Blog Archive
- 2014 (39)
-
2013
(100)
-
December(45)
- ޢުމަރުގެފާނުން ﷲ އަށް ބިރުވެތިވާ މިންވަރު:
- ޞިފަތުއަ ޞަލާތުއް ނަބީ (އަލްބާނީ)
- ފަހު ވަގުތު 9: ސަލްމާނުލް ފާރިސީ
- ފަހު ވަގުތު 8: ޞަޢުދު ބިން އަބޫ ވައްޤާސް
- ޔަޒީދު ބިން އަލް އަސްވަދު ރަޟިޔައްﷲ ޢަންހް
- އައް ޠުފައިލް ބިން ޢަމްެރް ރަޟިޔަﷲ ޢަންހު
- ހިތްކިޔުން
- ތުނބުޅި
- ލޫތުގެފާނުންނާއި އެކަލޭގެފާނުންގެ ޤައުމު
- ސަލާމްލެއްވި ނޫޙުގެފާނުންގެ ވާހަކަ
- ޘަމޫދު ބާގައިގެ މީސްތަކުން ހަލާކުކުރެއްވުން
- ޞާލިޙްގެފާނުންނާއި އެކަލޭގެފާނުންގެ ޖަމަލު
- ހަމަގައިމުވެސް އެއަށް އެއީ ބަދަލެކެވެ:
- ހޫދުގެފާނުންގެ ވާހަކަ
- އަރުމިޔާއު ނަބީކަލޭގެފާނުންގެ ވާހަކަ:
- ޒަކަރިއްޔާގެފާނުންގެ ވާހަކަ:
- ސުލައިމާން ގެފާނުންގެ ވާހަކަ
- ދާނިޔާލް ޢަލައިހިއްސަލާމްގެ ވާހަކަ:
- ޝަމްވީލް ޢަލައިހިއްސަލާމްގެ ވާހަކަ
- އިލްޔަސަޢުގެފާނުންގެ ވާހަކަ
- އިލްޔާސް ޢަލައިހިއްސަލާމްގެ ވާހަކަ
- ޝުޢައިބުގެފާނުންނާއި މަދްޔަނުގެ އަހުލުވެރިން
- ދުޢާ އިޖާބަކުރައްވާ ތަންތަނާއި ވަޤުތުތައް:
- ވަޒަންކުރަން އިނގޭނީވެސް ދަންނަމީހާއަށެވެ.
- ބޯ ކޮށާ މީހާއާއި އެތީސްޓް
- ޔާސީންގެ އަހުލުވެރިންގެ ވާހަކަ:
- ޢަފޫކުރައްވާނެހެއްޔެވެ؟
- މޫސާގެފާނުންނާއި ޚިދުރު ގެފާނުންގެ ވާހަކަ
- އަލް އިމާމް ޛަހަބީ:
- އައްޔޫބު ޢަލައހިއްސަލާމްގެ ވާހަކަ:
- ފަހުވަގުތު 7: ޢުޘްމާން ރަޟިޔަﷲ ޢަންހް
- ރައްސުގެ އަހުލުވެރިންގެ ވާހަކަ:
- ދާއޫދު ޢަލައިހިއްސަލާމް
- ފަހުވަގުތު 6: ޞަލާޙުއްދީން އަލް އައްޔޫބީ
- ރަސޫލުންގެ ގޮތުގައި އަންހެނުން؟
- ފަހު ވަގުތު 5: އިބްން ޢުމަރު
- ފަހު ވަގުތު 4: އަބުއް ދަރުދާ
- ފަހު ވަގުތު 3: އަބޫ މޫސާ އަލް އަޝްޢަރީ
- ފަހުވަގުތު 2: ޢަބްދުﷲ ބިން މުބާރަކް
- ޢަބްދުﷲ ބިން ޖަހްޝްގެ ދުޢާ
- ތައުބާވީ މީހެއްގެ ވާހަކަ 4
- ތެދުނޫން މަޝްހޫރު ވާހަކަ
- އަލް އިމާމް ބުޚާރީ
- ފަހުވަގުތު 1: މުޙައްމަދު ބިން ވާސިޢު
- ޒުލް ކިފުލް ޢަލައިހިއްސަލާމް
- November(21)
- October(34)
-
December(45)
- 2011 (6)
Thursday, December 12, 2013
ޢުޘްމާން ރަޟިޔަﷲ ޢަންހް ގެ ގެކޮޅު 40 ދުވަސް
ވާންދެން ބަންދުކުރެވިފައިވިއެވެ. އެ 40 ދުވަހުގައި ދުވާލު އެކަލޭގެފާނުން
ހުންނެވީ ރޯދައަށެވެ. ރެއިގަނޑު ހުންނަވަނީ ނަމާދަށެވެ. 40 ވަނަ ރެއި
ހުވަފެންފުޅެއްގައި ޢުޘްމާންގެފާނުންނަށް ކީރިތި މާތް ރަސޫލާ އާއި ބައްދަލުވެވަޑައިގަތެވެ.
