Blog Archive
- 2014 (39)
-
2013
(100)
-
December(45)
- ޢުމަރުގެފާނުން ﷲ އަށް ބިރުވެތިވާ މިންވަރު:
- ޞިފަތުއަ ޞަލާތުއް ނަބީ (އަލްބާނީ)
- ފަހު ވަގުތު 9: ސަލްމާނުލް ފާރިސީ
- ފަހު ވަގުތު 8: ޞަޢުދު ބިން އަބޫ ވައްޤާސް
- ޔަޒީދު ބިން އަލް އަސްވަދު ރަޟިޔައްﷲ ޢަންހް
- އައް ޠުފައިލް ބިން ޢަމްެރް ރަޟިޔަﷲ ޢަންހު
- ހިތްކިޔުން
- ތުނބުޅި
- ލޫތުގެފާނުންނާއި އެކަލޭގެފާނުންގެ ޤައުމު
- ސަލާމްލެއްވި ނޫޙުގެފާނުންގެ ވާހަކަ
- ޘަމޫދު ބާގައިގެ މީސްތަކުން ހަލާކުކުރެއްވުން
- ޞާލިޙްގެފާނުންނާއި އެކަލޭގެފާނުންގެ ޖަމަލު
- ހަމަގައިމުވެސް އެއަށް އެއީ ބަދަލެކެވެ:
- ހޫދުގެފާނުންގެ ވާހަކަ
- އަރުމިޔާއު ނަބީކަލޭގެފާނުންގެ ވާހަކަ:
- ޒަކަރިއްޔާގެފާނުންގެ ވާހަކަ:
- ސުލައިމާން ގެފާނުންގެ ވާހަކަ
- ދާނިޔާލް ޢަލައިހިއްސަލާމްގެ ވާހަކަ:
- ޝަމްވީލް ޢަލައިހިއްސަލާމްގެ ވާހަކަ
- އިލްޔަސަޢުގެފާނުންގެ ވާހަކަ
- އިލްޔާސް ޢަލައިހިއްސަލާމްގެ ވާހަކަ
- ޝުޢައިބުގެފާނުންނާއި މަދްޔަނުގެ އަހުލުވެރިން
- ދުޢާ އިޖާބަކުރައްވާ ތަންތަނާއި ވަޤުތުތައް:
- ވަޒަންކުރަން އިނގޭނީވެސް ދަންނަމީހާއަށެވެ.
- ބޯ ކޮށާ މީހާއާއި އެތީސްޓް
- ޔާސީންގެ އަހުލުވެރިންގެ ވާހަކަ:
- ޢަފޫކުރައްވާނެހެއްޔެވެ؟
- މޫސާގެފާނުންނާއި ޚިދުރު ގެފާނުންގެ ވާހަކަ
- އަލް އިމާމް ޛަހަބީ:
- އައްޔޫބު ޢަލައހިއްސަލާމްގެ ވާހަކަ:
- ފަހުވަގުތު 7: ޢުޘްމާން ރަޟިޔަﷲ ޢަންހް
- ރައްސުގެ އަހުލުވެރިންގެ ވާހަކަ:
- ދާއޫދު ޢަލައިހިއްސަލާމް
- ފަހުވަގުތު 6: ޞަލާޙުއްދީން އަލް އައްޔޫބީ
- ރަސޫލުންގެ ގޮތުގައި އަންހެނުން؟
- ފަހު ވަގުތު 5: އިބްން ޢުމަރު
- ފަހު ވަގުތު 4: އަބުއް ދަރުދާ
- ފަހު ވަގުތު 3: އަބޫ މޫސާ އަލް އަޝްޢަރީ
- ފަހުވަގުތު 2: ޢަބްދުﷲ ބިން މުބާރަކް
- ޢަބްދުﷲ ބިން ޖަހްޝްގެ ދުޢާ
- ތައުބާވީ މީހެއްގެ ވާހަކަ 4
- ތެދުނޫން މަޝްހޫރު ވާހަކަ
- އަލް އިމާމް ބުޚާރީ
- ފަހުވަގުތު 1: މުޙައްމަދު ބިން ވާސިޢު
- ޒުލް ކިފުލް ޢަލައިހިއްސަލާމް
- November(21)
- October(34)
-
December(45)
- 2011 (6)
Sunday, December 22, 2013
މާތް ﷲ ކީރިތި ޤުރުއާނުގެ އަލް އަޢުރާފް ސޫރަތުގެ
85 ވަނަ އާޔަތުން 93 ވަނަ އާޔަތަށް ޝުޢައިބުގެފާނުންނާއި އެކަލޭގެފާނުންގެ
ޤައުމުގެ މީހުންގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އަދި ހޫދު ސޫރަތުގެ 84 ވަނަ
އާޔަތުން 95 ވަނަ އާޔަތާއި ހަމަޔަށްވެސް މިވާހަކަ ބަޔާންކުރައްވާފައި ވެއެވެ. އަދި
ޝުޢަރާ ސޫރަތުގެ 176 ވަނަ އާޔަތުން ފެށިގެން 191 ވަނަ އާޔަތުގެ ނިޔަލަށްވެސް ހަމަ
މިވާހަކަ ބަޔާންކުރައްވާފައިވެއެވެ.
