Blog Archive
- 2014 (39)
-
2013
(100)
-
December(45)
- ޢުމަރުގެފާނުން ﷲ އަށް ބިރުވެތިވާ މިންވަރު:
- ޞިފަތުއަ ޞަލާތުއް ނަބީ (އަލްބާނީ)
- ފަހު ވަގުތު 9: ސަލްމާނުލް ފާރިސީ
- ފަހު ވަގުތު 8: ޞަޢުދު ބިން އަބޫ ވައްޤާސް
- ޔަޒީދު ބިން އަލް އަސްވަދު ރަޟިޔައްﷲ ޢަންހް
- އައް ޠުފައިލް ބިން ޢަމްެރް ރަޟިޔަﷲ ޢަންހު
- ހިތްކިޔުން
- ތުނބުޅި
- ލޫތުގެފާނުންނާއި އެކަލޭގެފާނުންގެ ޤައުމު
- ސަލާމްލެއްވި ނޫޙުގެފާނުންގެ ވާހަކަ
- ޘަމޫދު ބާގައިގެ މީސްތަކުން ހަލާކުކުރެއްވުން
- ޞާލިޙްގެފާނުންނާއި އެކަލޭގެފާނުންގެ ޖަމަލު
- ހަމަގައިމުވެސް އެއަށް އެއީ ބަދަލެކެވެ:
- ހޫދުގެފާނުންގެ ވާހަކަ
- އަރުމިޔާއު ނަބީކަލޭގެފާނުންގެ ވާހަކަ:
- ޒަކަރިއްޔާގެފާނުންގެ ވާހަކަ:
- ސުލައިމާން ގެފާނުންގެ ވާހަކަ
- ދާނިޔާލް ޢަލައިހިއްސަލާމްގެ ވާހަކަ:
- ޝަމްވީލް ޢަލައިހިއްސަލާމްގެ ވާހަކަ
- އިލްޔަސަޢުގެފާނުންގެ ވާހަކަ
- އިލްޔާސް ޢަލައިހިއްސަލާމްގެ ވާހަކަ
- ޝުޢައިބުގެފާނުންނާއި މަދްޔަނުގެ އަހުލުވެރިން
- ދުޢާ އިޖާބަކުރައްވާ ތަންތަނާއި ވަޤުތުތައް:
- ވަޒަންކުރަން އިނގޭނީވެސް ދަންނަމީހާއަށެވެ.
- ބޯ ކޮށާ މީހާއާއި އެތީސްޓް
- ޔާސީންގެ އަހުލުވެރިންގެ ވާހަކަ:
- ޢަފޫކުރައްވާނެހެއްޔެވެ؟
- މޫސާގެފާނުންނާއި ޚިދުރު ގެފާނުންގެ ވާހަކަ
- އަލް އިމާމް ޛަހަބީ:
- އައްޔޫބު ޢަލައހިއްސަލާމްގެ ވާހަކަ:
- ފަހުވަގުތު 7: ޢުޘްމާން ރަޟިޔަﷲ ޢަންހް
- ރައްސުގެ އަހުލުވެރިންގެ ވާހަކަ:
- ދާއޫދު ޢަލައިހިއްސަލާމް
- ފަހުވަގުތު 6: ޞަލާޙުއްދީން އަލް އައްޔޫބީ
- ރަސޫލުންގެ ގޮތުގައި އަންހެނުން؟
- ފަހު ވަގުތު 5: އިބްން ޢުމަރު
- ފަހު ވަގުތު 4: އަބުއް ދަރުދާ
- ފަހު ވަގުތު 3: އަބޫ މޫސާ އަލް އަޝްޢަރީ
- ފަހުވަގުތު 2: ޢަބްދުﷲ ބިން މުބާރަކް
- ޢަބްދުﷲ ބިން ޖަހްޝްގެ ދުޢާ
- ތައުބާވީ މީހެއްގެ ވާހަކަ 4
- ތެދުނޫން މަޝްހޫރު ވާހަކަ
- އަލް އިމާމް ބުޚާރީ
- ފަހުވަގުތު 1: މުޙައްމަދު ބިން ވާސިޢު
- ޒުލް ކިފުލް ޢަލައިހިއްސަލާމް
- November(21)
- October(34)
-
December(45)
