Blog Archive
- 2014 (39)
-
2013
(100)
-
December(45)
- ޢުމަރުގެފާނުން ﷲ އަށް ބިރުވެތިވާ މިންވަރު:
- ޞިފަތުއަ ޞަލާތުއް ނަބީ (އަލްބާނީ)
- ފަހު ވަގުތު 9: ސަލްމާނުލް ފާރިސީ
- ފަހު ވަގުތު 8: ޞަޢުދު ބިން އަބޫ ވައްޤާސް
- ޔަޒީދު ބިން އަލް އަސްވަދު ރަޟިޔައްﷲ ޢަންހް
- އައް ޠުފައިލް ބިން ޢަމްެރް ރަޟިޔަﷲ ޢަންހު
- ހިތްކިޔުން
- ތުނބުޅި
- ލޫތުގެފާނުންނާއި އެކަލޭގެފާނުންގެ ޤައުމު
- ސަލާމްލެއްވި ނޫޙުގެފާނުންގެ ވާހަކަ
- ޘަމޫދު ބާގައިގެ މީސްތަކުން ހަލާކުކުރެއްވުން
- ޞާލިޙްގެފާނުންނާއި އެކަލޭގެފާނުންގެ ޖަމަލު
- ހަމަގައިމުވެސް އެއަށް އެއީ ބަދަލެކެވެ:
- ހޫދުގެފާނުންގެ ވާހަކަ
- އަރުމިޔާއު ނަބީކަލޭގެފާނުންގެ ވާހަކަ:
- ޒަކަރިއްޔާގެފާނުންގެ ވާހަކަ:
- ސުލައިމާން ގެފާނުންގެ ވާހަކަ
- ދާނިޔާލް ޢަލައިހިއްސަލާމްގެ ވާހަކަ:
- ޝަމްވީލް ޢަލައިހިއްސަލާމްގެ ވާހަކަ
- އިލްޔަސަޢުގެފާނުންގެ ވާހަކަ
- އިލްޔާސް ޢަލައިހިއްސަލާމްގެ ވާހަކަ
- ޝުޢައިބުގެފާނުންނާއި މަދްޔަނުގެ އަހުލުވެރިން
- ދުޢާ އިޖާބަކުރައްވާ ތަންތަނާއި ވަޤުތުތައް:
- ވަޒަންކުރަން އިނގޭނީވެސް ދަންނަމީހާއަށެވެ.
- ބޯ ކޮށާ މީހާއާއި އެތީސްޓް
- ޔާސީންގެ އަހުލުވެރިންގެ ވާހަކަ:
- ޢަފޫކުރައްވާނެހެއްޔެވެ؟
- މޫސާގެފާނުންނާއި ޚިދުރު ގެފާނުންގެ ވާހަކަ
- އަލް އިމާމް ޛަހަބީ:
- އައްޔޫބު ޢަލައހިއްސަލާމްގެ ވާހަކަ:
- ފަހުވަގުތު 7: ޢުޘްމާން ރަޟިޔަﷲ ޢަންހް
- ރައްސުގެ އަހުލުވެރިންގެ ވާހަކަ:
- ދާއޫދު ޢަލައިހިއްސަލާމް
- ފަހުވަގުތު 6: ޞަލާޙުއްދީން އަލް އައްޔޫބީ
- ރަސޫލުންގެ ގޮތުގައި އަންހެނުން؟
- ފަހު ވަގުތު 5: އިބްން ޢުމަރު
- ފަހު ވަގުތު 4: އަބުއް ދަރުދާ
- ފަހު ވަގުތު 3: އަބޫ މޫސާ އަލް އަޝްޢަރީ
- ފަހުވަގުތު 2: ޢަބްދުﷲ ބިން މުބާރަކް
- ޢަބްދުﷲ ބިން ޖަހްޝްގެ ދުޢާ
- ތައުބާވީ މީހެއްގެ ވާހަކަ 4
- ތެދުނޫން މަޝްހޫރު ވާހަކަ
- އަލް އިމާމް ބުޚާރީ