އަދި އެކަލޭގެފާނުން ޙާދީޘްކުރެއްވިއެވެ: އޭ ޢުޘްމާންއެވެ! މާދަން ކަލޭގެފާނުން
ރޯދަ ހުންނަވާނީ ތިމަންކަލޭގެފާނުންނާއި އެކުގައެވެ. ޢުޘްމާންގެފާނުން
ތެދުވެވަޑައިގަތުމުން އެކަލޭގެފާނުންގެ މޫނުފުޅުމަތި އުޖާލާކަމުން ފުރިގެންވާތަން
ނާއިލާ ރަޟިޔަﷲ ޢަންހާއަށްފެނިވަޑައިގަތެވެ. އަދި ތެދުވެވަޑައިގެން އެންމެ
ފުރަތަމަ ކުރެއްވެވި ކަމަކީ ނިކުމެ ވަޑައިގެން ދޮރުވާނުގެ ގާތުގައި ދެންނެވިއެވެ.
ﷲ އަށްޓަކައި ތިމަންކަލޭގެފާނުންގެ ފަރާތުން މީހެއްގެ ލެއި އޮހޮރުވާނުލައްޗެވެ.
(މާނައީ ތިމަންކަލޭގެފާނުން ސަލާމަތްކުރުމުގެ ގޮތުން).
ދެން އެކަލޭގެފާނުން ޤުރުއާން ފޮތް ނަންގަވައި
ކިޔަވާ ވިދާޅުވާން ފެއްޓެވިއެވެ. އެއިރުގެ އެފިތުނަގަނޑުގެތެރެއިން ބާޣީއަކު
އުޘްމާންގެފާނުންގެ ގެކޮޅު މަތިން ފުންމައިގެން އެކަލޭގެފާނުންގެ އަރިހަށް އައިސް
އެކަލޭގެފާނުންގެ ތުނބުޅިފުޅުގައި ހިފިއެވެ. ނަމަވެސް ޢުޘްމާންގެފާނުން ދެންނެވި
އެއްޗަކުން އެމީހަކު ބިރުގަނެ އެތަނުން ފިލައިގެން ދިޔައެވެ. ބުނެވޭގޮތުން ދެން
އައީ މިސްރުގެ ދެމީހެކެވެ. އެދެމީހުންނަށް ޢުޘްމާނެއް އެހެންމީހެއް
ވައްކެތްނުވެއެވެ. އެދެމީހުން އަންނަތަން ފެނުމުން އެކަލޭގެފާނުން އެންމެ
ފުރަތަމަވެސް ކުރެއްވެވި ކަމަކީ އެކަލޭގެފާނުންގެ ހެދުންކޮޅު (ފަސޭހައިން) ނުބޭލޭ
ފަދައަކުން ގޮށްޖަހައިލުމެވެ. މިފަދަ ގަޑިއެއްގައިތޯއެވެ؟ އާއެކެވެ.
އެކަލޭގެފާނުންނަކީ ޙަޔާތްހުރި ބެއިކަލެކެވެ. އެކަލޭގެފާނުންގެ އައުރަ
ކަޝްފުވާކަށެއް އެކަލޭގެފާނުން ނޭދެއެވެ.