މަދްޔަނުގެ އަހުލުވެރިންނަކީ ޢަރަބީންނެވެ.
އެމީހުން ދިރިއުޅޭ މަދްޔަނަކީ ސީރިޔާ ބޯޑަރު ކައިރީގައިވާ ޑެޑް – ސީ އާއި ދުރުނޫން
ހިސާބެއްގައިވާ ރަށެކެވެ. އެރަށުގެ އަހުލުވެރިން ނިސްބަތްވަނީ އެމީހުންގެ
ބަފައިކަލުން މަދްޔަން ބިން މާދިޔާން ބިން އިބްރާހީމް އަށެވެ.
ރަސޫލުﷲ ގެފާނުން ޝުޢައިބު ޢަލައިހިއްސަލާމާއި
މެދު ޙަދީޘްކުރައްވާފައިވެއެވެ: އެކަލޭގެފާނުންނީ ނަބީބެއިކަލުންގެ ޚަޠީބެވެ
(ފަށުވި ޢިބާރާތުން ޚުތުބާ ވިދާޅުވާ ނަބީއެވެ). = އަލް ޙާކިމް 2:568 =
މަދްޔަނުގެ އަހުލުވެރިންނަކީ މަގުފޭރޭ،
މުދާވެރިން ބިރުގަންނަވާ އަދި އަލް އައިކަތެވެ ކިޔުނު ގަހަކަށް އަޅުކަންކުރާ
ބައެކެވެ. އަދި އެބައިމީހުންނަކީ އެބައިމީހުންގެ މިނެކިރުމުގައި މަކަރުހަދާ
ބައެކެވެ. ﷲ ޠަޢާލާ ޝުޢައިބުގެފާނުންނަށް މުޢުޖިޒާތް ދެއްކެވިއެވެ. ނަމަވެސް
އެއިގެ ތަފްސީލެއް (އެއީ ކޮންކަހަލަ މުޢުޖިޒާތެއްކަމެއްވެސް) އިނގޭ ކަށެއްނެތެވެ.
ސުއްދީ އިމާމް ވިދާޅުވިއެވެ: މަދްޔަނުގެ މީހުންގެ
ހައިވޭ އިން ދަތުރުކުރާ ވިޔަފާރިވެރިންގެ އަތުން އެމީހުން ދިހަ އިންސައްތަ
ނަގައެވެ. އަދި އިބްން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ: މިމީހުންނަކީ
އަނިޔާވެރި ބައެކެވެ. މިމީހުންގެ ހައިވޭގައި މިމީހުން ވިޔަފާރި ޤާފިލާތައް
އަންނަންދެން އޮވެ އޮވެފައި އެމީސްތަކުންނާއި ދިމާވުމުން އެމީހުންގެ މުދާ މަދުކޮށް
– މާނައީ ދިހަބައިކުޅަ އެއްބައި އަތުލައި ހަދައެވެ. މިމަދްޔަނުގެ މީހުންނަކީ
މިކަންތައް އެންމެ ފުރަތަމަ ދުނިޔޭގައި ކުރަންފެށި މީހުންނެވެ.