- 2011 (6)
Friday, December 20, 2013
އަންނަނިވި ވަޤުތުތަކަކީ ދުޢާ އިޖާބަ ކުރައްވާ
ޚާއްޞަ ވަޤުތުތަކެވެ. މިނޫން ވަޤުތުތަކުގައި ކުރާ ދުޢާ ވެސް އިޖާބަކުރައްވާ
ހުއްޓެވެ. ނަމަވެސް މީހަކު ވަރަށް ބޮޑަށް ތިމަންނާގެ ދުޢާ އެއް އިޖާބަވެ ނުވަތަ
ފުރިހަމަވާން އެދޭ މީހާއަށްޓަކައި ދުޢާ އިޖާބަކުރައްވާ ޚާއްޞަ ވަޤުތުތައް
ލިޔެލަމެވެ:
1. ލައިލަތުލް ޤަދްރި ވިލޭރެއި: “ޢާއިޝަތުގެފާނުން ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ގެފާނުންގެ
އަރިހުން އެއްސެވިއެވެ: ތިމަންކަމަނާއަށް ލައިލަތުލް ޤަދްރި ވިލޭރެއަކީ ކޮބައިކަން
އިނގިވަޑައިގެންފިނަމަ، އެރެއި ކުރައްވާނީ ކޮން ދުޢާއެއްތޯއެވެ؟" ރަސޫލުﷲ
ގެފާނުން ޙަދީޘް ކުރެއްވިއެވެ: "ކިޔާށެވެ: ﷲހުމްމަ އިންނަކަ ޢަފުއްވުން ތުޙިއްބުލް
ޢަފްވަ ފަޢުފު ޢަންނީ" (ޔާ ﷲ! ހަމަކަށަވަރުން އިބަރަސްކަލާންގެއީ ފާފަ
ފުއްސަވާ އަދި ފާފަފުއްސަވަން ލޮބުވެތިވެ ވޮޑިގެންވާ އިލާހެވެ. ވީމާ މިއަޅާއަށް
ފުއްސަވާންދޭވެއެވެ).
2. ރޭގަނޑުގެ މެންދަމުގެ
ހަމަހިމޭންކަމުގެތެރެ: ﷲ ތަޢާލާ
ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގެން އައްސަވާނެތެވެ: "ތިމަން ރަސްކަލާންގެ އަށް ގޮވާލައްވަނީ ކާކުހެއްޔެވެ؟
އެމީހަކަށް އެއިރުން ތިމަން އިލާހު ޖަވާބުދެއްވާ ހުށީމެވެ. ތިމަން އިލާހުގެ
ޙަޟްރަތުން އެދެނީ ކާކުހެއްޔެވެ؟ އެއީ އެމީހަކަށް ދެއްވާ ހުށީމެވެ. ތިމަން
އިލާހުގެ ޙަޟްރަތުން ޢަފޫއަށް އެދެނީ ކާކުހެއްޔެވެ؟ އެމީހަކަށް ތިމަން
ރަސްކަލާންގެ ފުއްސަވާ ހުށީމެވެ." = ބުޚާރީ :
1145 =
3. ފަރުޟު ނަމާދު އަދާކުރުމަށްފަހު
(މާލަސްނުވަނީސް): އަބޫ އުމާމާ ރިވާ
ކުރައްވާފައިވާ ޙަދީޘްގައި ވެއެވެ: "ޔާ
ރަސޫލުﷲ އެވެ! އަޑުއިވި ވޮޑިގެންވާ ދުޢާއަކީ ކޮބައިހެއްޔެވެ؟" އެކަލޭގެފާނުން
ޙަދީޘް ކުރެއްވިއެވެ: މެންދަމުގެ ތިންބައިން ފަހުބައިގެ ވަގުތެވެ. އަދި ކޮންމެ ފަރުޟު
ނަމާދަކަށްފަހު (ކުރާ ދުޢާ) އެވެ." = އައް
ތިރުމިޛީ: 3499 = (އަލްބާނީ މިޙަދީސް
ރަނގަޅުކަމަށް (ޙަސަން ދަރައިގެ ޙަދީޘެއްކަމަށް) ވިދާޅުވެފައިވެއެވެ.)