އެއްފަހަރަކު ކީރިތި މާތް ރަސޫލާ އިށީންދެ
ވަޑައިގެން އިންނެވިއިރު އެކަލޭގެފާނުންގެ ފައިންޕުޅުން އައުރައިން ތިރީީގެ
(ކަކުލުން ތިރީގެ) ބައެއްވީ ކަޝްފުވެފައެވެ. އެތަނަށް އަބޫބަކުރުގެފާނުން ވަޑައިގެންނެވިއެވެ.
އެކަލޭގެފާނުން ވަކި ގޮތެއް ނުހައްދަވައެވެ. ޢުމަރުގެފާނުން ވަޑައިގެންނެވިއެވެ.
އެކަލޭގެފާނުން ވަކި ގޮތެއް ނުހައްދަވައެވެ. ނަމަވެސް ޢުޘްމާންގެފާނުން އެތަނަށް
ވަދެވަޑައިގަތުމުން އަވަސްއަވަހަށް އެކަލޭގެފާނުންގެ ރިދާކޮޅުން ފައިން
ކަޝްފުވެފައިވާ ބައި ފޮރުއްވެވިއެވެ. އެކަމާއި ޢާއިޝާ ރަޟިޔަﷲ ޢަންހާ
ސުވާލުކުރެއްވިއެވެ. ތިމަންކަމަނާގެ ބައްޕާފުޅު އައުމުން ކަލޭގެފާނުން އިންނެވި
ގޮތްކޮޅު ބަދަލެއް ނުކުރައްވައެވެ. ޢުމަރުގެފާނުން ވަޑައިގަތުމުންވެސް
ކަލޭގެފާނުން އިންނެވީ ހަމަ އެގޮތަށެވެ. ނަމަވެސް ޢުޘްމާންގެފާނުން ވަޑައިގަތުމުން
އެގޮތަށް ކަންތައް ކުރެއްވީ ކީތްވެތޯއެވެ؟ އިތުރު މާތް ރަސޫލާ ޙަދީޘްކުރެއްވެވިއެވެ:
އެބެއިކަލެއްގެ ޙަޔާތާއި (ލަދުވެތިކަމާއިމެދު)
މަލާއިކަތްބެއިކަލުން ލަދުފުޅުގަންނަ ބެއިކަލަކައްޓަކައި ތިމަން ކަލޭގެފާނުން
ޙަޔާތް ނުހުންނަންވީތޯއެވެ.
ދެން މިބާޣީންކުރެ މީހަކު އައިސް އޭނާއަތުގައިވާ
ދަގަނޑުހޮޅިއަކުން ޢުޘްމާންގެފާނުންގެ ބޮލުގައި (އިސްތަށިފުޅުގައި) ޖެއްސެވި
ޖެއްސެވީނުން އެތަނުން ލެއި އޮހޮރިގެން ފައިބައިގަތެވެ. އެފައިބައިގަން ލެއިންކުރެ
އެންމެފުރަތަމަ ލެއި އެޅުން އެއްތަންކަމުގައިވީ އެކަލޭގެފާނުން ކިޔަވަން އިން
ޤުރުއާނުގެ މިއާޔަތެވެ.
فَسَيَكْفِيكَهُمُ اللَّهُ ۚ
"ﷲ އެބައިމީހުންގެ މައްޗަށް ކަލޭގެފާނުންނަށް
ހަމަޖެހުންދެއްވާނެއެވެ." (ބަޤަރާ: 137)
ދެވަނަފަހަރައް ޖަހަން އުޅުމުން އެކަލޭގެފާނުން
ދިފާޢުގައި އަތްމަޅުއްވައިލެއްވިއެވެ. ނަމަވެސް އެއަތާއެކީ އެތިފަހަރެއް ޖެހިއެވެ.
އެހިނދު އެކަލޭގެފާނުން ވިދާޅުވިއެވެ. ހަމަކަށަވަރުން މިއަތަކީ އެއަތަކުން
ޤުރުއާން އެންމެ ފުރަތަމަ ލިޔެވުނު އެއް އަތެވެ. ދެން ކިޔަވާ ވިދާޅުވިއެވެ.
