން
ޝައިޠާނާ އެރަސްގެފާނުންގެ ސިފައިގައި އައިސް ރަސްގެފާނުން މަރުނުވާކަމުގައި
އެމީހުންނަށް ބުނެދިނެވެ. އަދި ރަސްގެފާނުންވީ ދުވަސްކޮޅަކަށް އެމީހުންގެ
ޢަމަލުތައް ހުރި ނެތްގޮތް ބަލައިލުމަށް ޣައިބުވެގެން ކަމުގައި ބުންޏެވެ. އަދި
އެމީހުން މިކަމާއި އިންތިހާއަށް އުފާކުރިއެވެ. ދެން އެރަސްގެފާނުންގެ ސިފައިގައި
ހުރި މިޝައިޠާނާ އެމީހުންނަށް ރަސްގެފާނާއި އެމީހުންނާއި ދެމެދު ފަރުދާއެއް ލުމަށް
އަމުރުކުރިއެވެ. އަދި ބުންޏެވެ. ތިމަން ރަސްގެފާނުން ދުވަހަކުވެސް
މަރެއްނުވާނެއެވެ. ގިނަ މީހުން މިވާހަކަތައް ޤަބޫލުކުރިއެވެ. އަދި އެއަށްފަހު
އެރަސްގެފާނުންނަށް (ޝައިޠާނާއަށް) އަޅުކަން ކުރަންވެސް ފެށިއެވެ. ﷲ ތަޢާލާ
ރަސޫލަކު އެބައިމީހުންގެ މައްޗަށް ފޮނުއްވައި އެއީ ޝައިޠާނާކަމުގައި ބަޔާން
ކޮއްދިނެވެ. އަދި އޭނާއަށް އަޅުކަންކުރުން މަނާކުރެއްވިއެވެ. އަދި ﷲ އަށް އެކަނި
އަޅުކަންކުރުމަށް ގޮވާލެއްވިއެވެ.
ސުހައިލީ ވިދާޅުވިއެވެ: އެރަސޫލާއަށް ވަޙީ އައީ
އެކަލޭގެފާނުންގެ ހުވަފެންފުޅުންނެވެ. އަދި އެކަލޭގެފާނުންގެ ނަމަކީ ހަންޟަލާ ބިން
ޞަފްވާންއެވެ. އެހެންކަމުގައިވިޔަސް އެމީހުން އެކަލޭގެފާނުން ދޮގުކޮށް
އެކަލޭގެފާނުން ޤަތުލުކުރިއެވެ. އަދި އެއްކަލަ ވަޅަށް އެކަލޭގެފާނުން
އެއްލައިލިއެވެ. ދެން އެވަޅުގެ ފެން ހިނދި ހުސްވެ އެމީހުންނަށް ފެނަށްދަތިވެ،
ގަސްތައް މިލައި މޭވާ ހުސްވެގެންދިޔައެވެ. މުޅި ރައް އެކީ ވީރާނާވިއެވެ. ދެން
އެއަށްފަހު އެމީހުންގެ އެންމެން އެންމެ ފަހު މީހާއާއި ޖެހެންދެން ހަލާކުވެގެން ދިޔައެވެ.
ރެފަރެންސް: އަލް އިމާމް އިބްން
ކަޘީރުގެ ޤަޞަޞުލް އަންބިޔާ
Labels:
nations
Subscribe to:
Post Comments (Atom)
0 comments:
Post a Comment