4. ބަންގިއާއި ޤަމަތާއި ދެމެދުގެ
ވަޤުތުކޮޅު:ޞައްޙަ ސަނަދަކުން އައިސްފައިވެއެވެ:
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: "ބަންގިއާއި
ޤަމަތާއި ދެމެދު ކުރެވޭ ދުޢާއެއް ޤަބޫލު ނުކޮށް ދުލެއްނުކުރެވޭހުއްޓެވެ." = އަބޫ ދާއޫދު: 521، އައް ތިރުމިޛީ: 212 =
5. ނަމާދަށް ގޮވައިލުމާއި އަދި ހަނގުރާމައަށް
ސަފުތައް ރުކުރުވާލެވޭ ވަގުތު:
6. ވާރޭ ވެހޭ ވަގުތު: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ:
"ދެއެއްޗެއް ޤަބޫލު ނުކޮށް ދޫނުކުރެވޭހުއްޓެވެ: (ނަމާދަށް) ގޮވައިލެވޭ ހިނދު ގައާއި
ވާރޭ ވެހޭ ވަގުތުގައި ކުރެވޭ ދުޢާއެވެ." =
އަބޫ ދާއޫދޫ (އަލްބާނީ މިޙަދީސް ވަރަށް ރަނގަޅުކަމަށް (ޞަޙީޙް ދަރައިގެ
ޙަދީޘެއްކަމަށް) ވިދާޅުވެފައިވެއެވެ.) =
7. ކޮންމެ ރެއަކުވެސް ރޭގަނޑުގައި
ޚާއްޞަ ވަގުތެއް ވެއެވެ. އެއީ ކޮން ވަގުތެއްކަމެއް ނުއިނގެއެވެ. ނަމަވެސް އެއީ
ކޮންމެ ރެއަކުވެސް އަންނާނޭ ވަގުތެކެވެ: ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: "ރޭގަނޑުގައި
ވަގުތެއްވެއެވެ. އެވަގުތުގައި މުސްލިމަކު ދުނިޔެއާއި އާޚިރަތުން
ކަމަކަށްއެދިފިނަމަ އެކަމެއް ފުއްދަވައިދެއްވާނެތެވެ. އެވަގުތު ކޮންމެ
ރެއެއްގައިވެސްވެއެވެ." = މުސްލިމް: 757 =
8. ކޮންމެ ހުކުރުދުވަހަކު ޚާއްޞަ
ވަގުތެއްވެއެވެ. އެއީ ވަގުތެއްކަމެއް ނުއިނގެއެވެ. ނަމަވެސް އެއީ ކޮންމެ ހުކުރުދުވަހަކު އަންނާނޭ ވަގުތެކެވެ: ހުކުރު
ދުވަހާއިމެދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: "އެދުވަހުގައި ވަގުތެއްވެއެވެ. އެވަގުތުގައި
މުސްލިމް އަޅާ ނަމާދެއްކޮށް ނުވަތަ ކަމަކަށްއެދި ދުޢާއެއްކޮށްފިނަމަ އެއެއްޗެއް އެމީހަކަށް
ދެއްވާނެތެވެ" = ބުޚާރީ: 935، މުސްލިމް: 852
=
9. ޒަމްޒަމް ފެން ބޯވަގުތު / މާނައީ
ޒަމްޒަމް ފެން ބުއިމުގެ ކުރިން ކުރާ ދުޢާ: ޖާބިރުގެފާނުންގެ އަރިހުން
ރިވާވެގެންވެއެވެ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: "ޒަމްޒަމް ފެނަކީ އެބުއިކަމަކަށް ވާ
އެއްޗެކެވެ." = އަޙްމަދު (ޞައްޙަކަމުގައި
އަލްބާނީ ޞަޙީޙް ޖާމިޢުގައި ލިޔުއްވާފައިވެއެވެ.) =
10. ސަޖިދަ ކުރާ ވަގުތު: ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: "އަޅާ އެއަޅާގެ ވެރި
ރަސްކަލާންގެއާއި އެންމެ ކުއްތަންވެގެންވާ ވަގުތަކީ އޭނާ ސަޖިދާގައި އޮންނަ
ވަގުތެވެ. އެހެންކަމުން އެވަގުތުގައި ދުޢާ ކުރުން ގިނަކުރާށެވެ." = މުސްލިމް: 482 =