ޝުޢައިބުގެފާނުން އެބައިމީހުންނަށް ﷲ ދެއްވި
ނިޢުމަތްތައް ހަނދުމަކޮށްދެއްވުމުގައި ދެމިހުންނަވަތެވެ. އަދި އެގޮތުގައި އެމީހުން
ދާއިމްވެއްޖެނަމަ ﷲގެ ކޯފާއެއް އައިސްދާނޭކަމުގެ ބިރުވެރި ޚަބަރުވެސް ދެއްވަތެވެ.
ޝުޢައިބުގެފާނުން ވިދާޅުވެއެވެ: އޭ އަހުރެންގެ
ޤައުމުގެ މީސްތަކުންނޭވެއެވެ! ތިޔަބައިމީހުންގެ ހިސާބުކުރުމުގަޔާއި މިނެކިރުމުގައި
ޢަދުލުވެރިވާށެވެ. އަދި މީސްތަކުންގެ ޙައްޤުތައް ނުހިފަހައްޓާށެވެ. އަދި ބިމުގައި
ނުބައިކަންތައްތައް ނުކުރާށެވެ. ﷲގެ ޙަޟްރަތުގައިވާ ނިޢުމަތް ތިޔަބައިމީހުންނަށް
މާ ރަގަޅުވެފައި ހެޔޮވެގެންވެއެވެ. އެހެނީ އެއީ ތިޔަބައިމީހުންނަކީ ޤަބޫލުކުރާ
އީމާންވާ ބަޔަކުކަމުގައި ވާނަމައެވެ. އަހުރެންނަކީ ތިޔަބައިމީހުންގެ
ކަންތައްތަކަށް ރައްކައުތެރިވާނޭ މީހަކުކަމުގައި ނުވަމުއެވެ."
ޝުޢައިބުގެފާނުން އެކަލޭގެފާނުންގެ ޤައުމުގެ
މީސްތަކުންނަށް ވިދާޅުވެތެވެ: އެކަމެއް އެންމެ ފުރަތަމަ ކުރައްވާ މީހަކުކަމުގައި
ތިމަންކަލޭގެފާނުން ނުވާ ކަމެއް ކުރުމަށް ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނުން އަމުރުނުކުރައްވަމެވެ.
އަދި ތިމަންކަލޭގެފާނުން އެކަމަކުން އެންމެ ފުރަތަމަ މަނާވެގެންވާ ކަމެއް މެނުވީ
ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަމެވެ.
މިއީ ފުރިހަމަ ފިރިހެނެއްގެ ގައިގައި ހުންނަން
ޖެހޭ މުހިއްމު ސިފައެކެވެ. މިސިފަ އުވާލީ ޔަހޫދީންނާއި ނަޞާރާއިންގެ ބޮޑުންނެވެ. ﷲ
ޠަޢާލާ ކިރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ.