الَّذِينَ
قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ
فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ
"އެހެންމީހުންގެ
ފާރަތުން އިންޒާރު ލިބުންމީހުން، "ހުށިޔާރެވެ. ކަލެޔާއި އިދިކޮޅައް ބަޔަކު
ނިކުމެއްޖެއެވެ. އެމީހުންނާއިމެދު ރައްކާތެރިވާށެވެ!" އެމީހުންގެ އީމާންކަން
މިއިން އިތުރުވުން ފިޔަވައި އެހެންކަމެއްނުވެއެވެ. އަދި އެމީހުން ބުނެއެވެ.
"ތިމަންމެނަށް ﷲ ފުދެއެވެ: އަހުރެމެން ރައްކައުތެރިކޮއްދެއްވާ ފަރާތުގެ
މޮޅުކަމާއެވެ." (އާލް އިމްރާން: 173)
ދެން
އެއިގެ ތެރެއިން މީހަކު އެކަލޭގެފާނުންގެ ބަނޑުފުޅަށް ކަނޑިހަރައި ޢުމުރުން 82
އަހަރުގެ ޢުޘްމާން ރަޟިޔަﷲ ޢަންހްގެ ފުރާނަފުޅު ދުއްވާލިއެވެ. އަދި އެއިގެ
އަނެކަކު އެކަލޭގެފާނުންގެ މެއިފުޅު މައްޗަށް އަރައި ހަތަނަކަށް ހަންޖަރު
ހެރިކަމުގައި ވެއެވެ.
ނާއިލާ
ރަޟިޔަﷲ ޢަންހާ އެކަލޭގެފާނުންގެ އަވަހާރަވެފައިވާ މޫނު ފޮރުއްވާނޭ އެއްޗެއް ވޭތޯ
ބެއްލެވިއިރު ހުރިހާ އެއްޗެއް ވަނީ އަންދާލާފައެވެ. ދެން އެކަމަނާގެ ސްކާފު
ނަންގަވައި އެކަލޭގެފާނުން މޫނުފުޅުގައި އެޅުއްވުމުން މީހަކު ދުވެފައި އައިސް
އެސްކާފް ދަމައިގަނެ މޫނުފުޅުގައި ފައިންޖަހައި ބުންޏެވެ: އެއްވެސް މީހަކު
މިއުޘްމާން ވަޅުލައިގެން ނުވާނެއެވެ.
އެންމެފަހުން
އުއްމުލް މުއުމިނީން އުއްމު ޙަބީބާ މަސްޖިދުއްނަބަވީގެ މިމްބަރު މައްޗަށް އަރައި
ވަޑައިގެން ޢިއުލާން ކުރެއްވިއެވެ: އޭ ބާޣީންނޭވެ! ތިޔަބައިމީހުން
ޢުޘްމާންގެފާނުންގެ ޖަނާޒާގެ ކަންތައް އަހުރެމެންނާއި ޙަވާލު ނުކޮށްފިނަމަ،
ރަސޫލާގެ ހުވަފަތް މިއަނބިކަނބަލުން، ތިމަންކަމަނާ، މުއުމިނުތަކުންގެ މަންމަ
ތިމަންކަމަނާ، ރަސޫލުﷲ ގެފާނުންގެ ލޯބިވާ މިތިމަންކަމަނާގެ ބޮލުގެ އިސްތަށި
ކަޝްފުކޮށް ތިމަންކަމަނާ މިމަދީނާގެ ބޮޑުންގެ ގާތުން ފައިބައި އެކަލޭގެފާނުން
ވަޅުލައްވާނަމެވެ. އެކަމަނާއަށް އެއްވެސް ބާޣީއަކަށް ރަސޫލާގެ އެއްވެސް
އަނބިއަނބިކަނބަލަކާއި އިދިކޮޅަށް ތެދުވާން ނުކެރޭނެކަން އިނގިވަޑައިގަނެއެވެ.