11. ހާލު ގޮވާ އަޑު އިވޭ ވަގުތު: "ހާލު ގޮވާއަޑު އިވިއްޖެނަމަ އެކަލާންގެ ރަޙުމަތައް
އެދި ދުޢާކުރާށެވެ. އެއީ އޭތި (އެގޮވަނީ) މަލާއިކަތަކު ފެނިގެންނެވެ." = ބުޚާރީ : 2304، މުސްލިމް: 2729 =
12. މިދުޢާ ކިޔުމައްފަހު ކުރާ ދުޢާ:
"ލާއިލާހަ އިއްލާ އަންތަ، ސުބުޙާނަކަ އިންނީ ކުންތު މިނައް ޒާލިމީން" ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ:
"ޛުއްނޫން (ޔޫނުސް) ގެފާނުން ބޮޑު މަހުގެ ބަނޑުތެރޭގައި ވީހިނދު
މިދުޢާކުރެއްވިއެވެ: 'ލާއިލާހަ އިއްލާ އަންތަ، ސުބުޙާނަކަ އިންނީ ކުންތު މިނައް
ޒާލިމީން' މިދުޢާ އެއްވެސް މުސްލިމަކު އޭނާގެ ކަމަކާއިމެދު ކިޔައިފިނަމަ ﷲ ޠަޢާލާ
އެމީހަކަށް އެކަމެއް ފުއްދަވާނެތެވެ.' = ތިރުމިޛީ
(ޖާމިޢު ޞަޙީޙުގައި އަލްބާނީ މިޙަދީޘް ޞައްޙަކަމުގައި ވިދާޅުވެފައި ވެއެވެ.) =
13. މީހަކަށް މުސީބާތެއް ނުވަތަ
އުނދަގުލެއް ޖެހި އެމީހާ "އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން، ﷲ
ހުންމަ އުޖުރުނީ ފީ މުޞީބަތީ ވަޚްލުފުނީ ޚައިރަން މިންހާ" ކިޔުމުން އެމީހާގެ
މުސީބާތުން ސަލާމަތް ކުރައްވާނެތެވު: އުއްމު ސަލަމާ
ވިދާޅުވިއެވެ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: "މުސްލިމުންގެ
ތެރެއިން މީހަކަށް މުސީބާތެއް ކުރިމަތިވެ، އެކަމަށް ކެތްތެރިވެ އެމީހަކު
މިފަދައިން ކިޔައިފިނަމަ: 'އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން، ﷲ ހުންމަ
އުޖުރުނީ ފީ މުޞީބަތީ ވަޚްލުފުނީ ޚައިރަން މިންހާ' ﷲ އެމީހަކަށް އެއަށްވުރެ (މާނައީ
އެގެއްލުނު އެއްޗަކަށްވުރެ) ރަގަޅު ކަމެއް އެމީހަކަށް މެދުވެރިކުރައްވާނެތެވެ. = މުސްލިމް: 918 =
14. މީހަކުގެ ފުރާނަ ދާވަގުތު އޭނާގެ
ގާތުގައިވާ މީހުން ކުރާދުޢާ: އަބޫ ސަލަމާގެ އަރިހަށް
ރަސޫލުﷲ ގެފާނުން ވަދެވަޑައިގެންނެވިއެވެ. އެއިރު އަބޫ ސަލާމާ ވަނީ އަވަހާރަވެ
ލޯހުޅުވިފައެވެ. އިތުރު އެކަލޭގެފާނުން (އަބޫ ސަލަމާގެ) ދެލޯ މަރުއްވައި ދެއްވައި
ޙަދީޘްކުރެއްވެވިއެވެ. 'ފުރާނަ ހިނގައިގެންދާތަނަށް ލޮލުގެ ބެލުންވެސް
ދާނެއެވެ" ދެން (އަބޫ ސަލަމާގެ) ޢާއިލާގެ ބައެއް މީހުން ހިތާމައިގައި ވާތީ
ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުންގެ އަމިއްލަ
ހެޔޮކަމަކަށްނޫނީ ނުއެދޭށެވެ. އެހެނީ މަލާއިކަތުން އެދުޢާތަކަށް އާމީން
ކިޔުއްވާނެތެވެ." = މުސްލިމް: 2732 =
15. ބަލި މީހާގެ މައްޗަށް ކުރާ ދުޢާ: އުއްމު ސަލަމާ ވިދާޅުވިއެވެ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުން ބަލިމީހެއްގެ ގާތަށް ޒިޔާރަތްކުރަނީނަމަ،