"ތިޔަބައިމީހުންގެ ފޮތްތައް ކިޔަވަ ކިޔަވައި
ތިބޭޙާލު އަމިއްލަ ނަފްސު ހަނދާންނައްތާލާ އެހެންމީހުންނަށް ހެޔޮކަންތަކަށް އަމުރު
ކުރަނީހެއްޔެވެ؟ ތިޔަބައިމީހުންނަށް ހަމަ ނޭންގެނީހެއްޔެވެ؟" (ބަޤަރާ: 44)
އެކަލޭގެފާނުންގެ ޤައުމުގެ މީސްތަކުން އެއްގޮތުން
ނޫނީ އަނެއްގޮތުންވެސް ވިސްނައިދެވޭތޯ އެކަލޭގެފާނުން މަސައްކަތްޕުޅު
ކުރެއްވިއެވެ. އެމީހުން ބޯހަރުކަމާއި ހަރުކަށިކަން އެކަލޭގެފާނުންނަށް ދައްކާ
ހަދަތެވެ. އެންމެ ފަހުން އެކަލޭގެފާނުން އެމީހުންނަށް ﷲ ތަޢާލާގެ ފަރާތުން
އަތުވެދާނޭ ކޯފާއަކަށް ބިރުގަތުމަށް އިންޒާރުކުރައްވަން ފެއްޓެވިއެވެ. އަދި ނޫޙު
ގެފާނުންނާއި ހޫދުގެފާނުންނާއި ސާލިޙް ގެފާނުންގެ ޤައުމުގެ މީސްތަކުންނާއިމެދު
ކަންތައްވެ ދިޔަގޮތުގެ ވާހަކަ ހަނދުމަ ކޮއްދެއްވަތެވެ. ލޫތުގެފާނުންގެ ޤައުމަކީ
މަދްޔަނުގެ މީސްތަކުންނާއި މާ ދުރުނޫން ދުވަސްވަރެއްގެ ބައެއްކަމާއި އެމީހުންގެ
ވާހަކައިނ ޢިބްރަތް ޙާޞިލްކުރުމަށް ނަޞޭޙަތްތެރިވެލެއްވިއެވެ. އިންޒާރުކުރެއްވިއެވެ.
އެންމެފަހުން އެމީހުންގެ ބޯހަރުކަމާއި ދެކޮޅުހެދުމުގެ ބޮޑުކަމުގެ ސަބަބުން
އެކަލޭގެފާނުން ވިދާޅުވިއެވެ:
'އޭ ތިމަންކަލޭގެފާނުންގެ ޤައުމުގެ
މީސްތަކުންނޭވެއެވެ! ތިޔަބައިމީހުންގެ ތިޔަގޮތުގައި ހިތުހުރިހާ ގޮތަކަށް އުޅޭށެވެ.
ތިމަންކަލޭގެފާނުންވެސް އެފަދައިން ކަންތައްކުރައްވާނަމައެވެ. ނިކަން އަވަހަށް
ތިޔަބައިމީހުންނަށް ލަދުވެތިކުރުވާ ދައްފަންތީގެ ޢަޛާބު އަންނަނީ ކޮންބަޔަކަށްކަން
ތިޔަބައިމީހުންނަށް ފެންނާނެތެވެ. ދޮގުވެރިއަކީ ކާކުކަންވެސް ފެންނާނެއެވެ. އަދި
މަޑުކުރާށެވެ! ތިމަންކަލޭގެފާނުންވެސް މަޑުކުރައްވާ ހުށީމުއެވެ."
(ފުއްސިލަތު: 5)
އެކަލޭގެފާނުންގެ ޤައުމުގެ ބޮޑުން އެކަލޭގެފާނުން
އެމީހުންގެ ދީނަށް ނުވަންނަހާ ހިނދަކު ރަށުންބޭރުކޮށް އަރުވާލިކަމުގައި
އިޢުލާންކުރިއެވެ. (އަޢުރާފް 88) ޝުޢައިބުގެފާނުންގެ ޤައުމުގެތެރެއިން
އެކަލޭގެފަނުންނަށް ތަބާވީ މީސްތަކުންނާއި މެދު އެބައިމީހުން ބުންޏެވެ.
ކަލޭގެފާނުންނަށް ތަބާވީމ މީސްތަކުން އެމީހުންގެ ކުރީގެ ގޮތަށް ތަބާވާށެވެ.
ޝުޢަބުގެފާނުން ދެންނެވިއެވެ: "އެގޮތްތައް އެއީ ގޯސްގޮތްތަކެއްކަމުގައި
ތިމަންމެން ދެކޭއިރުގައިވެސް ހެއްޔެވެ؟" އަދި އެބައިމީހުން
ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނަށް ނުހެއްލޭނެތެވެ. އެހެނީ އީމާންކަމުގެ
މޫ ހިތެއްގައި ލައިފިނަމަ، އެއީ ބިރަކުން ނުވަތަ ރުޅިއަކުން ނުވަތަ
ދަހިވެތިކަމަކުން ބަލިކަށިކުރެވޭނޭ އެއްޗެއް ނޫނެވެ.