ކަޢުބު ބުން މާލިކް ވިދާޅުވިއެވެ. ﷲ ގަންދީ ބުނަމެވެ. އެމީހުން އެކަމަނާއަށް
އެހުއްދަ އެހިނދުން ނުދިންނަމަ، އަދި އެކަމަނާ އެފަދައިން ކަންތައް ކުރެއްވިނަމަ،
ﷲ އުޑުން ހިލައިގެ ވާރޭ ވެއްސަވާނެއެވެ. (ފަހަރުގައި މިތާންގައި އެވިދާޅުވި
އެއްޗެއްގެ މާނައީ އެފަދައަކުން އެކަންވުމަށް ޝަރުޠު ހަމަވެއެވެ. ނުވަތަ ކުރީގައި
އެފަދައިން ކޯފާއެއް ހިނގާފައިވާ ކަމަކާއި މިކަމާއި ޝަރުޠުގެ ގޮތުން އެއްވަރެވެ
ނުވަތަ ބޮޑެވެ.)
މިބާޣީންގެ
ކޮންމެ މީހަކު ފަހުން މަރުވެގެން ދިޔައީ ވަރަށް އަނިޔާވެރި ހިތިގޮތެއްގެ
މަތީގައެވެ. އެއްފަހަރަކު ޢަބްދުﷲ ބިން މުބާރަކް ރަޙިމަހުﷲ ކަޢުބާގައި ޠަވާފް
ކުރައްވަނިކޮށް މީހަކު ގެފުޅުގެ ފޮތިގަނޑުގައި އެލިގެންއޮވެ "ޔާ ﷲ!
މިއަޅާއަށް ޢަފޫދެއްވާންދޭ" މިހެން ގޮވާތީ ފެނިވަޑައިގެން ތީކާކުހޭ
އެއްސެވިއެވެ. އޭނާ ޖަވާބުގައި ބުންޏެވެ: އަހުރެންނަކީ ޢުޘްމާންގެފާނުންގެ
ބޮލުގައި ދަގަނޑު ހޮޅިން ޖެހިމީހާއެވެ. ދެން ޢަބްދުﷲ ބިން މުބާރަކް އޭނާގެ
ގައިގައި ޖައްސަވައި ވިދާޅުވިއެވެ. ދުރައްދާށެވެ. ކަލެޔަކީ މީސްތަކުންކުރެ
ނުބައިވެގެންވާ މީހެކެވެ.
އަބޫ
މޫސަލް އަޝްޢަރީ އެއްފަހަރަކު ޝާމްކަރައިން ވަޑައިގަންނަވަނިކޮށް މިސްކިތެއްގެ ބޭރުގައި
ބަޔަކު ވާތީ ދެކެވަޑައިގަތެވެ. އެއިގެ ތެރެއިން މީހަކުގެ އަތްފައި މުޅިންވަނީ
ބޭނުންނުކުރެވޭ ފަދައަކުން ޝޭޕް ގެއްލި ހަލާކުވެފައެވެ. އެމީހާއަށް
ފަރުވާތެރިކަމާއެކު ބަލައިލުމުން އޭނާ ބުންޏެވެ. އޭ އަބޫ މޫސަލް އަޝްޢަރީއެވެ.
ދުރައްދާށެވެ. އެކަލޭގެފާނުން ހިތްޕުޅަށް އެރިއެވެ. މިމީހާއަށް ތިމަންކަލޭގެފާނުން
އިނގެނީ ކިހިނެއްބާވައެވެ. އެމީހާ ބުންޏެވެ. ކަލޭގެފާނުންނަށް އަހުރެން ނޭންގުނަސް
އަހުރެންނަށް ކަލޭގެފާނުން އިނގެއެވެ. އަހުރެންނަކީ ހަންޖަރުން ޢުޘްމާންގެފާނުންގެ
ގަޔަށް ހެރިމީހާއެވެ. އެކަމަކު މިހާރު އަހުރެންގެ އަތްފަޔަށް ބަލާށެވެ.