- ފަހުވަގުތު 1: މުޙައްމަދު ބިން ވާސިޢު
- ޒުލް ކިފުލް ޢަލައިހިއްސަލާމް
- November(21)
- October(34)
-
December(45)
- 2011 (6)
Tuesday, December 24, 2013
އެކަލޭގެފާނުންނީ ހޫދު ބިން ޝާލިޙް ބިން
އަރްފަޒާދް ބިން ސާމް ބިން ނޫޙު ޢަލައިހިއްސަލާމްއެވެ. އެކަލޭގެފާނުންގެ
ދަރިކޮޅަކީ ޢާދުގެ ދަރިކޮޅެވެ. އެއީ ޢަރަބިންނެވެ. އަދި އެބައިމީހުން ދިރިއުޅުނީ ޔަމަނުގެ
ސަހަރާތެރޭގައިވާ އޮމާނާއި ޙަދްރަމައުތުގެ ފަރުބަދަތައް ދެމެދުގައިވާ މޫދެއްގެ
ކައިރީގައެވެ. އެމީހުން ދިރިއުޅޭ ތަނަކީ އައް ޝަހްރު އެވެ ކިޔުނު ތަނެކެވެ.
ދިރިއުޅުނު ވާދީ އައް ކިޔެނީ މުޣީތުއެވެ. އެމީހުން ދިރިއުޅެނީ ބޮޑެތި ތަނބުތަކުން
ހަދާފައިވާ ފޭލިގެ ތަކުގައެވެ. ﷲ ވަޙީ ކުރެއްވިއެވެ:
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ
بِعَادٍ
إِرَمَ ذَاتِ الْعِمَادِ
الَّتِي
لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ
"ކަލޭގެފާނުންގެ ވެރިރަސްކަލާންގެ، ޢާދު ބާގައިގެ
މީހުންނާމެދު ކަންތައްކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާތޯއެވެ؟
އެއީ ތަނބުތަކުގެވެރި، އިރަމް އޭކިޔުނު ރަށުގެ އަހުލުވެރިންނެވެ. އެ ބިނާތަކަކީ،
ރައްތަކުގައި އެފަދަ ބިނާތަކެއް ހެދިފައިނުވާފަދަ ބިނާތަކެކެވެ." (ސޫރަތުލް
ފަޖްރް: 6 – 8)
އަބޫ ޛައްރު ރަޟިޔަﷲ ޢަންހު ވަރަށް ދިގު
ޙަދީޘެއްގައި ރިވާކުރެއްވިއެވެ: ރަސޫލުންނާއި ނަބީންނާއިމެދުގައި ކީރިތި ރަސޫލާ
ޙަދީޘް ކުރެއްވިއެވެ: "........ އެއިގެ ތެރެއިން ހަތަރު ބެއިކަލުންނީ
ޢަރަބިންނެވެ. ހޫދު، ޞާލިޙް، ޝުޢައިބު އަދި ތިޔަބެއިކަލުންގެ ރަސޫލާއެވެ، އޭ އަބޫ
ޛައްރުއެވެ" (ޞަޙީޙް އިބްން ޙިއްބާން)
ބުނެވޭގޮތުން ހޫދުގެފާނީ އެންމެ ފުރަތަނަ
ޢަރަބިބަހުން ވާހަކަ ދެއްކެވި އިންސާނެވެ. ނަމަވެސް އިބްން މުނައްބިހުގެ ގާތުގައި
ހޫދުގެފާނުންގެ ބައްޕާއީ އެންމެ ފުރަތަމަ ޢަރަބިން ވާހަކަދެއްކި މީހާއެވެ.