ސޫރަތުލް އަޢުރާފުގައި ވެއެވެ. މިމަދްޔަނުގެ
މިސްތަކުން ގަދަވެގެންވާ ހިއްޕެވުމަކުން ހިއްޕެވުނީ ބާރުގަދަ ބިންހެލުމަކުންނެވެ.
މުޅި ބިންގަނޑު ގުޑިގެންދިޔަ ބާރުމިނީ އެމީހުންގެ ފުރާނަތައް ލުހިގެން އައީ ހަމަ
ވަގުތުން އެކީއެކުގައެވެ.
ޝުޢަރާ ސޫރަތުގެ 185 ވަނަ އާޔަތުން 188 ވަނަ
އާޔަތުގެ ޖުމްލަ މާނައަށް ބަލާއިރުގައި ވަނީ އެބައިމީހުންނަށް ފުރަތަމަ އައީ
ވަރަށް ހޫނު ވައި ޖެހުން ހުއްޓިފައިވާ ހަތް ދުވަހެކެވެ. އެމީހުންނަށް ފެނަކުން
ނުވަތަ ހިޔަލަކުން ފިނިކަމެއް ލިއްބައެއް ނުދެއެވެ. އެހެންކަމުން އެބައިމީހުން
ބަދަލުވީ މަތިހިޔާނުކޮށް ހުޅުވިފައި، ނުވަތަ ދޫކޮއްލެވިފައިވާ ތަންތަނަށެވެ. އަދި
ބޮޑު ވިލާގަނޑެއް އައެވެ. އެއާއެކު އެމީހުން އެވިލާގަނޑުގެ ދަށަށް އެއިގެ ހިޔަލަށް
ނުވަތަ އެއިން ފެންލިބޭނޭކަމަށް އެއިގެ ދަށަށް ޖަމާވިއެވެ. އެންމެން ޖަމާވުމުން ﷲ
ތަޢާލާ އެވިލާގަނޑުން ވިދުވަރާއެކު އަޅީގެ ވާރޭ އެބައިމީހުންނަށް ފޮނުއްވިއެވެ.
އަދި ބިންގަނޑު ވަރުގަދަ ގުޑުމަކުން ގުޑައިގެން ދިޔައެވެ. ހަމަ އެޔާއިއެކު
އެބައިމީހުންގެ ފުރާނަތައް ނިކުމެގެން ދިޔައެވެ.
ﷲ ތަޢާލާގެ ރަޙްމަތްފުޅުން ޝުޢައިބުގެފާނުންނާއި
އެކަލޭގެފާނުންނާއެކުގައިވާ އީމާންވި މީސްތަކުން ސަލާމަތްކުރެއްވިއެވެ. އަދި
އެއަށްފަހުގައި ޝުޢައިބުގެފާނުންނަށް މަރުވެފައިވާ އެކަލޭގެފާނުންގެ ޤައުމުގެ
މީސްތަކުންގެ ގާތަށް ގޮސް ދެންނެވުމަށް އަމުރުކުރެއްވިއެވެ: އޭ
ތިމަންކަލޭގެފާނުންގެ ޤައުމުގެ މީސްތަކުންނޭވެއެވެ! ހަމަ ކަށަވަރުން
ތިމަންކަލޭގެފާނުންގެ ވެރިރަސްކަލާންގެ އެންގެވުން ތިޔަބައިމީހުންނަށް
އެންގެވީމެވެ. އަދި އިޚްލާޞްތެރިކަމާއެކު ނަޞޭޙަތްތެރިވީމެވެ. ދެން އީމާން ނުވި
ބަޔަކާއިމެދު ތިމަންކަލޭގެފާނުން ހިތާމަކުރައްވާނީ ކިހިނެތްހެއްޔެވެ؟"
(އަޢުރާފް: 93)
ރެފަރެންސް: އަލްއިމާމް އިބްން
ކަޡީރުގެ ޤަޞަޞުލް އަންބިޔާ
Labels:
Prophets
Subscribe to:
Post Comments (Atom)
0 comments:
Post a Comment