އެއްފަހަރަކު
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހް ރަސޫލުﷲ ގެފާނުންގެ އަރިހުގައި ވަނިކޮށް
އެކަލޭގެފާނުން އެއްސެވިއެވެ. އޭ އަބޫ ހުރައިރާއެވެ. ކަލޭގެފާނުންގެ އަތްޕުޅުގައި
ކާއެއްޗެއް ވޭތޯއެވެ؟ އެކަލޭގެފާނުން ދެންނެވިއެވެ. އާދޭހެވެ. ކަދުރެއްވެއެވެ. ދެން
އެނަންގަވައި ދެއްކެވިއެވެ. ދެން ރަސޫލުﷲ ގެފާނުން އެއަށް ދުޢާކޮއްދެއްވިއެވެ.
އަދި ޙަދީޘްކުރެއްވިއެވެ. އޭ އަބޫ ހުރައިރާއެވެ! ކަލޭގެފާނުން ބަނޑުހައިފުޅުވުމުން
މިކަދުރުން ހިއްޕަވާށެވެ. ދެން އަބޫ ހުރައިރާ 10 ބެއިކަލުންނަށް ގޮވައި އެ 10
ބެއިކަލުން އަލާ ކެނޑެންދެން އެކަދުރުން ކެއެވެ. ދެން އިތުރު 10 ބެއިކަލުންނަށް
ގޮވައި އެއިން ފުރެންދެން އެދިހަ ބެއިކަލުންވެސް ހިއްޕެވިއެވެ. ދެން އަބޫ ހުރައިރާ
ވިދާޅުވިއެވެ. ރަސޫލުﷲ ގެފާނުންގެ ޢުމުރުގެ ބާކީބައިގައި ތިމަންކަލޭގެފާނުން
އެއިން ފަރިއްކުޅުއްވައި އުޅުނީމެވެ. އަދި އަބޫ ބަކުރުގެފާނާއި ޢުމަރުގެފާނުންގެ
ޚިލާފަތުގައި މުޅިންވެސް ފަރިއްކުޅުއްވީ އެކަދުރުންނެވެ. ނަމަވެސް ހުހެއްނުވެއެވެ.
އެހެނަސް ޢުޘްމާން ރަޟިޔަﷲ ޢަންހް ޝަހީދުކޮށްލެވުނު ދުވަހު އެކަދުރު ހުސްވެގެން
ދިޔައެވެ. އެހެނީ އެކަލޭގެފާނުން ޝަހީދުކޮށްލެވުނު ދުވަހަކީ މިދުނިޔެއިން ވަރަށް
ބައިވަރު ބަރަކާތްތައް އުފުއްލެވުނު ދުވަހެކެވެ.
ޙަސަން
ރަޟިޔަﷲ ޢަންހް ވިދާޅުވިއެވެ. ޢުޘްމާންގެފާނުން އަވަހާރަވި ދުވަހު
ތިމަންކަލޭގެފާނުންގެ ކާފާފުޅު (މާނައީ ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަ) ހުވަފެނުގައި ދެކެވަޑައިގަތީމެވެ. އެކަލޭގެފާނުންވީ
ޢަރުޝީގެ ގާތުގައެވެ. އެކަލޭގެފާނުންގެ މޫނުފުޅުގައި އެއިރު ވަނީ ހިތާމައިގެ
ކުލަވަރެވެ. ޙަސަންގެފާނުން ވިދާޅުވިއެވެ. އެއީ އެކަލޭގެފާނުން ހިތާމަފުޅެއްގައި
ވާތީވެ ފެނިވަޑައިގަތް ހަމައެކަނި ފަހަރެވެ. ދެން އަބޫ ބަކުރު ގެފާނުން ވަޑައިގެން
އިތުރު އެކަލޭގެފާނުންގެ ކޮނޑުފުޅުގައި އަތްއެޅުއްވިއެވެ. ދެން ޢުމަރުގެފާނުން
ވަޑައިގެން އަބޫބަކުރުގެފާނުންގެ ކޮނޑުފުޅުގައި އަތްއެޅުއްވިއެވެ. ދެން
ޢުޘްމާންގެފާނުން ވަޑައިގަތެވެ. އެއިރު އެކަލޭގެފާނުންގެ މޫނުފުޅު ވަނީ