ހެޔޮ އެއްޗެހި ކިޔާށެވެ. އެހެނީ މަލާއިކަތުން އެއެއްޗެއްސަށް އާމީން
ކިޔުއްވާނެއެވެ...." = މުސްލިމް: 919 =
16. އަނިޔާ ލިބެމުންދާ މީހާގެ ދުޢާ:
ޙަދީޘްގައިވެއެވެ: "އަނިޔާ ލިބޭ މީހާގެ
ދުޢާއާއިމެދު ބިރުވެތިވާށެވެ. އެހެނީ އެދުޢާއާއި ﷲގެ ޙަޟްރަތާއި ދެމެދު އެއްވެސް
ހުރަހެއް ނެތެވެ." = ބުޚާރީ: 469، މުސްލިމް:
19 =
17. ބައްޕަ އޭނާގެ ދަރިފުޅަށް ކުރާ ހެޔޮ ދުޢާ: "އިޖާބަ ނުކުރައްވާ ދޫނުކުރައްވަވާ ތިން
ދުޢާއެއްވެއެވެ: ބައްޕަ އޭނާގެ ދަރިފުޅައްޓަކައި ކުރާދުޢާ، ރޯދައަށް ހުންނަ މީހާގެ
ދުޢާއާއި، ދަތުރުވެރިޔާގެ ދުޢާއެވެ" =
ބައިޙަޤީ، ޞަޙީޙް އައް ޖާމިޢު: 2032 =
18. ބަޕަ އޭނާގެ ދަރިފުޅަށް ކުރާ ބަދު ދުޢާ: ތިން ދުޢާއެއް ވަގުތުން ޢިޖާބަކުރައްވައެވެ: އެއީ އަނިޔާ
ލިބޭ މީހާގެ ދުޢާއާއި، ދަތުރުވެރިޔާގެ ދުޢާއާއި، އަދި ބައްޕަ އޭނާގެ ދަރިފުޅައް
ކުރާ ބަދު ދުޢާއެވެ." = އައް ތިރުމިޛީ: 1905
= (ސަނަދު ޞައްޙައެވެ.)، އަދަބުލް މުފުރަދު 372
19. އިރު މެދުޖެހޭ ވަގުތު މެންދުރު ނަމާދަށް ބަންގި
ގޮވުމާއި ހަމަޔަށް: ޢަބްދުﷲ ބިން ސާޢިބްގެ އަރިހުން
ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މެންދުރު އިރުމެދު
ޖެހޭ ވަގުތު މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތް ކުރައްވައެވެ. އަދި ޙަދީޘް
ކުރެއްވިއެވެ: "މިވަގުތަކީ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވެވޭ ވަގުތެވެ.
އަދި ތިމަންކަލޭގެފާނުންގެ ހެޔޮ ޢަމަލެއް މިވަގުތު އުފުއްލެވުމަށް
އެދިވަޑައިގަންނަވަމެވެ." = އައް ތިރުމިޛީ =
(ސަނަދު ޞައްޙައެވެ.)
20. ރޭގަނޑު އެނދަށް ނިދަން އަރަން ދަމުން ކުރާ
ދުޢާ: މީހަކު ރެއިގަނޑު ނިދަން ދަމުން "ލާއިލާހަ
އިއްލަﷲ ވަﷲ އަކްބަރު ވަލާ ޙައުލަ ވަލާ ޤުއްވަތަ އިއްލާ ބިއްލާހި" މިހެން
ކިޔައި ދެން "ﷲހުމްމަޣްފިރުލީ" މިހެން ކިޔައި ދުޢާއެއް ކޮއްފިނަމަ،
ނުވަތަ ވުޟޫކޮށް ނަމާދު ކޮއްފިނަމަ އެނަމާދު ޢިޖާބަކުރައްވާނެތެވެ. = ބުޚާރީ: 1154
=
21. ޞާލިޙް މީހާ، އޭނާގެ މައިންބަފައިންނަށް ކުރާ
ދުޢާ: "މީހާ މަރުވެ ދިޔުމަށްފަހު އޭނާގެ ހެޔޮ
ޢަމަލުތައް ތިން ޢަމަލެއް ފިޔަވައި ހުއްޓިގެނ ދެއެވެ: އެއީ ހިނގަ ހިނގާ ހުންނަ
ޞަދަޤާތާއި، ޞާލިޙް ދަރިއެއްގެ ދުޢާއާއި، (ދޫކޮށްފައި ދިޔަ ފައިދާކުރަނިވި) ޢިލްމު
ފިޔަވައެވެ." = މުސްލިމް: 1631 =
Labels:
tarubiya
Subscribe to:
Post Comments (Atom)
0 comments:
Post a Comment