ސަލާމްލެއްވި އިސްމާޢީލްގެފާނުންގެ އިހުގައި
އުޅުނު ޢަރަބީންނަށް ކިޔާ ނަމަކީ 'ޢާރިބާ ޢަރަބިން' ނެވެ. އެއީ އޮރިޖިނަލް ނުވަތަ
ސާފު ޢަރަބިންނެވެ. އެމީހުންނަކީ: ޢާދު، ޘަމޫދު، ޖުރުހުމް، ތަސްމް، ޖާދިސް،
އުމައިމް، މަދްޔަން، އިމްލާޤް، ޖާސިމް، ޤަހްތާން، ބަނޫ ޔަޤްތާން އަދި އެހެނިހެން
މީހުންނެވެ.
ޢާދުގެ މީހުންނަކީ ނޫޙުގެފާނުންގެ ދުވަސްވަރުގައި
ފޮނުއްވި ފެންގަނޑަށްފަހު ބުދަށް އަޅުކަންކުރަންެފެށި ފުރަތަމަ މީހުންނެވެ.
އެމީހުންގެ ތިން ބުދެއް ވެއެވެ. އެއީ: ސަމްދު އާއި، ސަމޫދު އާއި އަދި ހަރާ އެވެ.
"ދެން، އެމީހުންނަށްފަހުގައި
ތިމަންރަސްކަލާންގެ އެހެން ޖީލެއްގެ ބަޔަކު އުފެއްދެވީމެވެ." (މުއުމިނޫން:
31) މިއާޔަތުގައިވާފަދައިން ރަގަޅު ގޮތަކީ ޢާދުގެ ދަރިކޮޅަކީ ނޫޙުގެފާނުންގެ
ދަރިކޮޅަށްފަހުގައި ދުނިޔެއަށްފޮނުއްވި ދަރިކޮޅެކެވެ.
އަނެއްބައި ޢިލްމުވެރިންގެ އަރިހުގައި
ފެންގަނޑަށްފަހުގައި އެންމެ ފުރަތަމަ ބުދަށް އަޅުކަންކުރީ ޘަމޫދުބާގައިގެ
މީސްތަކުނެވެ. އެއީ މުއުމިނޫން ސޫރަތުގެ މިއާޔަތަށް ރިޢާޔަތްކުރައްވައެވެ:
"ފަހެ ޙައްޤުގޮތުގައި އަދި ގަދަފަދަ އަޑު އެއުރެން ހަލާކުކުރިއެވެ. ދެން
އޮޔާދާ ކުނިތަކެއްފަދައިން ތިމަންރަސްކަލާންގެ އެއުރެން ލެއްވީމެވެ. ފަހެ،
އަނިޔާވެރިވީ މީހުންނަށް ހަލާކާއި ގެއްލުން ހުއްޓެވެ." (މުއުމިނޫން: 41)
އެބެއިކަލުން ވިދާޅުވާ ގޮތުގައި ޞާލިޙްގެފާނުންގެ ދަރިކޮޅުގެ މީސްތަކުންނަކީ
ގަދަފަދަވެގެންވާ އަޑުފައްގަނޑަކުން ހަލާކުކުރެވުނު ބައެކެވެ. އެއީ ޢާދެއްނޫނެވެ.
ޢާދުގެ އަހުލުވެރިންނާއިމެދު ޤުރުއާނުގައި ވަނީ: "އަދި ޢާދު،
ގަދަފަދަވެގެންވާ ވަޔަކުން އެބައިމީހުން ހަލާކުކުރެއްވީމެވެ." (އަލް
ޙާއްޤަތު: 6) ނަމަވެސް ގަދަފަދަ އަޑުފައްގަނޑަކާއި އަދި ބާރުގަދަ ވަޔާއި މިދެކަން
އެކީގައިވެސް ވުން އެކަށީގެންވުމުގެ ފުރުސަތުވެސް ވެއެވެ. ހަމަ ޔަޤީނުންވެސް
ޢާދުބާގައިގެ މީހުންނީ ޘަމޫދަށްވުރެ އިހު އުޅުނު ބައެއްކަމާއިމެދު އެއްވެސް
އިޚްތިލާފެއްނެތެވެ.
Labels:
Prophets
Subscribe to:
Post Comments (Atom)
0 comments:
Post a Comment