މިލާފައެވެ. އެކަލޭގެފާނުންގެ އަތްޕުޅުން ބޮލުގައި ހިއްޕަވައިގެން ހުންނެވި ޙާލު
ރަސޫލުﷲ ގެފާނުންނަށް ވިދާޅުވިއެވެ. "މިތިބަ މީސްތަކުންކައިރީ (މާނައީ
ބަޣާވާތްކުރި މީސްތަކުންކުރެ) ތިމަންކަލޭގެފާނުން ގެރިއެއް ފަދައިން
ކަތިލެވެންޖެހުނު، ތިމަންކަލޭގެފާނުންގެ ކުށަކީ ނުވަތަ ފާފައަކީ ކޮބައިތޯ
އައްސަވާބައްލަވާށެވެ" އެހިނދު ޢަރުޝިއަށް ގުޑުން އަރައިގެން ދިޔައެވެ. އަދި
ލެއިގެ ދެކޯރު ޢަރުޝިން ފައިބައިގެން އައެވެ. އަދި ޣައިބުން އަޑެއް އިވިގެން
ދިޔައެވެ: މިއަދާއި ހަމަޔަށް
އެއްވެސް މުސްލިމަކު އަނެއް މުސްލިމެއްގެ ފުރާނަ ދުއްވާލާފައެއް ނުވެއެވެ.
މިއަދުންފެށިގެން ޤިޔާމަތާއި ހަމަޔަށް މުސްލިމުން އެހެން މުސްލިމުންގެ ފުރާނަ
ދުއްވާލާ ހުއްޓެވެ.
عن عبد الله بن
عمرو -رضي الله عنهما- عن النبي -صلى الله عليه وسلم- قال: (لَزَوَالُ
الدُّنْيَا أَهْوَنُ عَلَى اللَّهِ مِنْ قَتْلِ رَجُلٍ مُسْلِمٍ) (رواه
الترمذي والنسائي، وصححه الألباني)
ޢަބްދުﷲ ބިން ޢުމަރު ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: ހަމަ ކަށަވަރުން ދުނިޔެ ނެތިދިޔުންވެސް، މުސްލިމަކު ޤަތުލުކުރުމަށްވުރެ ކުޑައެވެ. (ރަވާހް އައް ތިރުމިޛީ އަދި އައް ނަސާއީ، އަލް އަލްބާނީ މި ޙަދީޘް ޞައްޙަކުރައްވާފައިވެއެވެ.)
ޢަބްދުﷲ ބިން ޢުމަރު ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: ހަމަ ކަށަވަރުން ދުނިޔެ ނެތިދިޔުންވެސް، މުސްލިމަކު ޤަތުލުކުރުމަށްވުރެ ކުޑައެވެ. (ރަވާހް އައް ތިރުމިޛީ އަދި އައް ނަސާއީ، އަލް އަލްބާނީ މި ޙަދީޘް ޞައްޙަކުރައްވާފައިވެއެވެ.)
ރެފަރެންސް: ޝައިޚް ޒާހިރު މަޙްމޫދުގެ ދަރުސްއަކުން
މިދަންނަވާލީ
އިސްލާމީ އުއްމަތައް އައި ބޮޑު މުސީބާތެއްގެ ވާހަކައެވެ. އެއީ ޢުޘްމާންގެފާނުންގެ
ޚިލާފަތުގައި ދެފުއްކެހެރި މުނާފިޤުންތަކެއްވެގެން އުފެއްދި ބޮޑު ފިތުނަގަނޑެކެވެ.
އެފިތުނާގައި ވަރަށް ބޮޑުބައެއްޖެހުނެވެ. ނުޖެހި ތިބި މީސްތަކުންގެ ތެރެއިން
ވަރަށް މަދު މީހަކު ފިޔަވައި އެހެން އެންމެންނަށް ވަނީ އެކަންތައްގަނޑުގެ އެކޮޅު
މިކޮޅު އޮޅިފައެވެ. ދެން ކުއްލިގޮތަކަށް މި ބަޣާވާތް ހިންގާލީއެވެ.
Labels:
salaf
Subscribe to:
Post Comments (Atom)
0 comments:
Post a Comment